ރާއްޖޭގެ ރައްޔިތުންގެ ހިދުމަތުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވުމުން ކަމަށް ދެކޭތީ ކަމަށް ވިދާޅުވެ، އެ ޕާޓީ އާއި ދާދިފަހުން ގުޅިވަޑައިގަތް، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް އަލްހާން ފޮނުވި ސިޓީއެއްގައި އަލްހާން ވިދާޅުވެފައި ވަނީ، އޭނާގެ ގައުމީ ހިދުމަތުގެ އެންމެ މަތީ މަގުސަދަކީ އަދި މަސްލަހަތަކީ ރާއްޖޭގައި، ރައްޔިތުންގެ މަސްލަހަތު ކަމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވެނީ ޕީޕީއެމް އިން ވަކިވެ ވަޑައިގެން ކަމަށެވެ.

"ސިޔާސީ ޕާރޓީއަކީ ގައުމަށް ހިދުމަތްކުރުމުގައި ބޭނުންކުރާ ވަސީލަތްތެއްކަމުގައި އަޅުގަނޑު ދެކޭތީ، އާއި ޕީޕީއެމްގެ އެތެރޭގައި އަޅުގަނޑަށް އެ މައްސަލަކުގައި ބައިވެރިވުން ދަތި، ގިނަ މައްސަލަތަކެއް ހުރުމާއެކު، މިވަގުތު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، މަނިކުފާނުގެ ޕާޓީއާއެކު މަސައްކަތް ކުރުމަކީ އޭގައި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތްކަމެއް ކަމަށް އަޅުގަނޑަށް ނުފެންނާތީ، މިއަދުން ފެށިގެން ޕީޕީއެމްގެ މެންބަރުކަމުން އިސްތިއުފާ ދިން ވާހަަކަ ދަންނަވަމެވެ،" އަލްހާން ޓްވީޓާ މެދުވެރިކޮށް އާންމުކުރި ބަޔާނުގައި ވެއެވެ.

އަލްހާންގެ އެ ބަޔާނުގައި ވިދާޅުވީ، ގިނަ ގުނަ ގޮންޖެހުންތަކާއި ހުރަސްތަކާއެކުވެސް ރައީސް ޔާމީންގެ ޒައާމަތުގައި އިގްތިސާދީ، ސިޔާސީ، އުމްރާނީ އަދި އިޖްތިމާއީ ގޮތުން ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އަދި ގައުމުގެ އަމާންކަމާއި އޮމާންކަމާއެކު ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށްވެސް ވިދާޅުވިއެވެ.

ވެރިކަންކުރާ ޕާޓީއަށް އަލްހާންގެ ފާޑުކިއުން މިއަދު އަމާޒުކޮށްފައިވާއިރު، އެ ޕާޓީއާއި ގުޅިވަޑައިގެން އިންތިހާބުގެ ކެންޕެއިންގެ ތެރެއިން ޕީޕީއެމް އިން ބޭއްވި ބޮޑު ޖަލްސާ އެއްގައި އަލްހާން ވަނީ އިދިކޮޅު ކެންޑިޑޭޓް، އިބޫ އަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެ ޖަލްސާގައި ރައީސް ޔާމީން އަަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި އަލްހާން ވިދާޅުވީ ރައީސް ޔާމީން އަކީ އޭނާ ހަޔާތުގައި ވެސް ދުއް އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށެވެ. އެހެނަސް އިންތިޚާބަށް ފަހު އަލްހާންގެ ތައުރީފުގެ ބަސްތައް އިބޫއަށް އަމާޒުވެގެންދިޔައެވެ. އެގޮތުން އަލްހާން ދާދި އެހަކަށް ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން، ރައީސް ކަމުގެ މަޤާމަށް އިބޫ އައުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

އަލްހާން ޕީޕީއެމްއަށް ސޮއިކުރައްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގައެވެ. އޭނާ ސިޔާސީ ދާއިރާއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީންނެވެ. އެއަށްފަހު އެމްޑީޕީއާއި ގުޅިވަޑައިގެން އެ ޕާޓީގެ އިސް ސަފުގައި އުޅުއްވަނިކޮށް އޭނާ ވަނީ ޕާޓީން ވަކިކޮށްފައެވެ. އަލްހާން އެމްޑީޕީން ވަކިކުރީ އެޕާޓީއަށް ގެއްލުންވާ ގޮތަށާއި އެ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކޮށް މައްސަލަ ހުށަހެޅުމުންނެވެ. އޭރު އޭނާ ހުންނެވީ އެޕާޓީގެ ނައިބު ރައީސަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޏިމާ

    މި ސޮރު ބޯ ހަމަ ޖެހޭ ހެނެއް ހިޔެއްނުވޭ

    • ޕޯޑިއަމް ސްޓާރ

      މިހެންވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގަ އެއްވެސްކަހަލަ އޮއްޓަރެއްނެތީމަ. މިކަންކަން ބަލައިގަންނަ ރައްޔިތުންގެ އޮއްޓަރެއްނެތީމަ. ބޭރުގައުމެއްގަ ލާހިކެއްނޫން މިގޮތަށްއުޅޭ މީހުންނަށް ސިޔާސީ ކެރިއަރެއް ބިނާކުރާކަށް. އޮޔާ ވަޔަށް ބަދަލުވާ މީސްމީހުންވެސް ފާޑުފާޑުގެ އެއްޗެހި ޕޯޑިއަމަށް އަރާތިބެ ކިޔަންޏާ ދިވެހިންނަށް މާމޮޅުވޭ އުސޫލުތަކުގަ ހިފަހައްޓާމީހާއަށްވުރެން.

  2. ޙައްވަ

    ގައުމީ ހިދުމަތުގެ އެންމެ މަތީ އެވޯޑާއި އެންމެ ގިނައިން އަދި އަވަސްއަވަހަށް ޕާޓީ ބަދަލުކުރުމުގެ އެވޯރޑް ލިބެނީ އަލްހާނަން

  3. ައާދަނު

    މީ އަޅެ ޖޯކަރެއްތަ؟

    • އާންމު އާދުމީ

      ނޫނޭ ޖޯކަރުންނަކީ އޭނަ ބަލައިގަންނަ މީހުން. ދެން އަޔަސް ޕޕމ އިންވެސް ބަލައިގަނޭވިއްޔާ.

  4. ޝާން

    އަލްހާނު ގެ ބޭނުމަކީ އިބޫ ގެ ސަރުކާރުން ސިޔާސީ މަގާމެއް ހޯދުން. އެކަމަކު އަލްހާނުއަކީ ކާރިކުރަން ހެޔޮވާވަރުގެ މީހެއްނޫންކަން ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެންގޮސްފައިވޭ. މީގައި ހިމެނެނީ އަމިއްލައެދުން އެކަނި.

  5. ޖުހާ

    އަލްހާނު ބުނެފައިވޭ ކިހިލި ޖަހައިގެން ޔާމީނު ވެރިކަމުން ބާލާނަމޭ. އަލްހާނު އެކަމަށްޓަކައި ޕީޕީއެމާ ގުޅުނީ. ޔާމީނުކައިރީގައި ހުރެގެންތާ ކިހިލި ޖެހޭނީ. މިހާތު ޔާމީނު ކިހިލި ޖަހައިގެން ބޭލުނީމާ ޕީޕީއެމުން ވަކިވީ.

  6. ލާމި

    މިކަހަލަ މީހުން އަބަދުވެސް ތިބޭނީ ގަދަވާ ކޮޅެއްގަ. ތީ އިތުބާރު ގެއްލިފަ ހުރި މީހެއް.

  7. މުހައްމަދު އަލީ

    ހަމަ ހިނި އަންނަނީ

  8. ކާމިލް

    މިހެން އުޅޭމީހުނަށް ކިއާނެ ނަމެއްވެސް ނޭގެ.

    • ހުސޭނުބޭ

      ފަތްތޫރަ މަޖައްލާގައި ޖަމީލް ދީދީ ލިއުއްވާފައި އޮންނަ ކުޑަކުދިންގެ ވާހަކަ "ވާލެކެވެ." މި ބައްލަވާ!

  9. އަލްޖިބްރާ

    މިއީ ފައްކާ ' ދެފުއްކެހެރިއެއް " ! އެއްވެސް ތަނަކަށް ގާތް ނުކުރާތި !

    • ނަސޭހަތް

      ތެދެއް. މީނައާ އަލީވަހީދު އާ

  10. ވގ

    -- ބޮއިގެންތަ ތިއުޅެނީ ތިވާހަކަ އަޑު އަހާނެމީހަކުނެތް

  11. ލިލީ

    ހަމަ ހިނިއަންނަނީ

  12. ޖެމޮހު

    ފުލިމަދުއުގުރި އެއްވެސް ތާކަައް ބާރެއް ނުވާނެ

  13. ދިއްދޫ ފައިރޫޒް

    އެއީ ދޫނެއްވެސް ނޫން އަދި ޖަނަވާރެއްވެސް ނޫން އެ ވާޔެކެވެ ޔައުނީ އެއީ އަލްހާންއެވެ.

  14. މާޔޫސް

    މިފަދަ މީހުންނަށް ދިވެހި މަޖާޒީ ބަހެއް އޮވޭ! އެއީ ތުންފުހި. މިއީ މިހުންކަމށް ބަލައިގެން ކާދުވެސް އެތެރެނުކުރޭ މިހާރު، ޔާމީނު މީނާ ހައްދައިގެން ބަޔައްވެއްދީ މޮޅުތަކެއްވާނެކަމަށް. އެކަމު ލިބުނީ "ކެހި" މިކަލަ ދެފުންދެގޮތް މަޚްލޫްގުން ބޭނުންކޮއްގެން ޔާމީންވެސް ފެއިލްވީ. ވިނާ އެއްވެސް މީހަކު މިހާރު އެމީހުން ބަލައެއް ނުގަންނާނެ. މަހަށް ދިއުމަކީވެސް ގައުމީ މަސައްކަތެއްް. މަސްވެރިންވެސް ގައުމަށް ޚިދުމަތްކުރޭ.