ސުވާލު އުފެދިފައިވާ ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނުނިންމަނީސް އެމެންބަރުން ބައިވެރިކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އަދި އެ 12 މެންބަރުން ބައިވެރި ކޮށްގެން ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެ ކަމާއި މެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން 12 މެންބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލް އަދި ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ކަނޑައަޅާ މިކަން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ އެންމެހައި އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި އަމުރު ކުރާކަމަށެވެ.

ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ ހައެއްކަ ގަޑިއިރު ފަހުން ދެންމެ ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގައި ވިދާޅުވީ ރައްޔިތުން މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ އެ މަޖިލީހުގެ މެންބަރަކު މަގަމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައިނުވަތަ އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާއި މެދު ހިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކެޝަންސް ކޮމިޝަނުން މިއަދު ނިންމިއިރު އޭގެ ތެރެއިން ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިހަފްތާގައި ވަނީ ނިންމަވާލައްވާފައެވެ. އަދި އެމައްސަލައިގައި ވަރަށް އަވަހަށް ޙުކުމް ކުރައްވާނެ ކަން ވެސް އޮތީ އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަންނަ

    ޢަހަމްދު ލިއްލާހި.

  2. ނުވާނެއޭ

    ބާރަ މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އީސީން ބާރަ މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފައި ކަމަށް ކަނޑައެޅީ އެއީ ސްޕްރީމް ކޯޓުން 2017 ވަނަ އަހަރު ހުކުމް ކޮށްފައިވާ ގަޒިއްޔާ ނަމްބަރު 19، 20، 21 އަދި 22 ގައިވާ ގޮތުގެ މަތިން ފްލޯރ ކްރޮސް ކުރުމުން އެ 12 މެމްބަރުންނަށް ވޯޓް ދިން މޯރަލް އޮބްލިގޭޝަން އަށް އެ 12 މެމްބަރުން ހަރާމްކޯރު ވުމުންނޭ އެއަށް އިނގިރޭސިން ފްލޯރ ކްރޮސް ކުރުމޭ ކީ ނަމަވެސް ދިވެހިން އެއަށް ކިޔާނީ ބަތާހަރާމީން ނޭ ދެން އީސީން ވޯޓް އޮޅުވާލާ މަކަރާއި ހީލަތް ހަދާ އެކަން ފަޅާ އަރަން ފެށުމުން މެމްބަރު ކަމުން ވަކިކޮށްފައިވާ ބޮޑެތި ބާރަމުލު ބާރަ ވަގުންނާއި ގުޅިގެން މިރާއްޖޭގައި ޖަންގަލީގެ އުސޫލު ތައް އާންމު ކުރުމަށް ޓަކައި އިލެކްޝަންސް ކަމިޝަންގެ ރައީސް އާއި މެމްބަރުން މަގާމްގެ ބޭނުން ނާޖާއިޒު ގޮތެއް ގައި ބޭނުން ކޮށްފައިވާތީވެ މިކަމަކީ މީ މިރާއްޖެ ނަގާ އަނދަވަޅަކަށް ވައްޓާލާ ރާއްޖެ މިހާރު ޔަމަން އޮތް ހާލަތަށް ބަދަލު ކޮށް މިރާއްޖެ އަށް އިންޑިއާ އިން ހަތިޔާރު ފޯރު ކޮށްދީގެން ރާއްޖޭގެ ރައްޔިތުން އެކަކު އަނެކަކަށް ހަމަލާ ދޭ ހިސާބަށް ކަންކަން ދާނެ ގޮތެވެ. މިރާއްޖޭގެ ރިޔާސީ އިންތިޚާބަކީ މީޑިއާ އިން ޕްރޮޕެގެންޑާ ފަތުރައިގެން ދޮގު ހަގީގަތަށް ހަދަން އެމްޑީޕީން ބޭނުންވިޔަސް އެކަން އެހެން ނުވާނެއޭ އިލެކްޝަންސް ކަމިޝަންގެ ވޯޓް ކަަރުދާސް ތަކުގައި ސެކިއުރިޓީ ފީޗަރސް ލީ އެއީ އެ ވޯޓް ގުނާއިރު ހުރިހާ ވޯޓް ކަރުދާހަކީ އެއީ ސައްހަ ވޯޓް ކަރުދާސް ތޯ ޔޫވީ ލައިޓް އަޅުވައިގެން ބަލާ ކަށަަވަރު ކުރުމަށް ފަހު ވޯޓްގެ ވަގުތީ ނަތީޖާ ވެސް އަދި ދާއިމީ ނަތީޖާ ވެސް އިއުލާން ކުރުމަށެވެ. އެއީ ބޮޑު އަގުގައި އެކަން ކުރި ކަމަކީ. އެކަމަކު އެކަން ނުކޮށް ވޯޓް ސައްހަ އޭ އިލެކްޝަންސް ކަމިޝަނުން 1 ބިލިއަން ފަހަރު ބުނި ނަމަވެސް ޓެކްނިކަލީ ގޮތުން ވެސް އެގަބޫލުކުރެވޭނެ ގޮތެއް ނޯންނާނެ އަދި އިދާރީ ގޮތުން ވެސް އެކަން ގަބޫލުކުރެވޭނެ ގޮތެއް ނޯންނާނެ އަދި ބިއުރޮކްރަޓިކަލީ އުސޫލުން ވެސް އެކަން ގަބޫލުކުރެވޭނެ ގޮތެއް ނޯންނާނެ ޖެހޭނީ ހުރިހާ ވޯޓެއް އަލުން ކެންޑިޑޭޓުންގެ ހާޒިރުގައި ޔޫވީ ލައިޓް އަޅުވައިގެން ގުނަން. ރައްޔިތުންގެ ވޯޓަކުން ރާއްޖޭގެ ރައީސް ކަމަށް އަންނަ މީހަކު އަންނަން ޖެހޭނީ ވޯޓް އިން ވައްކަން ކޮށްގެން އެއަށް ފަހު އެމްއެމްއޭގެ ގަވަރުނަރަށް 5 މިލިއަން ޑޮލަރު ދީގެން މީސް މީހުންގެ އެކައުންޓްގެ ސިއްރު ތައް ބޭޒާރު ކޮށް ރޯ ބުހުތާނު ދޮގު ހަދައިގެން ރައްޔިތުންނާއި ސަރުކާރާއި ޖައްސައިގެން ނަފްރަތު އުފައްދައިގެން ރާއްޖޭގެ ވެރިކަން ފޭރިގަންނަ އުސޫލަކުން ނޫން އެކަން ކުރަންވާނީ. ރާއްޖޭގެ ރައީސް ކަމަށް އާދޭ ސައްހަ ވޯޓް ލައިގެން ސައްހަ ވޯޓް ހޯދައިގެން. ވަގު ވޯޓް ލައިގެން ވޯޓް އިން ވައްކަން ކޮށްގެން އިންޑިއާ އިން ފައިސާ ފުންނެއް ގެނެސްގެން އިލެކްޝަންސް ކަމިޝަންގެ މެމްބަރުން ގަނެގެން ވަގު ވޯޓް އިން ހޮވިގެން ރާއްޖޭގެ ރައީސް އަކަށް އައިސް ގެން ނުވާނެއޭ އެކަން އެގޮތަށް ކުރަން ސަރުކާރުން ވެސް ސިފައިން ވެސް އަދި ފުލުހުން ވެސް ހިތްވަރު ވެސް ދީގެން ނުވާނެއޭ އޭގެ ނަތީޖާ ރަނގަޅު ނުވާނެއޭ ނުވާނެއޭ ނުވާނެއޭ އެއްގޮތަކަށް ވެސް.

  3. ދަވޭއޭ

    ދިވެހި އަގުހުރި ދަރިން ތަކެއް ސްޕެޝަލީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއް ރާއްޖޭގައި އެބަތިބި ކަމަށެވެ. ސްޕްރީމް ކޯޓުން 27 އޮގަސްޓް 2017 ގައި ނިންމި ގަޒިއްޔާ ނަމްބަރު 19، 20، 21 އަދި 22 ގައި ވަރަށް ތަފްސީލް ކޮށް އެބަބުނޭ 12 މެމްބަރުންގެ ގޮނޑިވަނީ ގެއްލިފައި ކަމަށް. މީޑިއާއިން ޕްރޮޕެގެންޑާ ފަތުރައިގެން އެމެންނަށް މެމްބަރު ކަން އަނބުރާ ލިބުން އެއީ ޖަންގަލީގެ ގާނޫނު. އިންޑިއާ ބޭނުން ވެރިއަކު ނޫން ރާއްޖޭގައި ވެރިކަން ކުރާނީ ދިވެހިން ބޭނުން ވެރިއަކު

  4. ހުސޭނު

    ކަލޯގެޔާ ކިހިނެއްމިވީ، މީހާރު ކޮމެޓީ ބައްދަލުވުމުގަވެސް ބައިވެރި ނުވެވޭނެޔޯ. އެހެންވީމަ މި 12 މެންބަރުން ނެގި މުސާރަޔާ އެލެވަންސް އަތުލަންޖެހޭނެ.
    ހަމަ ހިނި އަންނަނީ

  5. ފަތްމިނި

    އެއްވެސް ކޮޅަކަށް ބުރަނުވެ މާތްﷲ ގަންދީހުވާކޮއްގެންތިބެ ޢަދުލުވެރިކަމާއި އެކު ފަނޑިޔާރުން ފަހުބަސް ބުނި ކަމައްޓަކާ ޝުކުރު އަދާކުރަން، ދެންއޮތް ބިރަކީ މާ ގިނައިރު ތަކެއް ނުވެ ތިބޭފުޅުން ވަގަށްގެންގޮސްދާނެ ކަމުގެ ބިރު، ބުނެލަން އޮތީ މާތްﷲއަށް ބިރުވެތިވާޙާލު ސާބިތުކަންމަތީ ތިއްބަވާށޭ،

  6. ސަޅި

    ކޮބާހީވޭތަ އަދި ޕީ ޕީ އެމް ވެސް އަތުލާނަށް ވަރަށްސަޅި ސާބަހޭ ފަނޑިޔާރުންނަށް

  7. ސިއްރު ހެއްކެއް

    ސާބަސް

  8. ޑަ ލާސްޓް

    މި ތަނުން އަޅެ އިރުގެ އަލި ހުއްޓާ އަމުރެއް ނެރޭނެ ދުވަހެއް ފެން ާނެބާ!!!!!!!!!!!

  9. ބުރިޓޯ

    އީސީ ގެ ރައީސް އަކީމިހާރު ހާދަބާރުގަދަ ފަރާތެހ؟؟؟؟
    ގައިމު އެމްޑީޕީ ގެ ލަތީފު ބުނާއަޑުއެހިން އިންތިހާބު ގާނޫނާހިލާފޭ. މިހާރުއިންތިހާބާއި ޝަރީފުވެސް އެމްޑީޕީ އަށްއޯކޭތަ؟

  10. ސިހާ

    الحمد لله ياالله މިލާދީނީ މީހުންނަށް ކުރި ކުށުގެ عقوبات ދަށްކަވާދޭވެ امين