އިލެކްޝަން ކޮމިޝަނުގެ ނިންމުމެއް އެތަނަށް ބަދަލު ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީއިން ބާތިލް ކުރީ އީސީގެ ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށް ވާނީ އެ ނިންމުމުގެ މައްޗަށް ދެބަސްވުމެއް އައިސްފައިވާ ނަމަ އެކަމެއްވެސް ނިމުމަކަށް އައުން ކަމަށެވެ.
EC in baathilkuree EC ge ninmumeh; EC ah EC ge ninmumeh baathil kureveyne; adhi e baathilkurumuge natheejaa akah vaanee ninmumuge macchah dhebasvumeh ufedhifavaanama e kameh ves nimumakah aun.
— Dhiyana ?🌹 (@dhiyanasaid) October 4, 2018
ކުރީގެ ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރެއްވި ދިޔާނާ މިހެން ވިދާޅުވީ އިލެކްޝަން ކޮމިޝަނުން 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމި ނިންމުން އެކޮމިޝަނުން ބާތިލްކުރުމާއި ވިދިގެން ސްޕްރީމް ކޯޓުން އެ ނިންމުން ބާތިލް ކުރުމުންނެވެ.
ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނުނިންމަނީސް އެމެންބަރުން ބައިވެރިކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އަދި އެ 12 މެންބަރުން ބައިވެރި ކޮށްގެން ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ރޭ ވަނީ ކަނޑައަޅާފައެވެ.
އިލެކްޝަން ކޮމިޝަނުގެ ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެ ކަމާއި މެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން 12 މެންބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލް އަދި ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށް ކަނޑައަޅާ މިކަން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ އެންމެހައި އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި އަމުރު ކުރާކަމަށެވެ.
އިއްޔެ އިލެކްޝަނުން ނިންމާފައި ވަނީ 12 މެމްބަރުޔންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ސްޕްރީމް ކޯޓުން ކަމަށް ވާތީ ކުރިން އެކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، އެ މައްސަލާގައި ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެދާއިރާ ތަކުގެ ބައި އިލެކްޝަން ބޭއްވުން މަޑުޖައްސާލާފައިވާ ކަމަށެވެ.
މިއޮށް ހުރިހާ ދުވަހު ކޮބާ ލަދުހަޔާތް ކުޑަވިޔަސް ބޮޑުވަރު
ފިލާ އޮވެފައި ނުކުތީދޯ އަވަހަށް އަގަ ފުރާ ވާހަކަ އަޅައިގެން ޓީވީތަކަށްށާއި ނުސްތަކަށް މައުލޫމާތުދީ ހުސް ދެފުއްކެރިން
އީސީގެ ނިންމުމެއް އީސީއަށް ބާތިލްކުރެވޭނެ ކަމަށް ތަމެން އެންމެ ދުކުނު ވިންގްގެ ކޮރަޕްޓް ލޯރޑަކު ބުނާނަމަ އީސީ އަށް ނިންމޭނެ ނޫންތޭ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ ވޯޓް ގައި މަކަރާއި ހީލަތާއި ވަގު ހަދާފައިވާ އިންތިޚާބެއް ކަމަށް އެހެން ކަމުން އެ އިންތިޚާބު ބާތިލް ކުރީ ކަމަށް އެކަން ކުރެވޭނެ ނޫންތޭ އެވްރީ މޫވް ޔޫ މޭކް އެވްރީ ބޮންޑް ޔޫ ބްރޭކް އެވްރީ ރޫލް ޔޫ ބްރޭކް އައި ވިލް ބީ ވޮޗިންގް ޔޫ ސީ އޯލް އޯވަރ ދެއަރ އެން ހިއަރ އައި ފީލް ސޯ އިންސޭން އޮފް ޔުއަރ ވިއުސް ލުކް އެރައުންޑް ޔޫ ކޮރަޕްޓް ކާރޓެލް އޯއް ކާންޓް ޔޫ ސީ އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ ދަ ކޮރަޕްޓް ކާރޓެލް...
ޖާބިރު އަށް ދިޔާނާ ވަރިކުރެވިދާނެ، އެކަމަކު އީސީ އަކަށް ސްޕްރީމް ކޯޓްގެ މަށްޗަކަށް ބަހެއް ނުކިޔޭނެ.
އެހެންވިއްޔާ އިންތިހާބުގެ ރަށްޔިތުން ތުހުމްތު ކުރާ ކަންކަން ބެލުމަށް ރަށްޔިތުންނަށް ދޫކޮށްލަންވީނު
އަނގަ ފަޅަން ފެށީ ދޯ.
ދިޔާނާ މެންނީ ޤާނޫނީ ދާއިރާއިން ފެއލް ވެފައި ތިބި މީހުން އޭރެއްގެ އޮންނަ ސަރުކާރެއް ދިފާޢުކުރުމަށް ބަންޑާރަ ނާއިބް ކަން ކުރައްވާމީހެއް. ތިމާގެ ފިރިމީހާ ހޮނޑާދޫ އިން ރެޑް ހޭންޑްކޮށްނެގީމަ ބަންޑާރަ ނާއިބެއްގެ ހައިސިއްޔަތުން ދިފާޢުކުރީ. ކޮބާ ޤާނޫނު. ތިމާ ވީމް ޤާނޫނު ވަކި ގޮތަކަށް އަނެކާ ވީމަ ޤާނޫނު ވށް. އަހަރެމެން މިހާރު ތިލޯޔަރުންނަކީ ކޮންބަޔެއްކަން އެނގިއްޖެ. އެކި ޕޯޑިޔަމްތަކަށް ޤާނޫނު ވިއްކައިގެން އުޅެ ބައެއް.
ކޯޓް ގަ އެ މައްސަލަ އެއް ހިގަމުންދަނިކޮށް އެހެންފަރާތަކުން އެއަށް ހުކުމެއް ނުނެރެވޭނެ .
މީ އަނެއްކަ ކޮންތަނަކުން ނުކުން ބުރާންޗެއް؟
މިއޮށްފާއިތުވިދިގު މުއްދަތުގައި ތިޔަ ސްޕރީމް ކޯޓަށް މައްސަލަ ހުށައަޅައިގެން ހޭރި ހޭރި ތިބެ ގޮތެއް ނިންމާދޭށޭ ގޮވާ އަދޭސް ކުރި އިރު ސްޕރީމް ކޯޓުގެ ފަޑިޔާރުން ތިބީ ހައިޖެކް ކޮށްފައޭ ބުނަންނުކެރުނީ ކީއްވެތަ ؟ ކަލޭމެން މަރުވީމަ ﷲގެ ދަރުބާރުގައި އީސީގެ ހުކުމަކީ ބާތިލު ހުކުމެކޭ ބުނަން ކަލޭމެންގެ ދޫހަލުވާވެސް ލެވޭނީ ﷲގެ އިޒްނަފުޅާއި އެކުގަކަން ތިބީތާއިންނަށް އެގޭތަ ؟ އެދުވަހުން ޔާމީނެއް ކަލޭމެން ސަލާމަތް ކޮށްދޭކަށް ނުހުންނާނެ ! ނޫނީ ކަލޭމެން ތީ މަރުނުވާނެ ބައެއް ތަ ؟
ތިބުނީ ވަރަށް ބޮނޑު
ތެދެއް
ތިޔައީ އަކީ ބަޔަކު ބަހުސަކަށް ދާންޖެހޭ ކަމެއް ނޫން މެމްބަރުންގެ ގޮނޑި ނުގެއްލޭ މެމްބަރުން ފުލުހުންގެ އެހީއާއެކު މަޖިލިސްކުރިއަށް ގެންދަންވީ، ސްޕްރީމް ކޯޓް އެއުޅެނީ މޮޔަފުޅުވެގެން
އާން އަގަފަޅަން ފެށީއެ..އީސީގެ ނިންމުން އީސީ ބާޠިލް ކުރީމަ އެނިންމުން ސްޕްރީމް ކޯޓުންވެސް ބާޠިލް ކުރީތާއެ... ހުސް ދެފުއްކެހެރީން.....
ކޯޓްމަރްޙަލާގައި އޮތް މައްސަލައެއްގައި ކޯޓުންބޭރުގައި ގޮތެއް ނުނިންމޭނެއެވެ. އެހެންނަމަވެސް، ކޯޓުން މައްސަލަ ނެރެ ބޭރުކުރުމަށްފަހު ކޯޓުން ބޭރުގައި ދެފަރާތުން ވާހަކަދައްކައިގެން ޞުލްޙަވެރި ޙައްލެއް ހޯދި ދާނެއެވެ. އަދި ކޯޓުގައި މައްސަލަ ހިނގަމުންދާއިރުގައިވެސް ކޯޓުން ބޭރުގައި ދެފަރާތުން ވާހަކަދައްކައިގެން ޞުލްޙަވެރި ޙައްލެއް ހޯދުމުގެ ފުރުޞަތު އޮންނާނެއެވެ.