ސިނަމާލެ ބްރިޖު މަތީ ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފި އެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިގާފައިވަނީ ޕިކަޕެއްގެ ފަހަތުގައި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހައަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.މި އެކްސިޑެންޓްގައި ބާރު ސްޕީޓްގައި ދުއްވާފައި ދިޔަ ކާރުގެ ކުރީކޮޅު އެއްކޮށްވަނީ ހަލާކުވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި އެކްސިޓެންޓް ހިނގަން މެދުވެރިވީ ޕިކަޕެއްގެ ފަހަތަށް ކާރެއް އަރައިގެން ކަމަށާއި އެއެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާތަކެއް ލިބުނު ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. މި އެއެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ އެހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ސިނަމާލެ ބްރިޖާއި، މާލޭ ރިންގް ރޯޑް އަދި ހުޅުލެ-ހުޅުމާލެ ލިންކް ރޯޑް ހުޅުވާލާފައިވާއިރު އެކްސިޑެންޓްތައް އަންނަނީ ހިނގަމުންނެވެ. މީގެ ކުރިން ވެސް ތާރު އަޅައިގެން ހަދާ މަގުތައް އާންމު ދަތުރުފަތުރަށް ހުޅުވާލާ ދުވަސްކޮޅު އެކްސިޑެންޓްތައް ގިނަވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެންމެގެ ސަލާމަތައްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީ ނެރުނު އިއުލާނެއްގައި ވިދާޅުވީ ބުރިޖާއި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވުމުގެ ސްޕީޑް ލިމިޓަކީ ގަޑިއަކު 25 ކިލޯ މީޓަރާއި 50 ކިލޯ މީޓަރާއި ދެމެދު ކަމަށާއި، ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު ހެލްމެޓް އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

ފުލުހުން ވަނީ، މަގުތަކާއި ބްރިޖުގައި ދުއްވުމަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒަރުޤާވީ ފިކުރީބެ

    ފުލުހުން ތިޔަތަން ރަނގަޅަށް ބެލެހެއް ޓޭނެ ނިޒާމެއް ތިޔަ ތާންގަ ޤާއިމްވެފަ ވާތަން އަދިވެސް ފެންނާކަށް ނެތް މީ އަޅެ ދޮގެއް ތޯ؟؟؟؟؟؟؟؟

    މިހާރުވެސް ރަނގަޅު ކެމެރާ ނިޒާމަކުން ބެލިގެން ވަގުތުން ޖޫރިމާނާ ކުރާ އުސޫލު ޤާއިމް ކުރީމަ އާމުން އަތުން އެއްޗެއް ނުނެގިޔަސް ބުރިޖުގެ އަގު ދެއްކޭނެ

    • އިދްރީސް

      ހޭބަލިނުވެބަލަ އޮޅުވާލާން..

    • ޖޫރިމަނާ

      ޖޫރިމަނާ ނަގަނީ ޢައްމުންގެ އަތަކުން ނޫންތޯ؟ ނޫޫނީ ސަރުކަރުންރަ ޖޫރިމަނާ ދައްކަނީ!

  2. ވޭރު

    އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދު ފޮތަކީ ބޭކާރު އެއްޗަކަށްވީ ދޯ!

  3. ސްޕީޑް ބުރޭކަރ

    50 ކިލޯމީޓަރ ގަ އައިސް ބްރިޖް މެދުތެރެއިން ސްޕީޑްބްރޭކަރ ލީމަ ވާނީ ތިހެން.