24 ފަތުރުވެރިންނާއެކު ދަތުރުކުރި ޑައިވިން ދޯންޏެއް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "އަމިސް ޑެސް މޯލްޑިވްސް" ނަމަކަށް މި ދޯނި އަރާފައިވަނީ އަނަންތަރާ ދިގު ފިނޮޅު ރިސޯޓުގެ ހުޅަނގު ފަރާތުގައި އިން ގިރިއަކަށް ކަމަށެވެ.

މި ހާދިސާ ހިނގިއިރު އެ ޑައިވިން ދޯނީގައި 24 ފަތުރުވެރިންނާއި ހަ ކްރޫއިން ތިބި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ދޯނީގައި ތިބި ފަތުރުވެރިން ޑިންގީއެއްގެ އެހީތެރިކަމާއެކު އެ ސަރަހައްދުން ދަތުރުކުރި ސަފާރީއަކަށް މިހާރު ނެގިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:19 ހާއިރުއެވެ.