ރިޔާސީ އިންތިޚާބުގައި ރައްޔިތުން ސާފުކޮށް، އަޑު އިއްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ އޭނާ އާއި އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން އަދި ފަހުން ވެސް އައި ހުރިހާ ފާޑުކިއުންތަކަށް ސާބިތުކަމާ އެކު ކުރިމަތި ލެއްވި ކަމަށެވެ.

" އޭރު ވެސް އަދި މިހާރު ވެސް ހުންނެވީ އިންސާފުގެ މަގުގައި. ޑިމޮކްރަސީއެއްގައި އިންތިޚާބުތަކަކީ ރައްޔިތުންގެ އަޑު. އެ އަޑު ވަރަށް ސާފުކޮށް އިއްވައިފި " ޝަރީފު ވިދާޅުވި އެވެ.

އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.

ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

ލީކްވެފައިވާ އޯޑިއޯ އާއި ގުޅިގެން އުފެދޭ ސުވާލުތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ވެސް ވަނީ ރޭ ގޮވާލައްވާފައެވެ. އަދި ސުވާލުތަކުގެ ޖަވާބު ލިބެންދެން ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދިސްއިޒްއިޓް

    އިންތިޚާބުގައި ރައްޔިތުން ތޯ ސާފުކޮށް އަޑުއިއްވީ ތަމެންގެ އެކައުންޓަށް މިލިއަނުން ބަރާ ކުރީ ނޫންތޭ އެއީ އެއްނޫންތޭ މިއަދު 96 ހާސް ރައްޔިތުންނަށް ރީއްޗަށް ސާފުވާ އެއްޗަކީ މަމެން ތިޔާ ކަން ގަބޫލުކުރާނީ ލީ ވޯޓް އަލުން ގުނަން ފެށުމުން އެނޫން އެއްވެސް ގޮތެއް ނޯންނާނެ މަމެން ތަމެން ތިޔާ ދައްކާ ވާހަކަ ގަބޫލުކުރާނެ ގޮތެއް ދިސް އިޒް އިޓް.

  2. ޙަމަދު

    ކަލޭދޯ އިއްވި އެއްޗެއް އިއްވީ. ޢެހެންމީހަކު ނޫޅޭ މޮޔަވެގެންނެއް.

  3. ޞަރީފް

    ޥޯޓު ވަގު

  4. ވޯޓުވަގު

    އިންސާފުގެ މަގުގަ ވޯޓުން ވައްކަންކުރީ

  5. އިސްތިއުފާ

    އިންތިޚާބުގައި ސާފުވެގެން ދިޔާ އެއްޗަކީ ތިމަރަފުށީ ޝަރީ ގެ އެކައުންޓަށް ބަރާ ކޮށްގެން ދިޔަ އޮޑިޖެހި ނޫޓްގެ އަދަދޭ އެއީއޭ ހިނގާދިޔަ ކަމަކީ ތަމެން ތިޔާއީ ސީދާ ވަގު ވޯޓް ކަރުދާސް ޗާޕް ކޮށްގެން ނަމްބަރު އެކަކާއި ދިމާލުގައި ތަމެން ދިން ގަލަމުން ޖަހާ ފާހަގަ ފުހެވިފައި ނަމްބަރު 2 އާއި ދިމާލުގައި ޖަހާ ފާހަގަ އެއީ ރަނގަޅު ފާހަގަ އަކަށް ހެދުން އެއީ ތަމެން އަޑީގައި ތިބެގެން މީހަކަށް 12 މިލިއަން ރުފިޔާ ކަޓެއްގެ ގޮތުގައި ޖައްސަނީ ތަމެން ހީކުރަނީ މަމެން ފޫލް ހެއްދޭނެ ކަމަށްތޭ ތަމެންނަށް ނުވާނެ އެކަމެއް ތިޔާ ގޮތަށް ރިޔާސީ އިންތިޚާބު ބާތިލް ކުރޭ އީސީގެ މެމްބަރު ކަމުން ޝަރީފް އިސްތިއުފަ ދެއްވަންވީއޭ އިނގޭތޭ..

    • ފޮޑިޖަހާ

      މިހާރަކު ނުހުންނާނެ އޮޑިޖެހިނޫޓެއް. އޮޑިޖެހިނޫޓު މިހާރުވަނީ ބާތިލްކޮށްފާ .

  6. ދާއޫދު ޢަލީ

    ސިފަ ތިޔަހުރެ ފެންނަންފެށި! އެމްޑީޕީ ރުއްސުމަށް ހަރުބަސްތައް ތިހިރަ ބުނެވެނީ! ޕީޕީއެމް އިން ނަތީޖާ ޤަބޫލުކުރާކަން ޔާމީން ދެތިންފަހަރު ވިދާޅުވެއްޖެ! އެކަމަކު ޝަކުވާތަކެއް ފެންމަތިވީމާ އޭގެ ޙަޤީޤަތް ބަލަންވާނެ! ޝަރީފްގެ ރުންކުރު ޖަވާބުތަކުން ދޭހަވާއެއްޗެއް ދޭހަވެ ނިމިއްޖެ! އިންތިޚާބު ޝަރީފް ތިޔަވަނީ އޮޅުވާލާފަ! ޝައްކެތް ނެތް!

  7. ވަތު

    ސާބަހޭ ޝަރީފް
    ހަޖަމް ނުވެގެން ޕީޕީ ކުދިންކޮޅު އެ އުޅެނީ
    އެކަމަކު ޔާމީނޫ. ހަހަހހަހަހ ހަމަ ހިނި އަންނަނީ ބޮޑާހާކާވަރުން. ދެން ދަގަ ގެޔަށް.

  8. ނާމީ

    މީނަ މިކިޔަނީ ކީކޭ. އެކަން ޤަބޫލުކޮށްގެން ތިއްބާ ޝައްކުކުރެވޭ ކަންތައް ތިބީމާ އެޝައްކު ތައް ނުވާގޮަތަށް ކަންތައް ކޮށްދޭށޭ.ލީކްވެފައި ހުރި ަކްނަތައް ތަކަށް ޖަވާބުދާރީ ވާށޭ. އިންތިޚާބު ބާތިލް ކުރުމަށް އަހަރެމެން ބޭނުމެއްނޫން.

  9. އަޅުގަނޑު މަޅުގަނޑު

    30 މިލިއަން ރުފިޔާ = އަހުމަދު ޝަރީފު

  10. އައިޝާ

    ޝަރީފޫ ތިވަރު ތަންކޮޅެއްބޮޑު ކަލޭމާރިޔާއާއި ކައިވެނިކުރަން ތައްޔާރުވޭ މާރނގަޅުވާނެ .ފުލައިޓް ދުއްވަން ދެވޭނެ ޤިޔާމަތް ދުވަސް ކަލެޔައްވެސް އަންނާނެ ކަންދަންނާތި.