ޕީޕީއެމް އިން ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީއެއްގައެވެ.

މި ސިޓީގައި ރައީސް މައުމޫން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށާއި ހާއްސަ ހާލަތެއް މެދުވެރިވާނަމަ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކުރުމުން ކަމަށެވެ. ނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވާ ކައުންސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީ އަށް ހަމަވެފައިވާތީ ޕީޕީއެމްގައި މިހާރު އޮތީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، އެމަނިކުފާނު ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން މައުމޫން ވަނީ މި ކޮންގްރެސްގައި ޕާޓީގެ ގިނަ މަގާމުތަކަށް އެތައް ބަޔަކު އިންތިޚާބު ކުރިއިރު އެފަދަ އިންތިޚާބެއް އޮންނާނެ ކަމަށް ކުރިން އިއުލާނުކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައެވެ. އޭގެ ސަބަބުން މުހިންމު މަޤާމު ތަކަށް މެންބަރުން ކުރިމަތިލުމާއި ކެންޕެއިން ކުރުމުގެ ފުރުސަތު ގެއްލި މަގާމުލިބުމުގެ ފުރުސަތު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނަށް ގެއްލިގެން ގޮސްފައިވާ ކަމަށާއި އެއީ އެޕާޓީގެމެމްބަރުންނަށް ލިބުނު ވަރަށްބޮޑު ނިކަމެތި ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ މި ސިޓީގައި ވަނީ ކޮންގްރެސްގައި ނިންމާފައިވާ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމުގެ ކުރިން އެމަނިކުފާނު ފާހަގަކުރެއްވި ކަންތައްތަކަށް ބެއްލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހާޝްހާޝް

  ތަމެން ކިތަންމެ ވަރަކަށް ޕްރޮޕެގެންޑާ ފެތުރި ނަމަވެސް މަމެން ދޫކުރަން ނެތީމޭ ތަމެންނަށް އަޅެ ތަމެން ބުނެދެގަ މަމެންނަށް ތަމެންގެ ބޮޑޭ އެއީ ވޯޓާވަގުތޭ އެއީ މަމެން ކިޔާ އެއްޗެއް ނޫން އެއީ ގޮސިޕްސް ކިޔާ އެއްޗެކޭ މަމެން ބުނަން ނެތީމު ދޯ މަމެން ހާޝް ހާޝް އިނގޭތޭ ހާޝް ހާޝް ބޭބީ ސްޕީކް ސޮފްޓްލީ..

 2. އަލީ

  މައުމޫނު ފަޑިޔާރުންނަށް ރިސްވަތު ދިނީ ގާނޫނުއަސާސީއާ އެއްގޮތައްތޯ؟ ކޮބައި މިހާރުވެއްޓޭބަލި ދޮގުހެދުމުގެވެސް ހައްދެއްނެތް

 3. އަލީ

  ކަލޭދެން ސިޔާސީ ކަންކަމާ ދުރުވާންވެއްޖެއްނު. ދަރިފުޅަށް ނައިބު ރައީސްކަން ނުދިނީމަ ޔާމީނުއާއި ދެކޮޅަށް އެރި ބޭބެ ވިއްޔަ. ލަދުން ބޯހަލާކު.

 4. ހުސޭނުބޭ

  މަނިކުފާނުގެ އަމިއްލަ މުދަލެއްގެ ބޭނުން އެހެން މީހުންނަށް ކުރެވިގެންވެސް ނުވާނެ!

 5. އަފްލާ

  ނަސްރީނާ ޚިލާފަށް ކަލޭ ޖަލައްވެއްދީ

 6. Anonymous

  މައުމޫނަކީ މިހާރު އަގެއް ހުރި މީހެއް ނޫން.

 7. ޙަބޭސް

  އަދިވެސް ޕާޓީ ޕާޓި ދެންވެސް މަޑުން ހުރެބަލަ

 8. އަލީ ހަމްދޫން

  ކަލޭދެން ސިޔާސީ ކަންކަމާ ދުރުވާންވެއްޖެއްނު. ދަރިފުޅަށް ނައިބު ރައީސްކަން ނުދިނީމަ ޔާމީނުއާއި ދެކޮޅަށް އެރި ބޭބެ ވިއްޔަ. ލަދުން ބޯހަލާކު.މައުމޫނު ފަޑިޔާރުންނަށް ރިސްވަތު ދިނީ ގާނޫނުއަސާސީއާ އެއްގޮތައްތޯ؟ ކޮބައި މިހާރުވެއްޓޭބަލި ދޮގުހެދުމުގެވެސް ހައްދެއްނެތް މަނިކުފާނުގެ އަމިއްލަ މުދަލެއްގެ ބޭނުން އެހެން މީހުންނަށް ކުރެވިގެންވެސް ނުވާނެ!

 9. ވަލުޖަނަވާރު

  ޕީޕީޢެމް އަކީ ޕާޓީގެ މެންބަރުން މަނިކުފާނެއް ނޫން

 10. ކިންގފިޝާ

  އަސާސީ ގަވައިދު އެންމެ ބޮޑައް އެގޭނީ މައުމޫނަށް 30 އަހަރު ވެރިކަން ކުރީވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގަވާ ގޮތުގެމަތިން އެހެންވީމަ ކިހާސަޅި މައުމޫނު ދެކޭގޮތުގައި އޭނަވަރެއްނެތް؟

 11. ޢަލި

  މީނަ ގޭގައި މަޑުން ނުހުރެވިގެން މިއުޅެނީ ކީއްވެތަ؟

 12. ބާދަލާ

  މަނިކުފާނަށް ގެންދެވުނަސް ގެންދެވޭނީ ޕީޕީއެމްގެ ނަން، އަހަރުމެން ނުދާނަން ތިޔަ މަނިކުފާނު ފަހަތްޕުޅުން، މުޅިޤައުމު ހަލާކުކޮއްލުމުގެ އެއްމެއިސް ރޯލެއް ކުޅުނީ ތިބޭފުޅާ ވަރަށް ސަލާމް