ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ ބަޔަކަށް އާންމުކޮށް ދިމާވާ ބޮޑު މައްސަލައެކެވެ. މިކަމުގައި ވަކި ޖިންސެއް އަދި އުމުރެއް ނޯންނައިރު، މި މައްސަލަ ދިމާވެ ބޯ ތަލަވާ ހިސާބަށްވެސް ބައެއް ހާލަތްތަކުގައި ދެއެވެ. ގިނަފަހަރަށް އިސްތަށި ފައިބަން ދިމާވަނީ އިސްތަށިގަނޑު ރީތުކުރުމަށް ބޭނުންކުރެވޭ ތަކެތީގެ ސަބަބުންނެވެ. އަނެއްބައި ފަހަރަށް އިސްތަށިގަނޑަށް އެންމެ އެކަށީގެންވާ މިންވަރަށް ބޭނުންވާ މުޙިންމު މާއްދާތައް ނުލިބުންވެސް، އިސްތަށި ފޭބުމުގެ ސަބަބަކަށް ވެއެވެ. އެހެންކަމުން، މި މައްސަލައަށް ޙައްލެއް ހޯދަން އެދޭ ފަރާތްތަކުން، ކެމިކަލާއި އެނޫންވެސް އިސްތަށިގަނޑަށް ގެއްލުން ހުރި ތަކެއްޗާއި ދުރުވެ، ފައިދާކުރަނިވި އުފެއްދުންތައް ދަނެ އިޚްތިޔާރު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.
ދާދިފަހުން ރާއްޖެއަށް ތަޢާރަފްކުރި ޖެނެޓް ބްރޭންޑުގެ "ހެއަރ ފޯލް ކޮންޓްރޯލް" ފެކަކީ ބޮލުން އިސްތަށި ފޭބުމަށް ދިމާވާ މައްސަލަ އެންމެ އަވަހަށް ޙައްލު ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ މޮޅު އުފެދުންތަކެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޕެކެކެވެ. ހަމަ އެކަނި ފަތްޕިލާވެއްޔާއ ގުދުރަތީ އެނޫން ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުމަކީ، ބޮލުން އިސްތަށި ފޭބުން ކޮންޓްރޯލްކޮށް ހުއްޓުވުމާއި އެކު ދާދި އަވަހަށް އިސްތަށިގަނޑު ވަރުގަދަކޮށް މޮޅުކޮށްދޭ އުފެއްދުމެކެވެ. ހުރިހައި ވައްތަރެއްގެ އިސްތަށިގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ މި ޕެކުގައި ހިމެނެނީ، ހެއަރ ފޯލް ކޮންޓްރޯލް ތެލާއި ޝޭމްޕޫ އަދި ކޮންޑިޝަނަރ އެވެ.
ޢާންމު ގޮތެއްގައި، އިސްތަށި ފޭބުން ކޮންޓްރޯލް ކުރުމަށް ހަދާފައި ހުންނަ ޕްރޮޑަކްޓުތަކާއި ޚިލާފަށް ޖެނެޓް ބްރޭންޑުގެ ހެއަރ ފޯލް ކޮންޓްރޯލް ޕެކުގައި ހިމެނޭ ޕްރޮޑަކްޓުތަކަކީ، އެންމެނާއި ވެސް ގުޅޭގޮތަށް އުފައްދާފައިވާ، ކެމިކަލްގެ އެއްވެސް އަސަރެއް ނުހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ފައިދާކުރަނިވި އުފެއްދުމެކެވެ. ހަމަ އެހެންމެ އިސްތަށިގަނޑާއި، ބޮލުގެ ހަންގަނޑު ދުޅަހެޔޮކޮށްދީ، ރީތިކޮށްދިނުމުގައިވެސް މި ޕެކު އެހީއަކަށް ވެގެންދެއެވެ.
ޖެނެޓް ހެއާފޯލް ކޮންޓްރޯލް ޕެކުގައި ހިމެނޭ ޕްރޮޑަކްޓުތަކުގެ އެންމެ ޚާއްސަ ސިފައަކީ، އޭގައި އެކުލެވޭ ފައިދާކުރަނިވި މާއްދާތަކުގެ ސަބަބުން، އިސްތަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމާއި އެކު އިސްތަށިގަނޑު އަވަހަށް ދިގުވުމަށް މަގުފަހިވެގެން ދާތީއެވެ. މި ޕްރޮޑަކްޓުތައް އުފެއްދުމުގައި ބޭނުންކޮށްފައިވާ ހީނާފަތާއި އަލޮވެރާ އާއި ކާށިން އަމުނާފައި ހުންނަ ތެލަކީ މިކަމުގެ އެންމެ ބޮޑު ރޯލެއް އަދާކުރާ ބައިތައްކަން ފާހަގަކޮށްލެވެއެވެ. މިއީ ޢާންމު ގޮތެއްގައިވެސް އިސްތަށިގަނޑު ދުޅަހެޔޮ ކުރުމަށް ގިނަ ބަޔަކު ބޭނުންކޮށް އުޅޭ ގުދުރަތީ ބައެއް ވަސީލަތްތަކެކެވެ.
ތަޖުރިބާކާރުން ލަފާދޭ ގޮތުގައި ޖެނެޓް ހެއަރ ފޯލް ޕެކުގައި ހިމެނޭ ޝޭމްޕޫ ބޭނުންކޮށްގެން ހަފްތާއަކު ތިން ފަހަރު ދޮވެލުން ރަނގަޅެވެ. އަދި ހަފްތާއަކު އެކެއް ނުވަތަ ދެ ފަހަރު ކޮންޑިޝަނަރ ބޭނުންކުރުމާއި އެކު ކޮންމެ ދުވަހަކު ދެފަހަރު މި ޕެކުގައި ހިމެނޭ ތެޔޮ އިސްތަށިގަނޑުގައި ހޭކުމަށްފަހު، ރަނގަޅަށް މަސާޖު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އާދަކޮށް މިގޮތުގެ މަތީން މި ފަރުވާ ހޯދާނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެނި ބޮލުން އިސްތަށި ފޭބުން ހުއްޓިގެންދާ ކަމަށް، ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެފައި ވެއެވެ.
ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ ހެއަރ ފޯލް ކޮންޓްރޯލް ޕެކްގައި ހިމެނޭ 300 މިލިލީޓަރުގެ ބޮޑު ފުޅީގައި ހުންނަ ތެލާއި ޝޭމްޕޫ އަދި ކޮންޑިނަޝަނަރ، ފޭސްބުކް ޕޭޖް "ލިބޭ" އިން ހެޔޮ އަގުގައި ލިބެން ހުރިއިރު، ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް ޕޭޖުގެ ފަރާތުން އެދެއެވެ.
ލިބޭ ޕޭޖާއި ގުޅުމުން، ޖެނެޓްގެ ޕްރޮޑަކްޓުތައް މާލޭގައި ކޮންމެ ސަރަޙައްދަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭއިރު، ހުޅުމާލޭ ސަމަރ ސްޕޯޓްސް (ލޮޓް ނަމްބަރު: 11165، ބޮކަރުމާ ހިނގުން) ފިހާރައިނާއި އައްޑޫ ސިޓި ހިތަދޫ، އާގަލާ މާޓު އިންވެސް މި ޕްރޮޑަކްޓުތައް އެއް އަގެއްގައި ލިބެން ހުންނާނެއެވެ. ޖެނެޓް ބްރޭންޑުގެ 24 ޕްރޮޑަކްޓެއް މިހާރު ރާއްޖެއިން ލިބެން ހުންނާނެއެވެ.
ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.
ވޯޓުން.ވައްކަން ކުރުން
ހުސްފޭކް. ޖެނެޓް މީހުން ކިހާވަރެއް ދީގެންތަ؟
މީހުސް ކެރެދި
ހަޖަމްނުވާ މީހުންނަށް ދޭްން ރަނގަޅު އެއްޗެއް ނެތްތަ؟
އިބޫ އަށް ފުޅި އެއް ހަދިޔާ ކުރައްވާ.
ވަޓްސްއަޕް އިން ގުޅޭތަ؟
ޔޫ ޖަސްޓް ޑިނައި!
އެހެންތަ؟ އަލްހަމްދު ލިﷲ