ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެން ތަހުގީގު ކުރަން ޖެހޭ ވަރުގެ ބޮޑެތި ޖިނާއި މައްސަލަ ތަކެއް އިލެކްޝަން ކޮމްޕްލެއިންސް ބިއުރޯ އަށް ހުށައެޅިފައިވާ ކަމަށާއި އެ މައްސަލަ ތަކަކީ ތަހުގީގު ކުރަން ޖެހޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ކަމަށް އިލެކްޝަން ކޮމްޕްލެއިންސް ބިއުރޯގެ ވަޒީފާއިން ވަކި ކުރުމަށްފަހު އަލުން ވަޒީފާދިން މުއައްޒަފަކު މިއަދު ބުނެފިއެވެ.

އިންތިހާބާއި ބެހޭ މަރުކަޒު، ބާ ޖަމާލުއްދީން ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މުވައްޒަފު ބުނީ، އޭނާ ވަޒީފާއިން ކަނޑާލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށާއި ވަޒީފާއިން ކަނޑާލާ ކަމުގައި ވަނީ ނަމަ ދެ ހަފްތާގެ ނޯޓިސް އެއް ދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހަމަ އެރެއިން އެރެއަށް ކަނޑާލުމަށް ފަހު އަނެއްކާވެސް ހަމަ އެރޭ އަލުން ވަޒީފާ ދިނީ, އަޅުގަނޑަށް އެކަނި ދިނީ އަޅުގަނޑާއި އެކު ވަކި ކުރި ދެންހުރި ކުއްޖާއަކަށް ނުދޭ ވަޒީފާ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ އެނާ އަދި އެކުގައި މައްސަކަތް ކުރި މުއަޒަފުންވެސް މައްސަކަތް ކުރީ ވަރަށް އިހުލާސްތެރިކަމާއި އެކު މިއީ ގައުމީ މައްސަކަތެއް ކަމަށް ދެކިގެން ކަމަށާއި ވަޒީފާއިން ވަކިކުރަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އިލެކްޝަން ކޮމްޕްލެއިންސް ބިއުރޯގެ ވަޒީފާއިން ވަކި ކުރުމަށް އަލުން ވަޒީފާދިން މުއައްޒަފެއް - ވަގުތު އިމޭޖަސް: އަހުމަދު އަލީ

"އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގަ އެބަވޭ އިންތިހާބާއި ގުޅިގެން އެއްވެސް މައްސަލައެއް ހުށައެޅިފައެއް ނެތޭ, އެކަމަކު އަޅުގަނޑު މިދަންނަވަނީ އިންތިހާބާއި ގުޅިގެން ހުށައަޅާފައިވާ މައްސަލަތަށް އަދި އިލެކްޝަންސް ކޮމްޕްލެއިން ބިއުރޯއިން ބަލާނުނިމެއޭ ވަރަށް ބައިވަރު މައްސަލަ އެބަހުރި އެ މައްސަލަތަކަކީ ތަހުގީގު ކުރަން ޖެހޭ މައްސަލަތަައް،" އޭނާ ބުންޏެވެ.

އޭނާ ބުނީ މިއަދު 105 ޝަކުވާ ފޯމް ހިފައިގެން އިލެކްޝަން ހެޑް އޮފީހަށް ދިޔަ ކަމަށާއި އެއީ ތަހުގީގު ކުރަން ޖެހޭ ޝަކުވާގެ މައްސަލަތަށް ވީ ނަމަވެސް އެ ފޯމުތައް އިލެކްޝަންސް ހެޑް އޮފީހުން ބަލައިނުގަތް ކަމަށެވެ. އޭނާ ބުނީ އިލެކްޝަން ކޮމިޝަނުގެ އަމަލުތައް ހުންނަ ގޮތުން އެ ޝަކުވާގެ ފޯމް ތަކަކީ އެއީ މި ބިއުރޯއަށް އައި އެއްޗެހި ކަމަަށް ހަދަން ވެސް ކޮމިޝަނުން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބިރުވެސް އެބައޮތް މިތަނުގެ ތަޅުދަޑި އޮންނަނީ އަޅުގަނޑުގެ އަތަކުއެއް ނޫން, ބިއުރޯގެ މީހުންގެ އަތުގަވެސް ނޫން ކޮންމެ ވަގުތަކުވެސް ބަޔަކު އައިސް މި ލިޔުންތަށް ނައްތާލުންވެސް އެކަށީގެންވޭ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށް ދަރުބާރުގެއަށް ކޮމްޕްލެއިންސް ބިއުރޯ ބަދަލު ކުރެވުނު ހިސާބުން މުއަޒަފުންނަށް މަސައްކަތް ކުރިއަށް ގެންދަން ފެސިލިޓީއެެއް ދެވިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ މައްސަކަތަށް ހުރަސް އަޅަން ވަރަށް ގިނަ ޕްރެޝަރުތަށް ވަނީ ކުރިމަތި ކުރުވާފައި, މިތަނުން ޖަވާބު ދޭން ޖެހޭ އިރު އެ ޖަވާބު އެބަޖެހޭ ފުރަތަމަ އެޕްރޫވް ކުރުމަަށް ފޮނުވަން ވެސް" އޭނާ ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަސްމީ ސިފައެއްގައި އިންތިހާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް މިއަދާ ހަމައަށްވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާއިރު ކޮމިޝަނުގެ މެމްބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވައި، އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އީސީން މިހެން ވިދާޅުވެފައިވާއިރު އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މުޒާހަރާ ކުރުމަށް ޕީޕީއެމް އިން ވަނީ ގޮވާލައްވާފައެވެ. ޕީޕީއެމުން މިގޮތަށް ނިންމާފައިވަނީ، އިލެކްޝަންސް އިން ވޯޓު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ހެކިތަކާއި އެކު، އެކަމާއި ގުޅޭ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކަލޯ

    ތީ ޔާމީނުގެ ކަންތައް

  2. ފައި

    ޢީސީ އަތަށް ގޮވަނީ މިޔޮތް. ކުރި ވައްކަން ފަޅާ އަރަނީ. ކޮބާ ލަސްތަކެއް ވެއްޖެ؟؟ މިހުރިހާ ކަމެއް މިޖެހުނީ ހަސަން ލަތީފުގެ އަނގަ ގަދަ ކަމުން. ޢަހަރެމެންނަށް މިފަހަރު ރާކަނި މަސްކެވޭނެ

  3. ނިޢުމަތު

    އީސީގެ ރައީސް ވެއްޖެ ހަމަމަގަށް އަންނަން! ޢިތުބާރުކުރެވޭ މަޤާމްތައް ލިބުނީމާ ފައިސާއަށް ވިކި ވާހަކަބަދަލުކުރުމަކުން ނުފެދޭ! ވަރަށް ސާފްކޮށް އެބައެނގޭ އީސީގެ ރައީސް ވޯޓުގައި ގޯސް ހައްދަވައިފިކަން!

  4. ހުސޭނުބެ

    ދެންކުރާނެ ކަމެއްނެތް، ﷲއަށް ވަކީލުކުރޭ މިގައުމުގެ ހުރިހާކަމެއް މިއޮތީ މިމީހުންގެ އަތްމަށްޗަށް ގޮއްސަ، ޢަދުލު އިންސާފެއް ނޯންނާނެ، ކުށްކުރާ މީހުންނެއްނުތިބޭނެ، އެބަޔަކު ހިތުހުރިގޮތަކަށް އުޅެންވީ، މިމީހުން މިކިޔާ "މިނިވަންކަން" މި އޮތީ ލިބިފަ، ވެރިކަން މިގޮތަށް ބީވެގެން ދިއުން މިވީ ދުނިޔެމަތަީ ތިބި ބަޔަކަށް ޢިބްރަތެއްގެ ގޮތުން މާތްﷲ މިކަން މިންވަރުކުރެއްވި ގޮތްކަމުގަ.

    • Anonymous

      ހުރިހިތާމަ އެއްގެ ބޮޑުކަމާއެވެ. ޢެބާ މީހުނާ ވެރިކަން ހަވާލު ނުކުރޭ.

  5. އަބްދު

    މީކާކު؟ ކޮންފެންވަރެއްގެ މީހެއް؟ އޭނަޔަށް ކޮން ހައިސިއްޔަތަކުން ނިންމެނީ ބަލަގަންނަން ޖެހޭ ތަކެތި ބަލަންޖެހޭ މައްސަލަތައް؟ 5 މެންބަރުންގެ މައްޗައް ހުރި މީހެއްތަ؟

  6. ހުސޭނުބޭ

    ދެންކުރާނެ ކަމެއްނެތް، ﷲއަށް ވަކީލުކުރޭ މިގައުމުގެ ހުރިހާކަމެއް މިއޮތީ މިމީހުންގެ އަތްމަށްޗަށް ގޮއްސަ، ޢަދުލު އިންސާފެއް ނޯންނާނެ، ކުށްކުރާ މީހުންނެއްނުތިބޭނެ، އެބަޔަކު ހިތުހުރިގޮތަކަށް އުޅެންވީ، މިމީހުން މިކިޔާ "މިނިވަންކަން" މި އޮތީ ލިބިފަ، ވެރިކަން މިގޮތަށް ބީވެގެން ދިއުން މިވީ ދުނިޔެމަތަީ ތިބި ބަޔަކަށް ޢިބްރަތެއްގެ ގޮތުން މާތްﷲ މިކަން މިންވަރުކުރެއްވި ގޮތްކަމުގަ.

  7. ޙަބޭސް

    ކޮބާ ހީވޭތަ
    ކޮބާ ޝަރީފް
    ކޮބާ އިންސާފް
    ކޮބާ ލިބުނު ލާރިގަނޑު
    ކޮބަ ހެދި ދޮގުތައް
    ކޮބާ މައުމޫން
    ކޮބާ ރަޢިއްޔަތުން ނިންމިގޮތް
    ކޮބާ ރަޢިއްޔްތުންގެ ހައްގު
    ޝަރީފް ހިފާ ހައްޔަރު ކުރޭ މައްސަލަ ތަހުގީގު ކުރޭ

  8. މައްަސަލަބެލުން

    އީސީން މައްސަލަ ބަލައިނުގެންފިނަމަ ދެން އިން މަރުހަލާއަށް ދިއުން ބުއްދިވެރި. ނޫސް ބަޔާން ދިނުމަކުން ވާނެ އެއްވެސް ކަމެއްނޯންނާނެހިން ހީވަނީ.

    • ޚާދިމް

      ގާނޫނާއި ގަވާއިދުގައި އެބަވޭ ޝަކުވާ ހުށަހަޅަން ޖެހޭގޮތް. އެގޮތް ދިމާ ނުވާނަމަ ޝަކުވާ ބަލައިގަންނާކަށް ނުޖެހޭ.

  9. ރައްޔިތު

    ތިކަހަލަ އަދ ކިތަންމެ ކަމެއް ތިލަވާނި. ރިޝްވަތާ ފަސާދަނުލައި އެއްކަމެއްވެސް މިގައުމުގަ ނުހިނގާ. ދުވަސްކޮޅަކުން އަދި މިތަން އަޅުވެތިވާ ހިސާބަށް ދާނެ.

  10. ސައިނީ

    ފެނޭ ދޯ އެކްޓިވިސްޓުން ލީމަ ވާގޮށް ދެން ވެސް ވިސްނާ ތި މިކަހަލަ ކަންކަން ކުރާއިރު

  11. ޢަލީ

    ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ ކޮއްކޮ ވީމަ ހީވާނީ ތިކަހަލަ ގޮތަކަށް....

  12. އުތުރުން

    އީސީގެ ރައީސް މިހާރުނ މިހާރަށް އިސްތިއުފާ
    ދިނުމަށް ގޮވާލަން ދައުލަތުގެ މުއައްސަސާތަކަކީ
    މިނިވަން އިންސާފްވެރި ތަންތަނަށް ވާންޖެހޭއިރު
    މިއާ ޚިލާފްވާ މުއަްސަސާތަކުން އެކަންކަމުގެ
    ޒިންމާ ނަގަންޖެހެއެވެ

  13. ހަފީޒާ

    މިކަހަލަ އެކްޓިވިސްޓުންލައިގެން މުޅި އިންތިޚާބު ބޭއްވީ، އެކަމަކު އަދިވެސް ނަތީޖާ ގަބޫލު ނުކުރާން އެ އުޅެނީ!

  14. ތިއްތި

    ތިހެންތިބޭނީ ނުވިކެ ތިބޭ ޒުވާނުން، އެހެން ދުވަހެއް އޮތްކަން މަގޭދަރިފުޅު ހަނދާންކޮށްފި ސާބަހޭ ދަރިފުޅާ

  15. ސަކީނާ

    އިންތިޙާބުން ބަލިވީމަ އިލެކްޝަން ކޮމިޝަން ގޯސްވާހަކަ ބުނަން މިއެނގުނީ.

  16. އަހުން

    2008 ވަނަ އަހަރު ގެ ފުރަތަމަ ބުރުގަ ވޯޓް އޮޅުވާލި މިކަން އެންމެ ރަނގަޅަށް އެގޭނެ އެކަކު މައުމޫނު، އެފަހު މައުމޫނު ދުކޮށްލީ އަދި ޕާޓީ މީހުން ހުއްޓުވީ، މިފަހަރު ވެސް އޮޅުވާލީ، މިފަހަރަކު ނުހުއްޓުވޭނެ. ތިމާ އަރަން ޖެހޭ އޯޑި ވަކިނުވީދޯ އަމިއްލަ އެދުމުން ފޯވީމަ. ދެންވެސް މައުމޫނު ހަމަ އެއްލާލާނީ ކަނޑަށް، ތާރީހުން އެބަހުރި އެގެން ބަލާ ބަޔަކަށް ފެންނާނެ

  17. އަލިފްހާ

    ރިޔާސީ އިންތިޚާބާ ބެހޭ ޝަކުވާ އިލެކްޝަން ބޭއްވި ދުވަހުންފެށިގެން 5 ދުވަސް ތެރޭ ހުށަހަޅަން ޖެހޭކަން ނޭގޭ މީހަކު ދެން ކޮންވާހަކައެއް ދައްކަން.

  18. ރައްޔިތުން

    ޕިންކް ކުލައިގެ ކުދީންގެ ބެލުމުގެ ދަށުން ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ވޯޓްލައި އަދި ވޯޓްލާ މަރުކަޒުގައި ޕިންކް ކުދީން ވޯޓް ގުނައި އެމީހުން ނަތީޖާ ކަށަވަރުކޮށް ދެފާތުގެ މީހުންލައްވާ ސޮއިކުރުވައި ނެރެފައިވާ ނަތީޖާ އެއް ދެން ވޯޓް އޮޅުވާލީ އޭ ކިޔާނެ ޖާގައެއް ނެތް. ކުރަން އުޅުނު އެއްކަމެއް ނުކުރެވޭނެ މިވޯޓިން ނިޒާމުގައި އެހެންވެ މި ނިޒާމު އަހަރެމެން ތަޢާރަފް ކުރީ،

  19. ރައްޔިތުން

    ޕިންކް ކުލައިގެ ކުދީންގެ ބެލުމުގެ ދަށުން ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ވޯޓްލައި އަދި ވޯޓްލާ މަރުކަޒުގައި ޕިންކް ކުދީން ވޯޓް ގުނައި އެމީހުން ނަތީޖާ ކަށަވަރުކޮށް ދެފާތުގެ މީހުންލައްވާ ސޮއިކުރުވައި ނެރެފައިވާ ނަތީޖާ އެއް ދެން ވޯޓް އޮޅުވާލީ އޭ ކިޔާނެ ޖާގައެއް ނެތް. ކުރަން އުޅުނު އެއްކަމެއް ނުކުރެވޭނެ މިވޯޓިން ނިޒާމުގައި އެހެންވެ މިނިޒާމު އަހަރެމެން ތަޢާރަފް ކުރީ،

  20. ދުވާފަރު ދަންޑަހެލު

    މީކާކު؟ ކޮންފެންވަރެއްގެ މީހެއް؟ އޭނަޔަށް ކޮން ހައިސިއްޔަތަކުން ނިންމެނީ ބަލަގަންނަން ޖެހޭ ތަކެތި ބަލަންޖެހޭ މައްސަލަތައް؟ 5 މެންބަރުންގެ މައްޗައް ހުރި މީހެއްތަ ވަރަށް ބޮޑަށް ޔަގީންކުރެވޭ މަސްލަތު ނަގާލަން މަސައްކަތް ކުރާ މީހަކާ

  21. ޢިބޫ

    ހިތާމަ ހުރި. ޢެބައިމީހުނާ ވެރިކަން ހަވާލުނުކުރޭ.