ރައީސް މައުމޫނާއި، އެމަނިކުފާނުގެ ބައިވެރިން "ޕީޕީއެމްގެ ނަން ވަގަށް ނެގުމަކީ" ޑިމޮކްރަސީ އަށް ހުރަސް އެޅުން ކަމަށް ދިވެހިރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުންދު ވިދާޅުވީ ޕީޕީއެމްގެ އައިޑެންޓިޓީ ނިގުޅައިގަންނަން ކުރިން ޕާޓީ އިން ވަކިވި ބޭފުޅުންކޮޅެއް މަސައްކަތް އެބަކުރައްވާ ކަމަށާއި އެއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ރާއްޖެ އިން ނައްތާލުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ. މައިނޯރިޓީގެ އަޑު އުފުލާނެ ބަޔަކު ވެސް ތިބެން ޖެހޭ. ސަރުކާރެއް ޒިންމާދާރު ކުރުވަން އިދިކޮޅު ޕާޓީއެއް އޮންނަން ޖެހޭ. މިއީ ޑިމޮކްރަސީގެ އަސާސްތައް. މިއަސާސްތައް ނައްތާލެވިގެން ދިއުމަކީ ޑިމޮކްރަސީ އަށް ހުރަސް އެޅުން." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ޕީޕީއެމް އިން ވެރިކަން ދޫކޮށްލާއިރު އިދިކޮޅު ޕާޓީތަކެއް ނޯންނާނެ ކަމަށާއި 17 ނޮވެމްބަރ ގެ ފަހުން އޮންނާނީ އިދިކޮޅު އެންމެ ޕާޓީއެއް ކަމަށެވެ. އެހެންކަމުން އިދިކޮޅު ޕާޓީއަށް އެޕާޓީގެ ދައުރު އަދާކުރަން ފުރުސަތު ދެއްވަން ޖެހޭ ކަމަށް މުންދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތައް ހުރަސް އަޅަން ކުރާ މަސައްކަތަކީ ޑިމޮކްރަސީ އާއި ދެކޮޅަށް ކުރައްވާ މަސައްކަތެއް. މިޕާޓީގެ އައިޑެންޓިޓީ ވަގަށް ނަގައިފިނަމަ މިރާއްޖޭގައި އޮޕޮޒިޝަނެއް ނޯންނާނެ." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ހުޅަނގުގެ ޑިމޮކްރަސީގެ އަސާސްތަކަކަށް ވަކާލާތު ކުރާ ސަރުކާރެއް އަންނައިރު އޮޕޮޒިޝަނަށް ހުރަސް އެޅުމަކީ ޑިމޮކްރަސީ އަށް ހުރަސް އެޅުން ކަމަށް ސަރުކާރުން ވެސް ގަބޫލު ކުރައްވަން ވާނެ ކަމަށެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްއާ ގުޅޭ ކަންބޮޑުވުންތަައް، ފާހަގަކޮށް މައުމޫން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ސިޓީއެއް ފޮނުއްވާފައެވެ.

ޝަރީފަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމުން ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެހެންވެ އެ ކޮންގްރެސް އަކީ އަސާސީ ގަވާއިދާއި ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުތަކާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް މައުމޫން ވިދާޅުވި އެވެ. މީޑިއާ ނުވައްދައި، ދަރުބާރުގޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޕާޓީގެ ކޮންގްރެސްގައި ވަނީ ޕީޕީއެމްގެ އިސް މަގާމުތަކަށް މެމްބަރުން އައްޔަންކޮށްފަ އެވެ. އެގޮތުން ޕީޕީއެމްގެ އާ ރައީސަކަށް، އެ ޕާޓީގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިޚާބުކޮށްފަ އެވެ. އޭގެ އިތުރުން ޕާޓީއަށް ހަތަރު ނައިބު ލީޑަރުން ވެސް އިންތިޚާބުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ވާާވާ

    މައުމޫނާ ކަލޭ މޮޔަނުވޭ. ކަލޭ ތީ ބާކީވެ އޯވަރ ހޯލްކުރަންވެފަ ހުރި ލީޑަރެއް. ސަލާމް.

  2. ރައްޔިތުން

    މުޅިން އެހެން ވާހަކައެއްގެއަޑު

  3. ޖުނައިދު

    މީކާކުދެން.ތީ ސިޔާސީގޮތުން އެއްވެސް އުރައްޕެއްހުރި މީހެއްނުން.އަދި ތީނަ ދައްކާވާހަކަ ގަބޫލުކުރާނެ މީހަކުވެސް ނެތް.އެހެންކަމަކާއުޅޭ.

  4. މޮހޮނު

    މޮންދޫ ކަލޭ ހަމަ ހޭގަތަ؟ ބައެއްވާހަކަ ތައް މުޅިއަކުން ގޯހެއްނޫން އެކަމަކު ބައެއްގެ ފިކުރީ މުދާގަނޑެއް ފޭރިގަނެގެން އެކަމުގެ ނާޖާއިޒު ފައިދާ އަބަދަކު ނުނެގޭނެ ޕީޕީ އެމަކީ މޮންދުގެ ތަރިކަ މުދާގަނޑެއްތަ؟ މަށަށް މިހާރު އޮޅިއްޖެ ކާންދި ބޮޑުކުރިމީހާ ވަކިކުރަން ނޭނގޭ މީހުނަށް މީހުންގެ ފިކުރީ ތަރިކަވެސް ވަކިކުރާކަށް ނޭނގޭނެ އެހެންނޫނަސް މާއްދިއްޔަތަށްގޮސް ހުސްވެއްޖެ މީހަކަށް ހަމަޔާ އިންސާފު ފެންނާނީ އެކޮޅުކޮޅުން މަޤާމާ ޖާހަ އަދި މާލީ މަންފާތަކުގެ ސަބަބުން މޮންދު ތިޔަހުރީ ސިކުނޑި ތަޣައްޔަރުވެފަ މޮންދު ދައްކާ ވާހަކަ އަޑުއަހާނެ މީހަކުނެތް

  5. ކަސް

    ބަލަ މިހިރަ މޮޔާ، މިހާރު އެއްޗެއް ހީވެއްޖެނުން، މައުމޫނު އަތުން ގަދަކަމުން ޤާނޫނުތަކާ ޚިލާފަށް މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ޕީޕީއެމް ޖަހައިގަތީ ޑިމޮކްރަސީގެ ކޮން ހަމައަކުންތޯ، ބަލަ ޑިމޮކްރަސީއަކީ މީހުންގެ ޙައްޤުތައް އެމީހުންނަށް ހޯދައިދޭ ނިޒާމެކޭ، ފޭރިގަނެފައި ހުންނަ ތަކެތި އޭގެ ޙައްޤުވެރި ފަރާތަށް އަނބުރާ އިޢާދަކޮށްދޭ ނިޒާމަކަށޭ ޑިމޮކްރަސީ މިކިއަނީ، އެހާވަރުވެސް ނޭނގޭނަމަ ފުރަތަމަ ދަސްކުރޭ ޑިމޮކްރަސީ، މިހާރު ދިވެހިރާއްޖޭގަ ތިމީހުން ބޭނުންހާ އެއްޗެއް ނުހެދޭނެ، އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއައިމަ ﷲ ގެ ކޯފާ އެފަރާތްތަކަށް އަންނާނެ ، މިހާރު އަޅުގަނޑޫމެންގެ ލޯމައްޗަށް މިފެންނަނީ އެމަންޒަރު، ދެންވެސް ރައްޔިތުންގެކިބައިން މާފަށް އެދި ތައުބާވެބަލަ އެއިރުން ދުނިޔެ ގެއްލުނުނަމަވެސް އާޚިރަތް ލިބިދާނެތޯއްޗެއް

  6. ބަސް

    ބަލަ އެމްޑީއޭ އަކީ ބޮޑު އިދިކޮޅު ޕާޓީއެކޭ، ގޮސް އޮވެބަލަ އެޕާޓީގަ ޑިމޮކްރަސީ ހަރުދަނާކުރަން، ބަލަ މީހުންގެއަތުން ޕާޓީ ފޭރިގަނެގެން ކުރާކަމެއްނޫނޭ އެއީކީ، ޕީއޭ އަލުން އުފައްދާ ވާހަކަ ދައްކަބަލަ، 3000 ހަމަނުވިއަސް އެކަންކުރެވިދާނެގޮތެއް އޮތްތޯ ބެލިދާނެނުން

  7. ޒީ

    ދެން ތި ކިޔާފަދަ ޕާޓީއެއް ހަދަން ވީނުން އޭރު އޮންނާނެއެއްނުން؟ އެހެން ނޫނަސް ވަގަކަށް ހީވާނީ ދެންވެސް ތިބޭނީ ހުސް ވަގުންހެން. ޕީޕީއެމް އަކީ ތިޔަކަހަލަ ޖާހުންނަށް އަހަރެން ހެދި ޕާޓީއެއް ނުން. އަވަހަށް ޕީޕާލް އޭލިއަންސް ނަމުގައި ޕާޓީއެއް ހަދައިގެން އެ އޭލިއަންސް ޕާޓީ އިދިކޮޅާ ދަމާ، އެމީހެއްގެ ރޮނޑެއްގެ ހަންގަޑު އެމީހަކު ދަމާނެ ގޮތަކަށް ދެމޭނެ. އެހެން މީހަކު އެކަމަކަށް ގޮތް ނުކިޔާނެ. މިވަރުން ސާފުނުވަންޏާ ލައްފިލުވާ ޖަހާ ސާފުކުރަން.

  8. އިއްބެ

    މައުމޫން އުޅެނީ މަރުމޮޔަ ވެގެންތަ؟އަދިވެސް ދުނިޔެހޯދަން މަސައްކަތް ކުރަނީ! އާޚިރަތައް ގެންދާން އެއްޗެއް ނުލިބިގެންތަ ތިއުޅެނީ! ބޯހަލާކު!

  9. ދިވެހިން

    ޕޕމ ހޯދަން މައުމޫން ކުރާ މަސައްކަތް
    ވަގުތުން ހުއްޓށލެއްވުމަށް ގޮވާލަމެވެ މިހާރުގެ
    ހާލަތު ތަންދޭ ގޮތަކީ ރ ޔާމީން ޕާޓީގެ ރައީސް
    ކަމުގައި ހުރުމެވެ މައުމޫން ކޯލިޝަނައިވެސް
    ހުންނަވައިގެން ޕާޓީ އަތުލަން ކުރާ މަސައްކަތް
    ކުށްވެރި ކުރަމެވެ.

  10. އަޅެބެއްޔާ/ޑިމޮކްރަސީ

    މުންދު ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ތިޔަ ގޮތަށް ނޫޅުއްވާށެވެ

  11. ނެޓްޖީއޯ

    ރައީސް މައުމޫނުގެ އަތުން ޕާރޓީ އަތުލި ބައިގަނޑުތީ އަނބުރާ ޖަހާނަން ބިރުން ނޫޅޭ

  12. ޒަމީލާ

    ބާރަށް ހިނގަހިނގާހުރި ވެރިކަމެއް ރިޝްވަތުގެބާރުން ހުއްޓުވައިލިބަޔަކަށް އޮންނާނީ ކޮން ޑިމޮކްރެސީއެއްހެއްޔެވެ؟ މައުމޫނުމެން ހަޔެކޭ ހީކުރިޔަސް މައިނަސް އެކެއްވެސް ހަމަނވާނެ! ބަލަން ތިބެބަލަ ކުޅިސަމާ! ޢުމރުން ނުވަދިހަޔާ ކައިރިވީމާ ޅައެއްޗެތި އެޅޭނެ!

  13. ޙާސަރު

    މައުމޫނު މީދެން............މިގައުމައް ދިމާވެފަވާ ބޑ........ވެއްޖެއެއްނު

  14. ރިސާޗް

    މައުމޫނަކީ މިލޮބުވެތި ޤަމަށް މާތް ﷲ ދެއްވި ބޮޑުވެގެންވާ ނިޢްމަތެއް.. އެހެންވީމާ އަހަރުމެންގެ މައްޗަށް ވާޖިބު ވެގެންވަނީ ﷲ އަށް ޝުކުރުކު ދެންނެވުން. މައުމޫނަށާއި މި ލޮބުވެތި ޤައުމަށް ހެޔޮގޮތްތައް މިންވަރު ކުރައްވާށި. އާމީން!

  15. ހާއުފާ

    މިހާރު ޕީޕީއެމް އަތުލައިގެން ތިޔައުޅެނީ ޑިމޮކްރަސީއާއި އެއްގޮތަށްތޯ؟ ޙައްޤުނޫން ގޮތުގައި ހިންގާ މުޢާމަލާތުގެ ޙައްޤު ލިބެންދެން އަހަރެމެން މަސައްކަތް ކުރާނެކަން ތިޔަ ބައިގަނޑަށް ރަނގަޅަށް އެނގޭނެއެވެ.

  16. ޙަސަނުބެ

    ޔާމީނު ކޯޓަށްގޮސް ޕާޓީ ފޭރިގަތުމަކީ ޑިމޮކްރަސީދޯ ބ. މުންދު

  17. ސީސީސީސީ

    މިހާރު ތިވަނީ ހަތަރެއްކަން ހަމަ؟ ކޮބާ ޕީއޭ

  18. އިޢުތިބާރު

    މެންބަރުންގެ އެއްވެސް ތާއީދެއްނެތި، ކޯޓްޙުކުމެއްގެ ދަށުން ޕާޓީއާއި ޙަވާލުވެފައިވާނަމަ، އަދި ދާދިފަހުން ޕާޓީގެ ރައީސްކަމަށް މީހަކު ހޮވާފައިވަނީ، އެކަން ކުރަން އޮންނަ ގޮތާއި ޚިލާފަށް ކަމަށްވާނަމަ، ކޯޓްޙުކުމެއްގެ ދަށުން އެކަމަށް ބަދަލުއައުމަކީ، ދުރުކަމެއްނޫނެވެ.