12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކެޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ސްޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ ހައެއްކަ ގަޑިއިރު ފަހުން ދެންމެ ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގައި ވިދާޅުވީ ރައްޔިތުން މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ އެ މަޖިލީހުގެ މެންބަރަކު މަގަމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައިނުވަތަ އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާއި މެދު ހިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ހިލާފު އުފެދިގެން ކަމާބެހޭ ފަރާތަކުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމައްސަލައަކާ މެދު ދުސްތޫރީ ނަޒަރަކުން ބަލައި އެމައްސަލައަކާ މެދު ފައިސަލާކޮށް ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން އެއްވެސް އިސްތިސްނާއެއް ނެތި ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިފައިވާ އަސްލީ އިހްތިސާސެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވީ 12 މެންބަރުންނާއި މެދު އިލެކްޝަންސް ކޮމިޝަނުން 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކެއްގެ ސަބަބުން އެމެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތަމްސީލް ކުރަމުން ދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެ ކަމާއި މެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ އެފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓަށް ބަލައި ގަނެ އެމައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެ ދާއިރާތަކުގެ ގޮނޑިތަކާއި މެދު ބަހުސްކޮށް ވަކިގޮތެއް ނިންމުމަކީ އިލެކްޝަންސް ކޮމިޝަނަށް ނުވަރަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ވިޔަސް ޤާނޫނު އަސާސީ އިން ލިބިފައިވާ ބާރަކާއި އިހްތިޞާޞެއް ނޫންކަން ސާފުކޮށް އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބަޔާންވެ ދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާއި މެދު ހިލާފު އުފެދިގެން އެމައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމަށް ބަޔާން ކުރެވުނު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެމައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެހެން އެއްވެސް ފަރާތަކުން އެމައްސަލަތަކުގެ މައުޟޫޢާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ހިނދު ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކަށް ޝަރުޢީ އަދި ޤާނޫނީ އިންތަކުގެ ބޭރުން ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅިގެން މަނާ ކުރެވިފައިވާ ކަމެއް ކަން އެނގެން އޮންނާތީ ބަޔާންވެ ދިޔަ ދުސްތޫރީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޤާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ރިޢާޔަތްކޮށް 03 އޮކްޓޯބަރ 2018 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ 442 ވަަނަ ޖަލްސާގައި ބަޔާން ކުރެވުނު 12 މެންބަރުންނާއި މެދު ނިންމަވާފައިވާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކެޝަންސް ކޮމިޝަނުން މިއަދު ނިންމިއިރު އޭގެ ތެރެއިން ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިހަފްތާގައި ވަނީ ނިންމަވާލައްވާފައެވެ. އަދި އެމައްސަލައިގައި ވަރަށް އަވަހަށް ޙުކުމް ކުރައްވާނެ ކަން ވެސް އޮތީ އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަލީ

    އެއްކަލަ ރޭގަޑު ނެރޭ އަމުރުތައް ފެށުނީ. މިއީ މި ގައުމުގެ ހަލާކު.

  2. ދިސްވޭއޭ

    ބާރަ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީއިން ނިންމި ނިންމުން ބާތިލް ކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމް އަކީ އެއީ ރާއްޖެ ގޮސް އަނގުރު އަލިފާނުގެ ތެރެއަށް ވައްޓާލަން ވެގެން ކޮރަޕްޓް 12 މީހުން ފައިސާ ފީންނެއް ޚަރަދުކޮށްގެން ޕީޕީއެމް ގެ މެމްބަރުންނަށް އޮޅުވާލައިގެން އެމެން އަތުން ވޯޓް ހޯދައިގެން ޕާރޓީގެ ޓިކެޓް ހޯދައިގެން ޕާރޓީގެ ނަމުގައި މަޖްލީހަށް ވަދެ ބެލީ އެމެންގެ އަމިއްލަ ވިޔަފާރި ކުރެވޭނީ ނާޖާއިޒު ގޮތެއްގައި ކިހިނެއްތޭ ތިޔާ ތިނަދޫ ދާއިރާގެ މެމްބަރު އާއި އަދި ވެސް ދެމެމްބަރަކު އެދުނީ އެމްޑަބްލިޔު އެސްސީ އަށް ކޮންޓްރެކްޓް ނުދީ އެމެން ބުނާ ކުންފުންނަކަށް 10 ރަށުގެ ނަރުދަަމާ ޕްރޮޖެކްޓް ދޭން އެވެސް ލަންކާ ކުންފުންނެއް އެއިރަށް ތާ ކަޓް ކާލެވޭނީ އެގޮތަށް ސަރުކާރުން އެއްބަސް ނުވުމުން އެމެން ބޮޑު ސޭޓް އަތުން 12 މިލިއަން ރުފިޔާގެ ކަޓެއް ޖައްސާލައިގެން އެމެން ވޯޓް ވިއްކާލީ ސީދާ މަޖްލީހުގެ ރައީސްގެ މަގާމް އިން މަޖްލީހުގެ ރައީސް ވަކި ކޮށް ރައްޔިތުން ހޮވާފައިވާ ރައީސް އަކު ނަގާ އެއްލާލަން...

  3. ޙަބޭސް

    ޙެހެ ރިޔާޒު ދެންދޭ މަހަށް

  4. ރެމިިިި

    ؟؟؟؟؟؟؟؟؟؟؟؟

  5. ބޮލި މުލައް

    ބޮޑުއެއްޗެއް އީސީގެ މެމްބަރުން ނަގައިފި

    • ދިވެހި ދަރިއެއް

      އަޑުތަށް އިވޭ ގޮތުގައި 40 މިލިޔަން ޑޮލަރު.

  6. މޫސާ

    ފަނޑިޔާރުންގެ ކަނކަމަށް އެލެކް ކޮމިސަންގެ ރައީން ވަކިވެފައިވާކަމަސް ނިންމަވައިދެއްވުން އެދެން،

  7. ހާމާނު

    ދެން އަތްޖަހާ!! އަތްޖަހާ!!

  8. ހަސަން ފުޅު

    އެލެކުސަންސް ކޮމިސަން ގެޔަށްދޭ!
    މިހަރު ތިޔަތިބީ އަތައްވުރެ ފައިދިގުވެ ނުފޫޒުވަދެ، ދަޒުވެފައި، މިހާރު ތިމީހުންނަކަށް އިތުބަރެއްނެތް.

  9. ރާއްޖެ

    ސްޕްރީމް ކޯޓްގެ ތިޔަ ނިންމެވުމަކީ ގައުމީ
    މަސްލަހަތު ހިމާޔަތްކުރުމަށް އިންތިހާއަށް ބޭނުން
    ވެފައިވާ ނިންމެވުމެކެވެ ތިޔަ ނިންމެވުމުގެ
    ސބަބުން ރާއްޖޭގައި ހަރުދަނާ އަދުލު އިންސާފްގެ ނިޒާމެއް އެބައޮތްކަމުގެ އިހްސާސް
    ކުރެވިއްޖެއެވެ

  10. ބުނެދީބަލަ

    މެންބަރުންގެ ގޮނޑި އާއި މެދު އީސީގެ ނިންމުން ސްޕްރީމް ކޯޓުން ބާތިލްކޮށްފި ނަމަ އެއިން އެގިގެން ދާ އެއްޗަކީ އިންޑިއާ ބޭނުންވާ މީހަކު އިންޑިއާ އިން ވަގު ފައިސާ ތަކެއް ގެނެސް ގެން އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނަށް ދީގެން އަދި ރާއްޖޭގެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން އަދި ރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަފާލާތުގެ ދަށުން ސިޔާސީ ބަޔަކު ދޫކުރުވާ އެމެންނަށް މަރުހަބާ ވިދާޅުވެ އެމެން ބޭނުންވާ ރައީސް އަކު ރާއްޖޭގެ ރައީސް ކަމަށް ގެނެސް އެމީހަކީ އެއީ ރައްޔިތުންގެ މެދުގައި ލީ ވޯޓް އޮޅުވާލާ ވޯޓް ގައި ވައްކަން ކޮށްގެން މަކަރާއި ހީލަތުން ރާއްޖޭގެ ވެރިކަން ވަގު ވޯޓް ލައިގެން ހޮވާ ވަގު ވޯޓް ރައީސް އަކު ރާއްޖޭގެ ރައްޔިތުންގެ ވެރިއަކަށް ލާން އިންޑިއާ އިން އެއުޅެނީ އެއީ ރާއްޖެ އިންޑިއާގެ އަޅުވެތި ކަމަށް ގެންގޮސް ދިވެހިންގެ އަތުން އިގްތިސާދީ މިނިވަން ކަން ނިގުޅުވައިގަނެ އެއަށް ފަހު ދިވެހިން ގައުމު ގެ މިނިވަން ކަން ނިގުޅުވައިގަތުމަށެވެ. އިގްތިސާދީ މިނިވަން ކަން ގެއްލޭ އިރު އޮންނާނީ ގައުމުގެ މިނިވަން ކަން ގެއްލިފައެވެ. މިހާރު ލީބިޔާ ގައި އޮތް މިނިވަން ކަމެއް ބުނެބަލަ މިހާރު ޔަމަން ގައި އޮތް މިނިވަން ކަމެއް ބުނެބަލަ މިހާރު ސީރިއާގައި އޮތް މިނިވަން ކަމެއް ބުނެބަލަ މިހާރު އިރާގުގައި އޮތް މިނިވަން ކަމެއް ބުނެބަލަ މިހާރު އަފްއާނިސްތާނުގައި އޮތް މިނިވަން ކަމެއް ބުނެބަލަ..

    • ބޭބެ

      ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަން އެނގޭނީ!!

  11. ހުސޭނުބޭ

    ފެބްރުއަރީ 1 ގެ ރިޝްވަތުގައި ޢަލީ ޙަމީދާއި ޢަބްދުﷲ ސަޢީދު ހުކުމްތައް ނެރުނު ގޮތެކޭ އީސީގެ އެންގުންތަކެކޭ ތަފާތެއް ނެތް. ލައްކަ ބައިވަރު ލިބެގެން އެ އުޅެނީ. އެހެންނޫނީ ދެން ކޮންކަމެއް!

    • Anonymous

      އ .

  12. ހެޔޮބަސް!!!

    ރަގަނޅު ނިންމުން!! ސްޕްރީމް ކޯޓުން ނެރުނު އަމުރު ކިޔާލީމަ އެނގޭ ރަގަނޅަށް ގާނޫނީ އިމުގެތެރެއިން ނެރެފައިވާ އަމުރެއްކަން!! އީސީ އެއޮތީ ހަމައިން ނެއްޓިފަ!! އެހެންވެގެން އެއުޅެނީ ރިޔާސީ އިންތިޚާބުގެ ވޯޓާ ކުޅެފައިވާކަން ދޭހަވާފަދަ އެތައްކަމެއް ފެންމަތިވުމުން!! އެރުޅި ގަނޑު މިބޭލީ!! އެކަމަކު އެކުރެވުނީވެސް ގޯސްކަމެއްކަން ސްޕްރީމް ކޯޓުގެ އަމުރުގައި އެވަނީ ފާހަގަ ކޮށްފަ!! އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްކަމަށް ސްޕްރީމް ކޯޓުން ސިފަކޮށްފަ އެވަނީ އަމުރުގައި!! ޝަރީފްމެން މިއުޅޭގޮތުން ގޯސްތަކެއް ހަދާފައިވާކަމަށް ވަރަށްބޮޑަށް ތުހުމަތުކުރެވޭ!!!

  13. ޜުޒާނާ ޗޮއްޕަޓު

    އީސީއާމެދު ކުރެވުނު ތުހުމަތު ޔަގީންވެ ކަށަވަރުވެސް ވެއްޖެ.

  14. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ މާގެށޭ ދަ ކޫޑިއަނޭ ދަ ސޮމާލިއަނޭ ދަ ލާދީނިއަން ފިކުރޭ ދަ ކަޓް ކާނޭ ދަ ވޯޓް ވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

    • ގަތުފި

      ކޮންމެ އެއްޗެކޭ ކިޔަސް ދެން ވެރިކަމެއް ނުލިބޭނެ.. ދެން އަތް ޖަހަންޏާ އަތް ޖަހަންވީ..

  15. ދިވެހި ދަރިޔާ

    އީސީ މިހާރު ހަމައިން ނައްޓައިފި.
    ތިމަރަފުށީ މީހުން ގޯސްވަންޏާ ގޯސްވާ މިންވަރު އެބަފެނޭ.
    ޤައުމަށް ޣައްދާރުވާންވެސް ފަސްނުޖެހޭނެބާ؟؟؟

  16. ލާމިން

    12 މެންބރުންގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާ އެ 12 މެންބަރުން މަޖިލީހަށް ވަނަނުދިނީ އިލެކްޝަން ކޮމިޝަނުން. ރާއްޖޭގެ އެއްވެސް ޝަރުއީ ކޯޓަކުންނެއް ނޫން. ކީއްވެބާ އެދުވަހު ސުޕްރީމް ކޯޓުން ނުބުނީ ގޮނޑި ގެއްލިއްޖެކަމާއެދު ޚިލާފު އުފެދިއްޖެނަމަ އެކަމާ ގޮތް ނިންމާނީ ސުޕްރީމް ކޯޓުންނޭ؟ އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެކޭ އެދުވަހު ނުބުނި. މަސްލަހަތު ގެއްލި ހައްގުތައް ގެއްލިގެންދާއިރު ހުކުމެއް ނީއްވިގެން އުޅެނީ ކީއްވެތޯ؟

  17. ރައްޔިތުން

    އީސީ އިން މިކުރި ކަމަކީ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީ އިންް ކުރިން ނިންމާފައިވާ ނިންމުމަމީ އެއީ ގާނޫނީ ހަމައިން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ އެނުހަމަ ނިންމުން އެފަރާތުން ބާތިލުކުރީ، ވީމާ 12 މެމްބަރުންނަށް ސްޕރީމް ކޯޓުން ގޮތެއްނިންމަންދެން އެފަރާތްތަކުން ޣައިރުގާނޫނީ ގޮތުން ނިގުޅައިގަތް ހުރިހާ އިމްތިޔާޒަކާއި ޙައްޤުތަކެއް އެމީހުންނަށްދޭންޖެހޭ އަދި ސްޕްރީކޯޓުން މިކަން ފައިސާލާކޮށް ގޮތެއް ނިންމެން އެމީހުން ބަންދުގައި ނުވަތަ މަޖިލީހަށް ނުދަވޭގޮތަށް އޮތް އޮތުން މައްސަލަ ފެށުނީއްސުރެންވެސް ވީއްލިފައި އޮތް ކަމުގައި ދެކެން. މިކަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަދި އީސީ އިން މެމްބަރުންގެ ހުރިހާ ޙައްޤުތަކެއް ކަށަވަރުކޮށްދެއްވާ މިގައުމުގެ ނާތަހުޒީބީ ގަމާރު ގާޒީންގެ އަތްދަށުން މި ގައުމު ސަލާމަތްކޮށްދެއްވާ.

  18. ކާފަދ

    ކެވުނު އެތިކޮޅުވެސް ހަރުނުލާގޮތް މިވަނީ. ފުއާދުބެއަށް ޖެހުނު ހާލަށްވުރެ ބޮޑު ހާލެއް އައިސް މިސޮރުމެން ގަޔަށް ޕުއްޕުލާނެ. ޤައްދާރަކަށް ދެކޮޅުންކުރެ އެއްކޮޅަކުންވެސް އަމާންކަމެއް ނުލިބޭނެ

  19. ޒާ

    ހިތުަން ޝަރީފުމެން ވަރަށް ސްމާޓް ކަން ދައްކަން އުޅުނީމަ އެއޮތީ ސައިޒް ކޮށްފައި. އަތަށް ގޮވީ.

  20. ސައިބޯނި

    ރޭގަނޑެއް ދުވާލެއް ނޯންނާނެ ޤާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމަށް. ވޯޓު އޮޅުވާލައިގެން ވެރިކަން ފުރޮޅާލީމަ ހިތަށް ނާރުވާތި ހާހެކޭ. އަދިއޮތީ. ކޮބާ ފާއިޒު. ކީކޭބާ ބުނާނީ. އުއްތަމަ ފަނޑިޔާރަކަށް ވާހިތުންއުޅޭ އުސް ސުއޫދު އެއްޗެކޭ ބުނެބަލަ.