ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސް، އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ބާތިލުކުރަން އީސީން ނިންމީ އެ ކޮންގްރެސް ބާއްވާފާއިވަނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށްވާތީއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ހުރިހާ ބައިވެރިންގެ އިއްތިފާގުން ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިންތިޚާބު ކޮށްފައެވެ.

އަދި މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިހާރުވެސް ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރައްހީމް ޢަބްދުﷲ، ޓޫވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަށްވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.

އީސީން މިގޮތަށް ނިންމެވިއިރު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

މި ސިޓީގައި ރައީސް މައުމޫން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށާއި ހާއްސަ ހާލަތެއް މެދުވެރިވާނަމަ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކުރުމުން ކަމަށެވެ. ނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވާ ކައުންސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީ އަށް ހަމަވެފައިވާތީ ޕީޕީއެމްގައި މިހާރު އޮތީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، އެމަނިކުފާނު ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ މި ސިޓީގައި ވަނީ ކޮންގްރެސްގައި ނިންމާފައިވާ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމުގެ ކުރިން އެމަނިކުފާނު ފާހަގަކުރެއްވި ކަންތައްތަކަށް ބެލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރައްޔިތުން

    މައުމޫނު އަތުން ޔާމީން އަތަށް ޕީޕީ އެމް ހިންގުން ހަވާލުކުރުމަށް ނިންމި ނިންމުންވެސް ބާޠިލު ކުރުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލަން

  2. ވަގުކަލޭގެ

    ހަތަރެސްކަން ހަމަވަނީ.. ރީތި އަޑެއްކިޔާނެ.. ވަންނާނެ ޕާޓީއެއްނެތި ރޔާމީން މަގުމަތިވާނެ...

  3. އަޅެބެއްޔާ/ޑިމޮކްރަސީ

    ޝަރީފު ތިޔަ ނިންމެވި ނިންމުމަކީ ވަރަށްރަގަޅު ނިންމުމެކެވެ ފިސާރިކެރިގެން އުޅުއްވަންވާނެއެވެ

  4. ފަކީރު ކޮއެ

    ޕީޕީއެމް އަށް އަޅާލާ!!

  5. ހަބޭސް

    ޕީޕީ އެމްގެ ހިއްވަރީންނޭ ދޫނުދެއްވާތި އެއްމެފުކެއްވެސް ޝަރީފް އާއި މައުމޫނު ބުނާ ޤަވައިދުގެ ތެރެއިން ކޮންގުރެސް ބޭއްވިއަސް ޔާމީނު ޕާޓީގެ ރައިސަކަށް ނަގަން ފޫގަޅާފައިތިބޭތި ހިއްވަރު ބަލި ނުކުރާތި ފުކެއްވެސް ދޫނުކުރާތި

  6. ހަބޭސް

    މައުމޫނު އަތުން ޕާޓީ ވަކިކުރިހިސާބުން މައުމޫނަށް ނަފްސާނީ ގޮތުން ލިބުނުގެއްލުމުގެ ބަދަލެއްގެ ގޮތުން 25 މިލިއަން ރުފިޔާ ޕީޕީ އެމުން ހޯދުމަށް ދައުވާކުރަންފެނޭ ނޫންނަމަ މައުމޫނު އަތުގައި މާދަމާވެސް ކާނެފަދައެއް ނުއޮންނާނެ

  7. ހަބޭސް

    އީސީގެ އޮބުޒާވުރުންގެ ގޮތުގައި ގެންދިޔަ މީހުން ދެންދުވަހަކުވެސް އެފަދަ ކަމަކަށް ނުފެނޭ ނުވެސް ދާނެ އެހެންތަވާނީ ޕީޕީ އެމް ކޮންގުރެސް އަށްދިޔައީވެސް އީސީ އިން ފޮނުވީމަ އައިސްބުނީ ހުރިހާކަމެއް ރަގަޅޭ ޕީޕީ އެމް މީހުން ނުކުމެ ޝަރީފްގެ އަމިއްލަ ވީޑިއޯއެއް ލިކުކުރި ހިސާބުން ކޮންގުރެސް ބާތިލުވީ އެއްވާދޯ ކިތަންމެ ވަރެއްކުރިއަށް އެކައުންޓަށް ފައިސާ ޖަމާނުވާކަމަކަށް ނުވާނެ އެއަފަސާ ހޯދިގޮތެއް ބުނެދޭކަށްވެސް ނުކެރޭނެ އޯޑިއޯގައި އެދެއްކި ވާހަކަ ސާފުކޮށްދޭކަށްވެސް ނުކެރޭނެ

  8. މުހައްމަދު

    ޕާޓީ މައުމޫނަށްދީ. އަހަރުމެންތިބޭނީ ޔާމީނާއެކު. މައުމޫނަށްސަލާމް.

  9. ޕިސްޕިސް

    ޝަރީފަށް ހާދަބައިވަރެއްދީފިޔޭދޯ އެހެންވެތާ ވޯޓްއޮޅުވާލާަފަ

    އަނެއްކާ މައުމޫނުބުނާއިރަށް ކޮންގްރެސް ބާތިލްކުރަންތި

    ނިއްމީ މައުމޫނާ ޕާޓީ ހަވާލުކުރިޔަސް ދެނެއް މައުމޫނުގެ

    ފަހަތަކު ނުތިބޭނަން ދެން ދާނީ ޔާމީންނާއެކު.ބުނަން

    ޝަރީފު..މިޔަދު ތިހެން ދުނިޔަވީ އުފަލައްޓަކާ ކޮނމެ

    ކަމެއްވެސް ކުރެވިދާނެ އެކަމަކު އާޙިރުގަ ނަތީޖާވަރަށް

    ހިތިވާނެ.

  10. ހިއްވަރު

    ރައީސް ޔާމީންނަށް އަޅުގަނޑުގޮވާލަން ހިއްވަރުކުރައްވާ

    އާ ޕާޓީއެއް ހައްދަވާ މިފަހަރު ތިބޭފުޅާޔަށް ވޯޓުލީ ހުރިހާ

    މީހުން މިތިބީ ޔާމީންނާއެކު.މީ އިމްތިހާނެއް ﷲ މިކަހަލަ

    ބޮޑެތިއިމްތިހާން މެދުވެރިކުރައްވާނީ އެކަލާނގެ ލޯބިފުޅުވާ

    އިނަސާނުންނަށް.ހިއްވަރުކުރޭ.

  11. Anonymous

    ޕީޕީއެމްގެ އެކޮންގްރެސް ބާއްވަން އުޅުނުއިރުވެސް މައުމޫނުގެ ދަރިން އީސީއަށް ސިޓީލި އެކޮންގްރެސް ބޭއްވުން ސައްޙައެއްނޫނޭ ބޭއްވިޔަނުދޭށޭ، އެދުވަހު އީސީގެ ރައީސު އެންގީ އެކޮންވްރެސް ނުބޭއްވޭނެ އަދި ބާޠިލުކުރެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއްނެތޭ، މިއަދު މިހާރު އިދިކޮޅަށް އެނބުރިގެން ދިޔަގޮތް ވަރަށްސާފު، އެއީ އީސީގެ ރައީސު ރިޝްވަތަށް ވޯޓާއި ގައުމު ވިއްކާލިިވާހަކަ ރ.ޔާމީނު އަޑުއުފުލަންފެށީމަ ބަދަލުހިފާ ޖަދަލުކުރުމުގެ ނިޔަތުގައެވެ، މިހިރީ ރިޝްވަތަށް އަމިއްލަ ނަފުސު ވިއްކާލާ މީހުންގެ ފެންވަރު

  12. ނާފިއު

    މަނިކުފާން އަވަހައް ސިއާސީ ޕާޓީއެއް އުފައްދާ ޕީޕީއެމް ރައިސް މައުމޫން އަތުލާނެ
    މިހާރަކު ނުތިބޭނެ މަނިކުފާނައް އިހުލާސްތެރި މީހަކު މިހާރު ނޫޅޭނެ މަނިކުފާން އުފައްދާ ޕާޓީގައަޅުގަނޑު 100 މީހުންގެ ސޮއެ ހޯދާދޭނަން

  13. އަލީ

    ތިޔަ ބޭގަނޑަކާހެދި ނެތެއްނުން މިގައުމުގަ އުޅެވޭކަށް ކިހާބޮޑުވެއްޖެ ބަލާވެރިކަމެއް މޮޔަވެގެންތަ ބޭގަނޑު ތެޅިފޮޅެނީ

  14. ޒާ

    ޝަރީފް ކިހާދުވަހަކު ކެތްކުރާނަން. ވިސްނާއްޗެ؟

  15. ފާއިޒް

    ރައީސް ޔާމިން އެހެން ސިޔާސީ ޕާރޓީ އެއް ހަދަން ފެނޭ އެހާ ހިސާބުން ތި ޕީ ޕީ އެމް އުވޭނެ....

  16. ޙަގީގަތް!!!؟؟؟

    ދެން ކިހިނެތްވާނީ!! މިހާރު މި ޒާތީވީ!! ކުރިން އެމީހުން ކޮންގްރެސް ހުއްޓުވައިދޭން އެދުނީމަ ބުނީ ކޮންގްރެސް ހުއްޓުވޭނެ އެއްވެސް ގާނޫނީ ހަމައެއްނެތޭ!! މިހާރު އީސީން ވޯޓް އޮޅުވާލިކަން ދޭހަވާފަފަ އޯޑިއޯއެއް ލީކްވީމަ ޕީޕީއެމްއިން އެކަން ބަލާ ތަހްގީގުކުރަން ގޮވީމަ އެރުޅިގަނޑު މިބޭލީ!! މިހުންނަނީ ޒާތީ ގޮތުން ކުރާ ކަންތައް!! މީގަ ކޮންގްރެސް ބަލައިނުގަތުމުގެ ޙަގީގަތެއް އޮތިއްޔާ ދެން އޯކޭއި!! ދެން ކޯޓުން ނިންމާފައިވާ ނިންމުން ކިހިނެތްވާނީ!! ދެން މިހުރިހާކަމެއް ކުރިން ކުރި ތަންތަނުގެ ތިބި މީހުންވެސް ހައްޔަރުކުރަންވީ!! ކޯޓުތަކުގެ ފަނޑިޔާރުންވެސް ހިމެނޭގޮތުން!!! މިހެން މިބުނީ ކޯޓު އަމުރުން މީހުން ހައްޔަރުކޮށް ތަހްގީގުކޮށް ޝަރީޢަތްކޮށް ކޯޓުގެ ހުރިހާ މަރުޙަލާތައް ނިންމާ ހުކުމްކޮށްފަ ތިބި ބަޔަކު ހުދު ކާފޫރުކޮޅެއްހެން ސާފުވެ ބޭރަށް ނިކުތީތީ!! އެއީ ކޯޓުގެ ފަނޑިޔާރުން އެމީހުން ޖަލަށްލީ ގާނޫނާ ޚިލާފަތްވީމަތާ މިދޫވަނީ!! އެމީހުންގެ އިހްމާލުވެސް ބޮޑު!! ގޯސްތައް ހެދީ!! މިއީ އަޅުގަނޑު ދެކޭގޮތް!!!