ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންނަކީ ކޯލިޝަނެއް، ކޯލިޝަންގައި ހަތަރު ޕާޓީ ހިމެނޭ، އަންނަ ސަރުކާރަކީ ކޯލިޝަންގެ ސަރުކާރެއް، އިއްތިހާދެއްގެ ސަރުކާރެއް، ކޯލިޝަނަށް ތާއީދުކުރާ ހުރިހާ ދިވެހި ރައްޔިތުން ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ކުރެވޭތޯ ބެއްލެވުން، ކޯލިޝަން ދެމެހެއްޓުމަކީ ރައްޔިތުންނަށްޓަކައި ކުރަން ޖެހޭނެ ކަމެއް، މިއީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން، މިއީ ކޯލިޝަން ސަރުކާރު، މުޅި ދިވެހި ރައްޔިތުންގެ ސަރުކާރު" މައުމޫން ވިދާޅުވި އެވެ.

އިބޫގެ ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫންކަމަށް މައުމޫން ވިދާޅުވި ނަމަވެސް އިބޫ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގައެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުރިހާ ލިޔުމެއްގައި ވެސް އޮތީ އިބޫ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. އެހެންކަމުން ނޮވެމްބަރ މަހު ވެރިކަމާއި ހަވާލުވާނީ ޤާނޫނީ ގޮތުން ބަލާނަމަ އެމްޑީޕީގެ ސަރުކާރެކެވެ.

މައުމޫން ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނޯންނާނެ، އެމީހެއްގެ ސިޔާސީ ކުލަޔަކާއި އެމީހެއްގެ ހިޔާލަކަށް ބަލާފައި ވަކި މީހަކަށް ވަކި ގޮތެއް ހެދުމެއް ނޯންނާނެ، އެންމެންނާއެކީ މަސައްކަތް ކުރާނީ ހަމަހަމަ ކަމާއެކީގައި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނަންް" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، އާ ސަރުކާރުގައި ނުކުރާ ކުށަކަށް އަދަބެއް ނުލިބޭނެ ކަމަށާއި ނުކުރާ ކުށަކަށް ޖަލަކަށް ނުލާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފެނިގެން ދިޔައީ އެހެން މަންޒަރެއް ކަމަށާއި އެއްވެސް ކުށެއް ނުކުރާ އެތައް ބަޔަކަށް އަނިޔާލިބި ޖަލުގައި ހޭދަކުރަން ޖެހުނު މަންޒަރު ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން މިއަދު ފައިސަލް އާއި ބައްދަލު ކުރެއްވިއިރު އިއްޔެ ވަނީ އިބޫ އާއި ވެސް ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރައްޔިތުން

    ހުރިހާ ގާޒީންނާއި އެކު ޖަލްސާ އަކަށް ދައުވަތު ދީގެން ބާއްވަން ފެނޭ - ކޯޓުތަކުން ކަންކުރާ ގޮތާއި މެދު ބަހުސް ކުރުމަށް

  2. ދެބޯގެރި

    ބުނަން ރަގަޅުވާހަކައެއް އެމްޑީޕީ ސަރުކާރު. އިއްތިހާދު ސަރުކާރެކޭ.ނުކިޔާނެ. އެހެންނަމަ އިލެކްސަނުން އިއުލާން ކުރާނީ އެމްޑީޕީގެ ކެންޑިޑޭޓެކޭނޫން

  3. ޒާ

    މައުމޫނަށްތަ އެނގޭނީ ވަކިޕާޓީއެއްގެ ސަރުކާރެއްކަން ނުވަތަ ނޫންކަން ބުނަން. މާ ބަސްނުނަން ނިކުމެ ނޫޅޭ. އަހަރެމެންނަކީ އެމްޑީޕީ މީހުން. އިބޫއަކީ އެމްޑީޕީގެ ކެންޑިޑޭޓެއް. އިބޫ ވެރިކަން ކުރާނީ އެމްޑީޕީން. މައުމޫން ތިއުޅެނީ ޔާމީނަށް ޖެއްސުން ކުރި ގޮތަށް ނުފޮރުއްޕާން ކުރަން. މަޑުން ހުރޭ.

  4. އިސްޓާކީނޯ

    ހިންގާ ބަލަންތިބެމާ ދެއްތޯ! 30 އަހަރުގޮތައްތޯ އަނެއްކާ!

  5. ސައިބޯނި

    ތިހެންކިޔަކިޔާ ތިބޭ. ހީ ވިލް ކަމް ސޫން. އެއިރުން ކަންތަާޖެހޭނީ.

  6. ސައިބޯނި

    އެކަމަކު ކިޔަނީ އެމްޑީޕީގެ ރައީސް އިބޫ. ނުކިޔާ ރައީސް މައުމޫނޭ. މޮޔަވެގެން ނޫޅޭ.

  7. އަނިޔާގެ ސަރުކާރު

    ހަމަ ހިނި އަންނަނީ

  8. ޙަމެ

    މައުމޫނާ ތީ ކަލޭ ހީވާ އެއްޗެއް. މޑޕ އިން ބުނަނީ އެއީ އެމީހުންގެ ވެރިކަމެއްކަމައް.

  9. ޣާދިރު މަނަދޫ

    ރައީސް މައުމޫނު ތިޔަ ވިދާޅުވާ ބަސްތައް ގަބޫލު ކުރާނެ ބަޔަކު މި ގައުމުގަ އެބަތިބި..

  10. ޤުލްމާ އާދަމް

    ތިކަން ވާންވާނީ ތިހެންނެވެ. އެއީ އިބޫއަށް ގިނަ ރިޝްވަތާ ދޮގާ ފިތުނަ ފަސާދަ ބޭނުންކޮށްގެން އިންތިޚާބުން 58 ޕަސެންޓް ލިބުނުގޮތަކީ އެމްޑީޕީއަށް 30 ޕަސެންޓް ، މައުމޫނަށް 9 ޕަސެންޓް ، ޤާސިމަށް 12 ޕަސެންޓް ، އަދާލަތާއި އެމްޑީއޭއަށް 7 ޕަސެެންޓެވެ. ތިޔަ ގެނައި ދައުލަތް ގިނަދުވަހެއްނުވެ ވީދި ހަފުސްވާނެއެވެ. މިފަހަރު ވަކިން ވާދަކުރިނަމަ އެއްބުރުން ރައީސް ޔާމީން 57 ޕަސެންޓުން އިންތިޚާބު ކާމިޔާބުކުރީހެވެ.

  11. ވަގުކަލޭގެ

    އަހަރެމެން ވޯޓްދިނީ ތިލަފަތަށް.. އެމްޑީޕީއަށް.. އަދި ރައީސް ނަޝީދު މިނިވަންކުރުމުގެ އެއްވެސް ހަރަކާތެއް ނުހިންގާތީ އަހަރެމެން މިތިބީ ވަރަށް މާޔޫސްވެފާ.. މިހުރިހާ ކަމެއް ކުރީ އެމްޑީޕީ މީހުން ރައީސް ނަޝީދަށްޓަކައި.. އިބޫ ވިޔަސް ރައީސް ނަޝީދު ހަވާސާއިން ބޭރުކުރަން މަސައްކަތްކޮށްފިނަމަ ވަރަށް ސާފްކޮށް މިބުނަނީ އެމްޑީޕީ މެމްބަރުން ޕޕމ އާއި ގުޅި އިބޫގެ ވެރިކަން ވައްޓާލާނަން..

  12. ސުލައިމާނު

    އެކަމަކު އަންނި ބުނެފައި އޮންނަނީ އެމްޑީޕީ މެމްބަރުން ނުކުމެ ސަރުކާރެއް ބަދަލުކުރިކަމަށް! ވާގޮތެއް ބަލަން މިތިބީްދެން!

  13. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    މިހާރު މިރާއްޖޭގައި މިކަންކަން ހިނގަމުންމިދާ ގޮތަށްބަލާއިރު، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ އެންމެމަތީ ވެރިޔާގެ މަޤާމަށް އާދެ! ރައީސުލްޖުމުހޫރިއްޔާގެ މަޤާމަށް އާދެވޭނީ، ސިޔާސީ ޕާޓީތަކުން ނުވަތަ ކޯލިޝަނުން ނުވަތަ އިއްތިހާދުން އެބޭފުޅަކަށް އިޢުތިބާރު އޮންނަ ބޭފުޅަކަށެވެ. އަދި ވެރިކަމުގައި ހުރެވޭނީވެސް ސިޔާސީ ޕާޓީތަކުން ނުވަތަ ކޯލިޝަނުން ނުވަތަ އިއްތިހާދުން އެބޭފުޅަކަށް އިޢުތިބާރު އޮންނަ ބޭފުޅަކަށެވެ. މިއީ ރައީސް ނަޝީދުގެ ވެރިކަމުގެ 3 އަހަރު ދުވަހުގެ ތެރޭގައި ކޯލިޝަން ރޫޅިގެން ދިޔުމުގައި ދިމާވެފައިވާ މައްސަލަތަކާއި އަދި ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައި ކޯލިޝަން ރޫޅިގެން ދިޔުމުގައި ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު، ފާޅުކަންބޮޑު ގޮތެއްގައި ހާމަވެފައިވާ ކަންކަމެވެ. ޔަޢުނީ، 2018 ނޮވެމްބަރު 11 ގައި ނުވަތަ 17 ގައި ފެށޭ ވެރިކަމުގެ ދައުރުގައި ޕީޕީއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްނަމަވެސް، އެހެންެއެއްވެސް ޕާޓީއަކުން ޕީޕީއެމާއި ބައިވެރިނުވާނަމަ، މިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ކުރެވޭ ކަންކަން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެއެވެ. ޔަޢުނީ، މަޖިލީހުގެ ތެރެއިން ކަންކަން ނިންމައި ފިޔަވަޅު އަޅަން ފަސޭހަވާނެއެވެ. މިއީ ވަރަށްކާރި މުސްތަޤްބަލެއްގައި ރައްޔިތުން ބަލަން ބޭނުންވާނެ ކަންކަމެވެ. އެބަހީ، މިރާއްޖޭގެ ކުރިމަގު އުޖާލާ ވާނެއެވެ. އުފަލުގެ ކޮޅެއްނެތެވެ.

  14. އަލީ

    އިބޫ ނުކިތްސަރު ގޮތެއްހަދާލީ ވައްޓާލާނަން!! ހޭއަރައްގެން މިތިބީ!!

  15. ނާއުއްމީދު

    ތިޔައީ އެމްޑީޕީގެ ސަރުކާރެއް.އެހެން ކަމެއް ދޯ ހަދައިގެން ތިހިރީ

  16. ޔުމުނާ މައުމޫން

    ތިއީ ކުރިންވެސް އަހަރުމެން ދެކިފައި ތިބި މަންޒަރެއް ތިޔަކަމަކީ އަލަށް އަނަންއުޅޭކަމެއްނޫން މައުމުނު މައުތިރިވެގެން ހުރޭ ކަލޭގެ ދަރިނަން ވެރިކަން ނުލިބުނީމާ ތެޅިފޮޅޭނެކަމެއް ނެތް

  17. އިއްބެ

    ސުބުހާނަﷲ
    މައުމޫނު ޢަބްދުލް ޤައްޔޫމަށް މިހިރީ ކިހިނެއް ވެފަތަ! އަޅުގަނޑު މެންގެ ސަރުކާރޯ! މައުމޫނުބެއަށް ކެތްކުރެވޭނެތަ؟ ތިޔަ އަޅުގަނޑުމެންގެ ސަރުކާރުގައި!

  18. ހަބޭސް

    މައުމޫނު ތިކޮސްގޮވީމަވެސް އަތްޖަހާނެ ބަޔަކު ތިބޭނެ އެކަމު އެކަން ޤަބޫލު ކުރަނީ ކާކު އިބޫއަށް ރިޔާސީ ޓިކެޓް ދިނީ އެމްޑީޕީން ފައިސަލް އަށް ޓިކެޓު ދިނީ ޖޭޕީން މިހާރު ތިއުޅެނީ މައުމޫނަށް ލިބޭބައި ކުޑަވެދާނެތީ އެވެރިންގެ ބޯކާލެވޭތޯ ނުވާނެ އަކަމެއް އެއީ ތިކަހަލަ ފުއްކަފަ ބޮލެއްނޫން އެއްޔެ ގޮޅާބޯ މިއަދު ފުއްކަފަ ބޮލަކަށް ހެދީމަވެސް އޯކޭ
    އިޔެ މުޅިގައުމަށް ތިމާވައްޓާލާ ކަރުގައި ވައުޖަހައިގެން ދެމިމީހުން މިއަދު އޯކޭ
    އިއްޔެ ވަގަށްގޮވާ މިއަދު ރަންފޮއްޠަކަށްލީމަވެސް އޯކޭ ރާއްޖޭގައި މިއޮތީ ޕާޓީ ސިސްޓަމް އުފެދިފައި ޕާޓީގެ ޓިކެޓުގައި ނުކުންނާނީ ޕާޓީމީހާ ތިފަދަ ކޮސްގޮވީމަ ތިވާނީ ދެއުޅި އެއްނުވާ ގަމާރުންކައިރީގަ ގޮވާ ކަނޑު ކޮހަކަށް

  19. ެބަތްބަނޑު

    ޢަންހެނުންނާ އަންހެންދަރިންގެ އައުރަ ނިވާކޮށްބަލަ، މުސްކުޅިވީދުވަހުވެސް މިތެޅެނީ އަދިވެސް ވެރިކަމާ، ހީވަނީ ވެރިކަންމީ މިސޮރަށް ފޫޅުކަނޑާފަ ވާއެއްޗެއްހެން، ރާއްޖެހަލާކުކުރި މީހަކަށްވާތީ އެންމެންގެ ބަދުދުޢާ މީނައަށް ޖެހޭކަށް ގިނަދުވަހެއް ނުވާނެ

  20. މާނީ

    ސާބަހޭ މައުމޫނު ތީ އަދިވެސް މިޤައުމުގެ އެންމެ އަގުބޮޑު ރައުސުލްމާލު

  21. ޢަފްލާ

    ޢެމް އާރް އެމް ގެ މާނަެަކީ މައުމޫން ނަސްރީނާ ރިފޯމް ކުރީއޭ ޖަލުން އައިއްސަ

  22. އަބްދުﷲ ރަޝީދު

    އަދި ވެސް މި ޤަޢުމުގައި އެންމެ މުހިންމު އެންމެގިނަބަޔަކު ލޯބިވާ އެކަކީ މަޢުމޫން އަބްދުލް ޤައްޔޫމް އެވެ. އަދި މިރާްއްޖެ ދުން އެންމެ އިޙްލާސްތެރި އެއްބޭފުޅަކީ ހަމަ މައުމޫން އެވެ. އެހެންކަމުން އަދި ވެސް ބުނެލަން އޮތީ ތިޔައީ ޒަޢީމޭ އަދު ލޮބުވެތި މި ދިވެހި ޤައުމު ފަހުރުވެރިވާ!!!