އިދިކޮޅު ސިޔާސީ ޕާޓީތަކުން ލ. އަތޮޅުގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

އިއްޔެގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ލ.އަތޮޅު ކައުންސިލްގެ ރައީސް އާއި އެމްޑީޕީ އަށް ނިސްބަތްވާ އިތުރު ފަސް މީހެކެވެ.

އިއްޔެ ލ.އަތޮޅު ގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ކުރުމަށް މަސައްކަތްކުރިއިރު، ލިންކް ރޯޑުން ސައިކަލުބުރެއް ވެސް ކުރިއަށްގެންދަން އުޅުނެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ ލިންކްރޯޑުގެ ވަކި ހިސާބަކުން ބަންދުކޮށްފައެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އަމުރަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ބައެއް ފަރާތްތައް މީގެ ކުރިންވެސް ހައްޔަރުކޮށްފައި ވެއެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ގައުމުގައި މިހާރު އޮތް ހަމަޖެހުން ނަގާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ދުރާލައި ޕްލެއިން ތަކެއްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު