ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުން މަޑުކޮށްލެއްވުމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ގޮވާލައިފިއެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ސިއްދީގު ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާއިރު އިންތިހާބާއި ގުޅޭގޮތުން ހުރި މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ. އަދި އެކަން ނުނިމެނީސް ރައީސް ކަމުގެ ހުވާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ސިއްދީގު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވިއްޖެ. އަދި އަޅުގަނޑުމެންނަށް ވަރަށް ގިނަ ވާހަކަތަކެއް އަޑު އިވިއްޖެ. އެހެންވީމަ ހަގީގަތުގައި އަޅުގަނޑުމެންނަށް އެބަޖެހޭ ޖަވާބުތަކެއް ލިބެން. މި ޖަވާބުތަށް ލިބެންދެން އަޅުގަނޑުމެން ގޮވާލަން އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވައިކުރެއްވުން މަޑުކޮށްލެއްވުމަށް" ސިއްދީގު ވިދާޅުވިއެވެ.

ސިއްދީގު އިތުރަށް ވިދާޅުވީ ދައުލަތުގެ އިދާރާއެއްގައި ހުރި އިސް މީހަކު ތިމަންނައަށް ރިޝްވަތު ހުށައެޅިއޭ ބުނާ ކަމަށް ވާނަމަ އެ ހުށައެޅި މީހަކު އެބޭފުޅުން އާންމު ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

" ތިބޭފުޅުން އިލެކްޝަން ކޮމިޝަނުގެ މެންބަރުން ކައިރިން އައްސަވާ އިބްތިހާބުގެ ނަތީޖާ ބަދަލު ކޮށްލުމަށްޓަކާ 2 މިލިއަން ޑޮލަރު ހުށައެޅިކަމަށް. އެއްވެސް ބޭފުޅެއް ކައިރީ ދެނެވިން ތޯ އޭ. މިއީ ބޮޑު މައްސަލައެއް. ރިޝްވަތު ހުށަހެޅިއްޖެ ކަމަށް ވާނަމަ އެއީ ތަހުގީގު ކުރެވެންޖެހޭ ވަރުގެ މައްސަލައެއް" ސިއްދީގް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އޮޅުވާލާފައިވާކަމަށް ބުނެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ރޭ ވަނީ އިލެކްޝަން ކޮމިޝަނުގެ މެންބަރުގެ އިސްތިއުފާއަށް ގޮވާލައި ރޭ މާލޭގައި މުޒާހަރާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރު އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

ރޭ ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި ބައިވެރިވެޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންދެން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ޖެހޭ ކަމަށެވެ.

ޕީޕީއެމް އިން ރޭ މާލޭގައި މުޒާހަރާ ކޮށްފައިވާއިރު މިރޭ ވެސް ޕީޕީއެމް އިން ވަނީ އެޕާޓީގެ އޮފީސް ކުރިމަތީ މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޅަކޮތަރު

    ޙަޖަމު

  2. ޢައިޝާ

    ހަމަ ރަނގަޅަށްވެސް މޮޔަފުޅުވެއްޖެ.

  3. ކުޑަހުވަދޫ

    ހަމަ ރަނގަޅަށްވެސް މޮޔަފުޅުވެއްޖެ.

  4. ކުޑަހުވަދޫ މާމަ

    ހަމަ ރަނގަޅަށްވެސް މޮޔަފުޅުވެއްޖެ.

  5. ވާހަކަ

    ޕާޓީތަކުންވެސް ބަލާނީ، ޤާނޫނުތަކާއި ޤަވާޢިދުތަކަށެވެ. ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފަށް ދައްކާވާހަކަތަކަށް އެއްވެސް މީހަކުނުބަލާނެއެވެ. ނޫސް ކޮންފަރެންސް ބޭއްވިދާނެއެވެ. މުޒާހަރާވެސް ކުރެވިދާނެއެވެ.

  6. ީުހޖމ

    ދެެންވެސް މަޑުމަޑުން ހުރެބަ ބަލި ގަބޫލު ކޮއްގެން ހަޖަމު ނުވަނީދޯ ކީއްކުރާނީ ދޯ

  7. ލަވް

    ޕީޕީ މީހުންގެ ހަޖަމް ގެ މައްސަލަ ވ. ބޮޑު

    ނުވާނެ އެމީހުންނަކަށް.

  8. Anonymous

    ރ.ޔާމީން ތަންފުކެއްވެސް ދޫދީގެންނުވާނެ، މަނިކުމުފާނަށް ވޯޓުދިން އެތައްރައްޔިތެއްގެ ޙައްޤުތަކެއް ވާކަން ހަނދާން ނައްތައިގެން ނުވާނެ، މަނިކުފާނު ރޭގަ ނިކުއްގޮތަށް ނިކުމެ އަޑުއުފުލުމުން އެނގިގެންދިޔައީ ބަޔަކު ހިންގި ޚިޔާނާތެއްގެ ހަގީގަތް ހޯދައިފިކަމެވެ.

  9. ީިގަމަަރު

    މޮޔަކަލެގެ

  10. މެސީ

    މުޒާހަރާ ކުރަން ހައްޖައްދާންވީނު

    • 5 ވަނަ ރުކުން

      ހައްޖަށް ދަނީ 5 ވަނަ ރުކުން އަދާ ކުރަން، މުޒާހަރާ ކުރާކަށް ނޫން، "މެސީ" ގެ ނަން ބޭނުންކޮއްގެން މިބުނަނީ ހައްޖުގެ ވާހަކަ. ކޮންތާކުު ބުއްދި ތިއޮތީ، ފައިގަތަ؟

  11. ޢަލީ

    ޢިބޫ އަކަށް ނުކެރޭނެ. ޢިނގޭ ވިއްޔާ ވަގު ވޯޓެއްކަން

  12. ރައްޔިތުން

    ރައްޔިތުންގެ ނިންމުމަށް ދެކޮޅުހަދާ މީހުން ހިފާ ހައްޔަރުކޮށް ދިނުމަށް ދިވެހި އަސްކަރިއްޔާ އަށް ގޮވާލަން

    • ގުދޯގުދޯ. ކެކެކެ

      ތިވަރުގެ މީހުން ވެރިކަމާ ތޮޅޭ މީހުންނަށް އަދަބު ދިނީމަ ބުނަނީ ރައްޔިތުންނަށް އަނިޔާވެރިވަނީއްޔޭ! ރައްޔީތުން ތިބީ އެމީހެއްގެ ހާލައިގެން ޢެމީހަކު. ލބޭ މުއްސަދީން ވެރިކަމާ ތޮޅި ވަޒީފާ ގެއްލުނީމަ ލިބޭ ލާރި މަދުވީމަ މުޒާހަރާކޮށް އެންމެންގެ ނަމުގައޭ ކިޔާފަ ވަކަރުގޭ މީހުން އުޅޭހެން އުޅެނީ. ޢީބޫ މާވަރުގެ މީހަކަށްވެގެން ތިއުޅެއީރު ކޮންބަޔަކަށް ކޮންކަމެއް ކޮންދިން މީހެއް އެއީ.ކެކެ. ކުފޫ ހަމަނުވާ ރައީސް. ހެހެ

  13. ވަތަން

    ކޮންމަޑެއް ކުރާކަށް .ނުކުރާނަށް . ކުރިން ހުރީ ނޮވެމްބަރ17 އަށް މަޑުކުރާގޮތަށް. ދެން މިވީގޮތުން ހުވާކުރާނީ ނޮވެމްބަރ 11ގައި.

  14. ލީމަން

    ޞިއްދީޤް މީ އަސްލު ބޯ ހަމަ ޖެހޭ މީހެއްބާ..?

    ގާނޫނު ތަކުގައި ވާއެއްޗެއް ނޭގޭ މީހުން ގާނޫނު ހަދާމަޖިލީހަށް ކުފޫވެސް ހަމަނުވޭ...ތިބޭފުޅާ އެހެންވީމައިސްތިއުފާ ދޭންވީ..

  15. ލާރިލާރި

    މިއޮތްހާދުވަހުވެސް މަޑުކޮއްފަ ހުރީ ދެނެއްނުޖެހޭނެ މަޑުކުރާކައް އެންމެ ސިކުންތަކުވެސް ރައްޔިތުން އެއޮތީބަސް އިއްވާފަ ހަޖަމު ނުވަނީކީއްވެބާ؟

  16. އިތުރު ވިސްނުންފުޅަކަށް

    ކޮބައިތޯ އަރިހުގައި އުޅުއްވާ ޤާނޫނީ ޓީމުގެ ބޭފުޅުން؟ ޤާނޫނު ރުހޭގޮތަށް ޢަމަލުކުރުމަށާއި ޤާނޫނު ނުރެހޭގޮތަށް ކަންތައްތައް ނުކުރެއްވުމަށް އެޑްވައިޒް ދެއްވާ!

  17. ޒީ

    ވޯޓުން ވައްކަން ކޮށްފައިވާ ކަމުގެ ސާފު ހެކި އެބަހުރި . ވީއިރު އިބޫވެސް ޖެހޭ އިލެކުޝަނަށް ގޮވާލަން އެބޭފުޅާއަށް ލިބުނު ސައްހަ ވޯޓުން ގެ ނަތީޖާ ހޯދުމަށް އިލެކުޝަނަށް ގޮވާލަން

  18. ފައިސާ

    ސިއްދީޤޫ، ކޮބާ ފައިސާ ގޯނި ކޮނޑުއަޅައިގެން ދުވުން މީހާ؟

  19. ބަކުރާ

    މަޑު ނުކުތާ ނަން