ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ޤައުމީ އިއްޒަތުގައި ކަމަށާއި، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްތިތުން ތައްޔާރުވެ ވަޑައިގަތުމަށް، ނަޝީދުގެ އެޑްވައިޒަރ އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޖާބިރު ވިދާޅުވީ، އެކެއް ނޮވެމްބަރުގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ޖިޒީ ދައްކަވައިގެން ނޫން ކަމަށާއި، ފުރިހަމަ ޤައުމީ އިސްޒަތުގައި ކަމަށެވެ. އަދި ދައުލަތުން އެމަނިކުފާނަށް ބަދަލު ދެއްވަން ޖެހޭނެ ކަމުގައި އާއި، ރާއްޖޭގެ ރައްޔިތުން އެކަން ކަށަވަރުކުރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކެއް ނޮވެމްބަރުގައި ރައީސް ނަޝީދަށް ހޫނު ބަރުހަބާއެއް ކިޔުއްވުމަށް ތައްޔާރުވެ ވަޑައިގަންނަވާ! ރައީސް ނަޝީދު ވަޑައިގަންނަވާނީ ޖިޒީ ދައްކަވައިގެންނެއް ނޫން، ފުރިހަމަ ޤައުމީ އިއްޒަތުގައި! ދައުލަތުން ބަދަލު ދެއްވަން ޖެހޭނީ ރައީސް ނަޝީދަށް! އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން އެކަން ކަށަވަރުކުރާނެ!" ޖާބިރު ކުރެއްވި ޓްވީޓުގައި ވެއެވެ.

ޖާބިރު މިގޮތަށް ވިދާޅުވެފައި މިވަނީ، އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަން ނަޝީދު ހާމަކުރައްވާފައި ވަނިކޮށެވެ. ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން އެމަނިކުފާނަށް ލިބިވަޑައިނުގަންނަވައެވެ.

ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ. ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރައިވަޑައިގެންނެވީ 16 ޖަނަވަރީ 2016 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.

ނަޝީދު ރާއްޖެ ވަޑައިގަތުމަށް މަސައްކަތް ކުރަމުން ގެންދާއިރު ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް އާއި މިހާރުގެ ރައީސް ޢަލީ ވަހީދު މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުސޭނުބެ

  ތިކަން މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ، ތި ކޮސްކަލޭގެ އައުމާ މިދޭތެރެ ދުވަސްތަކެއްވެސް އެބަވޭ، ހުރިހާ އެންމެން ކުރިމަތީ ރާބޮއެގެން ޢާފިލުވެފަ ހުރިމީހަކު އިރާދަޔަކާނުލާ ވާހަކަ ދައްކަން ޖެހިލުމެއްވެސް ނުވާނެތާ.

 2. ފަހީމް

  މުޖުރިމަކު ބާލަން ތައްޔާރުވާނީވެސް ތިކަހަލަ މުޖުރިމުން.

 3. ޙަބޭސް

  ޢެއީ ކުއްވެރިއެއް އެއާރޕޯޓުން ދާންޖެހޭނީ ޖަލަށް ހެހެ

 4. ޝިލްމާ ޢަލީ

  ފޮނިވެ ބޮޑާވެގެން ނޫޅުއްވާ! ކުރީގެ ޖައްބާރުކަން ހަމަ އެގޮތަށް އޮތްއިރު ، ތިޔަ ލިބުނުވެރިކަމަކީ އިމްތިޙާނަކަށް ނުވެޔެއް ނުދާނެ! ރިޝްވަތާ ، ދޮގާ ، މަކަރާ ، ފަސާދަ އިސްކޮށްގެން ތިޔަ ވެރިކަމެއް ލިބުނީ! ވެރިކަން ދެއްވި ފަރާތުން ވެރިކަން ނިގުޅާގެންނެވުމަށް މެދުވެރިކުރައްވާނީ ތިޔަކަހަލަ ކަންތައްތައް! އިން ޝާ އަﷲ ގިނަ ދުވަހެއް ނުވާނެ!

 5. ބަންގާޅު

  ޝޭޚް ޙަސީނާ ޖަލުގައި ހުންނަވާއިރު، ޚާލިދާ ޒިޔާއު ހުންނަވަނީ ވެރިކަމުގައެވެ. ޚާލިދާ ޒިޔާއު ޖަލުގައި ހުންނަވާއިރު، ޝޭޚް ޙަސީނާ ހުންނަވަނީ ވެރިކަމުގައެވެ.

 6. ޝަަހެޕުު

  ޙަމަގައި މުވެސް މަ ނުދާނަން

 7. އަލީ

  ގައިދީންނާ މަރުހަބާ ކިޔަންދާނީ ޔުނީފޯމު އެޅިމީހުން ތިޔަ ޖާބިރަކީ ބޮޑުވަގެއް ރައްޔިތުންގެ އެތަކެއް ފައިސާއެއް ނުދީ ހިފަހައްޓައިގެން ތިހުރީ ޔާމީނު ގޯސްވަނީ ރައްޔިތުންގެ ފައިސާ ވަގަށް ނަގައިގެން އުޅޭ ފަރާތަްތަކުގެ އަތުން ފައިސާ ހޯދައި ރައްޔިތުން ޚަޒާނާއަށް ވަށްދަންއުޅޭތީ