ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 442 ވަނަ ޖަލްސާގައެވެ. މި ބައްދަލުވުމުގައި ނިންމި ކަންކަން އީސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް އަންގާފައެވެ.

އީސީން ވިދާޅުވީ މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން އެ ކޮމިޝަނުން މީގެކުރިން ނިންމި ނިންމުން އަލުން މުރާޖައާ ކުރިއިރު، ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ނެރުނު ގަޟިއްޔާގައި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކި ކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ހިލާފެއް އުފެދިއްޖެނަމަ، އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަތަކަކީ މިހާރުވެސް ސުޕްރީމް ކޯޓަށް ހުށަހެޅި ބަލަމުންދާ މައްސަލަތަކެއް ކަމަށްވާތީ މި މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކޮމިޝަނުން މީގެކުރިން ނިންމި ނިންމުމެއް ބާތިލުކުރަން ނިންމާފައިވާ ކަމަށް އީސީން ވިދާޅުވިއެވެ.

12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމިއިރު އެ ކޮމިޝަނުން މިއަދު ވަނީ އެ 12 ދާއިރާގައި ބައި އިލެކްޝަން ބޭއްވުމަށް ނިންމި ނިންމުން ވެސް ބާތިލުކޮށްފައެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ައީސަބޭ

    މާދަމާ ވާނެ ގާނޫނު އަސާސީއަށް ފައިން އަރަން، ޝަރީފަށް މިހާރު އެއިނީ ފައިން އެރިފައި، މިހާރު އެސޮރުފަޔަށް ހޫނުވެސްވާނެ، ނިކަން އެސޮރުކުރެން އަހާބަލަ

  2. ފިރުޓޭ

    ހަމަ އަންތަރީސް ވާ ވަރުވޭ! މީގެން ދޭހަވަނީ އަހަރުމެންގެ އިންސްޓިޓިއުޝަންސްތައް ފެއިލް ވެފައިވާ މިންވަރު!

  3. ދޮންކަލޯ

    ﷲ އިރާދަކުރެއްވިއްޔާ ނިކަމެތި ގޮތަކަށް އީސީ ގެ މެންބަރުން ނިމިގެން ދާނެ

  4. ޢަފްލާ

    މިއަދު ތިހެން އުޅެވިދާނެ މާދަމާ ކިހިނެތް ވާނެ

  5. އާންމު އާދުމީ

    މިހާރު އެބަ ޤަބޫލުކުރެވޭ ޔާމީނު އެބުނާ ވާހަކަ. އީސީން އެބަ ގޯސްހަދާ.

  6. ޢަލީ

    ޢިތުބާރު ކުރަންވީ ވާހަކަ އަކާއި އިތުބާރު ކުރަންވީ ތަނެއް ނެތް

  7. Anonymous

    މިހާރު މިއެނގޭ އެއްޗަކީ މިކިޔަނީ ރަނގަޅު އެއްޗެއްކަން.

  8. Anonymous

    ޙިތިގޮތަކަށް ނިމޭތަން ބަލަން ތިބޭޓި.

  9. މަރްޔަމް

    ޙިތިގޮތަކަށް ނިމޭތަން ބަލަން ތިބޭޓި.

  10. މޫސަ

    ވިވަރުން ކިހިނެއް މިގައުމު ރަނގަޅުވާނީ. މިހާރު ރިޔާ ފުރޮޅާލާފަ އަނެއް އަތަށް ޖެހީ. މުއައްސަސާތަކުގެ ވެރިންގެ ހާލަކީ މިއީ. މަޤާމު ދިފާއު ކުރަން ހބލ ވަނީ.

  11. އަޅުގަނޑު މަޅުގަނޑު

    އީސީގެ ރައީސް އަހުމަދު ޝަރީފު = 30 މިލިއަން ރުފިޔާ
    އެހެން މެންބަރުން ނެގި އަދަދު = ބިޓްވީން 15 އެންޑް 25 މިލިއަން ރުފިޔާ

  12. ދިވެހިރަތްލޭ

    ﷲގެ ކުޅަދުންވަންތަކަން. ދުނިޔެއަށްވަމުން މިދާގޮތްތަކާމެދު ޚައިރާންވެ އަންތަރީސް ވޭ ސުބްޙާނައްﷲ .. އެއްވެސް ބިރެއްނެތި ހިތުހުރިކޮންމެކަމެއް ހިތައްއެރިވަގުތުން ނިންމަމުންމިދަނީ .
    ދުނިޔޭގެ ދަހިވެތިކަމުގާ ޖެހިގޮތެއްފޮތެއްނުބަލާ ކުރަމުންދާ ކަންކަން މޮޅައްބައްލަވާވޮޑިގެންވާކަންކަށަވަރު. މީސްތަކުންގެ އަމަލުތައް ހައްދުންނެއްޓި ދިއުމަކީ އެކަލާންގެ ކޯފާއަށް ހުށަހޮޅިގަތުން. ބިރުވެރިކަން ހިތައްވެރިކުރުވަނީ ދުނިޔެއަށް ކުރިމަތިވަމުން ދާ ހާދިސާސަތަކުން.

  13. Anonymous

    ޥޯޓް އޮޅުވާލާފައިވާކަން މިހާރު ޔަޤީންވެއްޖެ. ޢެހެންނޫނީ މިހާވަރަށް ތެޅޭކަށް ނުޖެހޭނެ،
    12 މެމްބަރުނަ ވައްދައިގެން ހުވާކުރާ ދުވަސް އަންނަންދެން ކެއްނުވެގެން ރައީސްގެ ދުވަސް ދުއްވާލަން މަސައްކަތް ކުރަމުން މިދަނީ،
    ކުރެވުނު ކުށުގެ ބޮޑުކަން ހިތައް އަރާ ބިރުން ތެޅެބާލާތަން މި ފެންނަނީ،
    ޥިސްނާލައިފި މީހަކަށް ވިއްޔާ އެނގޭނެ

  14. ކައިރީ

    ބަޔަކު މައްސަލައެއް ޖެއްސީއަކީވެސް ނޫން.
    ހަމަހުރެލާފަ ކުއްލިއްކަށް ތެދުވެ ގޮނޑިއެއް ނުގެއްލެޔޭ ، މި ބުނަނީ، އެއްފަހަރާ ލިބުނު ފައިސާގެ ގިނަކަމުން، އީ ސީ ގެ މެމްބަރުން މިތިބީ ބޯ ގޮވާފަ،

  15. އެދުރުބެ

    މީގެ ކުރިން 12 ގޮނޑި ނުގެއްލޭ ވާހަކަ ނުކީ ކީއްވެ! މިހާރު އެބައިނގޭ ޝަރީފުކުރާ ނުބައި ކަންކަން! ތިޔަ ޝަރީފު އިލެކްޝަނުން ބޭރުކުރަންވީ

  16. އެދުރުބެ

    ޝަރީފު އަވަހަށް އިލެކްޝަނުން ބޭރުކުރަންވީ ! އޭރުން ތިތަން މިނިވަން ކޮމިޝަނަކަށްވާނީ

  17. ސަމަންތަރު

    ޝަރީފަކީ ހާދަ ލަދުކުޑަ ސޮރެކޭ

  18. އެދުރުބެ

    ޝަރީފް ދެން ލޮލް ރަށަށްދޭ