ގާނޫނާއި އެއްގޮތަށް އުފެދިފައި އޮތް ސަރުކާރެއް ގާނޫނާއި ހިލާފަށް ވަށްޓާލަން އުޅުމުގެ ތުމުމަތުގައި ހައްޔަރުކޮށް، ވަޒީފާއިން ވަކިކޮށްފައިވާ އަށް ފުލުހުންގެ ތެރެއިން ބަންދުގައި ތިބި ހަ ފުލުހުން މިއަދު ދޫކޮށްލައިފިއެވެ.
އެމީހުން މިނިވަން ކުރީ ކްރިމިނަލް ކޯޓުންނެވެ.
އެކެއް އެފްބުރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގާދިޔަ ކަންތަށްތަކުގެ ތެރޭގައި އަށް ފުލުހަކު ހައްޔަރުކޮށް ވަޒީފާއިން ވަކިކުރިއެވެ. އޭގެ ތެރެއިން އެންމެ އިސްކޮށްތިބި ދެމީހުން ކަމަށްވާ ކުރީގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަދި އެސްއޯ ޕްލެޓޫނެއްގެ ކޮމާންޑަރ ސައިފް ހުސެއިން އާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދު ވަނީ އިއްޔެ މިނިވަންކޮށްފައެވެ.
މިއަދު މިނިވަންކޮށްފައިވަނީ ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތްކުރި ސާޖަންޓް އަބްދުﷲ ރިޔާޒާއި، ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި މުހައްމަދު ޝާމިން އަދި ސާޖެންޓް އަހުމަދު އާސިމް އާއި ސާޖެންޓް އަލީ ރިޝްވާންއެވެ.
ހައްޔަރެވުނު ފުލުހުންގެ ތެރެއިން އެންމެ އިސްކޮށް ހުރި ސައިފް ހުސެއިންގެ މަށްޗަށް ފަސް ދައުވާއެއް ކޮށްފައިވާއިރު ބާކީތިބި ފުލުހުންގެ މަށްޗަށް ހަތަރު ދައުވާއެއް ވަނީ ކޮށްފައެވެ.
ތިމީސްމީހުންގެ އަޞްލު ޞޫރަ ފެންނާނެ! ބަލަން ތިބެބަލަ!