ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ތައްޔާރުވާން ފަށައިފިއެވެ.

އެނގިފައިވާގޮތުގައި ކާނަލް ނާޒިމް ގެ ބޭސް ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ، ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ އެޗްއާރުސީއެމުން އެދުނު އެދުމާއި އެއްގޮތުގެ މަތީންނެވެ. ކާނަލް ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދައަކަށް އެޗްއާރުސީއެމުން ކަރެކްޝަންގައި އެދުނީ، ސީރިއަސް ސިއްޙީ ހާލަތެއް ނާޒިމަށް ކުރިމަތިވެފައި ވުމާއި ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ.

މިރޭ ނާޒިމް ފުރުވާލުމުގެ މަސައްކަތް ކަރެކްޝަންސް އިން ކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އޭނާ ފުރަން ހަމަޖެހިފައިވާ ވަކި ވަގުތެއް ނުވަތަ ބޭސް ފަރުވާއަށް ފުރަން ހަމަޖެހިފައި އޮތް ޤައުމެއް އަދި އެނގިފައެއް ނުވެއެވެ. ރާއްޖެއިން ނާޒިމްގެ ލޮލުގެ މައްސަލައަކަށް މީގެ ކުރިން އެކި ފަހަރުމަތިން ފަރުވާ ހޯއްދަވާފައި ވެއެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ފަރުވާއަށް ވަޑައިގަންނަވަނީ ލޮލުގެ މައްސަލަ އާއި ގުޅިގެން ނޫން ކަމަށް ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޭބަންދުގައި ބެހެއްޓުމަށް ފަހު ނާޒިމް އަނބުރާ ޖަލަށް ގެންދިޔައީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އޭނާ ވެސް ހިމެނޭ ގޮތަށް އިތުރު ކުށްވެރިންތަކެއް ދޫކޮށްލަން އަމުރުކޮށްފައި ވަނިކޮށް ކުއްލި ހާލަތުގެ ދަށުންނެވެ.

ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނިގެން އޭނާގެ މައްޗަށް އިއްވާފައި ވަނީ 11 އަހަރުގެ ޖަލު ޙުމުކެމެކެވެ. އެ ޙުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ

    ނާޒިމް ދޫކޮށްލާ! އޭނާއަކީ ކުއްވެރިއެއްނޫން. އަޅުގަނޑު ޔާމީނަށް ގޮވާލަން!

  2. ފިރުޓޭ

    މީނަވެސް މީ ތިމާ ވަރުނެތިގެން ތެޅި ބޭލި މީހެއް ބަޤާވަތް ކޮށްކޮށްފަ!