ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ދާދި ދެންމެ ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުޚަބާ ދެންނެވުމުގެ ހަރަކާތްތައް އެއާޕޯޓާއި، މާލޭ އެއްނަންބަރު ފާލަން އަދި ކުނޫޒުގައި އިންތިޒާމް ކުރެވިފައިވާކަމަށް ޖުމްހޫރީ ޕާޓީން ވަނީ ވިދާޅުވެފައެވެ.

ގާސިމް ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަހަރަކަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ޤާސިމް އިބްރާހީމް ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށްޓަކައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ވެލަނާ އިންޓަނޭޝަލް އެއާޕޯޓަށް ވަޑައިގެންފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ އެކްޓިންގ ލީޑަރު ޑރ.ހުސައިން ރަޝީދުއާއި، އަދާލަތު ޕާޓީގެ އިސް ވެރިންނާއި، އެމްއާރު އެމްގެ ވެރިންވެސް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

ޤާސިމް އިބްރާހީމް ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވުމާ ގުޅިގެން އިއްވާފައިވާ 3 އަހަރާއި 4 މަހާއި 12 ދުވަހުގެ ޖަލު ހުކުމަށްފަހު ބޭސްފަރުވާއަށެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު އެ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ވަނީ ޖަރުމަނުވިލާފަށް ވަޑައިގެންފައެވެ.

ގާސިމް ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެއަށްފަހު އަމަނިކުފާނު ރާއްޖެ ވަޑައި ނުގެން ޖަރުމަނުވިލާތުގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފައިމިވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލާފައިވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

ގާސިމް ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގާސިމް ރާއްޖެ ވަޑައިގެންނެވުމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އިތުރުން ކޯލިޝަންގެ ގިނަ އަދަދެއްގެ ވެރިންނާއި، ގާސިމްގެ ވިލާ ކުންފުނީގެ އިސް ވެރިންނާއި، އާއިލާއާއި ގާތް ބޭފުޅުން ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ. ޤާސިމަށް މަރުޚަބާ ކިޔުމުގެ ކަންކަން ވެލާނާ އެއާޕޯޓުގެ ވީއައިޕީ އޭރިއާގައި މިވަގުތު ދަނީ ކުރިއަށެވެ.

ގާސިމް ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވެލާނާ އެއާޕޯޓުން ޤާސިމް އިބްރާހީމް އަށް ހޫނު މަރުޚަބާއެއް ކިޔާފައިވާއިރު، މާލޭ އެއްނަންބަރު ފާލަމުންވެސް ހޫނު މަރުޚަބާއެއް ކިޔުމަށް ވަނީ ތައްޔާރުވެފައެވެ. ގާސިމް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސިނަމާލެ ބުރިޖު ބޭނުން ނުކުރައްވައި ކަނޑު މަގުންނެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެހެންތޭ

    އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން ތަމެން އުޅޭނެއޭ މިހާރު މާދަމާ ނިކުންނާނެއޭ ތަމެންއެއް ޕާރޓީން އަނެއް ޕާރޓީގެ އެމްޕީން ތައް ފޭރެން މީ މަމެން ނުދަންނަ ކަމެއް ނޫނޭ ޖޭޕީ އަކީ އެއީ ދިވެހިރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ގައި މިހާތަނަށް އައިއިރު ވެސް އެެއް ކަމެއް ވެސް ކޮށް ދީފައިވާ ބަޔެއް ނޫނޭ.

    • Anonymous

      ފިއްތާލައިގެން ތިއްބަވާ ވޯޓް ގަނެގެން ވެސްވީ ހޭބަލި

  2. ފާތިމާް

    ހިތް ކުދިކުދި ވެގެން ރާއްޖެ ދޫކޮއް ދިޔަޢީ ބޭސްކުރާށޭ ކިޔައިފަ މިވީކޮއްޗެކައް ދޮގުބުނަންޖާ ރަނގަޅީ ހިތް ގޮވިއްޔާ

  3. ހަބޭސް

    ދެން އުދުހޭ

  4. ޔާމީނު

    މަބަލާނަން ކިހާވަގުތެއް ހޭދަކުރެވޭތޯ ކާސިމަށް މަގޭ ބުރި ޖަށް ނާރާ.

  5. މުހައްމަދު

    މިގައުމުގެ ހަލާކު ފާކުރެއްވީއެވެ.
    ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
    މިކަހަލަ ފިތުނަވެރިންނަ ނަސްރު ނުދެއްވާނދޭވެ

    • ހަސީން

      އާމީން.

  6. ނެތީމޭ

    ގާސިމް ރާއްޖެ އައީއޭ އެހެންތޭ ދެން ތިއިން ކެއްކޭނެ ޑޮންޑޮނެއް ހުންނާނެ ތޭ މަމެން ނުދަންނަން ތިއިން ކެއްކޭނެ ޑޮންޑޮނެއް ހުންނާނެ ކަމަށް ތަމެން ތިޔާއީ ބޭސް ފަރުވާ އަށް ދިޔަ ބަޔަކު ބޭސް ފަރުވާ އަށް ގޮސް އެނބުރި ގައުމަށް ނައިސް ފިލައިގެން ޖަރުމަނަށް ދިއުން އެއީ ކުށެއް ނޫންތޭ މަމެން ތަމެން ގާތު އަހާލަން ބޭނުންވެއޭ ބުނަން މަމެން ނެތީމު ދޯ.

  7. މުހައްމަދު

    މިކަލޭގެ ހައްޔަރު ކުރޭ.
    ޖަލަށް ގެންފޭ...

  8. އަފްލާ

    މިރޭ ގައުމު ތޮރުފާނެ ބޮޑު ބާގަނދެއް ހެދޭނެ މާދަން ބަލަނތހިބެތި

  9. ބުރިޓޯ

    ބައިއަޅާގޮތަކުން ހިތުގަ މައްސަަލަ ޖެހޭނެ. އަނެއްދުވަހު ރައްޔިތުންގެފައިސާ ދައްކަންޖެހޭއިރަށްވެސް ހިތުގަ މައްސަލަ ޖެހޭނެ. ބޯކިބާ ފޮތިކުޑވެއްޖެނަމަ އަނެއްދުވަހު ވައްޓަންގޮވާނެ.

  10. ޏ

    މީ ކީއްކުރަން ރާއްޖެއަށް އައި ފިތުނަވެރި މީހެއް އަމިއްލައަށް ބޭރުގައި އަރުވާލެވިގެން ހުންނަންވީނު.

  11. Anonymous

    ޙުރިހަަ ނުބާަ ހަދާ ރަިޔިތުންގެ ދަރަނި އަދާަ ކުރޭ

  12. އައިކުޑް

    އެމްޑީޕީ އާލާތުންނާއި ޖޭޕީ އާލާތުން އެމެންގެ ބޮޑޭ މެން ދޫކުރަން އެމަސްތުގައި ތިއްބާ އެބަޖެހެއޭ މަމެންގެ ސަރުކާރުން މާލެ ސަރަހައްްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޫކޮށްލަން 25 ހާސް މީހުންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ދެން އޭގެ ފަހުގައި ކޯޓަށް ވައްދަންވީ ރިޔާސީ އިންތިޚާބުގައި ވަގަށް ވޯޓް ލާފައިވާތީވެ އެއިންތިޚާބު ބާތިލް ކުރުމުގެ އަމުރަކަށް އެންމެ މަތީ ކޯޓަކަށް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި..

  13. ސަނީ

    ތެދަށް ބުނަންޏާ ގާސިމް އެއީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެހީތެރިކަން ފޯރުކޮއްދިން ފަރާތް. މައްސަލަޔަކަށްވީ ސިޔާސީ ކަންކަމުގެ ތެރެޔަށް ވަނީމަ. މަރުހަބާ ގާސިމް.

  14. ނަސްރީނާ

    މިހާރުވެސް ތިބެވެނީކީނޫން، އެކަމަކު ވޯޓު އަލުންލާން ޖެހިދާނެ ކަމުގެ ބިރުގާ އެއްޗެއް ބުނަން ނުކެރިގެން ހުވާކުރުން އަވަސްކުރެވޭތޯ ހަމަތެޅެނީ. މައުމޫނައް %15، ގާސިމައް %30، އަދާލަތައް %15 މޑޕ %40. މައުމޫން މިކަމާ ހިންހަމަ ނުޖެހެ ބޭނުންވެޔޯ މަދުވެގެން %25. ގާސިމްވެސް އަދާލަތުންވެސް ދޫކުރާކައް ބޭނުމެއްނޫން. ހީވަނީ މާލަސްތަކެއްނުވެ އަދި މިއަދުތިކަރާކަރުޖައްސާ ސަލާންކުރާ މީހުންނާ ނޫންކަންނޭގެ މާދަން ބައްދައިގެން ހުރެ އާދޭސް ކުރާނީ. ވަރައްމަޖާ ވާނެ، ހަމަ ހިނި އަންނަނީ

  15. ކޮކަާަ

    އާމީން

  16. Anonymous

    އާމީން

  17. މާމިގިލީ މަހަމޫދު

    މިގައުމުގެ ހަލާކު

  18. ރަށްދު

    ކަލޯ އަލީވަހީދު އަތުގަ ބައިރުފިޔާއެއްވެސް ނެތީތަ؟ ގާސިމަށްވައި އަޅަނީ