އީކުއެޓާ ނަމަކަށް ކިޔާ ސަފާރީއެއް ރިހިވެލި ބީޗު ރިސޯޓުގެ ދެކުނުން 2.5 މޭލު ބޭރުން ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 14:00 ހާއިރު ކަމަށާއި މި ހާދިސާ ހިނގިއިރު ސަފާރީގައި 12 ފަތުރުވެރިންނާއި، 2 ޓުއާ ގައިޑުންގެ އިތުރުން ހަ ފަޅުވެރިން ތިބި ކަމަށެވެ.

މި ސަފާރީ ދިޔަވާން ދިމާވީ ވިލާގަނޑެއްގައި ޖެހިގެން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑުގެ ލޯންޗެއް ސަފާރީ ކައިރީގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު