ރިޔާސީ އިންތިޚާބުގެ ނަތީޖާ މުޅި ދުނިޔެއިން ވަނީ ބަލައިގަނެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެޓީވީ" ގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ ރައީސް ޔާމީން އެހުންނެވީ އަމިއްލަފުޅަށް ޖެއްސެވި މަޅިއެއްގައި ތާށިވެފައި ކަމަށާއި ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި ބަލި ގަބޫލުކުރެއްވުމަށްފަހު، މަގު މައްޗަށް މީހުން އެއްކޮށް މުޒާހަރާ ކުރުމަށް ގޮވާލުމަކީ ލަދުވެތިކަމެއް ކަމަށެވެ.

"މިއަދު ދިވެހި ރައްޔިތުންގެ އަޑު މިހާރުވަނީ އިއްވާފައިވާ، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަކީ އެންމެންގެ ޒިންމާއެއް, އިންތިޚާބުގެ ނަތީޖާގެ ސައްހަ ކަމާމެދު ސުވާލު އުފައްދާ މުޒާހަރާ ކުރަން ނުކުންނެވީ ރައީސް ޔާމީން އަމިއްލަފުޅަށް ޖެއްސެވި މަޅިއެއްގައި އެމަނިކުފާނު ތާށިވެގެން" އޭނަ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ރައީސް ޔާމީން އިސްވެ ހުންނަވައިގެން މުޒާހަރާއަށް ގޮވާލުމަކީ ވަރަށް ހުތުރު އަމަލެއްކަމަށާއި ރިޔާސީ އިންތިޚާބުގެ ނަތީޖާ މުޅި ދުނިޔެއިންނާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން ބަލައިގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ނޫނެކޭ ބުނެ ރައްޔިތުންގެ ބަސް އިއްވުމުން ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކައިފި، ގައުމުގެ ސަލާމަތީ ބާރާއި، ސަލާމަތީ ޚިދުމަތްތަކުން އިންތިޚާބީ ރައީސްގެ އަރިހަށް ޒިޔާރަތްކޮށް އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކަންކަން ތަރުތީބު ކުރައްވަމުން ގެންދަވާ ތަން އެބަ ފެނޭ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ހުދު ސަރުކާރުގެ ވަޒީރުން މިވެރިކަން ބަދަލުކުރުމަށް އެއްބާރުލުން ދެއްވަމުން ގެންދަވާތަން ފެނިއްޖެ ކަމަށާއި މިފަދަ މަންޒަރުތަކުން ދޭހަ ކޮށްދެނީ ޑިމޮކްރަޓިކް ނިޒާމް ހިންގުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރު ކަމަށެވެ.

"ކިތަންމެ ވަރަށް ގަޑުބަޑު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެ ރައްޔިތުން ބޭނުންވަނީ އޮމާންކަމާއެކު މިދައުލަތުގެ ކަންތައް ކުރިއަށް ގެންދަން ، ރައްޔިތުން ހަލަބޮލި ކަމެއް ބޭނުންނުވާނެ, މިއަދު ރައްޔިތުން ގަބޫލުކުރީ ކޯލިޝަންގެ މެނިފެސްޓޯއާއި، ކޯލިޝަންގެ ބަސް" ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނުރާ

    ރައްޔިތުން އަޑު އިއްވީ ވައްކަން ކޮށްގެން ކަލޯ...ފަޅާ އަރުވާލާނަން.

  2. ރައްޔިތުން

    ޕިންކް ކުލައިގެ ކުދީންގެ ބެލުމުގެ ދަށުން ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި ވޯޓްލައި އަދި ވޯޓްލާ މަރުކަޒުގައި ޕިންކް ކުދީން ވޯޓް ގުނައި އެމީހުން ނަތީޖާ ކަށަވަރުކޮށް ދެފާތުގެ މީހުންލައްވާ ސޮއިކުރުވައި ނެރެފައިވާ ނަތީޖާ އެއް ދެން ވޯޓް އޮޅުވާލީއޭ ކިޔާނެ ޖާގައެއް ނެތް. ކުރަން އުޅުނު އެއްކަމެއް ނުކުރެވޭނެ މިވޯޓިން ނިޒާމުގައި އެހެންވެ މިނިޒާމު އަހަރެމެން ތަޢާރަފް ކުރީ،

  3. އެމް ޑީޕީ

    މުޅި ދުޔެ އެއްބަސްވިޔަސް ޙަރާމް ކަމެއް ޙަލާލުވާނެ އެއްވެސް ގޮތެއް އޮންނާނެތަ؟

  4. ކަސަބު

    ޝާހިދުއަށް އިންތިޚާބުގެ ނަތީޖާއާމެދު ޝައްކުއުފެދެނީތޯ އަހާލަންބޭނުންވޭ! ބަލަ ޔާމީނުވެސް ހުންނެވީ ނަތީޖާ ބަބޫޅުކުރައްގެން ޝާހިދުއަށް އޮޅިވަޑައިގެ ތިޔައުޅުއްވަނީ އަނއްކާ

  5. ނާދީ

    ދުނިޔެއިން ބޭރުން ބަލައެއްނުގަނޭތަ

  6. ނެތީމޭ

    ދުނިޔެއިން އިންތިޚާބުގެ ނަތީޖާ ބަލައިގަންނަނީ އެމެން ވޯޓް ކަރުދާސް ތައް ގުނިތޭ ނޫން ނުގުނާ ދޯ ދެން އެމެން އިންތިޚާބު ބަލައިގަތޭ ތަމެން ބުނި ނަމަވެސް އެއީ ބުއްދީގެ ހަމަ ތަކުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ކުށް ހޮވުނު ކެންޑިޑޭޓް ކޮށްފައިވާ ކަމަށް ތަމެންނަށް ނޭގެއޭ މަމެން ބުނަން ނެތީމު ދޯ.

  7. ނަގޫރޯޅި

    މުޅި ދުނިޔެއިން ބަލައިގަތީ ކަންހިންގާފަ އޮތީ ގަދަބާރުތައް ބައިވެރިވެގެން އެމީހުން ބޭނުންވާ ނަތީޖާ. އެހެންވީމަ ބޭންކޫ ތަކުގެ ތެރޭން ހިންގާފަ ހުރި މުއާމަލާތްތައް އެމީހުން ހިމާޔަތް ކުރާނެ އެލީކުވިޔަކަނުދޭނެ. މީ ލައްކަ ވާހަކަ

  8. މޫސާ

    ނަތީޖާ ރައީސް ޔާމީން ވެސް ވަނީ ބަލަިގެނ ބަލި ގަބޫލު ކުރައްވާފަ. ނަމަވެސ މަސްއަލަ އުޅޭ ކަމުގަ ވާނަމަ ތަހުގީގު ކުރަންޖެހޭ. އެމެރިކާގަ އެންމެ ފަހުން ބޭއްވި އިނތިހާބު ވެސް ހިލަރީ ވަނީ ބަލި ގަބޫލު ކޮއްފަ. ނަމަވެސް ދަނީ މިހާރުވެސް ތަހުގީގު ކުރަމުން އެފް.ބީ.އައި އަދި ކޮންގުރެސް އިން ވެސް. ވީމަ މިކަމުގަ ތެޅިފޮޅޭކަށް ނުޖެހޭ. ތިވަރައް ޝާހިދުމެން ތިތެޅި ފޮޅެނީ ގޯހެއް އުޅޭތީ ކަމަށް ލަފާކުރެވިދާނެ.

  9. ރައްޔިތުމީހާ

    އަހަންނަކީވެސް ދިވެހިރާއްޖޭގެ ރައްޔިތެއް މަށެއވެސް ނަތީޖާ ގަބޫލެއްނުކުރަން

  10. ކައްތިރި

    މުޅި ދުނިޔެއިން ބަލައިގަތީމަ އެރަނގަޅުވީތަ؟ މުޅި ދުނިޔެއިން ބަލައިގަތަސް ނުބައެއް އޮތިއްޔާ ހަމަ ނުބައިވާނެ!

  11. އެވްރީ

    އިންޑިއާ އާލާތުން މަހަށް ދޭބަލަ މަމެން ޕިންކީން މިފަހަރު ރިޔާސީ އިންތިޚާބުގައި ތަމެން އެމްޑީޕީ އާލާތުން އިންށިއާ އާލާތުންނާއި ގުޅިގެން ވޯޓް ގައި މަކަރާއި ހީލަތް ހަދާ ވޯޓް ގައި އޮޅުވާފައިވާތީވެ މަމެން ގަބޫލެއް ނުކުރާނަމޭ އެއްގޮތަކަށް ވެސް އިންތިޚާބުގެ ނަތީޖާ އެއް ޖެހޭނީ ވޯޓްގެ ނަތީޖާ ބަލަން އަދި ނަތީޖާ ބާތިލް ކުރުމަށް ފަހު އަލުން ވޯޓް ލާން މަމެން ޕިންކީން ނަށް ވޯޓް ލިޔޭ 150 ހާސް މީހުން އިލެކްޝަންސް ކަމިޝަންގެ މެމްބަރުން އެވޯޓް ތައް އުކާލީއޭ ސީ އޯވަރ ދެއަރ އޯވަރ ހިއަރ ޔޫ ކޭން ސީ ދެމް އޯއް ކީޕް ލުކިންގް އެޓް އިންޑިއާ ލުކް އެރައުންޑް އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންްސް ޑާންސް...

  12. ޒާ

    ދުނިޔެ އިނގެނީ މި ޝާހިދުއަށް އެކަނި. ކޮބާ ރާއްޖެ ހިފަން އިންޑިއާއަށް ގޮވާލީމާ އެމީހުން ޝާހިދު ކައިރީ ބުނީ ކީކޭތަ؟

  13. ބުރިޓޯ

    ނަތީޖާބަލައިގަތީމައިންތިހާބީރައީސްއާއި ވެރިކަންްހަވާލުކުރުމުގެމަސައްކަތް މުޅިދައުލަތުންވެސް އަމާންކަމާސުލްހަވެރިކަމާއެކު ކުރައްވަމުން އެގެންދަވަނީ. ޢެހެނަސް އިންތިހާބުގެ އެއްވެސް ޝަކުވާއެއް މައްސަލަ އެއް ނުބަލަން އޮތް ހުއްޖަތެއްނޫން ސަރުކާރު ބަދަލުކުރުމުގެ މަރުހަލާތަައްކުރިއަށްގެންދިމަކީ. ރައީސްޔާމީން ތިޔަވެރިކަމުގަ 30 އަހަރު ބަގުޑިބައްދާކަށް ނޫޅުއްވާ. އެމަނިކުފާނަކީ އެހާޑީގްރޭޑް ބޭފުޅެއްނޫން. ޝާހިދުކަހަލަ ގުއިރޯނުގަ ޖެހިވަޑައިގެންއުޅުއްވާ ބޭފުޅެއްނޫން ޔާމީންއަކީ .

  14. ނަސްރީނާ

    މިދައްކާ ވާހަކަޔައް ޖަވާބުނުދީ މުޅިން އެހެންވާހަކަޔެއް ތިކިޔަނީ. ކާކުހޭ ހެންދުނުގުޅާފަ ކަލޭވެސް ތިހިރީ މިވެނިވޯޓުތަކަކައް މިހެންހަދާފަ އެއްނޫންހޭ ބުނީ، ކޮންކަމަކާހޭ ހާސްނުވާންވީ، ކާކުހޭ ސަރީފް ސަރކިޔައިގެން އެގުޅީ، ސަރީފް ސަރ ނުބުނަންވީ ކާކުގެ ވާހަކައެއްހޭ އެހެންނޫނީ ސިޓީ އުރަ މަސައްލިބުނީ ސަރީފް ސަރ އަތުންނޭ މަވެސް ފަޅާ އަރުވާލާނަމޭ، ކާކުގެ ވާހަކަޔެއްހޭ ނުދައްކަންވީ، މޑޕ އިން ގުޅީމަ ކޮންކަމެއްހޭ ސާފުކޮއްދެންވީ، އަކްރަމްގެ ފޯނުކޯލެއް ނުލިބިގެން ލަސްވެގެން އުޅެނީ ކާކުހޭ، މިވާހަޔައް ސާހިދޫ ޖަވާބެއްދީބަލަ. ހައްތަހާވެސް ތިކިޔަނީ އެންމެން އޮތީ ނަތީޖާ ޖަބޫލު ކޮއްފައޭ. ނަތީޖާ ގަބޫލުކުރާނެތާ ވާނުވާ އޭރު ނޭގުނީމަ.

  15. ޢަލީ

    މުޅިދުނިޔެއިން ބަލައިގަތުމަކީ އެކަން ރަނގަޅުކަމަށް ބަލަންޖެހޭ ކަމެއްނޫން. މޮޔަފުޅުވީތޯ.

  16. ސޯ

    ދެން އަޅެ ތިހާވަރަށް ނުތެޅެބަލަ...އަޅެ..ޝައްކު ޔަގީނަށް ވެދާނެއޭ! މިމީހުންނާއި މިމީހުންގެ އަނގަ. ބޮޑު ޝުކުރެއް އެމްޑީޕީ ޗެއަރ ހަސަން ލަތީފް