ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅުއްވަން ދެން، ރައްޔިތުން މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލް ކޮށް މަޖިލީހަށާއި ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

މިޓްވީޓާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރަން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހްމަދު އަކްރަމަށް ގުޅުމުން އޭނާ ފޯނު ނިއްވާލައްވާފައި ވާތީ އިލެކްޝަންސް ކޮމިޝަންގެ ބަހެއް އަދި ނުލިބެއެވެ.

12 ދާއިރާއެއްގައި ބައި އިލެކްޝަން ބާއްވަން އީސީން މީގެކުރިން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނު ބާތިލް ނޫން ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުުރުމާ ގުޅިގެންނެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޞަރީފް

  ދެން ނުނަގާނެ ފޯނެއް. ވޯޓުން ވައްކަންކޮއްގެން އެތިބީ

 2. ރައްޔިތުން

  އީސީ އިން 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާކޮށް އެނިންމުން ބާތިލުކުރީމާ ތިޔަ ހުރިހާ ކަމެއް ހައްލުވީ، އީސީ އިން ނިންމި ނިންމުމެއް ބާތިލުކޮށްލުމުގެ ގާނޫނީ ހަމަ އީސީ އަށް ލިބިގެންވޭ

 3. ވަގުކަލޭގެ

  12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ނިންމާނެ..

 4. ރައްޔިތުން

  އީސީ އިން 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމާފައިވާ ނިންމުންވެސް މުރާޖައާކޮށް އެނިންމުން ބާތިލުކުރީމާ ތިޔަ ހުރިހާ ކަމެއް ހައްލުވީ، އީސީ އިން ނިންމި ނިންމުމެއް ބާތިލުކޮށްލުމުގެ ގާނޫނީ ހަމަ އީސީ އަށް ލިބިގެންވޭ

 5. ކަނަމަނަ

  މީ ގެކުރިން ބަލަންވީވަރަށް ނުބަލައި ގޮނޑިގެއްލުނުކަމަށް މިނިންމީ އައު ޤަވާެއިދެއް އަދި ޤާނޫނެއްވެސް ހެދިގެނެއްނޫން. މިހާރު ކުއްލިއަކަށް ގޮނޑިނުގެއްލޭވާހަކަވެސް ތިޔަދައްކަނީ އެފަދަކަމެއް ވެގެނެއްނޫން. މިހާރު ކަންހިނގަމުން މިދާގޮތުން 2013ގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ ރައީސް ޔާމީނު ނޫންކަމަށްވެސް ނިންމަންވީ. މިމީހުން މިކަން ކަންކަން ނިންމަން ބަލާފޮތް ގަންނަންލިބޭނީ ކޮންތާކުންބާ.

 6. ދަހަރާމްކޯރުން

  ތަމެން ތިޔާ 12 މެމްބަރުން ނަކީ ސައްހަ މެމްބަރުން ކަމަށް ތަމެން އީސީގެ ބޮޑުންނަށް ކަޓް ދީގެން ނިންމި ނަމަވެސް އަދި މަތީ ކޯޓުގެ ހުކުމޭ މެންނަށް ކަޓް ދީގެން ތިޔާ ކަން ނިންމި ނަމަވެސް ތަމެން ތިޔާ ތިބީ ތަމެން މަޖްލީހުގެ މެމްބަރު ކަމަށް ހޮވި ޕީޕީއެމް މެމްބަރުންނަށް ހަރާމްކޯރު ވެ ބަތާހަރާމީ ވެފައި ތަމެންނަކީ 12 މެމްބަރުން ކަމަށް މަމެން ބަލައިގަންނާނެ ތަނެއް ނެތް އަދި ތަމެންނަކީ މެމްބަރުން ނޫން ކަން މަމެންނަށް ޔަގީނޭ ފްލޯރ ކްރޮސް ކުރާނީ ދަހަރާމްކޯރުން

 7. ގޮނާސަކް

  މީސީދާ އިލެކްޝަންސް ކަމިޝަންގެ މެމްބަރުން އެމެންގެ މަގާމް ގެ ނާޖާއިޒް ފައިދާ ނަގައިގެން ވަކި ފަރާތަކަށް ނާޖާއިޒު ގޮތުގައި ފައިދާ ހޯދާ ދިނުމަށް ޓަކައި އެމެން ކުރާ ކަމެކޭ މިފެތޭނީ ސީދާ ކޮރަޕްޝަންގެ ގޮޅިއަށޭ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނުގެ ދަށުން މިކަން ޖެހޭނެއޭ އޭސީސީން ބަލަން އެކަމަކު އޭސީސީން އޮންނާނީ މިކަމުގައި ނިދާފައި ދޯ 25 ހާސް މީހުންނަށް ފްލެޓްސް ދޭތީ އޭސީސީ ރައީސް ލުތުފީ ފަޔަށް ހިނިއަރައިގަނެގެން އުޅުނީ އިޓްސް ގޮނާ ސަކްދޯ މީ ނަމުން މިނިވަން މުވައްސަސާ ތައް އެކަމަކު މުވައްސަސާ ތަކުގެ ވެރިކަން ވައްކަން ކުރަން ދެވޭ ލައިސަންސް އެއް ދޯ މީ ދެން އޮތީ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުން އެމެން ވެސް މީހަކަށް 5 މިިލިއަން ޑޮލަރު ކާލައިގެން ހުކުމް ކުރާނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މީސީދާ ސްޕްރީމް ކޯޓުން އިންސްޓްރަކްޝަން ލިބިގެން އީސީން މިކަން މިކަން މިގޮތަށް މިކުރަނީ ވެސް މީ ހަމަ ސީދާ ވައްކަން ނޫންތޭ މިކުރަނީ އިޓްސް ގޮނާ ސަކް ދޯ.