އެންޓި ޑިފެކްޝަން ގާނޫނާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން އިދިކޮޅު މެމްބަރުން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެ ދެ ގާނޫނު އުވާލަން މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"މާދަމާ އަޅުގަނޑުމެން އެބައޮތް މަޖިލީހަށް މުހިންމު ދެ މައްސަލައެއް ވައްދަން. ﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑުމެން އެދެ މައްސަލަ ނިންމާނަން. އެއީ އަޅުގަނޑުމެން ޤަބޫލު ނުކުރާ ޤާނޫނެއް. އުސޫލުތަކާއި ޚިލާފަށް އަޅުގަނޑުމެން ޤަބޫލުކުރަނީ، އެންޓި ޑިފެކްޝަން ޤާނޫނާއި އަބުރުގެ ޤާނޫން." އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ރިޔާޒް ވިދާޅުވީ މި ދެ ޤާނޫންއަކީ އުސޫލުތަކާއި ޚިލާފަށް އުފައްދާފައިވާ ދެ ޤާނޫން ކަމަށެވެ. އަދި އަބުރުގެ ޤާނޫނައަކީ ނޫސްވެިރންނަށް "ޖެއްސުން" ކުރުމަށް ހަދާފައިވާ ޤާނޫންްއެއް ކަމަށްވެސް ރިޔާޒްވަނީ ސިފަ ކުރައްވާފައެވެ.

މި ދެ ގާނޫނަކީ ވެސް ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ދެ ގާނޫނެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ނިންމާފައެވެ.

އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅަން ނިންމެވިއިރު، އެ ގާނޫނު އުވާލައްވާނެ ކަމަށް ކެމްޕެއިންގެ ތެރޭގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ވިސްނާ

  ސަޅި. އަބުރާ ބެހުމަކީ ކިހާވަރެއްގެ ކަމެއްކަން ހަމަނޭގެނީބާ. ނުބައި ވިޔަސް ބޮޑުވަރު ތީ. ދީނީ މިނިވަންކަން ހޯދަންވެސް ހުށަހަޅާތި. އިސްލާމްދީނަށް ފުރައްސާރަކުރަން ހުއްދަ ހޯދަންވެސް ލާތި. މިއޮތީވާ ކަމެއް. ޔާ ﷲ މި މުސިޞަތުން އަޅަމެން ސަލަމަތްކުރައްވާށި.

 2. ޙސހސހސހ

  ޔާﷲ މިގައުމު މިވިލާގަނޑު އަވަސް ފުރުސަތެއްގައި ސަލާމަތް ކުރައްވާންދޭ. ޢަބުރަކީ އެއްވެސް އެއްޗެއް ނޫން. ގޮނޑިޔަކީ އޭރެއްގެ އެންމެ މަތީ އަގެއްގައި ވީކާލެވޭ އެއްޗަކަށް. ސބހނﷲ.

 3. ހަލާކޭވަނީ

  އެންޓި ޑިފެކްޝަނާއި އަބުރުގެ ގާނޫނު އުވާލަން ހުށަހަޅަނީ ނަމަ އެކަމަކީ އެއީ ރާއްޖޭގެ މަޖްލީހުގެ ތެރޭގައި ކޮރަޕްޝަން އާއި ފަސާދަ އިންތިހާ އަށް މަތިވެގެން ދާނެ ކަމެކެވެ. މީގެ ސަބަބުން އެމެންގެ އަތް ދަށުން އެމެންނަށް ކަޓް އަޅާނެ ގޮތަށް މެނުވީ ރާއްޖެ އަށް އިންވެސްޓްމެންޓެއް ވެސް ނާންނާނެއެވެ. މިކަމަކީ މީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދެން އަބުރުގެ ގާނޫނު އުވާލައިފިނަމަ ފުރަތަމަ ސަރުކާރު ހިންގަން ދަތިވާނެއެެވެ. ސަބަބަކީ ސާބިތު ނުހިފޭ ވާހަކަ ސޯޝަލް މީޑިއާ ގައި އާއި އަދި ރަޖިސްޓަރޑް މީޑިއާ ގައި ދެއްކުމުގެ ނަތީޖާ އަކީ މީސް މީހުންގެ ވިޔަފާރި ތައް ފުނޑިގެން ދިއުމެވެ. ކީއްވެތޭ ހެވީލޯޑްގެ ވިޔަފާރި ފުނޑުނީ އެއީ ސީދާ އަބުރުގެ ގާނޫނު ނޯންނާތީއޭ މީ އިބޫ އަށް ވެރިކަން ލިބުނު ނަމަވެސް ކޮރަޕްޓް 12 މެމްބަރުންގެ ހައްގުގައި އެމްޑީޕީން ކޮރަޕްޝަން ހުއްޓުވާނަމަ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫނޭ މިރާއްޖޭގެ ހުރިހާ ވެސް ހަލާކަކީ އެއީ މަޖްލީސް މެމްބަރުން ކޮރަޕްޓް ވުމޭ....

 4. ދިސްވޭ

  އޭޒް އަ ޕޮލިޓިކަލް ޕާރޓީ އެއްގެ ހައިސިއްޔަތުން އެއްގޮތަކަށް ވެސް އެންޓިޑިފެކްޝަން ގާނޫނު އުވާލަން އެމްޑީޕީ ވެސް އަދި ޖޭޕީ ވެސް އެއްބަސް ވެގެން ނުވާނެއެވެ. ސަބަބަކީ އެއީ ޕާރޓީ ޕޮލިޓިކްސް ރާއްޖޭގައި ކުރިއަރުވަން ލިބޭނެ ހަމަ އެކަނި ފުރުސަތަކީ ކަން މިހެން ހުރުމުން މިކަން ދަނެގެން ތަމެން ޖެހޭނެއޭ މަޖްލީހުގައި ޒިންމާ ދާރު ކަމާއި އެކު މަސައްކަތް ކުރަން ދެން އަނެއް ކޮޅުން އަބުރާއި ބެހުމުގެ ގާނޫނު އުވާލައިފިނަމަ ސަރުކާރު ހިންގަން އެމްޑީޕީ އަށް ވެސް ދަތިވާނެއޭ އަބުރާއި ބެހުން ނޫން ކަމެއް އެއިރުން ދެން ނޯންނާނެއޭ ސޯޝަލް މީޑިއާ ތަކުގައި ވެސް އަދި ރަޖިސްޓާރޑް މީޑިއާ ތަކުގައި ވެސް ގައުމު ކުރިއަށް ތަރައްގީ ވާނީ އިންސާނުން ގެންގުޅެން ޖެހޭ ގޮތަށް ގެންގުޅެގެންނޭ އެނޫން ނަމަ ގައުމު ހަލާކުވެދާނެއޭ އެނޫން ނަމަ މިގައުމު މިހާރު އަފްއާނިސްތާނު އޮތް ދަރަޖައަށް ދަށަށް ވެއްޓިގެން ދާނެއޭ ތަމެން ތިޔާ ނެރެނީ ކުރިއަށް ތިޔާ ކޮރަޕްޓް ވަގު ފައިސާ ބޭނުން ކުރާ ފައިސާ އަށް ވިކޭ 12 މެމްބަރުންގެ ހައްގު ތޭ ނުވަތަ ރައްޔިތުންގެ ހައްގުތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ އެއްޗަކީ.

 5. ޙަރާމްކޯރީ

  ﷲ ގެޙުކުމް ތަށްވެސް ބާތިލް ކުރަންފެށީ!

 6. ޢަފްލާ

  ތިހެން ތެޅި ތެޅި ތިއްބާ މިގައުމު ސުންނާފަތި ވެދާނެ ބިންހެލުން ގިނަވެ ތޫފާން އެރުންވެސް ގިނަވެއްޖެ ހޭ އަރާ ތިބޭ ދުވަހެއް އަންނާނެ

 7. ބަލާތި

  ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމާ މަޖްލީހުގެ އިދާރާ އަށް އެންގި ނަމަވެސް ތިޔާ އެންގުން ސައްހަ ނުވާނެއޭ ތަމެން ގެންނަގަ ތިޔާ އެންގި އެންގުން ސައްހަ ކަމަށް ކޯޓު އަމުރެއް ނުވަތަ ތަމެންގެ ތިޔާ އެންގި އެންގުން މިރަރ ކޮށްލުމުން މަމެންނަށް ފެންނަނީ އެއީ ތަމެންނަށް މަތީ ކޯޓުގެ ހުކުމޭ މެންގެ ބެކިންގް ލިބިގެން ތަމެން ކުރާ ކަމެއް ކަމަކަށް އެކަމަކު ހުކުމޭ މެން ވެސް އެމެންގެ ކޯޓުގެ ހުރުމަތަށް ޓަކައި ވެސް އެމެން 2017 ވަނަ އަހަރު ކޮށްފައިވާ ހުކުމުގެ ގަޒިއްޔާ ނަމްބަރު 19، 20، 21 އަދި 22 އަށް ރިއާޔަތް ކުރަން ޖެހޭނެއޭ އެގަޒިއްޔާ އަށް ތަމެން ހުރުމަތް ތެރިކޮށް ހިތާ މިގައުމު މަޖްލީހުގެ މެމްބަރުންގެ ނަން އަޅުވައިގެން ތިބި ކޮރަޕްޓް ލޯރޑުން ތަކެއް އެމެންގެ އަމިއްލަ މަސްލަހަތަށް ޓަކައި ތަމެންނަށް ދޭ ރިޝްވަތުގެ މައްޗަށް ބުރަވެ ގައުމު ހަލާކާއި އަލިފާނުގެ ތެރެއަށް ވައްޓާ ނުލާށޭ ތީއޭ ގައުމެއްގެ މިނިވަން ކަން ވެސް ގެއްލެން ދިމާވާ މައިގަނޑު ކަންކަމަކީ ޕްރިންސިޕްލް ޑިސިޝަންސް ތަކާއި ޚިލާފުވުން.

 8. ޢަބުޅޯ

  ތިޔަ އަބުދުﷲ ރިޔާޒަކީ މިޤައުމަށް ދިމާވެފައިވާ ބޮޑު ބަލާވެރިކަމެއް.

 9. ހެޔޮނުވާނެއޭ

  ރާއްޖޭގެ އެންމެ މަތީ ކޯޓުގެ 5 ފަނޑިޔާރުން 2017 ވަނަ އަހަރުގެ ޖުަލައި މަހުގެ ނިންމާފައިވާ ހުކުމް ގެ ގަޒިއްޔާ ކަމުގައި ވާ 19 ، 20، 21 އަދި 22 އަށް އިހްތިރާމް ތަމެން މިފަހަރު ނުކޮށްފިނަމަ ގައުމު ދުވަސް ދާނެއޭ ހެޔޮނުވާނެ އެންމެ މަތީ ކޯޓްގެ 5 ހުކުމޭ މެން މިކަމުގައި ވިސްނާށޭ 12 ކޮރަޕްޓް މެމްބަރުން އެހާލަތަށް ދިޔައީ އެމެން ހޮވާފައިވާ މެމްބަރުން ނާއި ދެކޮޅަށް އެމެން ކަޓް ފައިސާ ކައިގެން މަޖްލީހުގެ ރައީސް ނަގާ އެއްލާލަން ކުރި މަސައްކަތުންނޭ ބަލާށޭ ބަލާށޭ

  • ފެނޭތޭ

   ގޮޓް އިޓް؟ ގުޑް ގުޑް!

 10. Anonymous

  ޓީވީ ތަކުން ޖުރުމާނާ ކުރި ފައިސާ އެފަރާތްތަކަށް ދޭން ޖެހޭނެ.

 11. ޢަބްދުﷲ

  އަބުރާ ބެހުމުގެ ޤާނޫނު އުވާލެވޭނީ، ކީރިތިﷲގެ ފޮތާއި ސުއްނަތުގެ ނައްޞުތަކަށް ބެލުމަށްފަހުއެވެ. ޔަޢުނީ، އަބުރާ ބެހުމުގެ ޤާނޫނަކީ، އުވާލެވޭނެ ޤާނޫނެއް ނޫނެވެ.

 12. ބަލާދީ

  ގާނޫނު ނަމްބަރު 2/2000 ގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ކުށް ފުރަތަމަ ތަމެން 12 މެމްބަރުން ކުރިތޭ ނުވަތަ ނުކުރާތޭ ތަމެން ޚަތިމް ގައި އަތްލާ ހުވާ ކުރޭ އޭގެ ފަހުގައި ތަމެން 12 މެމްބަރުން ވިސްނަންވީ ތަމެން ނަކީ ވެސް ދިވެހިރައްޔިތުން އެއްވެސް ހިފެހެއްޓުމެއް ނެތި ތަމެންނަށް ސަރުކާރުގެ ރިސޯރސް އާއި ބާރު ބޭނުން ކުރެވޭ ގޮތަށް ލައިސަންސް ދީފައިވާ ބަޔެއް ނޫން ކަން މިގާނޫނުގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައިވާ ކުށް ތަމެން ކުރިތޭ ތަމެން ބަލާދީ..

 13. ނުކުރާތި

  އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާވެ ޕޮލިޓިކަލް ސައެންސް ގައި ހިމެނޭ ގުޑް ގަވަރނެންސް ގެ ކޯރޑް އޮފް ޕްރެކްޓިސް ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރަކަށް އެކަން އެޕްލައި ކުރެވޭނީ ކުރީގެ ޕޮލިސް ކަމިޝަނަރު ކަން ކުރި މީހަކަށް ނޭގޭނެ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް އެއީ މަގާމް އާއި ނުފޫޒުގެ ބޭނުން ކޮށްގެން ޗާންސްގެ ބޭނުން ހިފައިގެން ޕީޕީއެމް ޖޭޕީގެ މެމްބަރުންގެ ވޯޓް ހޯދައިގެން މެމްބަރުންގެ ވޯޓާއި ޚިލާފަށް ދާމީހެކޭ. އިބޫ ޖެހޭނެ ތިޔާ ރިޔާޒް މަޖްލީހަށް ހޮވުނީ އެއީ ކޮން ބަޔަކު ވޯޓް ދީގެން ކަން ބަލަން އަދި އޭނާ އަށް ވޯޓް ދިން މީހުންގެ ސޯޝަލް ކޮންޓްރެކްޓާއި ޚިލާފަށް ފުރަތަމަ ދުވަހުން ފެށިގެން އޭނާ ހަރާމްކޯރު ވެފައިވާތީވެ އަދި ތިމަރަފުށި މުސްތަފާ ވެސް އެގޮތަށް ކަންކަން ކޮށްފައިވާތީވެ އެމެން ބުނާ ގޮތަށް އެމެންނަށް ފައިދާ ހުރި ގޮތަށް އެންމެ ކޮރަޕްޓް 12 މެމްބަރުންނަށް ޓަކައި ސިޔާސީ ޕާރޓީ ތަކުގެ މެމްބަރުން ވޯޓް ދޭ މެމްބަރުން ކޮރަޕްޓް ފައިސާ ބޭނުން ކޮށްގެން ސަރުކާރު ބްލެކް މެއިލް ކުރާ އުސޫލު އެއްގޮތަކަށް ވެސް ބަދަލު ކޮށްގެން ނުވާނެއޭ މިވަގުތަށް ދެން އެންމެ ރަނގަޅުވާނީ މަޖްލީހުގެ ރައީސް ކަމުގެ މަގާމް ގައި މަސީހު ހުރިއްޔާ އެއީ މަމެން ނަށް ޔަގީން ކަމެކޭ ރާއްޖޭގެ މަޖްލީހަކު ނުތިބޭނެ ޕޮލިޓިކަލް ސައެންސް ގެ އަލިފުބާ ވެސް ދަންނަ ބަޔަކު އެމެންނަށް ނޭގޭނެ ޕޮލިޓިކަލް ސައެންސް ގައި ހިމެނޭ އޮތޯރިޓޭޓިވް އަދި ޓޯޓަލިޓޭރިއަމް ސިސްޓަމް އޭ ބުނީމަ އެއީ ކޯއްޗެެއް ކަން ވެސް އެމެން އަހާނީ ތިޔާއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާނަމެއް ތޭ..