ރާއްޖޭގެ ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް ތަނބަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ މި ޑިމޮކުރަސީގައި އެންމެ މުހިންމު އެެއް ތަނބަކީ ގާސިމް ކަމަށާއި ގިނަ އުނދަގޫތަކަކާއި އެކުވެސް ކުރިއަށް ދެވޭނެކަން ގާސިމް ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

"ގާސިމްގެ ހަޔާތުގައި ކުރިމަތިވެފައިވާ އުނދަގޫތަކަށް ބަލާފައި އަޅުގަނޑު ދަންނަވާނީ އެމަނިކުފާނަކީ ރާއްޖޭގެ މި ޑިމޮކުރަސީގައި އެންމެ މުހިންމު އެެއް ތަނބު ކަމަށް. އިތުރަށް ކުރިއަށް ދެވޭނެތޯ ސުވާލު އުފެދޭވަރުގެ ދުއްތުރާތަށް ގާސިމް އާއި ވަނީ ކުރިމަތިވެފައި. ގާސިމްގެ ވިޔަފާރިއަށް، ގާސިމްގެ ދަރިންނަށް ބޮޑެތި ޗެލެންޖެސްތަށް ކުރިމަތިވި" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ މިއަދު ގާސިމް އާއި އެކު މާލެ އަންނާނެ ކަން އިއުލާން ކުރައްވާފައި ވަނިކޮށް ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އެއާޕޯޓުން ހައްޔަރު ކުރާނެ ކަމުގެ ވާހަކަތަކެއް ވެސް އިވުނު ކަމަށެވެ.

" މިހާރު ރައީސުން ކަމުގައި ހުންނެވި ބޭފުޅާ މިހާރު ރައްޔިތުން ވަނީ ގެއަށް ދާން އަންގާފައި. ވަރަށް މަތީ އަޣުލަބިއްޔަތަކުން. އެހެންކަމުން ބިރާއި ކުރިމަތި ނުލާ ކާމިޔާބެއް ނުލިބޭނެ. އަޅުގަނޑު ކަންބޮޑެއް ނުވޭ މި ވާހަކަތަށް ނިމޭތަނުން ގާސިމް އުފުރާލިޔަސް. ރާއްޖޭގެ ރައްޔިތުން އުފުރާލަން ޖެހޭ މީހާ މިހާރު އެހުރީ އުފުރާލާފައި" އަލީ ވަހީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު މިއަދު ރާއްޖެ ވަޑައިގެންނެވިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އިތުރުން ކޯލިޝަންގެ ގިނަ އަދަދެއްގެ ވެރިންނާއި، ގާސިމްގެ ވިލާ ކުންފުނީގެ އިސް ވެރިންނާއި، އާއިލާއާއި ގާތް ބޭފުޅުން ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ާވަތުބަތާނަ

    އެއީ ރާއްޖޭގެ ހަލާކު.

  2. ސިދުގީ

    މިއުފެދޭ ވެރިކަންވެސް މީނަޔަކައް ކަމަކު ނުދާނެ ދުވަސްކޮޅަކުން.ގާސިމު ސައިޒުކުރެވިގެން ނޫނީ މިގައުމައް ތަރައްގީއެއް ނުގެނެވޭނެ،އެހެނެއްނޫން އެހެން ހުރެގެން އަނބޮޑި ކިތައްމެހާވެސް ބޮޑުކުރާނެ.

  3. ކޮކަާަ

    އެއީ އެނބުރޭ ވަހުތާނެއް.

  4. އާންމު އާދުމީ

    އިފް ޑިމޮކްރަސީ=ފިތުނަވެރިކަން ދެން ހީ އިޒް ރައިޓް.

    • ބަޚުލޫލު

      ތިބުނީ ރަނގަޅަށް.

  5. ޢަފްލާ

    ކަރައެއް ފަޅާފަ ކިނބުލަށް ކާން ދޭންވީ ނުން

  6. ލޯބިވާ އައިޝާ

    ޤާސިމު ހުއްޓަކަ އިބޫ ކީއްކުރަން އައްމަކަޅޭއަކަށްވެސް ވެރިކަމެއް ނުކުރެވޭނެ އެވަރަށް ތުރާކުރާނެ!

  7. ހަސަނާ

    އެހެރަ މީހާ ކަރާ ގައިގަ ޖަހަންތަ އެއުޅެނީ

    • ދދދދ

      ކަރާ ފަޅާލަން އެއުޅެނީ.

  8. ޭލާރިބަނޑު

    ޢަނެއް ތަނބަކީ ކަލޭ. ދެންހުރި ތަނބަކީ މައުމޫނު. ޙުރިހާ ތަނބެއް ހަމަވީ. މިތަނބުތަކަކީ މިގައުމުގެ ހަލާކު. މިއީ ރިޝްވަތުގެ ތަނބުތަކެއް.

  9. 3ނިރު

    ޟިހާރު ބުނާނެ ޑިމޮކްރަސީގެ ތަބެކޭ ގާސިމަކީ މިހާރު ބައި އަޅަނީ ގާސިމް ވިއްޔަ ކަލޯ ނުދަންނަ މީހަކު މިރާއްޖޭގަ ނުހުންނާނެ އަންނި ގެ ހަފްތާގެ ޕރޮގްރާމް މަޖްލިސްގަ ކިޔައި ދީފަ އަންނިގެ ވެރިކަމުގަ އަންނި ބައި އެޅީމަ އެކޮޅަށް ދީލާލީ މިހާރު އެކޮޅުން ލިބޭލެ މަދުވެ ގާސިމް ބައި އަޅާލެއް ގިނަވީމަ ގާސިމް ގެ ކޮޅުގަ ރަގަޅަށް ސޭޓް ހައްދާފަ ބަހައްޓާތި ނިކަން ހެއްދޭނެ ސޭޓް

  10. މާމިގިލީ މީހާ

    ގާސިމްތީ މުޅިރާއްޖޭގެ ހަލާކު.. ދެން އަނެއްކާވެސް ގާސިމް ކުރާނީ ބަގާވާތް.. އެންމެ ފުރަތަމަ ކޯލިސަނުން ވަކިވާނީ ގާސިމްގެ ޕާޓީ.. ދެން އަދާލަތު.. ދެން މައުމޫނު... ގާސިމު އޭނާއަށް ވެރިކަން ނުލިބެނީސް ހުއްޓައެއްނުލާނެ... ހަމަ ބަގާވާތް ކުރާނީ... ގާސިމް ދޫކޮފަ ހުރެގެނެއް އިބޫއަކަށް ވެރިކަމެއް ނުކުރެވޭނެ...

  11. ނުރަބޯ

    އެއީ ދެއަތަށް އެނބުރޭ ބުރުމާއެއް.

  12. ޢަހުމަދު

    މިޤައުމުގައި ފަސާދަ ކޮރަޕްޝަން މިއީ ޤާސިމް އިބުރާހިމް މީހުނަށް ދެއްކި މަގެވެ.

  13. ާއދ.

    މިގައުމުގާ ހިގަމުންދާ ޑިމަކުރަސީ ހަލާކުރުމުއި ރިސްފަތު ދިނުމާ މަކަރުހެދުމާ ސަރުއީނިޒާމް ގެ ތެރެއައް އަތްބޭނުމާ މިކަންކަން ކުރަމުންދާ 5 ތަބުވާނެ 1 ގާސިމު 2 މައުމޫނު 3 ނަސީދު 4 އަލީވަހީދު 5 ފާރިސް ވަރައްސާފު

  14. ހަފޫޓު ކަރާ

    ނޭންގެ މިހާރު މިރަށު ފަޅުފަ ބާކީ އިން ތަންކޮޅުވެސް ކާސިމުއައް ނުދޭކަމެއް ނަސީބެއް ތުނޑި ގިރާލާފަ އިންކަންވެސް އެހެންނޫންނަމަ ތުނޑިވެސް ދިނިސް

  15. ޢަފްލާ

    ކަލޯ ޑިމޮކްރަސީގަ ހުންނަނީ އަރިއަޅާ ވައްތަރުގެ ތަނބު އިސްލާމް ދީނުގަ ހުންނަނީ ބާރުގަދަ ގުދްރަތީ ގޮތުންވެސް ވަރުގަދަ ތަނބެއް ގާސިމް ގެ ތަނބު ވ ދެރަވަރު

  16. މޭކާބޭ

    ތިޔައީ މިހާރު ތިޔަތަނބުގެ ތުރާބޮޑުކަމުން ތަޅާ ގޮނޑަށް އުކާލަން ވެފަ ހުރި ތަނބެއް!!!

  17. ލޮލް

    ރާއްޖޭގެ ޑިމޮކްރެސީގެ މުހިންމު އެއް ތަނބަކީ ފައިސާ. މިއީ ރަނގަޅުގޮތަކީ. ގާސިމުގެ ނަން އިނުމުން ބޮޑަށް ހީވަނީ ލިޔުމުގެ ކުށެއް ހެން.

  18. ޢާސިދާ

    ޣގާސިމޫ ހަދާނެ އެއްޗެއް ހަދަން ދޫނުކުރާތި މާކަންތައް ބޮޑުވެއްޖިއްޔާ ގޮތެއް ހަދާތި ތިއައީ ހަގީގަތުގައި ރާއްޖެދެކެ ލޯބިވެސްވާ ތެދުވެރިއެއް އަދިވެސް ދެންތިބި މީހުނައް ތުރެން ރަނގާޅު ވާނެ ކަމއްފެނޭ..ބިކޯޒް ޔޫއާ އަވޭ ފުރޮމް ސަރާބީި ސަރާބީ ދެއްތޯ..