ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރު ވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެ ފުރުސަތު ދޭން ފުލުހުންގެ ބަންދުގައި ތިބޭ މީހުން، ވަކީލުންނާ ބައްދަލުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

މާދަމާއިން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން ގެނައި އެންމެ ބޮޑު ބަދަލަކީ އާއިލާގެ ސިޓީއަކާއެކު ނޫނީ ވަކީލުންނަށް ގައިދީންނާ ބައްދަލު ނުކުރެވުމެވެ. އަދި މީގެ އިތުރުން ގައިދީންނާ ބައްދަލު ކުރުމަށް ވަކީލުންނަށް ދީފައި އޮންނަ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ސޮއި ކުރައްވައި މިއަދު ނެރުނު އެންގުމެއްގައި ވިދާޅުވީ ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގައި އާ ގޮތްތަކެއް ހަމަޖެއްސީ ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރު ވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެ ފުރުސަތު ދޭން ކަމަށެވެ.

ވަކީލުން އަމިއްލައަށް ބޭނުން ވެގެން ވެސް އަދި އާއިލާގެ އެނގުމެއް ނެތި އަދި ކުރިން ގައިދީންނާ ބައްދަލު ކުރެވުނު ނަމަވެސް، އާ އުސޫލުގެ ދަށުން އެކަން ކުރެވެނީ އެ ވަކީލަކު ހަމަޖައްސަން ބޭނުން ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ސިޓީއެއް ފޮނުވުމުންނެވެ. އަދި ވަކީލު ބައްދަލުވުމަށް ދާއިރު އެ ސިޓީ ހިފައިގެން ދިޔުމަށް ވެސް އަންގާފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ގައިދީންނާ ބައްދަލުކުރުމަށް ވަކީލުންނަށް ދީފައިވަނީ ބައި ގަޑިއިރުގެ ވަގުތެވެ.

މީގެ އިތުރުން ކުރިން ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަންދެން ބައްދަލުކުރުމަށް ދީފައި އޮތް ފުރުސަތު ވަނީ ހަވީރު ފަހަކަށް ކުރުކޮށްފަ އެވެ.އެކަމަކު ފުލުހުން ވިދާޅުވީ މި އެންގުމާ ހިލާފުވާނަމަ، ބައްދަލުވުން ކެންސަލް ކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ކުއްލި ހާލަތުގެ ސަބަބުން ފުލުހުން ވިދާޅުވީ ބައްދަލުވުން އޮތީ މާލޭން ބޭރުގައި ނަމަ، އެ ބައްދަލުވުމަށް ދިޔުމަށް އެއް ގަޑިއިރު ދޭނެ ކަމަށެވެ. އެކަމަކު ގައިދީއަކާ ބައްދަލު ކުރެވޭނީ 30 މިނިޓަށް ކަމަށާއި ލަހުން ބައްދަލު ކުރެވުނު ނަމަވެސް ވަގުތު ލިބޭނީ އެ 30 މިނިޓުން ބާކީވާ ވަގުތު ކަމަށް ބުނެފައި ވެ އެވެ. އަދި ބައްދަލުވުން ނިންމުމަށް ފަހު، ވަކީލުން ޖަލުގައި ތިބޭ އެހެން މީހުން ކައިރިއަށް ގޮސް ވާހަކަ ދެއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.

ފުލުހުން ގެނައި މި އާ ބަދަލާ މެދު ބައެއް ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޅިޔަންބެ

  ވަކީލުން ވަރިހަމަ ކަންބޮށުވެގެން ގޮސް ބިންދައިގެން ދިޔަޔަސް ކޮންމެ ކަމެއްގައިވެސް ގޮތެއް ފޮތެއް ހުންނަން ޖެހޭ.

  • ބްރޯ

   ކޮން ފޮތެއްބާ... އަސާސީ ތަ. ޢޭގަ އޮތް ކޮންގޮތެއް... ބްރޯ ތަފްސީލްކޮށްލާ... ހައްޔަރު ކުރީމާ ތިއަގަޔެއް ނޯންނާނެ.. އޮންނާނީ ފިތިފަ.. ކުރާނީ ހުސް ސަކުވާ... ކޮމެންޓެއް ޖެއްސުމަށް ކުރުން އޯކޭ... ވަނުވާ އެނގިގެން ކުރޭ

 2. މަރްޔަމް

  ވަކީލުކަމަކީ، މިހާރު އެންމެ ދަށުދަރަޖައިގެ ދޮގުހަދާ ވަޒީފާ. ކަލޭމެން ތިއުޅޭ އުޅުމުން، ދުނިޔެއާ އާޚިރަތުގެ ސަލާމަތްވާނެހެން އަޅެ ހީވޭތަ؟