ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ހުރިހާ ކަމެއް ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތައް ރައްދު ދެއްވަމުން އަކުރަމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބުގެ އެންމެހާ ކަންކަން ގެންދިޔައީ، މާތްﷲގެ ވާގިފުޅާއެކު ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ކަޅު ފައިސާއާއި ނުފޫޒުގައި ނުޖެހޭނަން. ގާނޫނާއި ހިލާފުވެސް ނުވާނެ " އަކުރަމްގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

ލީކްވެފައިވާ އޯޑިއޯ އާއި ގުޅިގެން އުފެދޭ ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ވެސް ވަނީ ރޭ ގޮވާލައްވާފައެވެ. އަދި ސުވާލުތަކުގެ ޖަވާބު ލިބެންދެން ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ؟؟؟؟

    ކަޅު ފައިސާއެއް ނުހުރެ ރަތް ނޫޓަާއި އޮފް ޑޮލަރުގައި ޖެހެނީ.

  2. ފާއިޒް

    ކާކުތަ ބޮޑެތި އަދަދު ތަކުން ލިބުނީމަ އެއްބަސް ވާނީ.. ދެން އޯޑިޔޯ ކީކޭ އެ ކިޔަނީ

  3. Anonymous

    ކަލޭގެ ތިބުނުމަކީ ދޮގު ކަމުގައި ވާނަމަ ކަލޭގެ ދުލުގައި ގޮށެއް ޖެއްސެވިއަސެވުމަށް އެ ދުއާ ކުރާކަމަށް ބުނެ ނިކަން ﷲ ގަންދީ ހުވާކޮށްލަބަ

  4. ޫުުުޖޯލިފަތި

    ޢަކުރަމު ވޯޓުފޮށި ކާލީ

  5. ދޮންކެޔޮ

    ސާބަސް ސާބަސް