ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށާއި، ރައްޔިތުން ސާބިތުވެ ތިބުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އިންތިހާބީ ރައީސް އިބޫ ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލުވެދާނެ ފަދަ އެއްވެސް ހާލަތެއް ފެންނަން ނެތް ކަމަށެވެ.

"ރައްޔިތުންގެ ނިންމުން އެއޮތީ ވަރަށް ސާފުކޮށް. އަޅުގަނޑަކަށް (ނިންމުން ބަދަލު ވެދާނެ ފަދަ ކަމެއް) ނުފެނޭ. ރައްޔިތުންގެ ނިންމުން ދެމެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރަން ޖެހެނީ ސަލާމަތީ ހިދުމަތްތަކުން. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބައޮތް ސަލާމަތީ ހިދުމަތްތަކުގެ ދައުރު. ރައްޔިތުން ރައްކާތެރިކޮށް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން. އެއީ އެންމެ މުހިއްމު އެއް ވާޖިބު" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައްޔިތުން، ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށް ސާބިތުވެ ތިއްބަވަން ޖެހޭ ކަމަށާއި ކޯޓުތަކުންވެސް މި ނިންމުން ބާތިލް ކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އިންތިހާބީ ރައީސް އިބޫ މިގޮތަށް ވިދާޅުވީ އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މުޒާހަރާ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަވޭ

    ގައުމު ހަލަބޮލި ކޮށްނުލާން ތަމެން ބޭނުންވާނަމަ ތަމެން ވޯޓް ކަރުދާހުގައި އަނގޮޓިން މާކް ކުރި އަދަދާއި އަދި ތަމެން އައިޑީ ކާރޑު ގަނެގެން ވޯޓް ލުމުން 30 ހާސް މީހުން މަހްރޫމް ކުރި ކަން ތަމެން ބުނެދެގަ ރައްޔިތުންނަށް އަދި އަލުން ވޯޓް ލުމަކަށް ދާން ތަމެން އެއްބަސްވެގަ އެއިރުން ދެން މިކަން ނިމޭނީ އެނޫން އިތުރު އެއްވެސް ޗޮއިސް އެއް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް. މިކަން ނުވާހާ ހިނދަކު މަމެން މިކަން ގަބޫލުނުކުރާނަމޭ ތަމެން މިހާރު ސްޕްރީމް ކޯޓަށް ސުޕާރީ ދީގެން ފްލޯރ ކްރޮސް ކޮށްގެން ގޮނޑި ގެއްލިފައިވާ މީހުންގެ ގޮނޑި ތައް ނުގެއްލޭ ކަމަށް ހެދުން އެއީ ނޫންތޭ މިއަދު އަންނާނެ ހުކުމް އަކީ ދޯ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ. ބޮޑު ހުކުމޭ މެން ކޮންމެ މީހަކަށް 6 މިލިއަން މާރކްސް ދޯ ހަދިޔާ އެއްގެ ގޮތުން ތަމެން ދެނީ މެމްބަރުންނަށް އަލުން މެމްބަރު ކަން ދިނުމުން މީ މަމެން ދެނެހުރި ކަމެކޭ އިބޫ..

  2. ނިންމާދީ

    އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނާނެއޭ މީ ސަލާމަތީ ޚިދްމަތް ތަކާއި ވެސް ބެހޭ ކަމެއް ނޫނޭ ސަލާމަތީ ޚިދްމަތް ތަކުން ވެސް ބަލަން ޖެހޭނީ 95 ހާސް މީހުންގެ ހައްގު ގެއްލިގެން ދާއިރު އެމީހުންގެ ހައްގު ދިފާއު ކުރުމަކީ ސަލާމަތީ ޚިދްމަތް ތަކުގެ ޒިންމާ އެކޭ އެގޮތުން ބަލާއިރު ވޯޓް ގައި އިލެކްޝަންސް ކަމިޝަން ގެ މެމްބަރުން ކޮންމެ މެމްބަރަކަށް 6 މިލިއަން ކަޓެއްގެ ގޮތުގައި ކައްވާލައިގެން ވޯޓް ކަރުދާސް ޗާޕް ކުރި އިރު ނަމްބަރު 1 ގައި ޖަހާ ފާހަގަ ފުހެވޭ ގޮތް ހަދާ އަދި ނަމްބަރު 2 ގައި ޖަހާ ފާހަގަ އޭގެ ބަދަލުގައި ވޯޓް ކަރުދާސް ކޮޅުން ފެންނަ ގޮތަށް ހެދުން އެއީ ރައްޔިތުން އިބޫ އަށް ވޯޓް ދިނީ އެއް ނޫން އެއީ ވޯޓް އިން ވައްކަން ކޮށްގެން ރައީސް ކަމަށް އަންނަން ތަމެން ތިޔާ އުޅެނީ އެކަން މަމެން ގަބޫލެއް ނުކުރާނަމޭ ހަމަ ޖެހޭނީ އަލުން ވޯޓް ކައުންޓް ކުރަން އަދި އިންތިޚާބު ބާތިލް ކުރުމަށް ފަހު އާ އިންތިޚާބެއް ބާއްވަން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ.

  3. ަަމުހައްމަދު

    الحمد لله ، އުފާވެރި ޚަބަރެއް

  4. ހުސޭނު

    އިންތިހާބުގެ ނަތީޖާ ބަދަލުކުރަން، ވޯޓު އަލުންގުނަން، ނޫނީ އިންތިހާބެއް އަޅުންބާއްވާކައް އެއްވެސް މީހަކު ނުބުނެ. ހަމައެކަނި ގޮވަނީ ސައްކުތަކައް ޖަވާބުދާރީ ވާށޭ، ސަރީފް ސަރ ކިޔައިގެން އެގުޅީ ކާކުހޭ؟ ކޮންކަމަކާހޭ ހާސްނުވާންވީ؟ ކޮންކަމެއްހޭ މޑޕ އައް އޮޅުންވިލުވާން ދޭން ޖެހެނީ؟ އެމެރިކާގެ މިހާރުގެ ރައިސް އިންތިހާބު ކާމިޔާބު ކޮއްފައެހެރީ ރަސިޔާމީހުން އިންތިހާބައް ޓްރަންޕައް ކާމިޔާބު ކޮއްދިނުމައްޓަކާ ނުފޫޒު ފޯރުވައިގެންކަން އެމެރިކާ ގަބޫލުކުރެ، އެކަމަކު އިންތިހާބު ބާތިލެއްނުކުރެ. ރަސިޔާ އާދެކޮ ޅައް ފިޔަވަޅުއެޅީ. އެހެންވީމަ މިތާވެސް އިންތިހާބު ބާތިލް ނުކުރިޔަސް މިކުރާ ތުހުމަތުތަކާ ފޯނުކޯލުގަ އެދެއްކީ ކޮންވާހަކަޔެއްތޯ ބަލާދޭށޭ، އެވާހަކަ މިގޮވަނީ. ލިބުނުކާމިޔާބުގަ ބަގުޑިބައްދައިގެން ތިބުމަކީ އެއީ ހުދުމުހުތާރު ތާހިރު ދިރިއުޅުމެއް ނޫނޭ އަހަރުމެން ނުކިޔަމޭ.

  5. އަވަސްކޮށްކުރުކޮށް

    އިންތިހާބުގެ ނަތީޖާ އޯކޭ ! އެކަމް ވޯޓްވަނީ އޮޅުވާފަ. ވީމާ އިންތިހާބު ބޭގަރާރު. އިންތިހާބު ބާތިލްވީ.

  6. ޏ

    ކޮަބާތަ ރ.ޔާމީން އަށް ވޯޓް ދިން ރައްޔިތުންގެ ހައްގު، އެވެސް ހަމަ ރައްޔިތުން ނޭ

  7. އަމާނާތްތެރި ވަގު

    އެހާ ވަރަށް ވައްކަން ކޮށްފީމު ދޯ؟ އެހާ ވަރަށް ރިޝްވަތު ބަހައިފީމު ދޯ؟ ވަގުންތައް ތިބި ވައްތަރު ދެކިބަލަ.

  8. ޢަބްދުﷲ ސަޢީދު

    ވޯޓްނަގަނީ އެންމެންގެ ކުރިމަތީގައި އެންމެންގެ ޙާޒިރުގައެވެ. ވޯޓްގުނަނީ އެންމެންގެ ކުރިމަތީގައި އެންމެންގެ ޙާޒިރުގައެވެ. އަދި ވޯޓްގުނައި ނިމިގެން ވޯޓުގެ ނަތީޖާ އިޢުލާނު ކުރައްވަނީވެސް އެންމެންގެ ކުރިމަތީގައި އެންމެންގެ ޙާޒިރުގައެވެ. މިގޮތުން، ވޯޓްގުނުމުގެ ތެރޭގައި ކޮންމެ ވޯޓްގަނޑެއް ވަކިވަކިން އެހުރިހާ އެންމެން ބަލާނެ ވަރަކަށް ބަލަން އެހުރިހާ އެންމެންނަށް ދައްކައެވެ. އެވަގުތު އުފެދޭ ސުވާލުތަކަށް ވަގުތުން ޖަވާބުދީ ޞުލްޙަކުރެއެވެ. އެންމެންގެ ކުރިމަތީގައި އެންމެންގެ ޙާޒިރުގައި ނަތީޖާ އިޢުލާނުކުރެއެވެ. އެތަނުގައި ތިއްބަވަނީ އީސީގެ މެންބަަރުން ފިޔަވައި އެހެންބައެކެވެ. އެތަނުގައި ޢަމަލުކުރަނީ އެތަނުގައި ތިބޭ ވެރިންގެ ބަހަށެވެ. މިކަންކަމަކީ، މިއިންތިޚާބުގައި ސީދާ ރައީސް ޔާމީނުގެ ޒަޢާމަތުގައި ރައީސް ޔާމީނުގެ އެގުމާއި ފެނުމުގެ މަތިން ހިނގައި ނިމި، ރައީސް ޔާމީން ޤަބޫލުކޮށް ބަލައިގެންފައިވާ ކަންކަމަށްވާއިރު، ދެންކާކަށް ކޮންމަކަރެއްތޯ ހެދޭނީ، ؟