ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މި ސަރުކާރުގައި ފޮރިން މިނިސްޓަރ ކަން ކުރެއްވި ދުންޔާ މައުމޫން ރައީސް ނަޝީދާއި ބައްދަލު ކުރެއްވުމަށް ފަހު އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ،

ދާދި ފަހަކާއި ޖެހެންދެން ވެސް ކުރިީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ގެންދެއްވި ދުންޔާގެ ފޭސްބުކް ޕޭޖުގައި މިއަދު ރައީސް ނަޝީދާއެކު އިންނެވި ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅުތަކަށް އަދިވެސް ދޫނުދެއްވާ ހުންނެވި ހުންނެވުމަށް އަބަދުވެސް ގަދަރުކުރެއްވި ކަމަށެވެ.

"ސިޔާސީ ގޮތުން ދެކޮޅުވެރިންގެ ގޮތުގައި ކުރިން ކުރިމަތިލައްވަން ޖެހުނު ނަމަވެސް އަބަދު ވެސް ގޮވާލެއްވީ މަޝްވަރާއަށާއި އަނެކުންނަށް އިހުތިރާމު ކޮށް މާޒީ ދޫކޮށްލާ، މުސްތަގުބަލަށް ވިސްނަވަން. ގައުމަށް ބޭނުން ވަނީ ދެކޮޅުވެރިކަމާއި ބައިބައިވުން ނައްތާލުމަށް،" ދުންޔާ ވިދާޅުވެފައިވެއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ސިޔާސީ ދެކޮޅުވެރިކަމުގެ ސަބަބުން އުފެދިފައިވާ ޒަހަމުތަަށް ރަނގަޅު ކުރަން ޖެހުމަކީ އިންތިހާބީ ރައީސާއި ރައީސް ނަޝީދު އަދި އިދިކޮޅު އެހެން ލީޑަރުން ކުރަން ޖެހިފައިވަނީ ބޮޑު މަސައްކަތެއް ކަމަށެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ގުޅިގެން މަސައްކަތްކޮށްފި ނަމަ ކަންކަން ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ދުންޔާގެ މި ޕޯސްޓް ނިންމާލަމުން ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގަނަވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށްނެގި މައްސަލައިގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރުމުން އެޙުކުމުގެ ދިފާޢުގައި އެންމެ ވަރުގަދަ އަށް އަޑުއުފުއްލެވީ ދުންޔާ އެވެ.

ދުންޔާ ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މަރުގެ ޙުކުމް ތަންފީޒު ކުރަން ރައީސް ޔާމީން ނިންމެވުމުންނެވެ. ފޮރިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިތާ ދުވަސްކޮޅެއް ފަހުން ދުންޔާ ވަނީ އަނެއްކާވެސް ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ސަރުކާރާއި ގުޅިވަޑައިގެންފައެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ސަރުކާރުން އިސްތިއުފާދެއްވީ މަޝްވަރާ އިސްކޮށްގެން އުފެދިފައިވާ މަައްސަލަތަކުގެ ހައްލެއް ލިބޭތޯ ތަކުރާރުކޮށް އެތައްފަހަރެއްގެ މަތިން ކުރެވުނު މަޝްވަރާތަކަށް ހައްލެއް ނުލިބުމުން ކަމުގައި ދުނިޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ޒާ

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް މި މައުމޫނާއި ދަރިންގެވެސް.

  2. ޢަލީ

    ދުންޔާ މަރުގެ ހުކުމްއާ ދެކޮޅަށް ވަކާލާތުކުރުމަކުން އަޅުގަނޑުމެން ހައިރާނެއް ނުވޭ. އެކަމަނާގެ ބައްޕާފުޅު 30 އަހަރުގެ ޚުދުމުޚްތާރު ރައީސް މައުމޫނަކީ މިރާއްޖޭގައި ހުރި އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާއަށް އަމިއްލައަށް ހެދިގެން 30 އަހަރުވަންދެން ނުބަލާ ޚުތުބާކިޔުއްވި ހަމައެކަނީ ބޭފުޅާ. އެބޭފުޅާވެސްވަނީ އަޅުގަނޑުމެންގެ ހިތްވަރުގަދަ ރައީސް ޔާމީން މަރުގެ ޙުކުމް ތަންފީޛުކުރައްވަން ނިންމެވުމުން އަކަމާ ދެކޮޅު ހައްދަވާފަކަމަށް ރައީސްވަނީ ވަރަށް ފަހުން ވިދާޅުވެފައި. އެހެންވީމާ ދުންޔާމެންކަހަލަ އިނގިރޭސިންގެ ލާދީނީ ފެންއާރުތަކުން ތަޢުލީމު ޙަސިލްކުރައްވައިގެން ތިބި މީހުން އަދި ލައްކަ ރަނގަޅޭ ހިތަށްއަރާ. ރައީސް ޔާމީން އާ ދެކޮޅަށް ވޯޓުދެއްވި ރައްޔިތުން ހިމެނޭގޮތަށް އެންމެހައި ދިވެހިން އަދި ކަރުނައަޅާނެކަމީ ޝައްކެއް އޮތްކަމެއް ނޫން.

  3. ބޭބެ

    ސިޔާސީ ގޮތުން ކޮށްފަނުކުރާނެ ކަމެއް ނުހުންނާނެކަން މިހާމަވަނީ!! ސިޔާސީ ކަންކަމަކީ ވަރަށް ހަޑި މުޑުދާރު ގޮތްކުޑަ ކަމެއްކަންވެސް މިހާމަވަނީ!! ކުރިން އެކަކަ އަނެކަކަށް ނުގޮވާކަށް އެއްޗެއް ނެތް!! އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވާ އަނިޔާވެރިންނޭ ގޮވާ އުޅުނީ އެކަން އެހެން އޮވެގެން ނުވަތަ ކޮށްގެން ނޫންކަން މިހާމަވަނީ!! އެކަން އެގޮތަށްކުރަނީ އެމީހަކު ބޭނުންވާ ސިޔާސީ ކަމެއް ޙާސިލްކުރަންކަން މިހާމަވެގެން މިދަނީ!! ޔާމީނާ ދިމާކޮށްގެން މިއުޅެނީވެސް މިދެންނެވި ބީދައިން!! ވަރަށް ސަލާމް ކަލޭމެން އެންމެނަށް!! ހަލާކު ހުރި!! ދުނިޔެ ކައި ހުސްކުރޭ ކަލޭމެން!! މާދަން އޮންނަނީ ކަށްވަޅު އެންމެ ކައިރީގައި!!!

  4. އަހްމަދު!

    ސާބަހޭ ކަމަނާ.... ފިރިިކަލުންގެ ވިޔާފާރި ހިމާޔަތްކުރުމަށް ކަމަނާ ތިވާ ގުރުބާނީ ހަމަ ސާބަސް.... ހާދަ ހިއެއްނުވެއޭ ރޮޒޭމެން ކަމަނާ ބަލައިގަންނާނެހެން.

  5. ޔުމުނާ ހަލީމް

    މަ ހިތައްއަރާ މިމީހުން ލަދުހަޔާތްކޮބާ ބާވައޭ ތި އެމްޑީޕީއަކީ މިހުރިހާ ދުވަހު ތިމީހުންގެ މަސް ކަމުން ދުވިބަޔެއް

  6. އަހަންމަދޭ

    ތީނަގެ ނުހޮރުއްޕާން އަނެއްކާވެސް ޖެހުނީމަ އަހަރުމެން ފަހަތުން ދުންޔާ މެން އަންނާނެ. ރައްޔިތުން ރައްޔިތުން ކިޔާފަ އެދުވަހަކު އަޔަސް ދެނެއް އިހު ގޮތެއް ނުވާނެ. މައުމޫނަކަސް ޔާމީނަކަސް ގައުމަށް ޣައްދާރު ވެއްޖެއްޔާ އުމުރަށް ސަލާމް. ނަޝީދަކީ މި ގައުމުގެ ބޮޑު ޢަދުއްވެއް. އެކަން ތިހުރިހާ ބޭފުޅުންނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިހާރު ތިޔައީ އަމިއްލަ ބޭނުމަކާހުރެ ދުންޔާމެން އުޅުއްވާ ގޮތެއް.

  7. ދޮގެއްތަ މިބުނީ؟

    އަޅެ ރޮޒޭނާ ހާދަ ހިތްދަތިވާނޭ. ވަރަށް ދުންޔާ ހެދޭ ހިތުން އުޅޭ އަންހެނެއް އެއީ. އަނެއްކާވެސް އޭނައާ އެއްކޮޅުގަ ދުންޔާ ހުރެއްޖެއްޔާ ދުންޔާ އުޅުއްވާނީ މާ އުހުގަ. ދެން ލަލަލާ ރޮޒޭނާ ދައްތާ.

  8. ފަލަކް

    ސުބުޙާނަﷲ ތެލާއި ފެން އެއްވެއްޖެ އަމިއްލަ އެދުމުން ނަމަވެސް ފަހުޒަމާނުގެ

    އަލާމާތްތަކުގެ ތެރެއިންވާކަމެއް ކަމަކަށް ވެސް ވެދާނެ

  9. ލަމްޙާ ޙާމިދު

    ދުނިޔެއިން ގެންދަވާނީ ދައްކަވާނޭތަނެއްވިއްޔާ ދައްކަވާފަ! ކީއްކުރާނީ ދޯ؟

  10. ކޮބާތޭ

    ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ނިންމުމަކީ އެއީ ވާން ޖެހޭނީ އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ރައްޔިތުން ހަގީގަތުގައި ވެސް ވޯޓް ލިމީހާ ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް އަންނަން މީޑިއާ އިން ޕްރޮޕެގެންޑާ ފަތުރައިގެން މީޑިއާ އިން އެދޭ މީހަކު ނޫން ރާއްޖޭގެ ރައީސް އަަކަށް އަންނަން ޖެހޭނީ. މަމެންނަށް ހީވަނީ މީޑިއާ އިން ކަން ނޭގޭ ރައްޔިތުން އެދިގެން ވޯޓް ލިމީހާ ގެ ނަން ބާތިލް ކޮށް ފައި ރައްޔިތުން ވޯޓް ނުލާ މީހާ ރާއްޖޭގެ ރައީސް އަކަށް ގެންނާން އުޅެނީ. އިބޫ އަށް ރައްޔިތުން ވޯޓް ދިން ކަން މަމެން ގަބޫލުކުރާނީ ޔޫވީ ލައިޓް އަޅުަވައިގެން މަމެން ޕިންކީންގެ ހާޒިރުގައި ހުރިހާ ވޯޓްސް ތައް އަލުން ގުނުމުންނޭ ގަޓެއް ހުރިއްޔާ އިލެކްޝަންސް ކަމިޝަން އިން މިކަން ކޮށްދޭންވީއޭ ޕީޕީއެމް އިން މިކަން ކުރަން ފަސް ޖެހެނީ އެއީ ކީއްވެތޭ އެއީ މަމެންނަށް ވޯޓް ދިން 150 ހާސް މީހުންގެ ހައްގުގައި ކުރަން ޖެހޭނެ ކަމެކޭ.

  11. ރައްޔިތުން

    ރައީސް ނަޝިދު އަކީ ގައުމަށް ހެޔޮ އެދޭ އާދައި ދިރިއުޅުން ތަނަވަސްކޮށް އުފާާވެރި ދިރިއުމަކަށް މަގު ކޮށައިދޭ އިންސާފަށް ލޯބިކުރާ ތަފާތު ކުރުމަށް ޖާގަ ނުދޭނެ އިޚްލާސްތެރި އެންމެ އޯގާތެރި ދިވެހި ދަރި

    • 3ނިރު

      އެކަމަކު އެނަޝީދުދޯ ބުނީ ތިމަންޕާޓީ ކުއްޖަކު ކަމެއް އެދިގެން އަިއިމަ ކޮއްދޭނަމޭ އެހެން ޕާޓީ އެއްގެ މީހަކު އަިއިސްފިނަމަ ހުރި ނުބައިކަން ދައްކާނަމޭވެސް އެހެންވީމަ އެނގޭ އެެެއްޗަކީ އެއީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮއްދޭން އުޅުނު މީހެއް ނޫން ކަން ވެރިކަންބކިއްދޭން އުޅުނީ ހަމައެކަނި ޕާޓީ ކުދިންނަށް ކަން

    • އެކަމަކު ދެން

      ނަޝީދުއާ އިޚްލާސްތެރިކަމާ އެއްޖުމްލައަކަށްލީމާ ހަމަ ޖޯކު.

  12. އަލީ

    ބައްޕަހެން އަޑިނޭގޭ ވިޔަފާރި ހިމާޔަތްކުރަން ރައްޔިތުންނޭ ކިޔައިގެން އަގައަރުވަނީ

  13. މައި

    މަމެންނާ ހިސާބަސް އަންނަންދެން ކުޅިބަލަން ތިބެމާ ހުރިޔާ ރައްޔިތުން ދުޢާކުރޭ މިކަމުން ސަލާމަތްވާން،

  14. ޙަބޭސް

    ސާބަސް ދުންޏާ. ދިވެހިންތްރޭގައި ވ ގިނައިން ބޭނުން ކުރާ ބެހެއް "ހިތް ނެތް ހިމާރުން"މިބަސް ދުންޏާ ދަންނަންތޯ ނޫންނަމަ އަޑު އެހީމުތޯ އަހާލާން ވ ބޭނުން

  15. ހަސަދު

    ސިޔާސީ ލީޑަރިންނަކީ ހަސަދަ ވެރިވާ ބައެއް ނޫން. ދުންޔާ ތިޔަ ދެއްކީވީ ވެސް ވަރަށް ރަނގަޅު ނަމޫނާ އެއް. ކޯލިޝަން އެކީ ގައުމުގައި މިހާރު ހުރި ބޮޑެތި މައްސަލަ ތައް ހައްލު ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރަން.

  16. އަން

    ބައްޕަ ޖަލައްލުމުން އެކަމުގެ ޒިއްމާ ނަޝީދު އުފުލަން ޖެހޭނެޔޭ ބުނީ ކާކު؟

  17. ސިޔާސަ

    ސިޔާސީ ވާދަވެރިކަމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް އަސާސް. ޑިމޮކްރަސީގެ ބާރުވެރި ފަރާތަކީ ރައްޔަތުންނަ ވާތީ ސިޔާސީ ވާދަވެރިން ކުޅެން އޮންނަ ބޯޅައަކީ ރަނގަޅު ކަން ދެއަކުން. ސިޔާސީ މީހުންގެ ވާދަ ވެރިކަމަކީ މާބޮޑު މަސްއަލައެއްނުން

  18. އަޙްމަދު

    ބަފާގެ މާޒީ ނުބެލުމަށް ހެދި މަންތަރެއް. ޙިތާމައަކީ މިފަދަ މަޅިތަކުގަ ނަޝީދުވެސް އިބޫވެސް ޖެހުން ގާތްކަން!

  19. Anonymous

    މިނިސްޓަރުކަން ލިބޭތޯ

  20. އައިސާ

    ޤިޔާމަތުގެ އަލާމާތްތައް މި ފެންނަނީ

  21. އައިސާ

    މި ދެ އާއިލާ އަކާ ހެދި މުޅި ރާއްޖެ މި ހަލާކުވެ މިދިޔައީ. މިދެ ބާގަނޑަކު ވެރިކަމާ ހެދި ބޫތު ކާގެން. ދެން ތިބި ނިކަމެތި ރައްޔިތުންކޮޅު ހަނާކޮށްފި. ކޮމްފަދަ ބަލާވެރިކަމެއްބާއޭ ހިތައްއަރާ.

  22. ޢަލީ

    މަށަށް ހެޔޮ ދުންޔާއަށް ނުހިފެހެއްޓިގެން އެހެން ކަމެއް ވިޔަސް. ނަޝީދު ވެރިކަމަށް އަންނަން އުޅުނު އިރު މައުމޫނަށް ނުގޮވާކަ އެއްޗެއް ނެތްކަން އެނގެނީ. މައުމޫނު ދެމިދޯ ރިޔާސީ ކޮމިޝަނަށްވެސް. ހަނދާން ނެތްތަ. ހާދަ ހަނދާން ބައްޔޭދޯ؟

  23. Anonymous

    ސާބަސް

  24. Anonymous

    "ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށްނެގި މައްސަލައިގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ޙުކުމް" މީ ރައީސް ނަޝީދު ގެ ވާހަކަ ލިޔަންޔާ ކޮންމެހެން އަންނަން ޖެހޭ ބައެއްތަ؟

    • ޔޭސް!

      ހިޓްލަރގެ ވާހަކަ މެންޝަން ކުރެވޭ ކޮންމެ ތަނެއްގަ އޭނަ މެރީހާ ބައެއްގެ އަދަދާ ޑީޓެއީލްސް ދައްކާނެދޯ. އަބުރަކީ އެމީހަކު އަމިއްލައަށް ރައްކާތެރި ކުރާ އެއްޗެއް. ޖެހޭ ލައްގަނޑެއް ނުފިލާނެ ދުވަހަކުވެސް.

  25. އިބްރާ

    ސިޔާސީގޮތުން ފަރުހިލުން

  26. މުހައްމަދު

    ސިޔާސީ ވާދަވެރި ކަމަކީ ދެފުށް ދެގޮތްވެ ދޮގުހެދުމެއް ނޫން. ޢެއީ ހައްގުބަސް ބުނުން.

  27. ހުސޭނުބޭ

    ބައްޕާފުޅަށް ހިތްހެވީ ޔާމީނުތޯ، އައްނިތޯ ބަލަން މިތިބީ، ވެރިކަމާ ހެދީ ބޭބެ ގަޔަށް ޚަންޖަރުޖަހަންވެސް މިމީހުން ލަހެއް ފަހެއް ނުވާނެ.

  28. ވަލުދޮންބެ

    ހަކުރުދެންޏާ ބޮޑުބޭބެ

  29. އިޢުތިރާފް

    ދުންޔާގެ ބައްޕަ އާއިބެހޭ ގޮތުން ޗުއްޕުވެސް ބުނުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވަނިކޮށް އަންނި އައިސް ޑިމޮކްރަސީ ގެނެސް ޑިމޮކްރަސީ އަކީ އެކަކު އަނެކަކުގެ އަބުރުކަތިލުން ކަމުގައި ހަދައި އެކަމުގެ ފެށުމުގެ ގޮތުން ދުންޔާގެ ބައްޕަ މަޢުމޫނަކީ ޚުދުމުޚުތާރު މީހެއް ކަމަށާއި، ދަޢުލަތުން ވައްކަން ކުރާ ވަގެއް ކަމަށާއި، ގޮޅާބޯ ކަމަށްބުނެ އަޑުއަުރުވައި، ދިވެހިރައްޔިތުން މަޢުމޫނަށް ކުރި އިޙްތިރާމް ވެއްޔާލައި މޮޑެލައި، މިއަދު ގައުމު މިދެކޭ ފިތުނައިގެ އަނދަވަޅަށް ވައްޓައިލުމުގެ މޭސްތިރިއަކީ އަންނި ކަމަށްވާއިރު، އެކަމަށް ދުންޔާ ބައިޢަތު ހިފައި، އަންނިއަށް ތަޢުރީފު ކުރުމުން ދުންޔާއަށް މިއަދު ތިބުނެވެނީ ދުންޔާގެ ބައްޕަ އަކީ ހަމަ ހަޤީޤަތުގައިވެސް ޚުދުމުޚްތާރު ވެރިއެއް ކަމަށާއި، ވަގެއް ކަމަށާއި، ގޮޅާބޯކަމަށް. މީގަ އިތުރަށް ތަރުޖަމާ ކުރަންޖެހޭ ކަމެއްނެތް.

  30. ޝަރީފް

    ޑުންޏާ އަކީ ބަންގާޅީ އެކޯ ވަރަށް ގިނަ މީހުން ބުނާތީވެ އަޑު އަހަން މިއީ ތެދުވާހަކަ އެއްބަ؟

  31. Anonymous

    މިއީ އާއިލާގެ އަމިއްލަ މަސްލަޙަތު ހަމަޖައްސުމަށް ނަޝީދު ބޮލަށްއެރިގެން އުޅޭބ ބައެއް. އަމިއްލަ އެދުމުން ފޯވެފަ، އަބަދުވެސް ބައްޕަ ބޭނުންވަނީ ޤައުމުގެ ރައީސްކަން، ނޫނީ ޕާޓިގެ ރައީސްކަން، ބާރުތައް މުށުތެރެއަށް ލައިގެން، ޤައުމު ދިރުވާލައިގެން އުމުރުގެ ބާކީ އޮތްބައިވެސް ހޭދަކުރަން އުޅޭ މީހެއް،
    ޢެހެނަ މީހުން މިޢުމުރަށް ދިޔައީމާ އުޅެނީ އަޅުކަމާވެގެން.އެކަމަކު މިބޭ ބާރުތައް ހޯދުމުގަ އަވަދިނެތި
    ޖައްވަށް، ހަވަޔަށް ، ފަޒަޔަށް ، ގަޔަށް ،ބޮލަށް

  32. ނަސީމް

    ޞިރު ފަހަނައަޅާ ދިޔައީމަ އޮރިޔާމުން ނުކުންނާކަށް ލަދެއްވެސް ނުގަންނާނެ،
    ޞިރެއްވެސް ނުގަންނާނެ.