ރާއްޖެ ޓީވީގެ އަގު ވައްޓާލި ކަމަށް ބުނެ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނ ރުފިޔާ ހޯދަން އެ ޗެނަލުން ދައުވާކޮށްފިއެވެ.
ރާއްޖެޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގައުމުގެ އަމަންއަމާންކަން ނަގާލައި ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމަށް ރާއްޖެޓީވީން މަސައްކަތްކުރާ ކަމަށާއި ރާއްޖެޓީވީ ބަންދު ކުރުމަށް އަބްދުއްރަހީމް މާޗް މަހު ގޮވާލައްވާފައިވާތީ، އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް މިއަދު ސިވިލް ކޯޓަށް ހުށައަޅާފައިވާނެ ކަމަށެވެ.
"އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަކެއް ނަމަވެސް އަބްދުއްރަހީމްގެ އެ ވާހަކަތަކުން ރާއްޖެޓީވީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. އަދި ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އާމިރު ސަލީމާއި މުހައްމަދު ވިސާމާއި ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަކީ ވެސް އެ ދެ ނޫސްވެރިންގެ އަބުރަށް އަރައިގަތުން ކަމަށްވާތީ އެގޭ ބަދަލު އަބްދުއްރަހީމްގެ ފަރާތުން ހޯދުމަށް އެދިފައިވާނެ" ނިޝާން ވިދާޅުވިއެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީއާ ގުޅޭ ގޮތުންނާއި އެ ސްޓޭޝަނުގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް އާއި އާމިރުއާ ގުޅޭގޮތުން އަދުރޭ ވަނީ ވާހަކަދައްކާފައެވެ. އަދި އެ ދުވަސްވަރު އެ ދެ ނޫސްވެރިން ހައްޔަރުވެސް ކުރިއެވެ.
ވިސާމް އާއި އާމިރު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދީ ހެދި ވީޑިއޯ އުފައްދައި އެ ވިޑިއޯ މީސް މީޑިޔާ (ސޯޝަލް މީޑިޔާ) އަށް އަޕްލޯޑު ކުރި ކަމުގެ ތުހުމަތުގައެވެ. މި ކަމާއި ގުޅުގެން ރާއްޖެ ޓީވީ އިން ބުނީ އެ ސްޓޭޝަނަކީ ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ހިންގާނެ ސްޓޭޝަނެއް ނޫން ކަމަށާއި، އަދި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދޭނެ ސްޓޭޝަނެއް ވެސް ނޫން ކަމަށެވެ.
ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެެއް އުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި ކަމުގެ ތުހުމަތުގައި ދިހަ ދުވަސް ވަން ދެން ޖަލުގައި ބަންދުކޮށްފައިވާ ބޭތިއްބުމަށްފަހު އާމިރާއި ވިސާމް ދޫކޮށްލާފައިވަނީ އެމައްސަލާގައި އެދެމީހުންނާއި ދެކޮޅަށް ހެކި ނެތުމުންނެވެ.
ރާއްޖޭގ މަސްލަހަތާ އަމާންކަން ނަގާލައް.ރާއްޖެޓީވީން 24 ގަޑިއިރު ގެންދަނީ މަސަތްކަތް ކުރަމުން. ދެން 1.މިލިއަން ރުފިޔާ ހޯދަން އަހަރެންގެ މައްޗައް ދައުވާ.ކޮއްބަލަ. މަށަކީ ބ. ކެންދޫ ހުސްނުހީނާމާގެ ގޯނި އިބްރާހިމް
ޙެހެހެ މީހުންގެ އަބުރާބެހިގެން އަތުލި ލާރިކޮޅު ހޯދާލަނީދޯ
މިމީހުންގެ ފެންވަރު މީ. ޢިންސާފޯ
egola athuga in angotti vikkaaliyas 1 million dhekkeyne.. ✋
ރަނގަޅު ހޯދަންވާނެ ތިއެއް. އެމީހުންވެސް ހެދީ ކިހިނެއް ރާއްޖެޓީވީއަށް. މިއަދުމީ އަހަރުމެންގެ ދުވަސް. ކަރްމާ އިސް ރިޔަލް