ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިލިއަދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އެކައުންޓަކަށް ކެމްޕޭން ދުވަސް ވަރު 1.5 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް "އަލްޖަޒީރާ" އިން މިއަދު ނެރުނު ރިޕޯޓް ޓެގުކޮށް ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންއާ ދެކޮޅަށް ދައުލަތުން މައްސަލަތައް ހުށަހަޅާފައި ވަނީ ހެކިތަކާއި އެކުގައި ކަމަށާއި، ރައީސް ޔާމީން ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.

އަދި ރައީސް ޔާމީން ފިލިއަދީގެން ނުވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އަލްޖަޒީރާއިން ނެރުނު އެ ރިޕޯޓާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް ޤާނޫނާއި ހިލާފަށް ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށެވެ.

"އަލްޖަޒީރާ" ގައި ލިޔުއްވާފައިވާ ރިޕޯޓެއްގައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާތަކާއި ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ސެޕްޓެމްބަރ 13 ވަނަ ދުވަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެސިޓީގައި އެފްއައިޔޫ އިން ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ސެޕްޓެމްބަރ 05 ވަނަ ދުވަހު 648508 އެމެރިކާ ޑޮލަރު އަދި ސެޕްޓެމްބަރ 10 ވަނަ ދުވަހު 810635 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖިފުޓި ރާއްޖެ

    ލަތީފު ހޭބަލިނުވޭ އެއީ އަންނިއެއް ނޫނޭ!

  2. ލަޠީފް

    ރައީސް ޔާމީން ނުފިލާނެ! ކުށެއް ނުކުރައްވާ! ކުރުއްވިކަމެއް ކުރެއްވީ ޤާނޫނީ ތަރަހާގެ ތެރެއިން! މިއީ ދެބަސް ނުވެވޭނެ ޙަޤީޤަތް!

  3. ކުމާރު

    ކަލޭވެސްތީ ޖަލައްލާންވެފަހުރި ގުންޑާއެއް. ޔޫތު މިނިސްޓްރީގެ ބަޖެޓު ވަގައް ނަގައިގެން ހުރި ބޮޑު ވަގެއް

  4. ޞަރީފް

    ބޮޑުވަގު ހަސަންޓޭ

  5. ޖޮއްބެ

    ބަލަގަ މިހަރަ އިސްކޮޅުގައި 2ފޫޓު ހަމަ ނުވާ ކުރުސްޗޮޕާ. ރައީސް ޔާމީނެއްނޫޅުއްވައޭ ފިލާކަށް. ކަލެއަށް ނުފެންނަނީތަ ފިލައިގެން އިންޑިއާ އެމްބަސީތެރޭ އޮވެއޮވެފައި ޖަލައް ލީމާ މަކަރާ ޙީލަތް ހަދައިގެން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅޭމީހާ؟

  6. މާސިންގާ

    ހަސަންލަތީފު ހީލުރަނީ މައިބަދައަށް ތަދުވާތީ އަންނިފިލައިގެންގޮސް ގޮޑިދުއްވިގޮތަށް ޔާމީނު ފިލައިގެން ހިގައިދާނެ ކަމަށް / ޔޫތް މިނިސްޓްރީ ހިންއިރުކައިލި ރައްޔިތުން މިލޔަނުން ރުފިޔާ އަވަހަށް ދައްކައި ހަލާސްކުރޭ

  7. އަަލީބީ

    ލަތީފު ހޭބަލިނުވޭ އެއީ އަންނިއެއް ނޫނޭ!ރައީސް ޔާމީން ނުފިލާނެ! ކުށެއް ނުކުރައްވާ! ކުރުއްވިކަމެއް ކުރެއްވީ ޤާނޫނީ ތަރަހާގެ ތެރެއިން! މިއީ ދެބަސް ނުވެވޭނެ ޙަޤީޤަތް!ހަސަންލަތީފު ހީކުރަނީ މައިބަދައަށް ތަދުވާތީ އަންނިފިލައިގެންގޮސް ގޮޑިދުއްވިގޮތަށް ޔާމީނު ފިލައިގެން ހިގައިދާނެ ކަމަށް / ޔޫތް މިނިސްޓްރީ ހިންގިއިރުކައިލި ރައްޔިތުން މިލޔަނުން ރުފިޔާ އަވަހަށް ދައްކައި ހަލާސްކުރޭ ......ދެން އެރޭ ފައިން

  8. ނަދީ

    ހޭބަލިނުވޭ އެއީ އަންނިއެއް ނޫނޭ!ރައީސް ޔާމީން ނުފިލާނެ! ކުށެއް ނުކުރައްވާ! ކުރުއްވިކަމެއް ކުރެއްވީ ޤާނޫނީ ތަރަހާގެ ތެރެއިން! މިއީ ދެބަސް ނުވެވޭނެ ޙަޤީޤަތް!ހަސަންލަތީފު ހީކުރަނީ މައިބަދައަށް ތަދުވާތީ އަންނިފިލައިގެންގޮސް ގޮޑިދުއްވިގޮތަށް ޔާމީނު ފިލައިގެން ހިގައިދާނެ ކަމަށް / ޔޫތް މިނިސްޓްރީ ހިންގިއިރުކައިލި ރައްޔިތުން މިލޔަނުން ރުފިޔާ އަވަހަށް ދައްކައި ހަލާސްކުރޭ ......ދެން އެރޭ ފައިން

    RE

  9. ރައްޔިތުން

    ސަފުން ބާކީވެފައި އެމީހުން އެ ތިބީ ކޯޓު ތަކުން މިހާރު އެގެންދަނީ ޖަރީމާތަކަށް ޗިޓް ފޮނުވަން ތައްޔާރު ވަމުން އަދި ޖަލުތަކުގައި ތަންމަތި އަޅައި ރެޑީ ކުރަމުން އެކަމަކު ރައްޔިތުން ބޭނުންވަނީ ތިޔަ ބައިގަޑު ޖަލަށް ލުމުގެ ބަދަލުގައި ބުރަ މަސައްކަތާއިއެކު ގދ. ގަމުގައި ހަނޑޫ ހެއްދުމުގެ މަސައްކަތް އެމީހުން ލައްވާ ކުރުމަށް އެރަށް އަރުވާލާފައި ބޭތިއްބުމަށް - ކޮންމެ މީހެއްގެ ހުކުމަކީ 100 އަހަރު އެރަށުގައި މަސައްކަތް ކުރުން