ވެރިކަންކުރާ ޕީޕީއެމް އިން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސް، އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފައި ވަނީ، އެ ކޮންގްރެސް ބާއްވާކަން ކުރިން އީސީއަށް އެންގުމުން އެކަން ބަލައިގަނެ އޮބްޒާވަރުންވެސް ފޮނުވާފައި ވަނިކޮށް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ޤައުމީ ޖަލްސާއަކީ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތުގެ މަތީން ކައުންސިލުން ނިންމައިގެން، މަންދޫބުން ބައިވެރިވެގެން ބޭއްވުނު ޖަލްސާއެއް ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާކަން އާންމުކޮށް އިއުލާނު ކުރެވިފައިވާއިރު، އެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އެނެގުމުން އެކަން ބަލައިގަނެ ޖަލްސާގެ ކަންކަން އޮބްޒާވް ކުރުމަށް ކޮމިޝަންގެ ފަރާތުން އޮބްޒާވަރުން ވެސް ފޮނުވާފައިވާ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

"އެ ޖަލްސާ ބާއްވާކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެކަން ބަލައިގަނެ، އެ ޖަލްސާގެ ކަންކަން އޮބްޒާވް ކުރެއްވުމަށް އެ ކޮމިޝަނުގެ ފަރާތުން އޮބްޒާވަރުންވެސް ވަނީ ފޮނުވާފައެވެ. ހަމަ އެއާއެކު އެ ކޮމިޝަންގެ ފަރާތުން ޖަލްސާގެ ކަންކަން އޮބްޒާވްކުރެއްވުމަށް ވަޑައިގަތް އޮބްޒާވަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދާރީވެ، އިތުރަށްވެސް ޖަލްސާގެ ކަންކަން ވާނީ އޮޅުންފިލުވައި ދެވިފައެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމުން ބުނީ، އެ ޕާޓީގެ ޤައުމީ ޖަލްސާގައި ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިންގާފައި ނުވާކަން އޮބްޒާވަރުންގެ ފަރާތުން ކަށަވަރުކުރެވިފައިވާ އިރު، ޖަލްސާގައި ފާހަގަނުކުރައްވާ "އިޖުރާޢީ" ނުކުތާއެއްގެ މައްޗަށް ބިނާކޮށް ޕާޓީގެ ޚާއްސަ ގޮތުން ބޭއްވުނު ޤައުމީ ޖަލްސާ އެންޑޯޒް ކުރެވެން ނެތްކަމަށް ނިންމުމުގެ ޤާނޫނީ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ޕާޓީން ޤަބޫލުނުކުރާ ކަމަށެވެ.

"މި ޕާޓީގެ ޚާއްސަ ގޮތުން ބޭއްވި ޤައުމީ ޖަލްސާގެ ކަންކަން ނިމި، އެކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަލައިގަތުމަށްފަހު އެ ޖަލްސާ އާއި ޖަލްސާގެ ނިންމުންތައް އެންޑޯޒް ނުކުރަން ނިންމާފައިވާ ނިންމުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ ނިންމުމެކެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެމުން އިތުރަށް ބުނީ، އިލެކްޝަނސް ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިއްލުކަމާ ދޭތެރޭ ސުވާލު އުފެދޭފަދަ އެތައް ކަމެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައި، އެކަންކަމާއި މެދު ސުވާލު ކުރެވެން ފެށުމުން އެ ކޮމިޝަންގެ ފަރާތުން މިފަދަ ތަސައްރަފު ނުފުދޭ ނިންމުންތައް ނިންމެވުމަކީ، ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި މެދު ދެކެވޭ ވާހަކަތަކުގެ ހަޤީޤަތެއް އޮތުން ކަމުގައި ޕީޕީއެމުން ޤަބޫލުކުރާކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސް ބާތޮލުކޮށްފައިވާކަން އިލެކްޝަންސް އިން ހާމަކުރީ މިއަދުއެވެ. އެ ކޮމިޝަނުން ކޮންގްރެސް ބާތިލުކުރަން ނިންމީ އެ ކޮންގްރެސް ބާއްވާފާއިވަނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށް ބުނެއެވެ. އީސީން މިގޮތަށް ނިންމެވިއިރު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

މި ސިޓީގައި ރައީސް މައުމޫން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ކޮންގްރެސް ބާއްވާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށާއި ހާއްސަ ހާލަތެއް މެދުވެރިވާނަމަ ޤައުމީ ޖަލްސާއެއް ބޭއްވެން ޤަވާއިދު ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކުރުމުން ކަމަށެވެ. ނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވާ ކައުންސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީ އަށް ހަމަވެފައިވާތީ ޕީޕީއެމްގައި މިހާރު އޮތީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

އަދި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވެން އަންނަނީ ޕާޓީގެ ރައީސްގެ ބެއްލުމުގެ ދަށުން ކަމަށްވާއިރު، އެމަނިކުފާނު ޕާޓީގެ ރައީސްގެ މަގާމުން ވަކިކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ހުރިހާ ބައިވެރިންގެ އިއްތިފާގުން ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އިންތިޚާބު ކޮށްފައެވެ. އަދި މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިހާރުވެސް ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރައްހީމް ޢަބްދުﷲ، ޓޫވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަށްވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޔާމީނޫ

    ބަލަގަ ޔާމީނުވެސް ކުރިން ބުނީީމެއްނު ރައްޔިތުންގެ ނިންމުން ވަރަށް ސާފޭ..މިހާރު ސާފު ނުވެގެން އުޅެނިއްޔޯ..ކީއްވެގެން މާތެޅެވެނީ

    • ހަސީން

      ޔާމީނު ރައްޔެތުންގެނިންމުން ސާފޭ ބުނަން ޖެހުނީ އީސީސީ އިން އެލްޝަނާ ބެހޭމާބޮޑު މައްސަލަތަކެއް ނެތޭ ބުނީމައޭ މިހާރުމިއެނގުނީ އޭސީސީ އިންހެދީ ބުހުތާން ދޮގުކަން.

  2. ގޮނާސަކް

    މިހިރަ ފެށުނީ ދެން ރާއްޖޭގެ އިކޮނޮމީ ޑައުން ޓާރން އަށް ޖަހާލާ ތަން މިހެން ވާނީ މިހާރު ރާއްޖޭގައި އަލަށް އިންތިޚާބު ވިކަމަށް އެމެން ބުނާ އިބޫ މެން ކުޅެނީ ސިޔާސީ ކުޅި ގަނޑު ދެން ރާއްޖެ އަށް އިންވެސްޓްމެންޓް އެއް ވެސް ނާންނާނެއޭ އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ މިނިވަން މުވައްސަސާ ތަކުގެ އެއްވެސް އިތުބާރެއް ނެތް އަދި ރާއްޖޭގެ އެންމެ މަތީ ކޯޓުން މިއަދު ކުރާ ހުކުމް މާދަން ބާތިލް ކޮށް ސިޔާސީ 12 މެމްބަރުން ބުނާ ގޮތަށް ހުކުމް ކޮށްދޭނެ ހުރިހާ ގެއްލުމެއް މިވަނީ މިގައުމުގެ އިގްތިސާދަށޭ ދީސް އާރ ދަ ތިންގްްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ.

  3. 4 ހަހަހަހަ

    ބަލަ ކަލޭމެންވެސް ނިންމާފަހުރި ކިތައް ކަންތައް ބަދަލުކުރި. އަހަރުމެންވެސް ހިއްވަރާ އެކު ހަޖަމު ކުރީމޭ. ހަހަހަހަ. ކީއްވެތަ ހަޖަމު ނުވެގެން ތިއުޅެނީ. ހޭވި ހަޑި ފަޓާސްބަރިއެއްހެން އަތައް ގޮވަނީ. ބުވަހަހަހަހަހަ.

  4. އަލްޖިބްރާ

    ދެން ނިކުންނާނީ އީސީގެ ބޮޑުމީހާ ވަޒީފާއިން ވަކިކުރިކަމުގެ ޚަބަރު ! އެހެން ކަންތަށް ކޮށްފިނަމަ އެއީ ޔާމީނުގެ އަސްލު ސިފައަށް ރުޖޫއަ ވަނީ !

  5. ޢަހްމަދު ޔާނު

    ދެން ގުދޯ ގުދޯ ނުގޮވާ ހުރެވޭތޯ ބަލާ!!

  6. ހޮނޑާފުށީބޮޑުހުސޭނު

    ދެންރަގަޅުތާ ކަތިވަޅިި ގެއްލި މަރިޔަބު ގެއްލި ޕާރޓީވެސް ގެއްލެނީ މިއޮއްގެން

  7. ށުންނި

    ބަލަ ތިޔަޕާޓީއަކީ މީހެއްގެ ޙައްގެއްކަމެއް ނޭގޭތަ! އަނެކުންގެ ޙައްޤުތަކަށް އަރައިގަތަނެ ވެރިކޮށްގެން އޭގެ ފައިދާ ނެގުމަކީ ބޮޑުވެގެންވާ ފާފައެއް! މުޅި ޢުމުރަށް ތިޔަފާފަ ކުރުންމަތީ ދެމިތިބުމަށް ވުރެ ރަނގަޅުވާނީ އާޕާޓީއެއް އުފައްދައިގެން ޙައްޤުގޮތުގައި ވެރިކަމާ ތޮޅުނިއްޔާ !

  8. ފެނޭތޭ

    ލޮލް. ފެނޭތޭ؟ ފެނޭދޯ؟ ގުޑް ގުޑް! ގެޓް ދަ ޕޮއިންޓް؟ ގުޑް ގުޑް!

  9. ކޯކީ

    ތިމަރަފުށީ މީހުން ބަނޑަށް ޖައްސާނެ

  10. ޢަލީ

    މިހާރު ދެން މާ ބޮޑުތަނުންވެސް ޔަގީން ވެއްޖެ ޝަރީފު އެހުރީ ނަފްސް ވިއްކާގެން ކަން.

  11. ދިވެހިން

    އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާދޭތެރޭ
    ސުވާލުއުފެދޭ ފަދަ ގޮތްގޮތަށް އެކޮމިޝަނުން
    ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ

  12. ބޮލި މުލައް

    އީސީ އަށް ޕީޕީއެމްގެ އެއްވެސްކަމެއް ދެން ކަމަކުނުދާނެ އެވަރަކަށްނޫނޭ ފައިސާ އަޅާލީ

  13. ޑަބަލް

    އީ.ސީގަ އުޅެނީ ޑަބަލްޓޭޕުން.

  14. އަސޭލާ

    ޕީޕީޕީއެމް ގެ މުޒާހަރާ ފެނިފައި ޙައިރާންވި.96000 މީހުން ފެނުމުން ވަރަށް ބިރުވެސް ގަތް.

  15. ޣސގސސ

    އޭރުވެސް އަހަރުންނަށް އިނގޭ ތީ ޝަރީފް އަކީ ތިކަހަލަ މީހެއްކަން އެކަމު އަހަރުންނަކަށް އޭނާ އެމަގާމަށް ލިޔަނުދީ ކިހިނެއް ހުއްޓުވޭނީ. ތިމަރައިންނާއި އައްޑޫ މީހުންނަށް އިތުބަރުކޮށްފަ ނުވާނެ އެއްވެސް ބޮޑު މަގާމެއް ހަވާލުކުރާކަށް.

    • ޢަލިފުތު

      ތިއީ ސަތޭކައިގެ ވާހަކައެއް..!

  16. ޙަބޭސް

    ސާބަސް ޝަރީފް. މިފަހަރު ހިތް ފުރޭވަރަށް ދީފިދޯ ؟

  17. ބޭބެ

    އަސްލު މިހާރު ކަންތައްތައް މިދާގޮތުން އަޅުގަނޑަށް އެހެން އެއްޗެއް އެބަވިސްނޭ!! މިއުޅެނީ އިންތިހާދާ ގުޅިގެން އިލެކްޝަން ކަމިޝަނަށް އިންތިޚާބުގައި ގޯސްތަކެއް ހެދިފައިވާކަން "ފަޅާއެރީމާ" ކޯޓްގެ މަރުޙަލާއަށް މައްސަލަ ހުށަހަޅަން ގާނޫނުގައި އޮންނަ 14 ދުވަސް ހަމަވުމުގެ ކުރިން އަވަސްއަރުވާލައިގެން މަޖްލިސްތެރެއިން ރައިސް އަޒުލުކޮށް ބޭރުކުރަންކަމަށް ތުހުމަތުކުރެވޭ!! ކޯޓަށް ގޮސްފިނަމަ ފަހަރުގައި އިންތިޚާބު ބާޠިލްކުރުންވެސް އެކަށީގެންވޭ!! އެހެންވެ އީސީން 12 މެމްބަރުން ގޮނޑި ނުގެއްލޭކަމަށް ނިންމާ އެމީހުން މަޖްލިސްތެރެއަށް ވައްދައިގެން އަނެއްކާވެސް ފާޑެއްގެ "ބަޣާވާތެއް" ކުރަން މިއުޅެނީ!! ޝަރީފް ގޯސްތަކެއް ހަދާފައިވާކަމަށަ ވަރަށްބޮޑަށް ބެލެވޭ މިހާރު އޭނާ މިކަންތައްތައް މިކުރާގޮތުން!! އެއީ ޕީޕީއެމް ކޮންގްރެސް ހުއްޓުވަން ބަޔަކު ސިޓީ ކުރިން ލީމާ ބުނީ އެހުއްޓުވޭނެ ގާނޫނީ އެއްވެސް ކަމެއްނެތޭ!! އަދި މޮނީޓަ ކުރަން 2 މެމްބަރުންވެސް ފޮނުވި އީސީން!! އެހެން ކުރިއަށް ގެންދިޔަކަމެއް މިހާރު ކުއްލިއަކަށް ބަލައިނުގަތުމާއި ، ކުރިން ގޮނޑި ގެއްލިފައިވާކަމަށް އީސީން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކުއްލިއަކަށް ނިންމި ނިންމުން ފާހަގަކުރަން!! އިންތިޚާބުގައި ކުޅިކުޅެފައިވާ ކަމަށް ބެލެވޭ ވަރަށްބޮޑަށް!!! ސްޕްރީމް ކޯޓުން އެބަޖެހޭ މިއަށް ގޮތްތަކެއް ނިންމާ އަމުރެއް ނެރެން!!

  18. ވަގުތު

    ހަމަ އސ އިން ދޯ އަނެއްކާވެސް ބާތިލު ކުރީ

  19. އަޅުގަނޑު މަޅުގަނޑު

    އީސީގެ ޝަރީފު = 30 މިލިއަން ރުފިޔާ

  20. ޙާލަތު

    މިހާރުދެން ހުރިހާ ކަމެއްވެސް ނިމޭނީ އިނދިކޮޅުގައިތިބި މީހުން ބޭނުންވާ ގޮތަށް. ކުރިން ކޯޓުތަކުން ނިންމާފައިވާ ނިންމުންތައްވެސް މިހާރު އަލުން ބަލައި ކުރިން ގޯސްކޮށް ކަމަށް ނިންމާފައިވާކަމަށް ބުނެ އިނދިކޮޅު މީހުން ބޭނުންވާ ގޮތަށް އަލުން ނިންމަމުން އެދަނީ. އިލެކްޝަން ކޮމިޝަނުންވެސް ކަންތައް ކުރަމުން އެދަނީ ހަމަ މިބީދައިން. ކުރިންވެސް މިތަންތަނުން ބުނަމުން ދަނީ ނުފޫޒެއްނެތޭ. ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް އިންސާފުވެރިކަމާއި މިނިވަން ކަމާއިއެކުގައިއޭ ކުރިއަށް ގެންދިޔައީ. މިހާރުވެސް ކުރިން ނިންމި ނިންމުން ބަދަލުކޮށްފައި ބުނަނީ މިހާރުވެސް މިއީ އިންސާފުވެރި ޤާނޫނާއި އެއްގޮތަށް ނިންމާ ނިންމުމެކޭ. މިއިން ދޭހަވަނީ މިތަންތަނަށް އެއްވެސް ސަރުކާރަކުން އިތުބާރު ނުކުރާނެކަން. މިމީހުން އަމިއްލައަށް ދެފުއްދެގޮތް މުނާފިޤު އުސޫލުން ކަންކަން ކުރަމުން ދިޔައީމަ ޤައުމުގައި އުފެދޭނީ ފިތުނަ. މިއީ ހަމަ ވެރިކަމާއި މަޤާމާއި ފައިސާގެ ދަހިވެތިކަމުގައި ދުނިޔެއާއި އާޚިރަތް ވިއްކައިލާ މީހުންގެ ގޮތް. ޔާ ﷲ މިފަދަ ނުބައި ނުލަފާ މީހުންގެ ކިބައިން މި ޤައުމު ސަލާމަތްކޮށްދެއްވާށި. އާމީން.

  21. ޔަގީނޭ

    އިންޑޮނޭޝިއާ މީހެއްގެ އަތުން 100 މިލިއަން ޑޮލަރު ގެނެސް އެފައިސާ ބޭންކް އޮފް މޯލްޑިވްސް ތެރޭގައި ދައުރުވުމުން އޭގައި ނެތޭ އެއްވެސް މައްސަލަ އެއް އެއީ ސީދާ ރައީސް ޔާމީންގެ ކެމްޕެއިނަށް ޚަރަދު ކުރަން ބޭރުގެ އެހީދޭ މީހަކު ދިން އެހީއެކޭ އެއީ ޑިމޮކްރެޓިކް ވެށިތަކުގައި އެކަން ހިނގާ ގޮތޭ އެނުބެލެވޭނެއޭ މަނީ ލޯންޑްރިންގް އެއްގެ ގޮތުގައި އެބެލެވޭނީ އެއީ ފަންޑްރެއިސް ކޮށް ދިނީ ކަމަށޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ ތަމެން ތިޔާ އެމްއެމްއޭގެ އެފްއީޓީ އިން މީސް މީހުންގެ އެކައުންޓްސް ތަަކަށް ވަންނަ ފައިސާ ލީކް ކޮށްގެން ސިޔާސީ ޕާރޓީ ތަކުން ކަޓް ހޯދަން ވިސްނާނަމަ ދެން ރާއްޖޭގެ މަހު ޖަނުން ރާއްޖޭގެ ބޭންކްސް ތަކުގައި ފައިސާ ނުގެންގުޅޭނެއޭ އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ.

  22. އެހެންތޭ

    އިންތިޚާބުގެ ނަތީޖާ ނައިބް ރައީސް ޖިހާދު ތަމެން ގަބޫލުކުރި ނަމަވެސް ތަމެންނެއް ނޫން ދޯ އިންތިޚާބުގައި ބައިވެރިވި ކެންޑިޑޭޓަކީ އިންތިޚާބުގައި ބައިވެރިވީ އެހެން ކެންޑިޑޭޓެއް ތަމެން އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފާނެ ދޯ ތަމެންނަށް ދޭ ކަޓެއްގެ އަދަދު ބޮޑު ވެއްޖެނަމަވެސް އެއީ އެކަން އޮންނަ ގޮތޭ ތަމެންނަށް މިހާރު އެނގުނީ މަޖްލީހަށް ދަ ނަހަލާލު 12 މެމްބަރުން ވަނުމުން ތަމެންގެ މަގާމް ދުއްވާ ނުލެވޭނެ ކަން އެހެންވެ ދޯ ދަ ހަަރާމްކޯރު ވަނީއޭ މަމެންބުނަން ނެތީމު ދޯ.

  23. ގޮނާސަކް

    މިހާރު ތަމެން އެމްޑީޕީން ތިޔާ އުޅެނީ އިންތިޚާބުގައި ބައިވެރިނުވާ މީހުން އިންތިޚާބުގެ ނަތީޖާ ގަބޫލު ކޮށްފީމޭ ބުނެގެން އެމެން އެހެން ބުނުމުން މަމެން އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނެ ކަމަށްތޭ ނުވާނެ ތިޔާ ކަން ތިޔާ ހެނެއެް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށައަޅާފައިވާ ސީރިއަސް މައްސަލަ ތައް އިލެކްޝަންސް ކަމިޝަން އިން ނުބަލަން ވެގެން ނޫންތޭ އެތަނުގެ އިސްމީހާ މަގާމުން ވަކިކުރީ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...

  24. ބޮޑުކެރި

    އައްޑުއާ ތިމަރަ ގައުމުގެ ހަލާލު

  25. ޔާމީން

    ބައިބަލް އަށް ފަހު ގުރުއާން ބާއްވާ ލެއްވީ އެއްމެ ފަހު ފޮތެއް ގެ ގޮތުގަ

  26. ނުވަމިލިޔަން

    ކޮބާތަ މިނިވަންކަން! އެއިރަކު ވައިހުރިކޮޅަކަށް ތިޔަދަނީ! އެހެންވެ އަހަރުމެން މިބުނަނީ މިރާއްޖޭގައި ށިމޮކްރަސީޔޭމިކިޔާ އެއްޗެއްނޯންނާނެއޭ!

  27. މެމްބަރު

    ފައިސާގެ ދަހިވެތި ކަމުގާ ޢެމް ޑީ ޕީ ގެ ދަށުވެ ގޮޑި ދަސުވެ ގޮތްހުސްވެ ބޭހޯސްވެއްޖެ

  28. ރހހ

    އަލްޖަޒީރާ އިންތިކަން ބަލާފަ އެބަގޮތެއް އަންގަ.. އެމީހުންނައް ބޮޑައް އެންގޭނީ، އެތާގައިންނާނެ ތިކަންބަލާ ފައިސިލާކުރަން ކުރީގެ މިނިވަން ނޫހުގެ އެޑިޓަރު ވަޒީފާދީފަ ބައިންދާފަ