ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށްފަހު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު، އިލެކްޝަންސް ކޮމިޝަން (އީސީީ)ގެ ރައީސް އަހްމަދު ޝަރީފަށް ތައުރީފު ކުރައްވައިފިއެވެ.

ޝަރީފު ކުރެއްވި ޓްވީޓެއް އާންމުކުރައްވަމުން ޝާހު ވިދާޅުވެފައި ވަނީ، ތިމަރަފުއްޓަކީ ދެ ހާޖީން އުފަންވި ފަސްގަނޑު ކަމަށާއި، ތިމަރަފުއްޓަށް ފޫޅުކެނޑި މީހަކު ރައްޔިތުންނަށް ޚިޔާނާތްތެރި ނުވާނެ ކަމަށް އެރަށު މީހުން ބުނެ އުޅޭކަމަށެވެ.

"ތިމަރަފުއްޓަކީ ދެ ހާޖީން އުފަންވި ފަސްގަނޑު! އަބަދުވެސް ތިމަރަފުށި ބުނަމުން އައީ ރައީސް ޔާމީން ވިދާޅުވިޔަސް ތިމަރަފުއްޓަށް ފޫޅުކެނޑި މީހަކު ރައްޔިތުންނަށް ޚިޔާނާތްތެރި ނުވާނެއޭ،" ޝާހުގެ ޓްވީޓުގައި ވެއެވެ.

މި އިންތިޚާބުގެ ކުރީން، އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލައި ވޯޓަށް ޚިޔާނާތްތެރިވާނެ ކަމަށް ބުނެ ކޮމިޝަންގެ ރައީސާއި މެމްބަރުންނަށް ގިނަ ތުހުމަތުތަކެއްކޮށް އަޑު އުފުލަމުންދިޔަ އިދިކޮޅު އިއްތިހާދުގެ އެންމެ ކުރީ ސަފުން ފެނިގެންގޮސްފައިވާ، ޝާހު މިގޮތަށް ވިދާޅުވެފައި މިވަނީ، އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަންގެ އެތެރެއިން ރާވާފައިވާކަމާއި، އެކަމަށް ހެކިދޭ ވާހަކަތަކާއި އޯޑިއޯތައް ލީކުވެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންތިޚާބުގެ ކަންކަން ހިނގައި ދިޔަ ގޮތާއި މެދު ޝައްކުތަކެއް އުފެދެން ފެށުމާއި އެކު އީސީއަށް ތައުރީފުކޮށް، އެ ކޮމިޝަނާއި ކޮމިޝަނުގެ މެމްބަރުންނަކީ އިޚުލާސްތެރިން ކަމުގައި އިދިކޮޅު އިއްތިހާދުގެ އިސް ވެރިން މިހާރު ބުނަމުން ދިޔަނަމަވެސް، ރިޔާސީ އިންތިޚާބު ބޭއްވިތާ އެއް ދުވަސްފަހުން އެ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕާޓީގެ ޗެއާޕާސަން ވަނީ އިންތިޚާބު އިންސާފުވެރި ނޫން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނަށް ފާޑުކިއުން އަމާޒުކޮށްފައެވެ. އޭނާ ވިދާޅުވެފައި ވަނީ އިންތިޚާބު ކުރިޔަށް ގެންދިޔައީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

އޭރު އެވާހަކައަށް އީސީގެ ރައީސް، ޝަރީފް ރައްދު ދެއްވާފައި ނުވީނަމަވެސް، ފަހުން ފެންމަތިވި މައްސަލަތަކަށްފަހު ޝަރީފް ވަނީ އޭނާ ހައްޔަރުކުރަން ޖެހޭވަރުގެ ކުށެއް ނުކުރާކަމަށް ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ، ފާޑުކިއުންތަކާއި ކުރިމަތިލައްވާނީ ސާބިތުކަމާއެކު ކަމަށާއި، އޭނާ ހުންނަވާނީ އިންސާފުގެ މަގުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަނީ

    ޙަމަ ހިނި އަންނަނީ. ކަމެއް ފޮރުވަން އުޅުނަސް ބޮޑު ވަރު

  2. މެޑަމް އައިސަ

    އެހެންވެ މުސްތޮފާވެސް ހައްޖު ޅާރި ކޮޅު ވެސް ކޭ

  3. އަފްލާ

    ތިމަރަފުށި 2ވަގު ވޯޓް ވަގު

  4. އައިޝަތު

    ޖަސްޓް ޑިނައި

  5. ހިމަކަލޯ

    ހަމަ ހިނި އަންނަނީ ދެން އެންމެން އަށްޖަހާ ރާއްޖޭގެ މަޖިލީހުގައި ތިއްބެވީ ހިނިއަނަ މީހުން

  6. ސަލްމާ

    ޕީޕީއެމް އިން ނޫޅޭ އަލުން ވޯޓުނަގާތޯއެއް! ވޯޓު ނެގުމާއި ގުނުމުގައި މައްސަލަތަކެއް ހުރިކަމުގެ މަޢުލޫމަތު ލިބޭތީ އެއީ ޞައްޙަ މަޢުލޫމާތުތަކެއްތޯ ބަލަން އެ އުޅެނީ! އޮޅުވަނުލާ! މި މައްސަލަ އެމްޑީޕީއަށް ދިމަވިނަމަވެސް މާ ބާރަށް ތެޅެއެރުވީސް!

  7. ތިމަރަބަރު

    މިވަރަށް ސަނާ ކިޔާ ތަޢްރީފް މިކުރަނީ ހަމަބުއްދީގަ މިސޮރު ހުރެބާ ތިމަރަފުށީ މީހުން ވަރަށް ނުބައިވާނެ

  8. އަސްތަލާއްލާ

    ތިމަރަފުށީގަ ގިނަވާނީ ވަގުންނާއި ޚިޔާނާތްތެރިން އެހެންނަމަވެސް މަދުމީހަކު ހުރެދާނެ ހެޔޮލަފާ އިޙްލާސްތެރިއެއް ތ. އަތޮޅުގެ ގިނަރައްޔިތުން މިކަމަށްހެކިވާނެ

  9. އިރުދަށުގެ އާދަނު

    ތ. އަތޮޅުގެ ގިނަރައްޔިތުން މިކަމަށްހެކިވާނެ މިސާލަކީ މުސްތަފާބެގެ ލަނޑައި ގޯނި، ހުއިފިލަޑާ ބަރުކުރަން އެޅި ސިމެންތި އެކަމަށް ހެކިވާނެ.، ޝާހުއަށް ވ ސަލާމް.

  10. ިއިބްރާހީމް

    ރާއްޖޭގައި އޮންނާނީ ތިކަހަލަ ދެތިން ރަށެއް. އޭގެތެރެއިން ނ.ވެލިދޫ ފާހަނގަ ކޮށްލެވޭ.

  11. ހެޔޮއެދޭ

    ތިމަރަފުށީ މީހެއްގެ ޝަރުތު ފުރިހަމަވަނީ ޚިޔާނާތްތެރިއަކަށް ވީމަ. އެތާނޫޅެވޭނެ އެޝަރުތު ހަމަނުވާނަމަ.

  12. ާއަހްމަދު ޢަލީ ޗާލްސް ތިމަރަފުށި

    ޢިންތިޚާބު ކަޑަ، އެކަން އެންމެ ރީއްޗަށް އެނގެނީ ކޭންތައް ކައީރީގަ ތިބި މީހުން އެނގުމުން،
    ޢެކަމަކު ނަތީޖާއަށް ބަދަލު އަންނަ ވަރަށް ވޯޓް އެތާގަތިބި ޕީޕީއެމް މީހުންނަށް ނުހޯދުނީ