ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި މެދު ސުވާލު އުފެދި ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބާއްވާ މުޒާހަރާގައި ބައިވެރިވާ ފުވައްމުލަކު މީހުންނަށް އިންޒާރު ދީފިއެވެ.

މިއަދު " ޖަޒީރާ ފުވައްމުލަކު " ނަމުގައި ފޭސްބުކް ޕޭޖެއްގައި ކޮއްފައިވާ ޕޯސްޓެއްގައި ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މެދު ސުވާލު އުފައްދައި , ދައުލަތާއި ދެކޮޅަށް މިއަދު ފުވައްމުލަކުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ ވަކިވަކި ފަރުދުންގެ އަމަލުތަށް ޖަޒީރާ ފުވަމުލަކުން މޮނިޓަރ ކުރަމުން ގެންދާނެ ކަމަަށެވެ.

ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ރޭ ވަނީ އިލެކްޝަން ކޮމިޝަނުގެ މެންބަރުގެ އިސްތިއުފާއަށް ގޮވާލައި މާލޭގައި މުޒާހަރާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރު އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

ރޭ ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ބައިވެރިވެޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށެވެ . ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންދެން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ޖެހޭ ކަމަށެވެ.

ޕީޕީއެމް އިން ރޭ މާލޭގައި މުޒާހަރާ ކޮއްފައިވާއިރު މިރޭ ވެސް ޕީޕީއެމް އިން ވަނީ އެޕާަޓީގެ އޮފީސް ކުރިމަތީ މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިއުލާން ކޮއްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެހެންތޭ

    އިންތިޚާބަށް ފަހު ޕީޕީއެމްގެ ރާގު ބަދަލުވުން އެއީ އެއްވެސް މައްސަަލަ އެއް ނޫނޭ ކަންކަން ހިނގަމުން ދާ ގޮތް އިނގޭނީ މަމެންނަށޭ ކަން މިހެން ހުރުމުން ތަމެން ޖެހޭނެއޭ ތަމެން ވޯޓް އިން ވައްކަން ކޮށްގެން ވޯޓް ވަގު ރައީސް އަކު ހޮވައިގެން އުޅޭ ކަން 95 ހާސް ރައްޔިތުން ބުނާނަމަ އެކަން އެމެން ނުބުނާ ވަރަށް އެކަން ފާޅު ކޮށް ދޭން އިލެކްޝަންސް ކަމިޝަން ގެ ރައީސް އާއި ބެހޭ ގޮތުން ލީކްވި އޯޑިއޯގެ މައްސަލަ ޚުދު އޭނާ ފުލުހުންނަށް ހުށަނާޅަނީ އެއީ ކީއްވެގެންތޭ ދެން އިބޫ މެން ސިފައިންނާއި ބައްދަލު ކޮށް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމް ދިފާއު ކޮށްދޭނަމޭ އެމްޑީޕީ ބުނާ ގޮތަށް ހަދާށޭ އަދި ސްޕްރީމް ކޯޓުގެ ޖަޖުންނަށް ގުޅާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ހުކުމް ނެރެދޭށޭ ކޮންމެ މީހަކަށް 5 މިލިއަން ޑޮލަރު ދޭނަމޭ ކިޔާ ދައްކާ ވާހަކަ ތަކުން މަމެންނަށް ވަރަށް ރީއްޗަށް ދަނީ ސާފުވަމުން އިންޑިއާ އަށް އެމްޑީޕީ އޮތީ ރާއްޖެ ވިއްކާލަން އެއްކޮށް ނިންމާފައި ކަން.

  2. ހުސެން

    ???? ދެންތިބޭ ތެޅިތެޅި ޕިންކީންތައް

  3. މީޒްލީ

    މޮނިޓަރ ކުރުން (މޮނިޓަރިންގ) އަކީ އިންޒާރު ދިނުމެއް ނޫން! ކޮންމެ ކަމެއްގައިވެސް ބަލަންޖެހޭ ކަންކަން އުސޫލްގެ ތެރެއިން ހުންނާނެ އެކަން ކަން ބަލަންވާނޭ! އެއީކީ އިންޒާރެއް ނޫން!

  4. ނެތީމޭ

    މަމެން ޕިންކީން ނަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި މެދު ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ އިލެކްޝަންސް ކަމިޝަން ގެ މެމްބަރުންނަށް އަދި ތަމެން ނަށް އައިޑީ ކާރޑް ގަނެގެން އެތައް ބަޔެއްގެ ވޯޓް ލުމުން މަހްރޫމް ކޮށްފައިވާތީވެ އަދި ވޯޓް ފޮށި ތަކުގެ ވޯޓް ތައް ގުނި ގޮތާއި މެދުވެސް މަމެން ވަރަށް ބޮޑަށް ޝައްކު ކުރަމޭ އަދި އިލެކްޝަންސް ކަމިޝަން އިން ވޯޓްގެ ނަތީޖާ އިއުލާން ކުރުމުގައި ބަލަން ޖެހޭ ކަން ކަން އެއްގޮތަކަށް ވެސް ބަލާފައި ނެތް ކަން އެއީ މަމެން ބަލާ ސާފުކުރަން ބޭނުންވާ ކަމެކޭ ޕީޕީއެމްގެ ރާގު ތަފާތުވާނެ ވޯޓް ގައި ވައްކަމާއި މަކަރާއި ހީލަތް ހަދާފައި ހުރި ނަމަ 2008 ގައި ވެސް ތަމެން ވޯޓް ގައި ހުރީ ބޮޑެތި މަކަރާއި ހީލަތް ހަދައިގެން 20 ހާސް ވޯޓް އޮޅުވާލާފައޭ މަމެން ޕިންކީން ނެތީމު ރާގު ބަދަލު ނުކުރާނަމޭ ކިޔާ ތިބެން މަމެންނަށް ލިބެން ޖެހޭނެ އިންސާފު މީ 96 ހާސް މީހުންގެ ހައްގަށް ޓަކައި އިންތިޚާބު ޖެހޭނީ ބާތިލް ވާން މި ނޫން ގޮތެއް މަމެން ގަބޫލުކުރަން ނެތީމޭ ނެތީމޭ ނޫސްވެރިން ކޮންމެ އެއްޗެއް ކިޔަސް މަމެން ޕިންކީން ދުލެއް ނުދޭނަމޭ ނުދޭނަމޭ ނުދޭނަމޭ..

  5. މައި

    ސިހުރު ހާހޫރު ލޯގޯ ބޭނުންކޮށްގެން ފެލިފެލި ތިބޭ ރީނދޫ ފޮށާލައިގެން