ނިމިގެންދިޔަ ރިޔާސީ އިންތިހާބު ގިނަ ޓީވީ ޗެނަލްތަކުން ހަމަހަމަކަމާ އެކު ކަވަރު ކޮށްފައިނުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބްރޯޑްކޮމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އެ ކޮމިޝަނުން ކުރި ދިރާސާ އިން ދައްކާ ގޮތުގައި ގިނަ ޗެނަލްތަކުން ވަކި ކެންޑިޑޭޓަކަށް ބުރަވެ ކޮންޓެންޓް ގެނެސްދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ޗެންލަތަކުގެ ތެރޭގައި އިންތިހާބީ ކަންކަމާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގައި ހާއްސަ މަސްއޫލިއްޔަތެއް އަދާކުރާ ޕީއެސްއެމް ވެސް ހިމެނޭކަން ޝަހީބު ފާހަގަކުރެއްވިއެވެ.

"އިންތިހާބާ ބެހޭ ކަވަރޭޖް ވަކިފަރާތަކަށް ބުރަވުމެއް ނެތި ސިޔާސީ ކެންޑިޑޭޓުންގެ މައުލޫމާތު އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ގެނެސްދިނުމާއި ވޯޓްލާ މީހުން ހޭލުންތެރި ކުރުމަށްޓަކައި މައުލޫމާތު ސައްހަކަމާއެކު ދެފުށް ފެންނަ އުސޫލެއްގެ މަތިން ގެނެސްދީފައި ނުވާކަން އަޅުގަނޑުމެންގެ މި ދިރާސާއިން ފާހަގަކުރެވުނު" ޕީއެސްއެމްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވިއެވެ.

މީގެއިތުރުން ޝަހީބު ވަނީ ބްރޯޑްކޮމްގެ މެންބަރުން އަމިއްލަ އަށް އިސްނަގައިގެން މައްސަލަތައް ބެލުމުގައި ހަމަހަމަ ކަމެއްނެތް ކަމަށްވެސް ވިދާޅުވެފައެވެ.

ޝަހީބު ވިދާޅުވީ ކޮމިޝަނުގެ މެންބަރުން އަމިއްލަ އަށް މައްސަލައެއް ބަލާނަމަ ބަލަން ޖެހޭނީ ހަމައެކަނި އެންމެ ސްޓޭޝަނެއްގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ވާނަމަ ކޮމިޝަނާއި މެދު ސުވާލު އުފެދުމުގެ ޖާގައެއް ނޯންނާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިބބެޭފުޅަާގެ ހިތްއަދިވެސް ނުފުރުނިީސް ތިބެަެފުލަާގެ ކޮޅުމޮޅުވިނަމަ ރަާޖެޓިީވިީޖުޫރި މަނަާކުރުންނުހުއްޓުނިީސް