އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުންތަކަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

އީސީން މިއަދު މުހިއްމު ދެ ނިންމުމެއް ނިންމާފައިވާއިރު ފުރަތަމަ ނިންމުމަކީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅުއްވަން ދެން، ރައްޔިތުން މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލުކުރުމެވެ.

12 ދާއިރާއެއްގައި ބައި އިލެކްޝަން ބާއްވަން އީސީން މީގެކުރިން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނު ބާތިލް ނޫން ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުުރުމާ ގުޅިގެންނެވެ.

މީގެއިތުރުން މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ކޮންގްރެސް ބާތިލުކުރުމަށް ވެސް އީސީން މިއަދު ވަނީ ނިންމާފައެވެ. ކޮންގްރެސް ބާތިލުކުރުމަށް އީސީން ނިންމީ އެ ކޮންގްރެސް ބާއްވާފާއިވަނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށް ބުނެއެވެ.

އީސީން ނިންމި ނިންމުންތަކާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީން މިއަދު ނިންމި "ތާރީހީ" ނިންމުންތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ނިންމުންތަކަކީ ޑިމޮކްރެސީގެ ހަމަތަށް ގާއިމު ކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ބާތިލުކުރަން އީސީން ނިންމިއިރު އެ ކޮންގްރެސްގައި ހުރިހާ ބައިވެރިންގެ އިއްތިފާގުން ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިންތިޚާބު ކޮށްފައެވެ.

އަދި މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިހާރުވެސް ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރައްހީމް ޢަބްދުﷲ، ޓޫވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަށްވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.

އީސީން މިގޮތަށް ނިންމެވިއިރު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޔަގީނޭ

  ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމި ނިންމުން މަމެން ޕިންކީން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާނަމޭ ތަމެންނަށް އެއްގޮތަކަށް ވެސް އެކަން އެގޮތަށް ނުނިންމޭނެއޭ ތިޔާއީ މިހާރު އިންސާފުގެ މަގު އެއްކިބާ ކޮށް ފައި ތަމެން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓް ގައި އޮޅުވާލި އޮޅުވާލުން ގަނޑު ފޮރުވަން ވެގެން ކުރާ ކަމެކޭ އީސީގެ ރައީސް ބުނި ދޯ ފުލުހުންނަށް މައްސަލަ ހުށައަޅާނެ ކަމަށް ކޮބާ ހުށައެޅި މައްސަލަ ނެތް ދޯ ތިޔާއީ ވަގުވޯޓް ކަން ޔަގީނޭ..

 2. ސަރީފު

  އެފަހަރު ބުނާނެ ޕީޕިއެމް ކޮންގުރެސް ހުއްޓުވުމުގެ އެއްވެސް ހުއްޖަތެން ނެތް ވާހަކަ އަނެއް ފަހަރު މިބުނަނީ ކޮންގުރެސް ބަލައި ނުގަނެވޭ ވަހަކަ މީ ކޮން އުސޫލެއް އީސީ އަށް ލާފަ ހުންނަނީ ގަމާރުންތޯ

 3. ޢަފްލާ

  ޢަނބިންނާ ދަރިންގެ ޢައުރަ ނިވާކޮށްބަލަ އޭރުން ތިހުރިހާ ކަމެއްގެ ހެޔޮ ޖަޒާ ކަލެއަށް ލިބޭނެ

 4. ފިރުޓޭ

  މީނަވެސް ސަރުކާރު ފަޅީގަ ހުރި އިރު، ހަމަ އެ ހުރިހާ ވާނެއް އެރުވިއޭ އިދިކޮޅު މެމްބަރުންނަށް! ކީކޭ ދެން ބުނާނީ!

 5. Anonymous

  ޕީޕީއެމް އަކީ މައުމޫނު ތަރިކަ މުދާގަނޑެއް ނޫން

 6. ހަސަން

  އެލެކްޗޮމިސަން ވެސް ހަމައިންނެއްޓެނީ،
  މައުމޫން އެތަނަށްވެސް ބަތްބަނަފި!!!!!!!!!!

 7. ނަސްރީނާ

  ޜައީސް ނަޝީދުގެ ސަރުކާރު ވައްޓާލަން ބަޣާވާތް ކުރުމުގަވެސް، އަޑީގަ ހުރީ މިކަލޭގެ.

 8. ލާރާ

  ބާރުތައް ބޭނުންވެގެން ހޭބަލިވެފަ ހުރި މީހެއް. ޢިބޫއާ ، ފައިސަލްއާވެސް ބައްދަލުކުރަން ބޭނުންވީމަ، އެމީހުންވެސް ގެންނަނީ މީނަގެ ފައިބުޑަށް،