އިލެކްޝަންސް ކޮމިޝަން އިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނުކަމަށް ކުރިން ނިންމި 12 މެމްބަރުންނާއެކު މަޖިލީހުން ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، ނައިބް ރައީސް އަބްދުﷲ ޖިހާދާއެކު ވެރިކަން ބަދަލުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަށް މިއަދު ވިދާޅުވީ، މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލް ކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޖާބިރު ވިދާޅުވީ، އީސީއިން ދެއްކި ހިތްވަރުން ހިތްވަރު ލިބި އެހެން މުއައްސަސާތަކުންވެސް ރާއްޖެ ހަމަ މަގަށް އެޅުވުމަށް އެހީތެރިކަން ދެއްވުމަށް އެދޭ ކަމަށެވެ.

"12 މެމްބަރުންނާއެކު މަޖިލިސް ފަންކްޝަންވެ، ރައީސް ޔާމީން އަޒުލްކޮށް، ނައިބް ރައީސް ޖިހާދުގެ އެހީތެރިކަމާއެކު ބާރުތައް ބަދަލު ކުރެވޭނެ" ޖާބިރުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

12 ދާއިރާއެއްގައި ބައި އިލެކްޝަން ބާއްވަން އީސީން މީގެކުރިން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނު ބާތިލް ނޫން ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުުރުމާ ގުޅިގެންނެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަން

    މީދެންކާކުތަ. ތިޔަ ޖާބިރަކީ މިގައުމަށް ވެސް ޖެހިފަ އޮތް ބޮޑު މުސީބާތެއް. ތިޔަކަލޭގެ ޖެހޭނީ ހައްޔަރުކޮށްފަ ބަހައްޓަން.

  2. ކައްޓޭ

    ޖާބިރުބޭ ކުޑަދޫ އެބައިންތަ، މީވަރަށް ވާހަަކައެއް

  3. ރާއްޖެ

    މާބޮޑަށް ލަސްވެއްޖެ

  4. ބޭބެ

    އަސްލު މިހާރު ކަންތައްތައް މިދާގޮތުން އަޅުގަނޑަށް އެހެން އެއްޗެއް އެބަވިސްނޭ!! މިއުޅެނީ އިންތިހާދާ ނުވަތަ އިލެކްޝަން ކަމިޝަނަށް އިންތިޚާބުގައި ގޯސްތަކެއް ހެދިފައިވާކަން "ފަޅާއެރީމާ" ކޯޓްގެ މަރުޙަލާއަށް މައްސަލަ ހުށަހަޅަން ގާނޫނުގައި އޮންނަ 14 ދުވަސް ހަމަވުމުގެ ކުރިން އަވަސްއަރުވާލައިގެން މަޖްލިސްތެރެއިން ރައިސް އަޒުލުކޮށް ބޭރުކުރަން މަގު މިހުޅުވީ!! ކޯޓަށް ގޮސްފިނަމަ ފަހަރުގައި އިންތިޚާބު ބާޠިލްކުރުންވެސް އެކަށީގެންވޭ!! އެހެން އީސީން 12 މެމްބަރުން ގޮނޑި ނުގެއްލޭކަމަށް ނިންމާ އެމީހުން މަޖްލިސްތެރެއަށް ވައްދާ އަނެއްކާވެސް ފާޑެއްގެ "ބަޣާވާތެއް" ކުރަން މިއުޅެނީ!! ޝަރީފް ގޯސްތަކެއް ހަދާފައިވާކަމަށަ ވަރަށްބޮޑަށް ބެލެވޭ މިހާރު އޭނާ މިކަންތައްތައް ކުރާގޮތުން!! އެއީ ޕީޕީއެމް ކޮންގްރެސް ހުއްޓުވަން ބަޔަކު ސިޓީ ކުރިން ލީމާ ބުނީ އެހުއްޓުވޭނެ ގާނޫނީ އެއްވެސް ކަމެއްނެތޭ!! އަދި މޮނީޓަ ކުރަން 2 މެމްބަރުންވެސް ފޮނުވި އީސީން!! އެހެން ކުރިއަށް ގެންދިޔަކަމެއް މިހާރު ބަލައިނުގަތުމާއި ، ކުރިން ގޮނޑި ގެއްލިފައިވާކަމަށް އީސީން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނިންމި ނިންމުން ފާހަގަކުރަން!! އިންތިޚާބުގައި ކުޅިކުޅެފައިވާ ކަމަށް ބެލެވޭ ވަރަށްބޮޑަށް!!!

  5. ހުންގާނު

    މިރާއްޖޭގެ ސިޔާސީ ނައުގެ ހުންގާނުގައި އެއްވެސް މީހަކު ނުބަހައްޓައި ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހުންގާނު ދޫކޮށް ނުލެވޭނެއެވެ. މިކަމަށް މިނިވަން މުޢައްސަސާތަކުން (މަޖިލީހާއި ފުލުހުންނާއި ސިފައިން) އެއްވެސް އިސްތިސްނާއެއް ނެތި ފާރަވެރިވާންވާނެއެވެ.

  6. ޢަފްލާ

    މަސތުވާ ތަކެތި ބަނގުރާ ބޮއެފި މީހަކު އަޒުލު ކުރަން ނުޖެހޭދޯ