ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުން ބަދަލުކޮށްލުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ﷲގެ ނިޔާ އެކަކަށްވެސް ބަދަލު ނުކުރެވޭނެ އަދާތަލު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައިސް ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އިންސާނާ ކިތަންމެ ވަރަކަށް ރޭވުންތަކެއް ރޭވި ކަމުގައި ވިޔަސް، އެއިން އެއްވެސް ކަހަލަ ފައިދައެއް ނުކުރާނެ ކަމަށެވެ. އަދި އެކަން ﷲ ގެ ނިޔާއިން ނިމިގެން ދާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
"އިންސާނާ ކިތަންމެ ވަރަކަށް ރޭވުންތަކެއް ރޭވި ކަމުގައި ވިޔަސް، އެއިން އެއްވެސް ކަހަލަ ފައިދާއެއް ނުކުރާނެ. އެކަން ﷲ ގެ ނިޔާއިން ނިމިގެން ދާނެ " އިލްޔާސް ވިދާޅުވިއެވެ.
ޝެއިހު އިލްޔާސް ވިދާޅުވީ އިންތިހާބު ހަލަބޮލިކުރަން އުޅުނު އެއްވެސް ބަޔަކަށް ފުލުހުންނާއި ސިފައިން އެފުރުސަތު ދީފައި ނުވާ ކަމަށާއި ސިފައިންނާއި ފުލުހުން ދެއްކެވި ސާބިތުކަމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާ ކަމަށެވެ.
"ކޯލިޝަންގެ މި އެއްބައިވަންތަކަން ދަމަހައްޓައިފިނަމަ ހަމަ އެކަނި ފަސް އަހަރެއް ނޫން. ކުރިއަށް އޮތްތަނުގައި ވެސް ވެރިކަން ކުރެވޭނެ. މިއެއްބައިވަންތަކަން ދެމެހެއްޓުމަކީ ވާޖިބެއް. އަދި މިގައުމު ބިނާ ކުރުމަށްޓަކައި ގައުމު ދިމާވެފައިވާ ނާމާން ކަމުން ސަލާމަތް ކުރުމަށް ވެސް އޮން އެންމެ ރަނގަޅު ގޮތް" ޝެއިހު އިލިޔާސް ވިދާޅުވި އެވެ.
ޝައިހު އިލްޔާސް ވިދާޅުވީ އެހެނިހެން އިންތިހާބުތަކާ މުޅިން ހިލާފަށް މިއިންތިހާބުގައި ރައްޔިތުން ވޯޓްލާން ނިކުތީ ހިތާ ރުހުުމުން ކަމަށެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފު ކުރައްވައި އިލްޔާސް ވިދާޅުވީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ މަޑުމައިތިރި ކަމާއި އޯގާތެރިކަން ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެފައިވާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކިބައިގައި އެބަހުރި ކަމަށެވެ.
ޙެހެހެ ކަންނެލި އޮޑި
ރިލޯޑް އިލްޔާސް އެވެ. ކަލޭ ތީ ވަހީ އަންގަވާ މީހެއް ހެއްޔެވެ؟ ވަގުތު ޖެހުމުން މިކަންވެސް ނިމޭނެއެވެ.
އިންޑިއާ އާލާތުން މަހަށް ދޭބަލަ މަމެން ޕިންކީން މިފަހަރު ރިޔާސީ އިންތިޚާބުގައި ތަމެން އެމްޑީޕީ އާލާތުން އިންށިއާ އާލާތުންނާއި ގުޅިގެން ވޯޓް ގައި މަކަރާއި ހީލަތް ހަދާ ވޯޓް ގައި އޮޅުވާފައިވާތީވެ މަމެން ގަބޫލެއް ނުކުރާނަމޭ އެއްގޮތަކަށް ވެސް އިންތިޚާބުގެ ނަތީޖާ އެއް ޖެހޭނީ ވޯޓްގެ ނަތީޖާ ބަލަން އަދި ނަތީޖާ ބާތިލް ކުރުމަށް ފަހު އަލުން ވޯޓް ލާން މަމެން ޕިންކީން ނަށް ވޯޓް ލިޔޭ 150 ހާސް މީހުން އިލެކްޝަންސް ކަމިޝަންގެ މެމްބަރުން އެވޯޓް ތައް އުކާލީއޭ ސީ އޯވަރ ދެއަރ އޯވަރ ހިއަރ ޔޫ ކޭން ސީ ދެމް އޯއް ކީޕް ލުކިންގް އެޓް އިންޑިއާ ލުކް އެރައުންޑް އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންްސް ޑާންސް...
ވެރިންނޭވެ. މިހާތަނަށް ރައްޔިތުންނަށް ކަމުދިޔައީ މަޑުމައިތިރި ރީތިބަސްމަގު ގެންގުޅުނު މީހުން.
1- މައޫމުން - މަޑުމައިތިރި ، ސްލޫކު ރަނގަޅު އަދި ވިސްނުންތެރިކަމާއިއެކު މުޚާތަބު ކުރެއްވި.
2- އައްނި (މީނަގެ ވާހަކަ ބޭއްވިއްޔާ ރަނގަޅުވާނީ)
3- ޑރ.ވަހީދު - ވަރަށް ހިތްވަރުގަދަ، މަޑުމައިތިރިކަމަށް ލޯބި ކުރެއްވި ބޭފުޅޭއް
4- ޔާމީން - ކިޔާނެ އެއްޗެއްނެތް. އަދި ކަލޭމެން ކުދިން ހަނދާންނެތޭހާ ދުވަހެއްނުވޭ. ޔާމީނާއި މެޑަމް އާއި ދެމީހުންނަކީ އެއްކަހަލަ ދެމީހުން.
5- އިބޫ - ވަރަށް ހިތަްހެޔޮ ، މަޑުމައިތިރި ބޭފުޅެއް
މި ކަލޭގެ އަނގަ ބަންދު ކުރައްވާށީ. ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގު ވައްޓާލަން އެންމެ ބުރަކޮށް މަސައްކަތްކުރާ އެކަކު މީ. މިފަދަ ނުބައި މީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި.
ރިޔާސީ އިންތިޚާބުގައި ޕީއެސްއެމް އިން އޮތީ ވަކި ކޮޅަކަށް ޖެހިފައި ކަމަށް ބުނެ ބްރޯޑް ކޮމްގެ ބޮޑުން އުޅެނީ ސީދާ އެމެންގެ މަގާމް ދިފާއު ކުރަންއޭ ސާބިތު ނުހިފޭ ރޯ ބުހުތާނު ދޮގު ހަދައިގެން މީއޭ މިރާއްޖޭގައި މިނިވަން މުވައްސަސާ ތައް ނުހުންނާން ޖެހޭ މައްސަލަ އަކީ ހޯލްޑް މީ ލައިކް ޔުއަރ އޯން ހާރޓް ކެއަރިންގް މީ ލައިކް ޔުއަރ އޯން ޗައިލްްޑް ލަވް މީ ލައިކް އަ މާދަރ ވިލް ޔޫ ބީ ދެއަރ ފޯރ މީ އޯލާ އޯލާ އޯލާ އޯލާ އޯއް އޯއް އޯއް ޑާންސް ޑާންސް ޑާންސް ޑާންސް...
ރީލޯޑް ސްޕީޗަކަޢް 1ލައްކަ ރުފިޔާ މުޅިކެމްޕޭނަށް ކަންނެލި އޮޑިއެއް ވަރަށް ސަލާމް ކަލެއަށް ރީލޯޑްނުލިބޭދުވަސް ވެސް އަންނާނެ އިންތިޒާރު ކޮށްލާ
ރައްޔިތުން ގެ ނިންމުން ވަނި އޮލުވަަލެވިފައި
އިލްޔާސޫ ތިބާއަޅެފަހެ ދީން ދަންނަން ހެންޏެވެ.
މިކަހަލަ ޑިމޮކްރަސީއަކީ ﷲ ގެ ހަޝުރަތުގައި ނުވާއެއްޗެއްކަން އަޅެފަހެ ނޭގެނީހެންޏެވެ. މިކަހަލަ ޑިމޮކްރަސީގއަި ފަސްފަޑިޔާރަކު އިންޑިއާގައި އެވަނީ ޒިނޭ އާއި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފައެވެ. ތބާ އަޅެފަހެ ބިރުނުގަނޭހެންޏެވެ. ތިބާއަށްވުރެ މާމޮޅު ދީނީ އިލްމުވެރިން ރާއްޖޭގައި އެބަތިއްބެވެ، އެކަމަކު ތިގޮތަށް ތެޅިބާލާތަނެއްނުފެނެއެވެ.
ނިންމުން ބަދަލުކުރާކަށް ބޭނުމެއްވެސް ނޫން! އެކަމަކު ވޯޓުން ވައްކަންކުރި މައްސަލަ ބަލަން ބޭނުން! ދެން ބޭނުންވަނީ އެތިގަނޑު ކުދިކުދިވާތަން ދެކެން! އިން ޝާ އަﷲ ގިނަދުވަހެއްނުވެ މި މަންޒަރު ފެންނާނެ!
ވަރަށް ސާބިތުކަމާއެކު ބަލަން މިތިބީ ކިހާަދުވަހަކު ތިކޯލިޝަން ދެމެހެއްޓޭތޯ؟
ކަންނެލި ސޭކު... ކަލޭތީ ކާކުކަން މީހުންދަނެޔޭ ސޭކާ!
މިއިކަލޯ މިހާރު އުޅޭމީހުންގެ ވައްތަރަކީ ކީކުރާނި