ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި، އަބްދުﷲ މަސީޙް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކި ކުރުމުގެ ކުރިން މަޖިލީހުގެ ރައީސްގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިހެން ބުނެފައިވަނީ އިލެކްޝަން ކޮމިޝަންއިން އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ހާމަ ކުރުމުން އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ވީހާވެސް އަވަހަކަށް ފަށަން ބޭނުންވާ ކަމަށާއި ނަމަވެސް މަޖިލީހުގެ މަސައްކަތް ފަށަން ބޭނުންވަނީ އިދިކޮޅު ފަރާތްތަކުގެ އަތަށް މަޖިލީހުގެ ރިޔާސަތު ލިބުމުން ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފަށަން ބޭނުންވަނީ އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސަތުގެ ތެރެއިން. އެހެންވީމަ އެންމެ ފުރަތަމަ ވަރަށް އަދަބުވެރި ކަމާއިއެކު އިޙްތިރާމާއި އެކު، މިހާރު މަޖިލީހުގެ ރިޔާސަތުގައި ގަދަކަމުން ހުންނެވި، މަސީޙުއަށް އަޅުގަނޑު ވަރަށް އިޚްލާސްތެރި ކަމާއިއެކު ދަންނަވަން އަވަހަށް ރީތި ގޮތުގައި އިސްތިޢުފާ ދެއްވުމަށް." ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ، މި މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންއިން ކަނޑައެޅުމާއިއެކު، ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުންގެ މެންބަރުން ވަނުމަށް ދަތިތަކެއް ހުންނަވަން ނުޖެހޭނެ ކަމަށާއި ކުރިން މަޖިލީހަށް މިބޭފުޅުން ނުވެއްދީ އިލެކްޝަން ކޮމިޝަންއިން ފޮނުވި ލިޔުމަކުން ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިލިޔުން މުރާޖަޢާކޮށް އަލުން ފޮނުވާފައިވުމުން މަޖިލީހަށް ވަނުމުގައި ހުރަސްތަކެއް ނުހުންނާނެ ކަމަށް ޤަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަސީޙް އިންނަވަނީ ގަދަކަމުން ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މަސީޙް ބޭރު ކުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި އަމިއްލަފުޅަށް މަސީޙް އިސްތިޢުފާ ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
"ރައްޔިތުންނަށް ހުރަސް އަޅަމުން މަސީހު ދާތާ މިހާރު ދެ އަހަރާއި ބައި ވެގެން އެ ދިޔައީ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި މަސީހަށް ނުހުރެވޭނެ ކަން މަސީހަށް އެނގޭނެ. ރައީސް ޔާމީންގެ ނުފޫޒާއި ބާރުގައި މަޖިލީހަށް ފުލުހުންނާއި ސިފައިން ވައްދައިގެން މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވަމުން ގެންދަވަނީ މަޖިލީހުގެ ގަވައިދާއި ގާނޫން އަސާސީއާ ހިލާފަށް،" ރޮޒެއިނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް އެކި ފަހަރުމަތިން މަސީޙް ބޭރު ކުރުމަށް މަސައްކަތްކޮށްފައިވާއިރު ވެސް، ކޮންމެ ފަހަރަކުވެސް ކޮންމެވެސް ސަބަބަކާ ހުރެ މަސީޙް ބޭރުވާގޮތް ވަނީ ނުވެފައެވެ.
ރިޔާޟު އެވެ.! ކަލެޔާއެކު ހެޔޮއެދިގެންކަމަށް ދައްކާ ތިޔަ ބައިގަނޑު ، މަދު ދުވަސްކޮޅެއްގެތެރޭގައި ނިކަމެތިވެ ، ރައްޔިތުންނަށް ރީތި ފިލާވަޅަކަށްވެގެންދާތަން ފެންނާނެ އިންޝާއަﷲ!
ރިޔާސީ ދައުރެގެ ހުވާ ކުރުން ކުރިއަށް ނުގެންގޮސް އިސްތިއުފާ ނުދޭތި ނަމަނަމަ
މިހާރު އެއުޅެނީ ޖެހިފޮޑި ބުރިއަށް ވަދެފާނެތީ
ދަޢުވަތު އެރުވުން ރަނގަޅު، ދަޢުވަތު ޤަބޫލު ކުރުން ރަނގަޅު،
ރައްޔިތުންގެ މަޖްލީހުގެ ރައީސް މަސީހަށް އިންޒާރު ދީގެން ތަމެން ގޮނޑިގެއްލިފައިވާ 12 މެމްބަރުން ބޮޑު ހުކުމޭ މެންނަށް ކަޓް ދީގެން ބޮޑު ހުކުމޭ މެން މެދުވެރިކޮށް މާދަމާ ތަމެންގެ 12 ގޮނޑި ނުގެއްލޭ ގޮތަށް އެމެން ހުކުމް ކުރާނެ ކަމަށް ބުނެ އެމެންގެ އެޑްވައިޒް އާއި އެއްގޮތަށް އީސީން އެމެންގެ ގޮނޑި އަނބުރާ އިއާދަ ކުރީ ކަމަށް ބުނުމަށް ވުރެން މާ ރަނގަޅު ނޫންތޭ ގާނޫނު ނަމްބަރު 2/2000 ގެ 14 ވަނަ މާއްދާއާއި އެއްގޮތަށް ތަމެން އަމަލު ކުރަމުން ދާ ކަމަށް ބުނިއްޔާ ސަބަބަކީ އަމިއްލަ ފައިދާ ލިބޭ ގޮތަށް ސަރުކާރުގެ ތަކެތި ބޭނުން ކުރުމާއި ހަމަ އެގާނޫނުގެ 12 ވަނަ މާއްދާގައިވާ ކުށް ތަމެން ކުރުމާއި އަދި ހަމަ އެގާނޫނުގެ 13 ވަނަ މާއްދާ އާއި އެއްގޮތަށް ތަމެން އަމަލު ކުރަމުން ދާ ކަން ތަމެންގެ އަމަލު ތަކުންނާއި އަދި ހެކިބަހުން ރީއްޗަށް ސާބިތުވާތީވެ ތަމެން ތިޔާ ތިބީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާއި ބެހޭ ގާނޫނާއި ޚިލާފުވެފައިތޭ ބަލަން އެބަޖެހޭ އޭސީސީން އޭސީސީ ދުވަނީ ރައީސް ފަހާދޯ އޭސީސީގެ ރައީސްގެ މަގާމް ދިފާއު ކުރުމޭ އޭސީސީގެ ރައީސް އޭ އެންމެ ކޮރަޕްޓްއީ އެއީއޭ ހުރިހާ މައްސަލަ އަކީ..
ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަމެން ނައިބް ރައީސް ގަބޫލުކުރި ކަމަށް ތަމެން ތިޔާ ބުނަނީ އެއީ އަނެއްކާ ތަމެންނަށް ޑީލެއް އެމެންނާއި އެކު ހަދައިގެން ރައީސް އަޒުލް ކޮށްގެން ރައީސްގެ މަގާމް ލިބިދާނެ ކަމަށް ތަމެންނަށް އެމެން ވަސްވާސް ދީފައިވާތީވެ ރައީސް އަށް ލިބޭ އިނާޔަތްތަކާއި އެހެނިހެން ފައިސާ ތަމެންނަށް ހޯދުމުގެ ބޭނުމުގައި ތޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ގަބޫލުކުރިއަސް އިންތިޚާބުގައި ބައިވެރި ކެންޑިޑޭޓް ގަބޫލު ނުކުރާނަމަ އެވާނީ އެކަން ބަލަން..
މަސީހު ހުންނާނެ، ކަލޭމެން ހަދާއެއްޗެއް އަދަދު ހަމަކޮއްގެން ހަދާ. ގައިގަ އަތްނުލާތި
ވަގުރިޔާޒު ދެންހަދާނީ ކިހިނެއް! މުޅިޕޮލިސްފޯސް ހަލާކޮށް ސިޔާސީކޮށްފައި މިހާރު ހިންހަމަ ނުޖެހިގެން ރައްޔިތުން ހަލާކުކުރަން ނިކުމެ ތެޅެބައިލަނީ ކީއްވެތަ! މެޖޯރިޓީ ރިޔާޒު!