އިންސާފުގެ މަގަށް މުޅި ގައުމުގެ މިސްރާބު ބަދަލުވާތަން ފެންނަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމި ނިންމުން މިއަދު ބާތިލުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް ވިދާޅުވީ އިންސާފުގެ މަގަށް މުޅި ގައުމުގެ މިސްރާބު ބަދަލުވެގެން އަންނަ މަންޒަރު ފެންނަމުންދާ ކަމަށާއި މި ބަދަލުތައް ފެންނަމުންދަނީ ރައްޔިތުން ނިކުމެ ބޮޑު މަންޒަރު ބޮޑުތަނުން ބަދަލުކުރުމުން ކަމަށެވެ. މީގެއިތުރުން ގާސިމް ވަނީ ގާނޫނު އަސާސީގައި ހިފެހެއްޓެވީތީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމިއިރު އެ ކޮމިޝަނުން މިއަދު ވަނީ އެ 12 ދާއިރާގައި ބައި އިލެކްޝަން ބޭއްވުމަށް ނިންމި ނިންމުން ވެސް ބާތިލުކޮށްފައެވެ. އީސީގެ މި ނިންމުންތައް ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް މިހާރު ވަނީ އަންގާފައެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހަސަން

  އިންސާފުގެ މަގު އޮންނަނީ ކޮންތާކު ތޯ..؟

 2. ހަސަން

  ތި ބުނާ އިންސާފުގެ މަގު އެއީ ތިކަހަލަ މަހުޖަނުން ހިނގަން އޮންނަ މަގު.

 3. އަފްލާ

  ޏަގޫ ބޅ މިގައުމަށް ނާރާތި

 4. Anonymous

  ސޭޓު އެބުނާ އިންސާފުގެ މަގަކީ ވިޔަފާރިވެރިން މީރާއަށް ގައުމަށް ދައްކަންޖެހޭ ޓެކްސް ދައްކަންނުޖެހޭ މަގާއި، ފަޅުރަށްތަކާއި ގިރިތައް ނަގައިގެން ބަނޑުއަޅައި ބަކުކޮށްގެންތިބެ ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދެއްކިޔަސް އޯކޭކުރަންޖެހޭ މަގެވެ. މިގޮތާއި އިދިކޮޅު ވެއްޖެއްޔާ އެއިރެއްގެ ސަރުކާރު ބޭއިންސާފުވީއެވެ. ދެންޖެހޭނީ ރިޝްވަތު ދީގެން ސަރުކާރު ވައްޓާލާށެވެ.

 5. ޙަބޭސް

  އިންސާފުގެ މަގަކީ ދެއިރު ދެގޮތަށް މިނިވަން މުއައްސަސާތަށް ބަދަލުވުންތޯ އަޅުގަނޑުމެން ހުކުމެއް ނެރޭ ކޮންމެފަހަރަކު ގަބޫލުކުރުންތޯ؟

 6. ޞަނަސެ

  ބަގާވާތް ކުރާނެކަމުގެ ކޮޅުމަތި ފެން ނަން ފަށައިފިއަވަހަށް ސަލާމަތުގެ ފިޔަޅުއަޅާ ސޭޓު ބޭ އަންނަނީ

 7. ހުސޭނުބޭ

  މަނިކުފާނު ހިންގަވާ އިންސާފުގެ މަގުގައި ހާދަ ރިޝްވަތު ގިނައެވެ. އެ މަގު ތަތްތެޅިފައިވަނީ އަނިޔާވެރިކަމާއެކު މުއައްޒަފުންގެ އަތުން ފޭރެގަނެވުނު ސާވިސްޗާޖުންނެވެ.