އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފޮނުއްވައިދެއްވުމަށް އިންތިޚާބީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް (އިބޫ) ގެ އަރިހުން ޕީޕީއެމް އިން އަނެއްކާވެސް އެދިއްޖެއެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ޕީޕީއެމް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެހެންކަމުން ބަޖެޓް ތައްޔާރުކޮށް ވީހާވެސް އަވަހަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ވަރަށް ގިނަ ވައުދުތައް އެބޭފުޅުން ވެވަޑައިގެންފައި އެބަހުރި. މިސާލަކަށް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުތަކުން ކުޑަ ކުރާނެ ކަމަށް ވަނީ ވިދާޅުވެފައި. މިހާރުން މިހާރަށް މިކަން ކުރާނަމަ ޖެހޭނީ ސަބްސިޑީ ދޭން. އެއީ އެންމެ މަދުވެގެން ވެސް މިލިއަނެއްހާ ރުފިޔާ ދުވާލަކަށް. އެއީވެސް 365 މިލިއަން ރުފިޔާ. މިފަދަ ކަންކަން ބަޖެޓްގައި ހިމެނުއްވުމަށް ފޮނުއްވައި ދެއްވުމަށް އަޅުގަނޑުމެން މިއެދެނީ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އުނދަގުލުގައި އަދި ތުރާލުގައި މިކަން ކުރުމަށްވުރެ ފަސޭހަ ގޮތެއް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރުމަށް ފަހު ފިނޭންސް މިނިސްޓްީ އަށް ފޮނުއްވައި ދެއްވުމަށް ރަސްމީކޮށް ސިޓީއަކުން އިބޫ އަށް ވާނީ ދަންނަވާފައި ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދަންނަވާފައި. އަޅުގަނޑުމެން މިމަހުގެ 31 ގެ ކުރިން ބަޖެޓް މަޖިލީހަށް ފޮނުއްވަން ޖެހޭއިރު އޭގެ ކުރިން މައުލޫމާތު ފޯރުކޮށްދެއްވުމަށް ވާނީ ދަންނަވާފައި." މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ތައްޔާރު ކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ހުރިހާ މައުލޫމާތެއް ވަނީ ހޯދިފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ތައްޔާރު ކުރުމުގައި އާސަރުކާރުގެ ހިއްސާއެއް ނެތް ނަމަ ކުރީގެ ތަޖުރިބާ އަކީ އަހަރުގެ ކުރީކޮޅު ގިނަ ދަތިތައް ސަރުކާރަށް ދިމާވުން ކަމަށެވެ.

"މިސަރުކާރާއި އަޅާބަލާއި އިރު ވަރަށް ގިނަ ޚަރަދުތަކެއް އިތުރަށް ވެސް އެބަހުރި އެބޭފުޅުން އިއުލާން ކުރައްވާފައި. އެހުރިހާ ކަމެއްގެ ވެސް ބަޖެޓްގައި ހިމަނުއްވަން ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ކުރީ ސަރުކާރުތަކުން ވެރިކަމަށް އައިސް ބަޖެޓާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ހަޑި ނަން ލިބެން މިސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނީން

    ބަޖެޓް ފޮނުވީމަ ބަޖެޓް ފާސްކޮށްފަ ފައިސާތައް ބަނޑު އަޅަންތަ ނުހާނު ތިޔަކަމާ ތިއުޅެނީ. ދައުލަތުގެ މުއައްސަސާތަކުން ބަޖެޓްތައްޔާރުކޮށް ފޮނުވާނެ.

  2. ގޮނާސަކް

    ކޮން ބަޖެޓެއްތޭ ވޯޓް ވަގުރައީސް ފޮނުވަން އޮންނާނީ ދޯ ވޯޓް ވަގޭ ވޯޓް ވަގޭ ވޯޓް ވަގޭ އައްޑޫގައި ލީ ހުރިހާ ވޯޓްސް ތަކަކީ ހިޔަލީ އާއި އަދި ޝަވީދު މެން އަޑީގައި ތިބެގެން ވައްކަން ކޮށްގެން ލި ވޯޓް ތަކޭ ދެން ކޮން ބަޖެޓެއް ތޭ ވޯޓް ވަގުރައީސް އަށް ތައްޔާރު ކުރެވޭނީ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ..

  3. ޅައިމަގުމީހާ

    ޢަސާސީކުލާހަށް ފޮނުވަބަލަ

  4. ގޮނާސަކް

    ވޯޓް ކަރުދާހުގެ ސައްހަކަން ދެނެގަތުމަށް ޔޫވީ ރީޑަރ ބޭނުމެއް ނުކުރާނަމަ ނުކުރީ އެއީ އިލެކްޝަންސް ކަމިޝަންގެ ކޮންމެ މެމްބަރަކަށް 25 މިލިއަން ޑޮލަރު ދޭ ގޮތަށް އެއްބަސްވެގެންނޭ އެމެންނަށް އަޕްފްރަންޓް ކޮށް އެމެންގެ ސްވިސް ބޭންކް އެކައުންޓަށް ޖަމާކުރީ 5 މިލިއަން ޑޮލަރު ދެން އިބޫ ވެރިކަން ކުރާ ކޮންމެ އަހަރަކު 5 މިލިއަން ޑޮލަރު އެއިން ކޮންމެ މީހެއްގެ އެކައުންޓަށް ޖަމާކުރަމުންދާނެއޭ ޖީއެމްއާރުން ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލަނީ މިފަދަ ބޭނުން ތަކަށާއި އަދި ކޯޓް ތައް ގަންނާން ވެގެންނޭ މިހާރު ޖީއެމްއާރުން އެވަނީ 12 މެމްބަރުން ގެ ގޮނޑި ނުގެއްލޭނެ ކަމަށް ހުކުމް ކުރާތީވެ އެހުކުމޭ މެން ކޮންމެ މީހަކަށް 20 މިލިއަން ޑޮލަރު ދޭން އެއްބަސްވެ ކޮންމެ މީހެއްގެ ސްވިސް ބޭންކް އެކައުންޓަށް 10 މިލިއަން ޑޮލަރު އެޑްވާންސް އަށް ޖަމާ ކޮށްފައޭ އެމްޑީޕީގެ އިބޫ އަށް ވެރިކަން ލިބިއްޖެނަމަ މާފަންނު ސްޓޭޑިއަމް އޮތީ އިންޑިއާގެ ޖީއެމްއާރަށް ވިއްކާލާ ގޮތަށޭ އަދި ވެމްކޯ ވެސް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލާ ގޮތަށް އޮތީ ރޭވިފައޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ..

  5. މަހަށްދޭބަލަ

    ތަމެންނަކީ ބޮޑެތި ކުށްވެރިން ކުށްވެރިން ދައްކާ ވާހަކަ ތަކަކީ އެއީ ގާނޫނީ ވެސް އަދި އިދާރީ ވެސް އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫނޭ ދެން ތަމެން މަތީ ކޯޓް ހުކުމޭ މެންނަށް ސުޕާރީ ދީގެން އެކުށުން ބޯ ދަމައިގަތް ނަމަވެސް މަމެން ގަބޫލެއް ނުކުރާނަމޭ ތަމެން ތިޔާއީ ކުށްވެރި އެއް ނޫން ކަމަށް ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  6. ރައްޔިތުން

    ބަޖެޓް ފޮނުވާކަން ޕީޕީއެމް އިން އެދޭކަން ނުޖެހޭނެ އެކަން ފިނޭސް މިނިސްޓްރީ އާއި އަންނަން އޮތް ސަރުކާރުގެ ފަރާތުން އެކުލަވާލާ ޓީމަކާއި ގުޅިގެން އެކަން ކުރާނެ. އަދި ފިނޭންސް އިން މަޖިލީހަށް ބަޖެޓް ހުށަހަޅާނެ.

  7. ޒާ

    ނެތޭ ބަޖެޓް ހަދާނެ ވެސް ގާބިލް މީހެއް. ދެން ޕީޕީއެމުން ހަދާފައި ދިނީމާ އޯކޭވާނެ. އެކަމަކު ވެރިކަމާއި ހަވާލުވެފައި ވައުދު ނުފުއްދުނީމާ އެކަމުގެ ބަދުނާމު އަޅުވާނީ ޕީޕީއެމްގެ ބޮލުގަ. އެއީ ނާގާބިލް މީހުންގެ އާދަ.

  8. Anonymous

    ބޭނުމެނޫން ފޮނުވާކަ!

  9. މާސްޓަރ

    ތަނެއް ދޮރެއް ނޭގި ކޮމެންޓް ކުރާ ފަރާތްތަކަށް ދަނަންވާލަން. ބަޖެޓް ފާސްކުރުމަކީ ހަމައެކަނި ނަމްބަރުތަކެއް ފާސްކުރުން. ފައިސާތކެއް އަތަށް ލިބޭނެ ކަމެއްނޫން އެއީ.

  10. ލީމަން

    އަޖައިބެއްކަހަލަ ވާހަކައެއް ޕޕއމ އަކީވެސް ޕާރޓީއެއް ދައުލަތުގެ ބަޖެޓް އެމީހުންނާއޮތީ ކޮންގުޅުމެއްބާ...

    ރައީސްގެ ތަޞައްވުރު އިންޕްލިމެންޓްކުރުމަށް ވަޒީރުންގެ ލަފާގެ މަތީ ދައުލަތުގެ މުވައްސަސާތަކުން ނޫންތޯ ބަޖެޓްކުރަނީ...

    ޕޕއމ އަކާއި ދައުލަތާއި އެއްވެސް ގުޅުމެއް ނެތޭ ވެރިކަން ކުރާ ޕާރޓީގެ ހައިސިއްޔަތް ފިޔަވައި...

    އެހެންކަމުން ދައުލަތުގެ ފިނޭންސް މިނިސްޓްރީގެ ދައުރު ޕޕއމ އަކުން އަދައެއް ނުކުރެވޭނެ.. "ގަޅި ނިހާނު"

  11. ހަބޭސް

    އެއުޅެނީ ނުކެރިގެން އަދި ނުވެސް އެގިގެން ދުވާލަކު 1 ފަހަރު ތިގޮތަށް ގޮވާތި

  12. ވަހީދު

    އެމްޑީޕީން އަދި އެހެން ޕާޓީއަކުން ވެސް ބަޖެޓެއް ހަދާފައި އޮތްހެން ހީނުވޭ. ސަރުކާރުން އަންނަށް އޮތް އަހަރަށް ހަދާފައި އޮތް ބަޖެޓް އިބޫއަށް ދޭން ފެނޭ. އޭތި 3 މަހަށްވާވަރަށް ކުޑަކޮށްފައި މަޖުލިހުން ފާސްކުރާނީ، އެތިން މަސްތރޭ އިބޫއަށް ބަޖެޓެއް އެކުލަވާލެވޭނެ. މިޒާތުގެ ކަންކަމީ ގައުމީކަންކަން. އެއްވެސް ވަރަކަށް ވާދަވެރިވުން ުވާނެ.ރަނގަޅެއްނ