ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަސްމީ ސިފައެއްގައި އިންތިހާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް މިއަދާ ހަމައަށްވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާއިރު ކޮމިޝަނުގެ މެމްބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވައި، އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އަދި މީސް މީޑިޔާގަ އާއި އެހެނިހެން ވަސީލްތައް ބޭނުންކޮށްގެން ކޮމިޝަނުގެ ރައީސް އާއި މެމްބަރުންނާއި ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލާއި މުވައްޒަފުންނަށް ބިރު ދައްކާ މަރުގެ އިންޒާރު ދެމުންދާ ކަމަށްވެސް އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން އަމަލު ކުރަމުންދާނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ކުރާ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް އީސީން ވަނީ ގޮވާލާފައެވެ. އަދި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއް ނެތި ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން ސާބިތުކަމާއެކީ ދެމި ތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އީސީން މިހެން ވިދާޅުވެފައިވާއިރު އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މުޒާހަރާ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރޭ ވަނީ ގޮވާލައްވާފައެވެ.

އިލެކްޝަނުން އިއުލާން ކުރި ދާއިމީ ނަތީޖާގައިވާ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އެއީ 41.60 އިންސައްތައެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134705 ވޯޓެވެ. އެއީ 58.40 އިންސައްތަ ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 230،757 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 3132 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސައިމާ

    ތިތަނަކަށް މީހަކު ނުފޮނުވާނެ ޝަކުވާއެއް. އިތުބާރު ގެއްލިފަވާ ތަނެއް ތީ !

  2. ޛެ

    މިހާރުތިބެނީދެމެންބަރުންތަ

  3. ޢަފްލާ

    ތަހާދަ ވަރެކޭ ތިވެންނޫ

  4. ދިވެހިރަތްލޭ

    ލީކްވެފަވާ އޯޑިއޯގައި ދައްކަވާ ވާހަކަތައް ، އަޑުގެވެރިޔަކީކާކުތޯ؟ އޯކޭ އެދެންކޮންމެބޭފުޅަކައްވިޔަސް އެއީބަލައިގަންނަން ފައްސޭހަވާހަކަތަކެއްނޫން. ކޮންމެގޮތެއްވިޔަސް ދޮގާމަކަރާހީލަތްތެރިކަމުން މަންފާކުރާނެނަމަ ގާރޫން އާއިހާމާން އަށް ދުނިޔޭގެ އެންމެއަރާމާއިލައްޒަތު ލިބުނީސް. ﷲގެކުޅަދުންވަންތަކަން އީމަންތެރިހިތަކަށްގެނުވާވަގުތުއެހިތްބިރުންރޫރޫއަޅައިގެންދާނެ. ވިސްނަވާ ފިކުރުކުރައްވާތި . މިދުނިޔެމިއީ ހަމަކަށަވަރުންވެސް ކެހިވެރިކަމުގެ ވަގުތީއުފަލެއްދޭއެއްޗެއްކަމުގާމެނުވީނުވާނެ .ދުނިޔެއަށްޓަކާ ތިމާކުޅަކޮންމެ ރަންގަޅާއި ނުރަނގަޅު އަމަލަކާ ކުރިމަތިލާވަގުތު ވަނީދުރކުނޫން ކަން ބުއްދީގެ އަހުލުވެރިންނައްވިސްނޭނެ. ނޭދެވޭކޮންމެކަމަކުން ހުރީގެއްލުމާއިހަލާކު . ފިސާރެއީމާންތެރިކަން ކުރިއަށްނެރުއވިނަމަ ދުނިޔޭގެ ފިތުނައިންނާއި އުޚްރަވީބިރުވެރިކަމުން ސަލާމަތްވެވޭނެ. ﷲއައިވަކީލް.

  5. ލޫސް

    ނަރަކައިގެ އަޒާބަަކަށް ޝަރީފް ކެތެއް ނުވާނެ އެހެން ދުވަހެއް އޮތްކަން ކަލޭ ހަނދާންކުރާތި އަދި ފަހުން ކަލޭ ހިތާމަކުރާނެ މަވާސަލާމް

  6. މަ

    ކޮލަމާފުށިން ޝަކުވާ ހުށައެޅި. ކަލޭ މެން ވާ ދޮގު ހެދޭތޯބަލައްޗޭ!

  7. ނަދީ

    ނަރަކައިގެ އަޒާބަަކަށް ޝަރީފް ކެތެއް ނުވާނެ އެހެން ދުވަހެއް އޮތްކަން ކަލޭ ހަނދާންކުރާތި އަދި ފަހުން ކަލޭ ހިތާމަކުރާނެ މަވާސަލާމް