ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެއަކު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ހާއްސަ ގޮތުން ބޭއްވުނު ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށްވާތީ އެ ޖަލްސާގެ ނިންމުންތައް ބަލައިގަނެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.

އީސީން މިގޮތަށް ނިންމެވިއިރު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ހުރިހާ ބައިވެރިންގެ އިއްތިފާގުން ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިންތިޚާބު ކޮށްފައެވެ.

އަދި މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިހާރުވެސް ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރައްހީމް ޢަބްދުﷲ، ޓޫވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަށްވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސަޒާ

    ކޮންމެ ބަޔަކަށް ބާރުލިބުނަސް އެބަޔަކު ބޭނުންގޮތަކަށް ކަންތައް ކުރަނީ. ކޮންގުރެސް ހުއްޓުވަން އެދުނީމަބުނި އެއްވެސް ހުއްޖަތެއް ނެތޭ ހުއްޓުވާނެ. ހިންހަމަ ނުޖެހުނީމަ ގޯސް

  2. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ޝުކުރިއްޔާ އީސީގެ ޢިއްޒަތްތެރި މެންބަރުން! އެހެނީ، ޤާނޫނެއް އޮތްއިރު، ޤާނޫނަށް ޢަމަލުނުކޮށް، ޤަވާޢިދެއް އޮތްއިރު، ޤަވާޢިދަށް ޢަމަލުނުކޮށް، އަދި އުޞޫލެއް(ޕާޓީގެ އަސާސީ ޤަވާޢިދު) އޮތްއިރު، އުޞޫލަށް ޢަމަލު ނުކޮށް ޕީޕީއެމުގެ ފަރާތުން ކަންތައްތަކެއް ކޮށްފައިވީނަމަވެސް، އެކަންކަމަކީ، އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ބަލައިގަނެވޭނެ ކަންކަމެއްނޫނެވެ. ތިޔައީ މުސްތަޤިއްލު ވުމުގެ މަލަމަތި،

    • މުހަމަދު ނާފިއު ކ މާލެ ދަފުތަރު

      ކޮބާ އިހުލާސް ތެރިން ފެނޭތަ ސަރީފަކީ ވަރައް އިހުލާސްތެރި މީހެއް ރައީސް ޔާމީން އަވަހައް ސިޔާސީ ޕާޓީއެއް ހަދާ ނޫނީ މަނިކުފާން ބިކަވެދާނެ

  3. ހާލާ

    ޝަރީފްގެ ބޯ ހަމަ ޖެހޭތޯ ބަލަން އެބަޖެހޭ މިހާރު. ދެ އިރު ހަމަ އަށް އެކެއްޗެކޭ ނުކިޔާ ވިއްޔަ

  4. ތަސްމީނާ

    އެކަމަކު އީސީ ނޫންތޯ އެންގީ ކޮންގްރެސް ނުބާއްވާން އެންގޭނޭ ޤާނޫނީ ހަމައެއްނެތޭވެސް؟؟؟!!! އެހެންވީމާ ކޮންގްރެސް ބަލައިނުގަންނަންވީ ކީއްވެ؟ އޭރު އީސީގައި ހުރި ކުލަޔާ މިހާރުހުރި ކުލަކަންނޭގެ މައްސަލައަކީ؟!!!! އޯކޭ! ތިޔަބުނާ އިޖްރާތްތައް ފުރިހަމަކޮށްފަ ބޭއްވިޔަސް ހަމަ ޔާމީން ހޮވާނީ އިރާދަކުރެއްވިއްޔާ!

  5. ނަސީދު

    ޢަލުން އިންތިހާބު ބާއްވަން ފެނޭ ސަބަބަކީ ވުޖޫދުގައި ނެތް ޕާޓީއެއް ލައިގެން އިންތިހާބު ބޭއްވުން މިގައުމް ގައި މިހިންގާ ކަންތައްތަކީ އެއްވެސް ގޮތަކަން ބަލައިގަނެވޭނެ ކަންތައްތަކެއްނޫ ރައްއިތުންނައް ބަލާއެއްވެސް ޕާޓީއެއް ނެތްކަން ހިތާމަޔަާއެކު ބުނެލަން މިބުނީލައްކަވާހަކަ

  6. ލަލަލާ

    ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ގުޑް ގެޓް ދަ ޕޮއިންޓް ކޯޑިނޭޓަރޫ

    • ޓްރަމްޕް

      އެއްކަލަ ދަ މާލޭ ޅައި

  7. މޯދީ

    އީ ސީ ސީ ކޯމާއަކަށް ދާން އުޅޭވައްތަރު ޖަހާލައިފި، ނުތެޅެ މަޑުންތުބޭތި، ގެރިމަސް ދޭނަށް،

  8. ބޭބެ

    ރައިސް ޔާމީނަށް ގޮތް ހުސްވީތަ؟ ވެރިކަން ގެއްލުނީ!! ޕާޓީ ގެއްލުނީ!! ދެން؟ ޕީޕީއެމް ކޮންގްރެސް ހުއްޓުވަން އިލެކްޝަންގައި އެދުނީމަ ބުނީ ކޮންގްރެސް ހުއްޓުވޭނެ އެއްވެސް ގާނޫނީ ހަމައެއްނެތޭ މިދާކަށްދުވަހު!! ދެން މިހާރު މިވީ ކިހިނެތް؟ ނުރުހުނީތަ؟ ހަގީގަތުގައި ކޮންގްރެސް ބާޠިލްކުރެވޭނެ ނުވަތަ ބަލައި ނުގަނެވޭނެ ގާނޫނީ ހުއްޖަތެއް އޮތީތަ؟ ދެން ކޯޓްތަކުން ކިހިނެތް ހަދާނީ؟ މުޅިންވެސް ސުވާލު!! ވަރުދެރަވީމަ ބޭނުން އެއްޗެއް ހަދަނީތަ؟ ގާނޫނީ ހަމައިންތަ މިދަނީ؟ މިގައުމު ސަލާމަތުންތަ މިއޮތީ؟ ހާދަ ދެރަވަރޭ!!

  9. އެހެންތޭ

    އޭޒް އަ ޕޮލިޓިކަލް ޕާރޓީ އެއްގެ ހައިސިއްޔަތުން އެއްގޮތަކަށް ވެސް އެންޓިޑިފެކްޝަން ގާނޫނު އުވާލަން އެމްޑީޕީ ވެސް އަދި ޖޭޕީ ވެސް އެއްބަސް ވެގެން ނުވާނެއެވެ. ސަބަބަކީ އެއީ ޕާރޓީ ޕޮލިޓިކްސް ރާއްޖޭގައި ކުރިއަރުވަން ލިބޭނެ ހަމަ އެކަނި ފުރުސަތަކީ ކަން މިހެން ހުރުމުން މިކަން ދަނެގެން ތަމެން ޖެހޭނެއޭ މަޖްލީހުގައި ޒިންމާ ދާރު ކަމާއި އެކު މަސައްކަތް ކުރަން ދެން އަނެއް ކޮޅުން އަބުރާއި ބެހުމުގެ ގާނޫނު އުވާލައިފިނަމަ ސަރުކާރު ހިންގަން އެމްޑީޕީ އަށް ވެސް ދަތިވާނެއޭ އަބުރާއި ބެހުން ނޫން ކަމެއް އެއިރުން ދެން ނޯންނާނެއޭ ސޯޝަލް މީޑިއާ ތަކުގައި ވެސް އަދި ރަޖިސްޓާރޑް މީޑިއާ ތަކުގައި ވެސް ގައުމު ކުރިއަށް ތަރައްގީ ވާނީ އިންސާނުން ގެންގުޅެން ޖެހޭ ގޮތަށް ގެންގުޅެގެންނޭ އެނޫން ނަމަ ގައުމު ހަލާކުވެދާނެއޭ އެނޫން ނަމަ މިގައުމު މިހާރު އަފްއާނިސްތާނު އޮތް ދަރަޖައަށް ދަށަށް ވެއްޓިގެން ދާނެއޭ ތަމެން ތިޔާ ނެރެނީ ކުރިއަށް ތިޔާ ކޮރަޕްޓް ވަގު ފައިސާ ބޭނުން ކުރާ ފައިސާ އަށް ވިކޭ 12 މެމްބަރުންގެ ހައްގު ތޭ ނުވަތަ ރައްޔިތުންގެ ހައްގުތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ އެއްޗަކީ.

  10. އަފްލާ

    އެމް އާރް އެމް އެއް އަދި ވުޖޫދުގަ ނެިތް

  11. 3 އ

    ކުރިން އަޅުގަނޑު ހީކުރީ އެ އޯޑިއޯ އަކީ ފޭކެއް ކަމަށް އެ ކަމު މި ފެންނަ މަންޒަރުތަކުން ބުނެދެނީ މުޅިން އެހެން ވާހަކައެއް.

  12. އާވިމް

    30 މިލިޔަން ލިބުނުކަން މިހާރު ހަމަ ކަށަވަރުމިވީ.