ހަތަރު އަހަރަށްފަހު ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގަތުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ނިންމަވައިފިއެވެ.

ވަރަށް އަވަހަށް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެކަން މަހުލޫފް ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މަހުލޫފް ދީފައެއް ނުވެއެވެ.

ގުޅޭނެ ޕާޓީއެއް ހާމަކޮށްފައިނުވި ނަމަވެސް މަހުލޫފް ގުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އެމްޑީޕީއާއެވެ.

މީގެ ކުރިން ޑީއާރުޕީއާއި ޕީޕީއެމްގައި ވެސް މުހިއްމު ދައުރެއް އަދާކުރެއްވި މަހުލޫފް އަކީ މި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރި ފަރާތެކެވެ.

އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ތަފާތު އެކި ދައުވާތައް އުފުލާ މަހުލޫފް ޖަލަށްވެސް ލާފައިވެއެވެ. އެގޮތުން ދާދިފަހަކާ ޖެހެންދެން މަހުލޫފް ހުންނެވީ ގޭ ބަންދުގައެވެ. އޭނާ މިނިވަންކުރީ ރިޔާސީ އިންތިހާބަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޤައުމު

    ތިކަހަލަ މީހުން ގުޅެން އޮންނާނީ އެމްޑީޕީ

  2. ޙަމެ

    ޢަހަރުންނައް ހެޔޮ ކަލޭ އަމިއްލަ އައް މޮޔަވިޔަސް. ޢަމިއްލަ އައް މަރުވިޔަސް.

  3. ކުމާރު

    މަހުލޫފި އެމްޑީޕީއަކާ.ނުގުޅޭނެ. ޓިވީއެއްގެ ލައިވް.ޕްރޮގްރާމެއްގަ މަހުލޫފު ބުނި ތިމަންނަ އެމްޑީޕީަޢައް ސޮއިކުރަންޏާ ޖެހޭނީ ހޭނައްތާފަ ސޮއިކުރާށޭ. އެހެންވީމާ އެމްޑީޕީއައް ސޮއިކުރާ ވަގުތުން ފެށިގެން މަހުލޫފު އޮންނާނީ ކޯމާއެއްގަކަން ކަށަވަރުވާނެ. ޙެއެއްނާރާނެ.

  4. ގާސިމު

    މިސޮރު މީ ވަރައް ދޮގުހަދާ ސޮރެއް.

  5. Anonymous

    ރީލޯޑް ކޮއްލާނެ.ގޮތެއް ހޯދާލީދޯ ސޭޓްޕާޓީއައް ސޮއިކުރީމަ އޯކޭވާނެ

  6. ކަޅުތެޔޮ

    ރަގަޅު ރިލޯޑަކާއެކީ އަނެއްކާވެސް އާފެށުމެއްދޯ! ތިހެން ދުވަސްކޮޅެއް ވެލާފަ އަނެއްކާ ބޮޑު އަދަދެއް ކިޔާލާއިރަށް އެވީދާން... ކަލޭމެން ރައްޔިތުންނޭ ޑިމޮކްރަސީއޭ ކިޔައިގެން ކަމަކަށް އޮންނަނީ އެކައުންޓު ބެލެންސް ރަގަޅުކުރުން... މީ ހަބަރެއްވެސް ނޫން!

  7. އަދީބު އަތުން ނެގި ލާރި ގެނޭ

    މީނަ މި ގުޅެނީ މަޖިލީހުގެ ގޮނޑި ހޯދަން ވެގެން ޕާޓީއަކަށް.. ކޮބާހޭ އަދީބު އަތުން މިލިއަނުން ނެގި ލާރި. އަދީބާ ދިމާލަށްވެސް ނުކިޔާކަށް އެއްޗެއް ނެތް މިގޮލާ. ލަދުގެ ކަންފުޅެއްވެސް ނެތް. ހީވާ ގޮތުން ގުޅެނީ ޖުމްހޫރީ ޕާޓީ އާ. މީނަމީ ފަންޑިތަ ހަދައިގެން އެމް.ޑީ.ޕީއަށް ގުޅުވަން އުޅުނު މީހެކޯވެސް ކިޔާ އުޅުން. ޕަކާސް

  8. އަން

    ބާގީންނަށް ސަލާމަތް ވެވޭނީ ބަގާވާތުން ގެއްލުން ލިބުނު މީހުންނަށް ވެރިކަން ހޯދައިދޭން ބުރަ މަސަތްކަތްތަކެއް ކޮށްގެން. ބޮޑަށް ވައްތަރީ މޑޕ އާ ގުޅޭނެ ކަމަށް

  9. އަލީ

    މަޖެްލިހުން ދެން އަންނަ ދައުރަށް ގޮޑިއެއް ހޯދޭތޯ އެ އުޅެނީ.

  10. އަން

    ހަޔާތުގެ ބައިވެރިއަކަށް ވާން ނުލިބުނު ކުރީގެ ލޯބިވެރިޔާ ހުރީ މޑޕ ގަ. ވީމާ މޑޕ އާގުޅުން އެއްމެ ރަގަޅީ

  11. ވިސްނުން

    މޮޔައިން ގުޅޭނީ މޮޔައިންނާ މިވެސް ފަހަކަށް އައިސް ހިނދުކޮޅު އަންނަސޮރެއް

  12. ފާތުން

    ދެން އަހަރުންނަށް ކޮން ބަލާއެއް. ދެއްކުންތެރިކަން ބޮޑު މީހެއް. ?

  13. ރިޔާޟް

    މަގުމަތީ ދަމާކަނޑާާ ޕާޓީ (އެމްޑީޕީ) ރަގަޅުވާނީ!

  14. ރާޅު ބޯއީ

    ގިނައިން ރީލޯޑްކޮށްދޭ ބަޔަކާ ވާނީ ގުޅެން. ހަރާނަކޯރު

  15. ބޭނެ

    އެމްޑީޕީ އިގޭތޯ!!

  16. އަހްމަދު

    ބޮޑައްލަފާކުރެވެނީ ގާސިމް ރަނގަޅު ރީލޯޑެއް ކޮށްލަދިނީކަމަށް މާދަމާ ހުރިހާކުދިން އެއަރޕޯޓަށްދާން ހަނދާންކުރައްޗޭ

  17. ރިހަކުރު

    މަހޮލޫފޫ ކަލޭ ތީ ބްޑު ވަގޭކޭ.....

  18. މޑޕ

    ޕޮލިޓިކްސް ގަ ކައުންޓު ކުރޭތަ މިސޮރު...ރޮއެ ބޮޑާ ހާކައިގެން ނިއުޔޯކް އައް ދިޔަ ބޯއީ.. ސަމާލު ކަން ނުލިބިގެން ޕޕމ އިން ދިޔައީ...މީނަ ހީކުރީ މީ ވަރައް މުހިއްމު މީހެއް ކަމައް...ޕަކާސްސްސްސްސް

  19. ހhhހhhhj

    ދެންް އަަަަަހަަަަަަަަަަރުުމެެނަަށްް ކީީއް

  20. ހުސްނީ

    މީދެން ކާކުތަ؟ ކަލޭ ބަލައިގަންނާނެ ޕާރޓީ އެއްނެތް! އަމިއްލަ އެދުމައިގެން ފޯވެފައި!

  21. ޢީސަދަރި

    ޢީވާއަކީ މަހޭގެ ލޯބިވެރިޔާ ވިއްޔާ.އެމަންޖެ ހުރީ އެމް.ޑީ.ޕީ ގައިވިއްޔާ. މާލަސްވެއްޖެ.

  22. ރައްޔިތުން

    އަދި މަޑުކޮށްލާ ޕީޕީއެމް އަތުލުމަށް ފަހު އޭތި ކުރިއަށް ގެންދަން.

  23. ޔާމިން

    ޕީޕީއެމްއިންމަރުހަބާކިޔަން