ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން މިރޭ ބާތިލް ކުރުމުން، އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބާ، އަމާންދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަމުރަށް ބޯލަނބައި އަމުރާއި އެއްގޮތަށް އަމަލު ކުރުމަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއިރު ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމުގައި ސުޕްރީމް ކޯޓުން މިރޭ ނެރުއްވި އަމުރުގައި ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ 12 ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާއި މެދު ހިލާފު އުފެދިގެން އެމައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމަށް ބަޔާން ކުރެވުނު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެމައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ފައިޞަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެހެން އެއްވެސް ފަރާތަކުން އެމައްސަލަތަކުގެ މައުޟޫޢާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކަށް ޝަރުޢީ އަދި ޤާނޫނީ އިންތަކުގެ ބޭރުން ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅިގެން މަނާ ކުރެވިފައިވާ ކަމެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

12 މެންބަރުންގެ ގޮނޑި ހުސްނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވިއިރު ސުޕްރީމް ކޯޓުގެ ނިންމުމަކާއި ދެކޮޅުހަދާ އެކޯޓުގެ ހުރުމަތް ކެނޑުމުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ހަމަސް ދުވަހަށް ޖަލަށް ލުމަށާއި، ފުއާދު އާއި އޭރުގެ ނައިބު ރައީސް އަހްމަދު ފަޔާޒްގެ ކިބައިން ކޮމިޝަންގެ މެމްބަރު ކަމުގައި ދެމިތިބުމުގެ ހައްގާއި ގާނޫނީ ހައްސިއްޔަތު ގެއްލިފައިވާ ކަމަށާއި، އެދެ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ޙުކުމެއް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހައި

    ދިރުމެއްހުރީއްޔާ އުއްމީދެއްވާނެ

  2. އެމެންނޭ

    އިލެކްޝަންސް ކަމިޝަން އިން އަމާން ދޭން ނޫނޭ ޖެހޭނީ ރިޔާސީ އިންތިޚާބުގެ ވޯޓް އަލުން ގުނަންވީއޭ ޔޫވީ ލައިޓް އަޅުވައިގެން ހުރިހާ ވޯޓްސް ތައް އަދި މިހާރު އިއުލާން ކޮށްފައިވާ ނަތީޖާ އަކީ އެއީ ރަނގަޅު ނަތީޖާ އެއް ކަން ޔަގީން ވަން ދެން ވޯޓްސް ތައް ގުނަންވީއޭ އަދި ވޯޓް ލި މީހުންގެ ރަޖިސްޓްރީ ވެސް ބަލަންވީއޭ އަދި ވޯޓް ނުލާ މީހުން ތަކުގެ ނަމުގައި ވޯޓް ފޮށި ތައް ކައިރީގައި ތިބި އޮބްޒާވަރުން ވޯޓް ލާން ޖެހުނީ އެއީ ކީއްވެތޯ ބަލާށޭ މިވޯޓް ބާތިލް ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން ވޯޓް ލުމާއި އަދި ވޯޓް ގުނުމުގެ ކަންކަން ކުރިއަށް ގެންދާށޭ އިލެކްޝަންސް ކަމިޝަން އާއި ހަވާލު ކޮށްގެން ދެ ފުށް ފެންނަ އިންތިޚާބެއް ނުބޭއްވޭނެއޭ އެމްޑީޕީން ދަނީ އީސީގެ އެސްޖީ އަށް ވެސް އިންޒާރު ދެމުންނޭ އިންތިޚާބު ބާތިލް ކޮށްފިނަމަ

    • ޖުރިބު

      ތީ މަ ބުނާ ވާހަކަ... މީނަ ހަމަބުނާރައް އަލުން ވޯޓު ލާންތަވީ.. ޔާމިނެއް ނޮހޮވުނޭ..

  3. ޝަހޫ

    ސައިޒު ވީދޯ

  4. ޜުޒާނާ ޗޮއްޕަޓު

    އަނެއްކާ ދެބައި މީހުންގެ ސައްލާއެއް ނޫންބާ!!؟ މިހާރަކު އިތުބާރެއް ނުކުރެވޭ އެއް ބަޔަކަށްވެސް. މި ގައުމުގެ މުއައްސަސާތަކުގަ ތިބި ބައެއްގެ އަގަލު ހާދަހާ މަދޭ. މުސްލިމުންބާއޭ ވެސް ހިތަށް އަރާވަރުވޭ.

  5. ޔޫކޭން

    މިހާރު ނޫހާއި އަވަސް ނޫހުގައި ދެން ނުޖަހާނެއޭ ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅޭ އަމުރު ޚަބަރުގައި ސްޕްރީމް ކޯޓަށް ތާއީދު ކޮށް ކުރާ ކޮމެންޓްސް ތައް ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާއި ޖެއްސުމަށޭ ކަން މިހެން ހުރުމުން މިދެނޫހުން ސްޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޚަބަރު ގެނެސްދޭނަމަ އެމެން ގެ ލައިސަންސް ޖެހޭނެއޭ ބާތިލް ވާން ޔޫ ކޭން ޗޭންޖް ދަ ވޯލްޑް އައި ކާންޓް ޑޫ އިޓް ބައި މައިސެލފް..

  6. މުހައްމަދު

    ކުރިން މަމެން ހީކުރަނީ ކޮރަޕްޓީ ހަމައެކަނި މަޖިލިސްކަމަށް. މިހާރު އެނގިއްޖެ އިލެކްޝަންސް ކޮމޮޝަނަކީވެސް ބޮޑުކޮރަޕްޓް ތަނެއްކަން.

  7. މުހައްމަދު

    ތިޔައީ ވޯޓްއޮޅުވާލި --- ހުން

  8. ނޫރު

    ސްޕުރީމް ކޯޓުން ގޮތެެއްނިންމަންޖެހޭ ކަމެއްގައި އީސީ އަމިއްލަޔަށް ސްޕުރީމް ކޯޓުގައި ހޭވެސް އަހާނުލާ މިފަދަ ނިންމުމެއްނިންމި ކަމީ އެމީހުންގެ ނާގާބިލްކަން މިފަދަ ބަޔަކު ތިބެގެން ބޭއްވި އިލެކްޝަން އާމެދު އިންތިހާދަރަޖަޔަށް ކަންބޮޑުވޭ. 1 އެންމެވޯޓކީވެސްq ވަރަށްބޮޑް ހައްގެއް.

  9. ޥެެެެެެެއު

    ދެެންމިހަާރުހުންނާނީ ރާކަނިމަސްކެވިފަދެން ދޭމަހަށް

  10. ރަޝީދު

    މައްސަލައެއް ހުށަހެޅި އެމައްސަލަ ބެލުމަކީ އެމީހެއްގެ އިނެސެންސްކަން ގެއްލޭ ކަމެއް ނޫން ދޮއްތޯ..؟ އަދި ގާނޫނީ ޙައިޞިއްޔަތާ އެއްވެސް ގުޅުމެއްވާކަމެއް ނޫން، އަދި ކިއެއްތަ އަމުދަކުން ގާނޫނީ ޒިންމާއަދާކުރަން އޮތް ހުރަހެއްވެސް ނުމެ ނޫންމެ.. ވީއިރު މެމްބަރުން ގެ ޤާނޫނީ ޒިންމާ ޢައިރު ދުސްތޫރީ ކަމަކަށް ވާނީ ކޮން އުސޫލަކުން ކޮން މަބްދަޢު އެއްގެ ދަށުންތޯ.. ވިދާޅުވެލެއްވިނަމަ މީހުންނަށް ތަންކޮޅެއްސާފުވީސް ކަން ކަށަވަރު

  11. ޢހަހހި

    ތިޔައީ ވޯޓް ބާތިލް ކުރުމަށް އަމުރުނެރޭ ނެކަމުގެ ފެހި ސިގުނަލް

  12. ހުސޭނު

    ކޮންކަމަކާހޭ ހާސްނުވާންވީ، މޑޕ އިންގުޅީމަ ކޯޗެއްހޭ ސާފުކޮއްދޭންވީ، ކާކުގުޅީމަހޭ ނޭގޭ ބުނަންވީ، ކާކުހޭ ސަރީފް ސަރ އޭކިޔައިގެން އެވާހަކަ ދެއްކީ، ކޮންކަމެއްހޭ ހަމަގައިމު ވެސް މަގޭފަރާތުން ބޭރުނުވާނީ، ކާކުދިން ސިޓީ އުރައެއްހޭ، ކޮންކަމަކާހޭ ބިރުނުގަންނަންވީ،
    މިރަށުތެރޭގަ މިކިޔަނީ މަގޭވާހަކަތަ، ޖަވާބެއް ދީބަލަ. މަގޭ ވޯޓާ ކުޅުނީތަ

  13. ާަލީ

    އިންތިހާބުގެ ދެތިންދުވަސް ކުރިން ބަޔަކު ވަރައް ނަސޭހަތް ލާދިންދޯ ޕީއެސްއެމް އިން ނަތީޖާ ނުބަލައްޗޭ ރާއްޖެ ޓީވީ ބަލާށޭ. ރާއްޖެ ޓީވީ ނޫނީ ދެންހުރި ހުރިހާ ޓީވީ އަކުން ވަރައްފަހުންދޯ ވަކިވަކި ފޮށީގެ ނަތީޖާ ގޮވަންފޭށީ، އޭރު ރާއްޖެޓީވީ އިންގާތް ގަޑަކައް 40 ފޮށީގެ ނަތީޖާ ގޮވައިފި. އަނެއްކާ ރާއްޖެޓީވީ އާއި މިހާރުހަނޫހައްވުރެ ދެންތިބި ހުރިހާ އެންމެން އުޅުނީ މާފަހަތުގަ.
    ބައެއް އޮފިސަލުން އެބަބުނެ އަދަދުދިމާނުވާތީ ނަތީޖާ ސީޓްގަ ސޮއެނުކުރަމޭ.
    އަހަރުމެނައް އެރޭ މިބެލެނީ އަވަހައް ގިނަފޮށީގެ ނަތީޖާ އިއުލާން ކުރާއެއްޗެއް. ލިސްޓެއް ނުފެނެ އިވެނީ މިވެނި ފޮއްޓަކުން މިވެނިމީހަކައް މިހާވަރު އެވެނި މީހަކައް މިހާވަރު ބާތިލްވޯޓު.
    އިންސާނުންގެ އާދައެއް އެއީ އިވުނުއެއްޗެއް ގަބޫލް ކޮއްފަ ބޮޑު ތަފާތެއް އުޅެންޔާ އެދެން ނަތީޖާ ބަދަލުވުމުގެ ފުރުސަތު ނެތޭކިޔާފަ ދޫކޮއްލުން.
    އަނެއްކޮޅުން އެންމެން ދުއްވައިގަތީ އުފާފާޅު ކުރަން، ދެންތިބި މީހުން ތެޅިގަތީ ދާއިމީ ނަތީޖާ ނެރުން ލަސްވެގެން. ބޮޑުފަރަގަކާ އެކީ ބަލިވިމީހުން ވީ ސައިލަންޓް.
    ހަމަގައިމުވެސް ޢިލެކްސަންސުން 24 ގަޑިއިރު އެތަން ހުޅުވައިގެން ތަރޯކޮއް ހުރިހާއެއްޗެއް ޗެކްކުރަންޔާ ވަރައްމަސައްކަތް ކޮއްގެން 7ދުވަސްތެރޭ ކިރިޔާ 470ފޮށީގެ ނަތީޖާ އަޅާ ކިޔާލެވެނީ. އެކަމު އިންތިހާބުގެ ދާއިމީ ނަތީޖާ ނެރުނީ ދުވާލަކު ގާތްގަޑަކައް އެންމެގިނަވެގެން 8ގަޑި އިރު މަސައްކަތް ކޮއްފަ 6ދުވަސްތެރޭ. އެހުރިހާ އެއްޗެއް ކްރޮސްޗެކް ކުރަން އުޅުނީ ޖުމްލަ ކިތައްމީހުން ކަމެއްނޭގެ.
    ފަހަރުގަ މިނުވާނެބާ ބަޔަކު މިހުރިހާ ކަމެއްއެނގި ތިބެ ކުޅުން މައިންޑް ގޭމަކައް.
    ޕްރޮވެސަރ އުގޭލްމެން ވޯޓުގެ ކުރިން ވަރައްގިނަ އިންދެއްކިދޯ ވޯޓު އޮޅުވާލަފާނޭ ކިޔައިގެންވެސް އަދި ފާޅުގަ އެއޮޅުވާލުން އޮޅުވާލާނީ ކޮންބައެއްގެ ފައިދާއައް ކަމައްވެސް. ވޯޓުގެ ފަހުން ޕްރޮފެސަރގެ އަޑެއްވެސް ނީވެދޯ.
    ތަކުރާރުކޮއް އޭރުއިވެނީ ބަޔަކު ވޯޓު އޮޅުވާލާނެ، އެޕާޓީއިން ވޯޓު އޮޅުވާލާނެ، މިވެނި ޓީވީއެއް ނުބަލާތި، މިހެން ކިޔަންފެށީމަ އެންމެންގެ ނަޒަރު އެންބުޜޭނީ އެދިމާލައް. އޭއީ ސައްކު އުފައްދައިގެން އެއާދިމާލައް އަނބުރާލަނީ. އަނެއްކޮޅުގަ ތިބިމީހުން ހަދާގޮތް ބަލަން ހަދާން ހުރިތަ؟ ޕްރޮފެސަރ ބުނުއްވަނީ ކީކޭތޯ؟

  14. ބޮލުރޮދި ޝަރީފް

    އޮޅުވާލި ވޯޓް އަތަށް ގޮވައިފި ދެން ރޮދި ކެނޑިފަ ހުރޭ އޭރުން ދުނިޔެމަތީގަ ވާ އެއްވެސްކަމެއް ނުދަންނާނެ.

  15. ބަލާބަލަ

    އިލެކްޝަނުން ކޮންއިރަކުތަ ބުނީ 12 މެމްބަރުން މަޖިލީހަށް ވަދެވޭނޭ.. އިލެކްޝަނުން ނެރުނު ބަޔާނުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމާށާއި އަދި 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވޭނީވެސް ސްޕްރީމްކޯޓް އިން ވަކި ގޮތެއް ކަނޑައެޅީމަކަމަށް. މީގެ ކުރިން އިލެކްޝަންގައި ތިބި މީހުން އޮތީ ގޮނޑިވަނީ ގެއްލިފައި ކަމަށް ބުނެފައި. އެ ނިންމުމަކީ ކުރީގައި އޮތް އިލެކަޝަނަށް ނުނިންމޭނެ ކަމެއް. ސަބަބަކީ 12 ދާއިރާގެ މެމްބަރުން ޕާޓީ ބަދަލުކުރިފަހުން އެންޓި ޑިފެކްޝަން ގާނޫނަށް އަމަލުކުރަން ފެށުން. 12 ދާއިރާގެ މެމްބަރުން ޕާޓީ ބަދަލުކުރި އިރުގައި އެގާނޫނު އެއީ އުފަން ނުވާ ގާނޫނެއް. ކުރީގެ އިލެކަޝަނުން ގޮނޑި ގެއްލުނީކަމަށް ބުނެފައި އޮތީމާ އެ އޮތް އޮތުން އިލެކަޝަނުން ބާތިލް ކުރީ..އެއީ އިލެކްޝަނަށް ކުރެވޭނެކަމެއް.ވިސްނިއްޖެތަ! ދެން އޮތީ ސްޕްރީމްކޯޓުގެ ވާހަކަ..12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ހިލާފް އުފެދިފައި ވާތީ މިހާރު އެ މައްސަލަ ސްޕްރީމްކޯޓުން ވަނީ ބަލައި ނިންމާފައި ނުކުރެވި އޮތް ކަމަކީ ހުކުމް ކުރުން. ގޮތެއް ނިންމުން..ހިލާފު އުފެދުނު ސަބަބަކީ 12 މެމްބަރުން ޕާޓީ ބަދަލު ކުރިފަހުން އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދަށް އައުން..ޝުކުރިއްޔާ

  16. ނިސްޔާނު

    އަޙްމަދު ޝަރީފްގެ ޙާލަތު ސާފް! ވަފާދާރު ކުއްތާވެސް އޭތީގެ ސާހިބުމީޙާޔަށް ކެއްސެއްދިނުމަށް ބަޔަކުރާވާނަަ އެސޮރަށްވީވަރަކުން ސާހިބުމީހާއަށް ސަލާމަތްތެރިކަން ދެއެވެ. ވޯޓް އޮޅުވާލަފައިވާކަމަށް ދެކެވޭ ވާހަކަ ކަށަވަރު!

  17. ރައްޔިތުން

    ތިވީގޮތުން އެ 12 މެމްބަރުންގެ ފަރާތުން ގެއްލިގެން ދިޔަ ހުރިހާ އިމްތިޔާޒަކާއި އަދި މުސާރަ އަދި އެލަވަންސް ތަކާއި އެނޫން ހައްގުތަށް އެމީހުންނަށް މަޖިލީހުންދޭންޖެހޭ. އަދި ސްޕްރީމް ކޯޓުން އެމީހުންގެ ގޮނޑި ގެއްލުނު ކަމަށް ނުނިންމާ. އަދި އެކަން ނިންމުމަށް އެކަން ފައިސަލާވެސް ނުކުރޭ. ގޯހުން ގޯހަށް އެކޯޓު އެދަނީ. އީސީ އިން އެނިންމީ މިކަމާއި ގުޅިހެން ކުރިން ނިންމާފައިވާ ނިންމުމަކީ އެމީހުންގެ އިޚްތިޞާސްތެރޭގައި އޮތް ކަމަކަށް ނުވާތީ އެކަން ރަނގަޅު ކުރީ.

  18. ޒާ

    ޝަރީފް މެން އުޅުނީ ވަރަށް ފުއްޕަން. ތިމާމެންނަށް ކުރެވޭނެ ކަންތަކާއިނުކުރެވޭނެ ކަންކަން ނޭނގޭހާވެސް ގަމާރު. ދެން ގެއަށްދޭ.

  19. ޢަލީ

    ކަންކަން ހަޖަމް ނުވާނީ ޕޕއމ މީހުންނަށް.

  20. ޖިމީ

    އެހާވަރަށް ރުފިޔާ ލިބުނީމަ ދެންވާނުވާ އެއްވެސް ނޭނގޭނެތާ.

  21. ޙާޖީ ތުއްތު ދީދީ

    އެކަމުގައި ކޮންމެހެން އިލެކްޝަނުގެ ތާއީދެއް އަދި އެއްބާރުލުމެއްވެސް ބޭނުމެއްނުވޭ.

  22. އަވަސް.

    އިލެކްޝަނުގައި މިތިބެ މީހުންގެ ލަދު ހަޔާތްކޮބާ؟

  23. ސަމާ

    ކުރީން އަހަރެމެން ހީކުރީ ވަގީ ހަމައެކަނި ޔާމީން ކަމަށް މިހާރު އެނގިއްޖޭ. ގުދޯއި ގުދޯއި ކަން އެކިޔަނީ.ވައްކަން ކުރާ ގޮތަކަށް މެދުވެރި ވެއްޖެ ކަމަށް ވަންޏާ ވައްކަން ހަމަ އެނެމެންވެސް ކުރާކަން.

  24. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ނަންމަޝްހޫރު، ޤާނޫނު ވަކީލު އަލީ ޙުސައިނަށް އޮޅުންއަރައި އިންކާރު ކޮށްފައިވާއިރު، އީސީއަށްވެސް އެފަދަގޮތެއް ވެދާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، މައްސަލައަކީ، ވަރަށްނާޒުކު މައްސަލައެކެވެ. މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވަނީ، ތިޔަ މައްސަލާގެ ނިޞްބަތުގައި ކަމަށް ބެލެވެއެވެ. ވެރިމީހާއަށް އޮންނަ އިޢުތިބާރަށް ބަދަލު އައިސްފައިވަނީ، ތިޔަ މައްސަލައާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކުން ކަމަށް ބުނެވެއެވެ. ޝަރީޢަތުގެ މަރްޙަލާގައި ތިޔަ މައްސަލާގައި ބަޙުޘްކޮށް ވަކާލާތުކޮށް ހަދަމުންދެއެވެ. އަދި މިހާރުވެސް ތިޔަ މައްސަލައަކީ، މަތީމަރްޙަލާގައި އޮތް މައްސަލައެކެވެ. މިކަންކަން މިގޮތަށް ހުރުމުން، އީސީގެ ނިންމުން އަނބުރާ ގެނައުމުން، އަދި މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ދޫކޮށްލުމުން، ޔަޢުނީ، މައްސަލަ ވުޖޫދުވުމަށް މެދުވެރިވި ސަބަބު އޭގެޒާތުގައި އުވިދިޔުމުން އެޙާލަތުގައި ޢަމަލު ކުރެވޭނެގޮތަކާއި މެދު އީސީއަށް އޮޅުންއަރާފައިވާ ފަދައިން މަޝްހޫރު ޤާނޫނީ ވަކީލަށްވެސް މިވަނީ އޮޅުންއަރާފައެވެ. އެހެނީ، މިރާއްޖޭގައި ޒަމާނުއްސުރެ ޢަމަލު ކުރެވޭ އުޞޫލުން މިދެކެވޭ ވާހަކަތަކަށް ބަލާއިރު، މައްސަލަ ވުޖޫދުވުމަށް މެދުވެރިވި ސަބަބު އުވިދިޔުމުން ޙާލަތުބަދަލުވެއެވެ. އެހެންނަމަވެސް، ކޯޓުންބޭރުގައި ޙައްލުނުކުރެވޭ ކޮންމެ މައްސަލައެއްގައި ނުވަތަ ކޮންމެ ޚުޞޫމަތެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، އެވަގުތަކު އެމައްސަލައެއް ބަލަމުންދާ ކޯޓަކުންނެވެ. މިކަމަށް އިންކާރު ނުކުރެވޭނެއެވެ.