ރިޔާސީ އިންތިޚާބުގެ ނަތީޖާ، އަވައްޓެރި ގައުމެއްގެ ޖާސޫސީ އިދާރާ އާއި ގުޅިގެން އޮޅުވާލަފައިވާ ކަމަށް ތުހުމަތު ކުރެވޭ ބީދައަކުން ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް މިރޭ ޓްވީޓެއް ކުރައްވައިފިއެވެ.

ޚަލީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2008 ގައި ވެރިކަމަށް އާދެވުނީ ވެސް ވޯޓުން ވައްކަން ކޮށްގެން ކަމަށާއި އެފަހަރު ފަޅާ ނޭރިޔަސް، ﷲ ގެ ވާގިފުޅާއި އެކު ވޯޓް ވަގުން މިފަހަރު އެނގޭނެ ކަމަށެވެ.

"އަވައްޓެރި ގައުމެއްގެ ޖާސޫސީ އިދާރާ އާއި ގުޅިގެން ރައްޔިތުންގެ ޙައްޤަށް އަރައިގަތް ވޯޓު ވަގުން ފަޅާ އެރުމުގެ ވަގުތު ދަނީ ކުޑަތަންވަމުން" ޚަލީލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޚަލީލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުގެ ވޯޓް އޮޅުވާލާފައި ވާނެކަމަށް އެމްޑީޕީ އިސް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުން ކަމަށެވެ. އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުންގެ ފަރާތުން ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

އިންތިޚާބަށް ފަހު ޕީޕީއެމްގެ ބައެއް މެންބަރުން ތުހުމަތުތަކެއް ކުރަމުން ގެންދަނިކޮށް މީސް މީޑިއާގައި ދައުރުވާން ފެށި އޯޑިއޯއެއްގެ ސަބަބުން އިތުރު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ދައުރުވަމުންދާ އޯޑިއޯއެއްގައި ކާކުކަން ނޭނގޭ މީހަކު ފުރަތަމަ ބުނަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކައަކުން ވަރަށް ބިރުގަންނަ ކަމަށާއި، ރައީސް އެމީހަކަށް މެސެޖެއް ނުކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޖަވާބުގައި ޝަރީފް ވިދާޅުވީ އެވާހަކައެއް ޝަރީފް ކައިރީގައި ދެއްކީ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ކަމަށެވެ.

އޯޑިއޯގައި ދެން ދައްކަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާ ގުޅިގެން "ނުބަޔެއް" ހަދައިގެން އޯޑިއޯގައި ދެވަނައަށް ވާހަކަ ދައްކާ މީހާއަށް މީހުން ބަވާތީ އެކަމާ ކަންބޮޑުވާ ވާހަކައެވެ. އަދި އެކަންކަމަށް ކަނބޮޑުނުވެ އެކަމާ ސުވާލުކޮށްފިނަމަ "ނުދެނަހުރި" ކަމަށް ހެދުމަށް ޝަރީފް އެމީހާ ކައިރީގައި ބުނާއަޑު އޯޑިއޯއިން ވަރަށް ސާފުކޮށް އިވެޔެވެ. އަދި މިކަމުގެ ތެރެއަށް ނުވެއްދުމަށް އިތުރު މީހަކު މި އޯޑިއީގައި ބުނާއަޑުވެސް އިވެއެވެ. ބެލެވޭ ގޮތުގައި އެއީ ކޮމިޝަނުގެ އިތުރު މެންބަރެއްގެ އަޑެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ އެއީ އެޑިޓް ކޮށްފައިވާ އޯޑިއޯއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އިންސާނާ

    ޕީޕީ އެމް އިން ވަނީ އިނތިހާބު ގަބޫލު ކޮއްފަ އެހެންނަމަވެސް އިލެކްށަނާމެދު މިހާރު ކުރަމުނދާ ތުހުމަތުތަކައް އިލެކްށަނުން ޖަވާބުދާރީވެ ރައްޔިތުންނައް ހަގީގަތް އޮޅުން ފިލުވަދޭންޖެހޭކަމައް އަޅުގަނޑުގެ އަމިއްލަ ނަފްސު ގަބޫލުކުރަނީ

  2. ނާނަ

    ހަމަ ރަނގަޅަށްވެސް އޮޅުވާލީތަ. ތަފްސީލުކޮށް ކިޔައިދީފިއްޔާ ރަނގަޅު އޮޅުވީ ކިހިނެއްކަން

  3. އައްޔަ

    އިންޑިޔާކަމަށްވާނީ، އިންޑިޔާ މިހާރުވެށް ޑީލް ހަދަމުންދަނީ، އަދިމިއުޅެނީ ވެރިކަން ނުލިބި.

  4. ޖަަަަޖޖ

    ވޯޓުން ހޮވޭގޮތް ނުވުމުން ހިނގާދެން ކޯޓަށް ދަމާ

  5. ޢަފދަު

    ހަލީލު ކޮންމެވެސް މޮޅުވާހަކައެއްފަޅާލައިފި. ދިވެހިން މިހާރު ވަރަށް ވިސްނާނެ ހަހަހަ މޮޔައެއްނޫން ހަލީލުހާ

  6. ޔާމިނު

    އޮޅުވާލައިގެން ވެސް ބަލިކުރީ

  7. ނުރަބޯ

    މިއީ އެމްޑީޕީ އާއިދިމާވި ކަމެއް ނަމަ އަލުން ވޯޓުލާންވެސް ޖެހުނީސް.

    • ތީ ތެދެއް!

      ރާއްޖޭގެ އެކި ކަންކޮޅުގަ ހުޅު ޖަހާ މުޒާހަރާކޮށް ސިފައިންނާ އާންމުންނާ ތަޅާފޮޅާ ޖަލަށް ދާން ގިނަބަޔަކަށް ޖެއްސީސް. މޑޕ ތިބީ ޔާމީން ވޯޓުން މޮޅުވަން ހަދާނެ ހުރިހާކަމެއް ކޮށް ނިމެންދެން. ވޯޓަށް 1ދުވަސް 2ދުވަހަށްވީމަ ނޫނީ ވޯޓްލީ ދުވަހާއެކީ އެންމެން ގަނެލީ ކިހިނެއް ކިހިނެއް. އެންމެ ހީނުކުރާމީހުންވެސް އެމީހުންނަަށް ގަނެލެވީއްޖެ. ކޮންމެ ކަމެއްކުރިޔަސް ޑިނައީ ކުރަން އެއްބަސްވެގެން އެންމެން ތިބީ. ހިތުތެރޭ ބިރު އުފެދުނު މީހުންނާހެދި ފަޅާ މިއަރަނީ. މޑޕ މޮޅުވީޔަސް ހެވޭ. ބަޓް ޗީޓް ކުރީމަ ނޮޓް ދޯ. ﷲގެ ކޯފާއިން ސަލަަމަތްވާނެ އެކަކުވެސް ނުހުންނާނެ.

  8. ރޭރުވަންތޫރަ

    ބޮޑުބަލި އެންމެފަހުންނިމިގެންދާނީ އދ ގެ ސަލާމަތީމަޖިލީހުން ކުރުވިކަމެކޭކިޔާފަހެންހީވޭ؟ ބޮޑަށްބެލެވެނީ އެކުވެރިޗައިނާއިން ކުރުވިކަމެކޭބުނަން ނުކުރެވިގެންއުޅެނީހެން

  9. ކާތިބު

    އެމެރިކާކޮޕީކުރަންފެށީދޯ ؟ ހާދަހާ ރަނޑުބައެކޭ. ދެންވެސް ތިޔަރަނޑުކަންކަނޑުވާލާ ނިކަން ސުމާޓްވެބަލަ ، ތިއޮތޯ އޮރިޖިނަލް ބައްޔަކުން ބަލިވެފަ

  10. އައިންތު

    ޕިސް ޕިސް ޕިސް އެކަމަކު މިދެން ބޮޑުވަރު. ވޯޓް ލާ މަރުކަޒްތަކުގަ ކަންހިނގާ ގޮތް އެއީ ސާފުކޮށް އެންމެނަށް ދައްކައިގެން ކުރަމުންދާކަމެއް ކުރީ ފަހަރުވެސް ކުރިގޮތަށް މިފަހަރުވެސް ކުރީ ވޯޓް އޮޅުވައިލާނެ ފުރުޞަތެއް ނޯވޭ. ބަލިވެވަޑައިެންނެވި ކަމަށް ޤަބޫލުފުޅުކުރައްވާދެން. މަވެސް ރައީސް ޔާމީނުގެ ސަޕޯޓަރެއް ވޯޓްލީވެސް އޭނައަށް އެކަމަކު މިހާރު ފޫހިވެއްޖެ. ދެން އިލެކްޝާނެއް ބާއްވައިފިނަމަ ވޯޓް ބަދަލުވާނެ އިބޫއަށް.

  11. ސަމާ

    ޔާމީން ވެރިަކމުން ވައްޓަން ބޭރުގައި ފިއްލަވައިގެން ތިބި މިރާއްޖޭގެ ރައްޔިތުން މަސައްކަތް ކުރައްވާތާ 5 އަހަރު ދުވަސް ވެއްޖެ. އެއްމެ ބޮޑަށް ޔާމީންގެ ވެރިކަމާ ހެދީ ޖެލެސް ވެގެން އުޅެނީ އެއްވެސް ވެރިކަމެއް އެމީހަކަށް ކަމަކު ނުދިޔަ ބޮނޑިބަތް ޖަމީލެވެ.. ބޭރު ފަރާތްތަކުން އަތް ބާނުވައިގެންވެސް މިރާއްޖޭގެ ވެރިކަން. އެމީހުން ބޭނުންވޭ. ޔާމީން ހީކުރި ގޮތަކަށް ނޫން އެމީހުން ކަންތައް ނިންމައިގެން ތިބީވެސް ޖާސޫސު ކޮށްގެން ވެސް ޔާމީންގެ ވެރިކަން ވައްޓަން. ޔާމީން ބޮލުަގއި ހުރިހާ ވަގު ތުހުހުމަތު ތައް އަޅުވާފަ ތިބިމީހުންންނަށް މިހާރު އެނގޭނެ ވަގުންނަކީ ކޮންބައެއކަން ކިހާވަރަކަށް ވައްކަންކޮށްގެން ކަން ވަގުންނަށްވަނީ.އެމްޑީޕީ މީހުން ލާރިބެހިޔަސް އެމްޑީޕީ މީހުންގެ އެކައުންޓްތަކަށް މިހާރު . ﷲ ތަޢލާ އެކަން އެމީހުންނަށް އެއޮތީ ދައްކަވާފަ. ހަމައަންތަރީސް

  12. ޒާ

    ވޯޓް ލީމީ ހުންނާއި ވޯޓްގެ އަދަދު ދިމާނުވާ ފޮށި ހުރި. ޝީޓްގައި އަދަދު ޖެހުމުގައިވެސް ހުރި ނުބައިކޮށް އަދަދު ޖަހާފައި. މިއީ ކުދި މައްސަލަ ތަކެއްނޫން.

  13. ނަފީސާ

    އިންޝާއަﷲ ، ވޯުޓުވަގުން ރަގަޅަށް ފަޅާއަރާ އަލުން އިންތިޚާބު ބާއްވަންޖެހޭނެ! ވޯޓުވަގުން ނުވެސް ނިދާ އެތިބަ ތެޅި އަރުވަނީ ހުވާނުކުރެވިގެން! ދެން އިންތިޚާބު ބާއްވާފިއްޔާ އިން ޝާ އަﷲ 125000 ވޯޓް ރައީސް ޔާމީން ނަންގަވާނެ! އޭރުން އިދިކޯޅޭ ބޮޑުކޯލިސަނަށް ލިބޭނީ 113000 ވޯޓް.

  14. ރިޒާ

    ތި އިދާރާއަކީ ކޮބާ އަވަހަށް ތަފްސީލް ބޭނުން ތި އިދާރާގެ ނަންއެގޭއިރަށް ކޯޓަށް ދާން ތައްޔާރު

  15. އަލީ

    އެއްވެސް އޮޅުވުމެއްނެތް ، ފެންނަން މިއޮތީ ވޯޓް ދިންގޮތް

  16. ދެކޭގޮތް

    ކުރިން ގަބޫލު ކުރެވުނީ މައްސަލައެއް އުޅޭކަން ނޭނގި. އެކަމު ފަހުން އެންމެނަށްވެސް އިނގުނީ ބޮޑު ނުބައެއް އުޅޭކަން. އެހެންވީމަ ކުރިން ޕީޕީއެމް ގަބޫލު ކުރިއޭ ކިޔައިގެން ކުރިއެއް ނުހޯދޭނެ. ސޮރީ

  17. ފްލޯކު

    ވޯޓު ނޮޅުވިގެން ހާދަ މަސައްކަތެއް އެބަކުރެޥޭ ޥޯޓު ނޮއޮޅިވިގެން އުޅޭނީ ފެށުނީއްސުރެން ގަދަކަމުން ވޯޓު ހޯދަން އުޅުނު މީހުން. ޢެމެރިކާގެ ވޯޓަށް ރަޝިއާ ނުފޫޒު ހިންގި އަޑުއިވުނީމާ އފޯމިއުލާ ގެ އީކުއޭށަން ނޭގެނީކަމަށް ވެދާނެ.

  18. އަހޫ

    ތީކީ މާބޮޑުކަމެއް ނޫން އިލެކްސަނުން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާ ސުވާލުތަކަށް ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭނެ..ތުހުމަތުތަށް ސާފުކޮށް ދިނުމަށް މިގޮވާލަނީ..އަދިވެސް ލަސްނުކޮށް އިލެކްޝަނުން ވީގޮތް ސާފުކޮށްދީ...

  19. ސާމް

    ނޫން. ވޯޓް ގަތީ އެމްޑިޕީ އިން .ބޭރުން އިންޑިޔާ އިނގިރޭސި ވިލާތް އެމެރިކާ ފަދަ ބޮޑެތި ޤައުމުތަކަން ރާއްޖޭގެ ރައްޔުންނަށް ރުފިޔާ އޮއްސާލީ.އެމްޑީޕީ މީހުން އެނގިފެނިގެން ހެދީ ދޮގު. އެމްޑީޕީ މީހަކަށް .ރުފިޔާއެއްދިނަސް އެމްޑީޕީ މީހުން ބަދަލު ނުކުރެވޭނެ. ހަމަ ނުދޭނީ ނުދޭނެ މީހަކު. ހަމަ ޕީޕީ އެމަށް ވަފާތެރިމީހުންވެސް ބޮޑެތިޮ ޢަދަދުން ދީފަ ބަދަލުކުރި. ބޭރުން ރުފިޔާދީގެންވެސް އޮތީ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އައްނި މިރާއްޖޭގެ ވެރިކަން ހޯދައި ދިނުމަށް ފައްޅި އަޅަން ބޭރުމީހުން ބޭނުންވޭ. މިރާއްޖޭގެ އެސެޓްސް ތައް އިންޑިޔާއަށް ވިއްކާލުމަށް އައްނި ބޭނުންވޭ. މިހުރިހާކަމެއް ބޭރުމީހުން ލައްވާ ދިވެހިރާއްޖެއާ ޖެއްސި މީހަކީ އައްނި.ދެން ބޮނޑިބަތް ޖަމީލް ދެން ކެރަފާ ދެން ދެއަތަށް އެނބުރޭ ބުރުމާ. ދެން މިރާއްޖެ އޮންނާނީ ބޭރު މީހުންގެ އަޅުވެތިކަމުގައި.އެމީހުން ބުނާހާ ގޮތަކަށް ހަދަން.

  20. ތިލަދުންމަތި

    96000 އިންތިހާބު ބޭއްވިޔަސް ވަގު ޔާމީނު ބޮޑުތަނުން ބަލިކުރާނަން.