ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އަޑުފެތުރެން ފަށައިފިއެވެ.

އަވަށްޓެރި ލަންކާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނަޝީދު އިގިރޭސިވިލާތަށް ވަޑައިގެންފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެގިފައިވާ ގޮތުގައި އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ވަޑައިގެންނެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަން އެމްޑީޕީގެ ބައެއް އިސްފަރާތްތައް ހިމެނޭ ވައިބަ ގުރޫޕެއްގައި ނަޝީދު ވަނީ ހާމަ ކުރައްވާފައެވެ.

ރައީސް ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ނަޝީދަށް ތާޢީދުކުރާ ފަރާތްތަކަށް އެމަނިކުފާނު އެމްޑީޕީގެ ހަރުގެއިން ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވި ނަމަވެސް ރައީސް ނަޝީދު ރައްޖެ ވަޑައިގަންނަވާނެ ތާރީޚެއް އެމްޑީޕީގެ ފަރާތުން ހާމައެއް ނުކުރެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން އެމަނިކުފާނަށް ލިބިފައެއް ނުވެއެވެ.

ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ. ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރައިވަޑައިގެންނެވީ 16 ޖަނަވަރީ 2016 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.

ނަޝީދު ރާއްޖެ ވަޑައިގަތުމަށް މަސައްކަތް ކުރަމުން ގެންދާއިރު ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް އާއި މިހާރުގެ ރައީސް ޢަލީ ވަހީދު މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

 1. ދޮންބެ

  ތިކަލޭގެ ނަޔަސް ނެތަސް ހެޔޮ

 2. Anonymous

  މަރުޚަބާ

  • މާރިޔާ

   މަރުހަބާއޭ އޮޅާލަބަލަ އެއީބޮޑުފިރުއައުން

 3. މާރިޔާ

  އެއްކަލައަބޫޖަހުލު

 4. ޝ

  ގައުމުގެ ހަލާކި ތީ... ޢަންނާނެ ކަމެއްނެއް.

 5. ނިޔާޒް

  ރާގޮންޑާގެމުސީބާއްޖެހުނީ

 6. ނިޔާޒް

  ފިރުއައިނު އަންނަނީ ކީއްކުރާނީ އެކަމަކުމިގައުމް ސަލާމައްކުރައްވާނެ އިންޝާﷲ

  • ދޮންބެ

   ފިރުއައިނު އޭ. ރަނގަޅަށް ކިޔަން ނޭންގުނަސް ކިޔާތި މަށަށް ބޮޑީ.

 7. ޝްރޭް

  ނގސސރ.. ރާއްޖެ ބަދުނާމް ކޮށް ކޮށްފަ ކީއްކުރަން ހުރޭ އަރުވާލެވިގެން ކީއްކުރަން ތި އަންނަނީ ،.، ދެން އަނބި ދަރިން ގޮވައިގެން ވީކްއެންޑްގައި މަގުމަތީގައި މިނިވަން ކަމާއިއެކު ހިނގައި ނުލެވޭނެ.. ބަލަންތިބޭ

 8. ޔާމިން

  އިސް ގާޒީ އަބްދުﷲ މުހައްމަދު ސަލާންބުނި

 9. ޒާ

  އުއްމީދު ކުރަން ޖަލުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް.

 10. ޝަހީދު

  އަވަހަށް އާދޭ އޭރުން އަހަރުމެން ދެކެން ބޭނުންވާ ބޮޑުމަންޒަރު އަވަހަށް ފެންނާނީ. މުދާ ބަހަން ޖެހުނީމާ ނިގޫ ގޮށްޖެހިގެންދާނެ. ޑިމޮކްރަސީގަ ހަރާމްކަމެއް ކޯލިޝަން ހެދުމަކީ. އެހެނަސް މިފަހަރުވެސް ރައްޔިތުން ވޯޓު ދިނީ 4 ގުރޫޕެއް އެކުވެގެން ދެއްކި ހުވަފެންތަކަށް. އެ ހުވަފެންތައް ހަގީގަތަށް ގެނައުމަށްޓަކާ މިފަހަރު ގުރުބާން ކޮށްލާނީ ކާކުބާ ؟

 11. ރައްޔިތުން

  މަރުޙަބާ ރައީސް ނަޝީދު

  • އަޙްމަދު

   މަރްޙަބާ ޓެރެރިސްޓް. އައިސް މިތަން ގޮއްވާލަ!

 12. ައަސްލު ވެރިޔާ

  ޙަމަ އައީ ހައްޔަރު ކުރެ

 13. ސަމާ

  ވަރަށް އުފާވެރި ހަބަރެއް

 14. ބޭބެ

  ހަމަ އަންނަންވީއެވެ!! މަރުޙަބާ ކިޔާނެއެވެ!! ތިވަރުގެ ބޭފުޅެއް ނެތެވެ!! މިގައުމުގައި ތިބީ ދެ ލޯ މަރައިގެން ކަންފަތަށް އުނގުރި ޖަހައިގެން އުޅޭ ބައެކެވެ!! ދެން ތިބީ ކަންތައްތައް ދާ ވިޔާނުދާ ގޮތުން ޙާލުގެ ދެ ލޮލުން ކަރުނަ އަޅާ ބައެކެވެ!! ޝަރަފުވެރި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެތެރެއިން ގިނައީ ކޮންމެގޮތެއް ވަރިހަމަވެ ޖީބަށް ލެވޭ އެއްޗެއްގެ ބޮޑު ކުޑަ މިނަށް ބަލައިގެން ހަދާނެ އެއްޗެއް ހަދާ މީހުނެވެ!! ކޮންމެފަދަ މީހަކު ކުށެއް ކުރިޔަސް އެކުށަކަށްނުވާނެ އެއްވެސް ގާނޫނީ ހަމައެއްނެތެވެ!! ކުރާނެކަމެއް ނެތްތާއެވެ!! ގައުމު ޙާލުގެ ދުލުން ރޮނީއެވެ!! ދެން މިކޮޅަށް ތިބޭފޫޅާވެސް ތި އަންނަނީ ސާފު ހުދު ކާފޫރު ކޮޅެއްފަދައިން ދޮވެ ސާފު ވެގެންނެވެ!! ދެން ތިއްބެވި ތިފަދަ ބަޔަކު އެވަނީ މިދެންނެވި ގޮތަށް ނިކުމެ މުޖުތަމަޢުތެރޭގައެވެ!! މިކޮޅަށް އައިސް ވެރިކަމާ ތޮޅެން ނަހަދާށެވެ!! ނޮވެމްބަރ 17 އިގެ ފަހުން އޮންނާނީ ކޯލިޝަން ސަރުކާރެކެވެ!! އެއީ އެމްޑީޕީގެ ސަރުކާރެއްނޫނެވެ!! އެއީ މައުމޫނާ ގާސިމާ ޝައިޚު އިމްރާނާ ކާނަލް ނާޒިމާ ކުރީގެ ސީޕީ އަބުދުﷲ ރިޔާޒާ އައްބާސް އިބްރާހިމާ އަދި އިލެކްޝަން ކަމިޝަނުގެވެސް ބުރަ މަސައްކަތުން އެކުލަވާލެވޭ ސަރުކާރެކެވެ!! ކުރިން ހެދިހެން މިއެންމެން ކަންފަތުގައި ހިފާ ހޫރާލާ ބޭނުންހާ ސަކަރާތެއް ޖަހަން ދިމާކޮށްފިނަމަ ހަމަ ފަޅައިގެންދާނެއެވެ!! އާ ސަރުކާރަށް މަރުޙަބާ ކިޔަމެވެ!!

 15. އަލީ

  އިބޫ ގާނޫނަށް ތަބާވާ މިންވަރު އެގިގެންދާނެ!

 16. ޡުބައިރު

  ޖަލަށް ދާންޖެހޭނީ

 17. ރަޝީދު

  ދިވެހި ރާއްޖެ އަށް އަނެއްކާވެސް ވިގަނި އަރަނީ ، ބަލާވެރިކަން ޖެހެނީ

 18. ޢައްޒަ

  ޢަވަހަށް ަޢާދޭ ޖަލަށް ވަންނަން. އަވަސްކުރޭ!!

 19. ޔާމިން

  ޝައިތޯގެކިބައިންސަލަމައްކުރައްވާޝިއާމިން

 20. ނިޔާޒް

  ހިޓިލަރުއަންނަނީ މުޅިގައުމްވީރާނާވާންކާރިވަނީ

 21. ޔާމިން

  13 އަހަރުގެ ޖަލު ހުކުމެއް އިޒްގުޑް

 22. ހުސޭނުބޭ

  އެކުގައި މައިބަދަ ގެންނާނެތޯ!

  • އަޙްމަދު

   އަމާލު ދައްތަވެސް ގެންނައްޗޭ

 23. ޖަގް

  ރާއްޖޭގެ ހަލާކު. ދުނިޔޭގެ ހަތް އަޖައިބުން އެއްއަޖައިބު. ދުރަށްދޭ ގޮނޑިދުއްވަން.

 24. ޢެބޭ

  ކުއްވެރިއެއްގެގޮތުގައިވަޑައިނުގެން މިނިވަންކަމާއެކު ރާށްޖެވަޑައިގަތުންބޭނުން

 25. ޓ ފީރޫއާނޫ

  ޓތިޔަފިރުއައުނަށް މިފަސްގަނޑަށް އެރުމުގެ ފުރުސަތު ﷲ މިންވަރުނުކުރައްވާނެނަމަ ތިޔައީ މިވަތަނުގެ ދުޝްމަނެއް މިދީނުގެ އަދުއްވެއް 2 ވަނަ އަބޫޖަހުލު

 26. ޒަރުޤާވީ ފިކުރީބެ

  އިބޫ ގާނޫނަށް ތަބާވާ މިންވަރު އެގިގެންދާނެ! ހަމަޔާ އިންސާފު އޮތް ގޮތް ދާދި އަވަހަށް ފެނިގެން ދާނެ

 27. މައުމޫން

  ދައްޖލު މިގައުމަށް އަރާ ރޮށިފަޅި އެކަށް ކާން އަންނަނީ. މީސްތަކުން ސަމާލުވޭ!

 28. ދޫދު

  އަންނަމުން ގެންދިޔަ އެއްޗެއްވިއްޔާ ގެންނާތި، ހަނދާންކުރާތި އިބޫ ބޯކާންނޫޅޭތި، އެސޮރުބޮލެއް ނުކެވޭނެ، މައުމޫންވެސް ހީކުރަނީ ކެވޭނެކަމަށް ލާހިކެއްނޫން ކާކަށް، ކެވޭވަރަށްވުރެ ހަރުވާނެ

 29. މީރާ

  އައީ ޖަލަށް

 30. ތުންތޮންބެ

  ހުސްގޮޅިއެއް ހުންނާނެ އަވަހަށް އާދެ

 31. ޖަޖް

  މި ގައުމުގެ ހަލާކު ތި އަންނަނީ. ހުޅުޖަހާ ތަންތަނުގެ ތަޅު އަޅުވަން ގޮވާ ނަސީދު.. ބުރިޖުގަ ގޮޑި ދުއްވާލަންވާނެ

 32. މިނިވަންވީމާ އާދޭ

  މިނިވަން ކުރެއްވުމުގެ ކުރިން އަތުވެއްޖެނަމަ، ޤާނޫނުބުނާ ގޮތުން ހުންނަށްޖެހޭނީ ބަންދުގައެވެ. ގޭގައެވެ. ނުވަތަ ޖަލުގައެވެ. މިގޮތުން މިކަން ކުރާނެގޮތެއް ނިންމުމުގެ އިޚްތިޔާރު އަދި މިވަގުތު އޮތީ ޔާމީނުގެ އަތްޕުޅުގައެވެ. އެހެންނަމަވެސް، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، އިބޫ ވެރިކަމާއި ޙަވާލުވެ، ޤާނޫނުގައިވާ ގޮތުގެމަތިން ވަލިއްޔުލް އަމުރަށް ލިބިދޭ ބާރުގެ ދަށުން މިނިވަންވުމުން، ނަޝީދު ރާއްޖެއަށް އަތުވެއްޖެނަމަ، އޯކޭވާނެއެވެ.

 33. މަރީ

  ކަލޭ ނައިއްޔާ ރަގަޅީ. މި ޤައުމުގެ ހަލާކު

 34. ަިިިަްއިއްބެ

  ހުޅުލެއަށް އައިސް ބުރިޖް މަތީގައި ޔާމީނު ބުނި ގޮތަށް ގޮނޑި ދުއްވާފައި އަންނަންޗޭ

 35. ރައްޔިތުން

  ރައީސް ނަޝިދު އަކީ ގައުމަށް ހެޔޮ އެދޭ އާދައި ދިރިއުޅުން ތަނަވަސްކޮށް އުފާާވެރި ދިރިއުމަކަށް މަގު ކޮށައިދޭ އިންސާފަށް ލޯބިކުރާ ތަފާތު ކުރުމަށް ޖާގަ ނުދޭނެ އިޚްލާސްތެރި އެންމެ އޯގާތެރި ދިވެހި ދަރި

 36. އިދްރީސް

  ތީ ގައުމުގެ ހަލާކު.. ގައުމު ވިއްކާލަން އަނެއްކާ އަންނަނީދޯ.. ގައުމުވިއްކާލާފަ އެންމެން އޮސްޓްރޭލިއާއިން ބިމެއް ގަނެފަ އެތަނައް ހިޖުރަ ކުރަން ބުނާ މީހެއް ކޮން ހެވެއް އެދޭނީ

 37. އަޙްމަދު

  ކާކުތަ ކަލޭ ނައިސްގެން އުޅެނީ. ކިހާދެރަކަމެއް. މިތާކު ދޮންމީހުންނަކަށް ޖާގައެއް ނެތް.
  މީތާ ދޮންމީހުން އުޅޭ ގޮތަކަށް ނުޅެވޭނެ. އިރާދަ ކުރެއްވިއްޔާ އެފަދަ ދުވަހެއް ނުދައްކަވާށި، އާމީން

 38. ޟާ

  ބަލި ރަނގަޅު ވީ ތަ؟ ?

 39. މައުމޫނު

  ތިކަހަލަ މީހަކު ލަންކާގަވެސް ތަންކޮޅެއް ކުރިން އުޅުނު، ބްރަބަކާރަން އެއީ ލަންކާ ފުޑާލި މީހާ، ހަމަ އެފަދަ ސުންޕާމީހެއް ތިވެސް، އަހަރުމެންނަށް ހެޔޮ ނަޔަސް، މިތަނަށް އަންނާނެ ކަމެއްނެތް

 40. 3ނިރު

  އާދޭ އައިސް ފުރަތަމަ ދާންޖެހޭނީ ޖަލަށް އެއަށްފަހު ގިތެއް ނިންމާނީ

 41. ސާރު

  އެކަލޭގެ މައިބަދަ މިހާރު ރަނގަޅުވީބާ މައިބަދާގަ ވަރަށް ތެޔޮ އުނގުޅާފަ ކަންނޭންގެ ހުންނާނީވެސް ދޮންކުދިން ލައްވާ ހެހެހހެހެހެހެހެެ

 42. ޒިމްޒިމް

  މަނިކުފާނުދެކެ އަޅުގަނޑު ވަރަށް ވަރަށް ލޯބިވޭ.. ދުނިޔޭގަ ހުރިއްޔާ މަނިކުފާނު ވަޑައިގަންނަވާ ތަނަށް ދާނަން.. ތިއީ ނިކަމެތި ރައްޔިތުންގެ ހިތްތަކުގެ ރައީސް.. މިއީ ހިތާއި ހިތުގެ ގުޅުމެއް. އިބޫގެ ގާތުގައި ވެސް ބުނިން މަނިކުފާނު މިނިވަންކޮއްދެއްވާތީއޭ މިވޯޓްދެނީ.. އަހަރެމެންގެ މީހަކީ ރައީސް ނަޝީދޭ.. މާތްﷲ އެންމެހައި އަދާވާތްތެރިންގެ ކިބައިން މުޙައްމަދު ނަޝީދު ރައްކާތެރިކޮށްދެއްވާދޭވެ.. އާމީން..

 43. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  ރައީސް ނަޝީދަށް މަރްޙަބާ!

 44. އަަދަނު

  ރައިސް ނަޝީދު ރާޖެއަށް އަސިޔާ ޖަަލަށް ދާންޖެހޭނީ މިވަގުތު، ކޮންމެ ގޮތެއް ވިޔަސް ހުކުމެއް އެބައޮއި

 45. ފަޒީލް މުހައްމަދު

  ދިވެހި ރާއްޖެއަށް ދިމާވެގެން މިއުޅޭ ހުރިހާކަމެއްގެ އަސްލަކީ ތީ.އަޅުގަނޑުމެންނަށް

  އޮތް އެންމެރަނގަޅުގޮތަކީ މަނިކުފާނު ދެންމިގައުމަށް އެނބުރި

  ނައުން.އަޅުގަނޑުމެންގެ ދީނެއް އަޅުގަނޑުމެންގެ ވަތަނެއް އަޅުގަނޑުމެންގެ

  ގައުމިއްޔަތެއް އަޅުގަނޑުމެންގެ މިނިވަންކަމެއް ނެތްކަހަލަ.މިހާރު މިއޮތްވަރުންވެސް

  ސަލާމަތްވެވޭނީ ތިބޭފުޅާ ހުރިތަނެއްގައި މަޑުމަޑުން ހުންނެވިއްޔާ.ތިހާވަރަށް

  ދިވެހިންނާއި ބީރައްޓެހި ބޭފުޅެއް ދިވެހި ރައްޔިތުންނެއް ދެނެއްބޭނުމެއް ނޫން.

  އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް އޮޅުވައިލައިގެން ތިކުރަން އުޅޭ ކަމެއް

  ނުކުރެވޭނެ.އެންމެންނަކީ 24 ގަޑިއިރު ހަމައިން ނެއްޓިފަ ތިބޭ ބައެއްނޫން.ތިޔަ

  ކުރަން އުޅޭ ކަނަތަށްތަށް އެނގޭ ބަޔަކުވެސް މިގައުމުގައި މަދެއްނޫން.އަދި

  ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވެސް އެބަވޭ.އިރާދަކުރެއްވިއްޔާ

  ލާހިކެއްނޫން އެކަން ކުރާކަށް.