އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރު އޮފް ޕޮލިސް ސައިފު ހުސައިން އާއި ޑެޕިއުޓީ ކޮމާންޑަރު ފާއިޒު މުޙައްމަދު މިނިވަންކޮށްފިއެވެ.

ސައިފާއި ފާއިޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށް ހައްޔަރުކޮށްފައި ވަނީ، މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރަކާއި އެކު ހިނގާދިޔަ ކަންތައްތަކަކާއި ގުޅިގެންނެވެ. މި ދެ މީހުން މިއަދު ދޫކޮށްލާފައިވަނީ، އެމީހުންގެ މައްޗަށް ކުރާ ދަޢުވާ އާއި ގުޅޭގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައެވެ.

މި މައްސަލަ އާއި ގުޅިގެން ސައިފާއި ފާއިޒު ހިމެނޭގޮތަށް، ފުލުހުންގެ ވަޒީފާގައި ތިބި ޖުމްލަ އަށް މީހަކު ވަޒީފާއިން ވަކިކޮށް ދަޢުވާކޮށްފައި ވެއެވެ. އޭގެތެރެއިން ސައިފާއި ދެކޮޅަށް ފަސް ދަޢުވާ އެއް އުފުލާފައި ވާއިރު، ދެން ތިބި ހަތް މީހުންގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ ކޮށްފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކީ، ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން އެމީހުން ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ޢަމަލެއް ހިންގި ކަމުގެ ދަޢުވާގައި ކުރިއަށްގެންދިޔަ އަޑުއެހުމެކެވެ.

ސައިފާއި ފާއިޒު މިއަދު ދޫކޮށްލާފައި ވާއިރު، އެމީހުންނާއި އެކު ހައްޔަރުކުރި މީހުން ތިބީ ގޭބަންދުގައެވެ. އެ ދެމީހުންގެ އިތުރުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، ފުލުހުންގެ ކުރީގެ ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމްއާއި ސާޖަންޓު އަލީ ރިޝްވާން އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައްގު

    މިއީހަމަ އެބުނާއިންސާފް ތޯ. ޔާﷲ މިގައުމު ސަލާމަތް ކޮއް ދެއްވާނދޭވެ

  2. އައްޔު

    ދެން އެންމެންނަކީ ކުށެއް ނުކުރާމީހުންނަށް ހަދާ އޭރަށް އެވެރިކަންވީ ޤައުމަށް ކޮންމެފަދަ ކަމެއް ވިޔަސް އޯކޭދޯ
    މަޖާކަމަކީ ހަމަ ބަންދުކުރި ގާޒީ ދޫވެސް މިކުރަނީ އިތުރު ހެކިތަކަކަށް ބަލާތޯ ނުބަލާތޯވެސް ނޫހަކުން ނޭނގޭ

  3. ނަސިދު

    ކޯޓްތައް ޙާދައެކްޓިވްވެގެންނޭ މިއުޅެނީ އިންސާފު މިލިބެނީ ކޮންމެފަހަރަކު ވެރިކަންފޮރޮޅޭދުވަސް ވަރު އެހެންވީމާ ހުރިޙާޖަލުދައި ތިމި މީހުންވެސް ފުރުސަތުގެބޭނުން ހިފުމައް ގޮވާލަން ލަންޖޭހޭސިޓީއެއްލައިގެން ނަމަވެސް

  4. ޢަބުދުއްރަޙްމާން

    ފެބްރުއަރީ އެކެއްގައި ސްޕްރީމްކޯޓުން ހިންގި ކަންތައްގަނޑަކީ އަލަށް ސަރުކާރާ ޙަވާލުވަންތިބި ކޯލިސަނުން ދުރާލާރާވައިގެން ހިންގި ޖަރީމާއެކޭ މި ބުނަނީ މިހެންވެއެވެ. މާތް ﷲ އީ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.

  5. ބޭބެ

    ގާނޫނުތަ މިގައުމުގައި މިހިންގަނީ!! ނުވަތަ ކޮންމެ ބަޔަކު ބޭނުންހާ އެއްޗެއް ކޮންމެ ވަގުތަކުވެސް ހަދަނީތަ؟ މިއީ ކޮންކަހަލަ ގާނޫނެއްބާ މިގައުމުގައި މިއޮތީ؟ ގާނޫނަކީ ފުއްގަޑެއްތަ؟ ކޯޓުތަކުންނާ ދެންވެސް ތިބި ބަޔަކު ބޭނުންހާ ގޮތަކަށް ބޭނުންދުވަސްވަރެއްގައި ބޭނުންވިގޮތަކަށް މޮޑެން؟ ކޮބާ ސްޕްރީމް ކޯޓް؟ ހަމަ ރަގަނޅަށްތަ މިދަނީ ފަޓާސް ބަރިއެއްހެން!! އަޅުގަނޑަށް ހަމަ އޮޅިއްޖެ މިރާއްޖޭގައި ގާނޫނު މިހިންގާގޮތް!! ބޯހަލާކު! މިއޮތީވާ ގައުމެއް!!

  6. ކޮބާ ކޮބާ

    ޤާނޫނީ މީހުން