ސިޔާސީ ޕާޓީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލިފައިވާ އެއް މުވައްސަސާއަކީ ރައްޔިތުންގެ މަޖިލީހެވެ.

ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން ތާއީދުކުރާ ސިޔާސަތަކާއި، ވިސްނުމާއި ފިކުރާއިއެކު އިންތިޚާބް ކުރައްވާ މެމްބަރު އިންތިޚާބްވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ ނިންމުން ބޮލާލައި ޖަހައި ވަކި މަންފާތަކާއި އެދުންތަކެއް ހާސިލް ކުރެއްވުމަށް ރައްޔިތުންގެ ނިންމުން ބަދަލުކުރައްވާ ކަމީ މިއަދު އެ މެމްބަރަކު އިންތިޚާބް ކުރައްވާ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު މައްސަލައެވެ.

މިއަދު މަޖިލީހަށް ވައްދާފައިމިވާ ބިލަކީ ރައްޔިތުންގެ ނިންމުން ފަސް އަހަރަށް ދެމި އޮންނާނެ ފުރުސަތު ލިބިގެންދާނެ އަދި މިމައްސަލަތަކަށް ހައްލު ލިބިގެންދާނެ ބިލެއް ކަމުގައި ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.

ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހަޅުއްވާފައިވާ މިބިލުގައި ވާގޮތުން ރާއްޖޭގައި ހިނގަމުންދާ މަލްޓި ޕާޓީ، ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންޚާބުވުމަށްފަހު، އެ އިންތިޚާބުގެ ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކި ކޮށްފިނަމަ، ނުވަތަ އަމިއްލަޔަށް ވަކިވެއްޖެނަމަ، ނުވަތަ އެހެންޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ އެފަދަ މެމްބަރެއްގެ ގޮޑި ގެއްލޭނެއެވެ.

މި ބިލުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިޚާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބަޔެއްކަން ކަށަވަރު ކުރުމާއިއެކު، ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީކަން ލިބިގެންވާ ތަނެއްކަމުގައި ހެދުމެވެ.

މި ބިލުގައި ބުނާގޮތުން މަޖިލީހުގެ މެމްބަރެއްގެ ގޮޑި ހުސްވާނެ ހާލަތްތަކަކީ ޕާޓީ މެމްބަރު ކަމުން ވަކިކުރުމާއި، ޕާޓީ މެމްބަރުކަމުން އަމިއްލައަށް ވަކިވުމުގެ އިތުރުން އެހެންޕާޓީއެއްގެ މެމްބަރަކަށް ވުމެވެ. މިބިލުގައި ވާގޮތުން މަޖިލީހުގެ ގޮޑި ނުގެއްލޭ ތިން ހާލަތެއްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބު ވުމަށްފަހު ޕާޓީއަކާއި ގުޅުމާއި، އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިޕްލައިނާއި ޚިލާފުވުމުގެ އިތުރުން އެމެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ އަކުން ސުލޫކީ ފިޔަވަޅު އެޅުން ހިމެނެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ގެ 17 ވަނަ މާއްދާގައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާއި ޚިލާފުވެގެން ޕާޓީންވަކި ކުރި ކަމުގައި ވީނަމަވެސް އެމީހަކު އިންތިޙާބް ވެފައިވާ މަގާމެއްގައި މެދި ހުރުމުގެ ފުރުސަތު މިބިލު ތަސްދީގު ކުރުމާއިއެކު ގެއްލިގެން ދާނެއެވެ.

ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބް ވުމަށްފަހު ޕާޓީ ދޫކޮށްލައި ތިމާއަށް ލިބޭ މާލީ މަންފާއާއި ސިޔާސީ މަންފާތަކާއިއެކު ޕާޓީ ދޫކޮށްލުމުން އެ މެމްބަރަކު އިންތިޚާބު ކުރާ ރައްޔިތުން ނުހަނު ކަންބޮޑުވާކަން މާޒީން ކަންކަން ހިނގާފައިވާގޮތުން ހާމަވެއެވެ.

މެމްބަރަކަށް އިންތިޚާބުވާއިރު ހުސްއަތާ މަޖިލީހަށް ވަންނަ މެމްބަރުން މަޖިލީހުގެ ދައުރުން 1 އަހަރުވެސް ފާއިތު ނުވަނީސް މާލެއާއި ހުޅުމާލެއިން އަގުބޮޑެތި ބިންތައް ބައްލަވައިގަނެ މަސްދޯނިތަކާއި ފިހާރަތައް ބައްލަވައިގެންފައި ވާކަމީ ފެންނަން ހުރި ހަގީގަތްތަކެވެ. އަދި މިއަދު ބައެއް ބޭޅުން އަވައްޓެރި ގައުމުތަކުންނާއި ހުޅަނގުގެ ބައެއް ގައުމުތަކުންވެސް ބިންތަކާއި، ފުލެޓްތައް ބައްލަވައި ގަނެ، ބޮޑެތި ވިޔަފާރިތައް ފަށާފައިވާކަމީ ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަންތައްތަކެވެ. ނަމަވެސް މިއަދު މަޖިލީހަށް ހުށަހަޅާފައި މިވާ ބިލު ގާނޫނަކަށްވެ އެއަށް އަމަލުކުރަން ފެށުމުން މިފަދަ ކަންކަން ހުއްޓި ރައްޔިތުންނަށް އެބޭފުޅެއްގެ މެމްބަރާއިމެދު ކުރެވޭ އިތުބާރު ބޮޑުވާނެއެވެ.

މި ބިލުގެ ސަބަބުން މަޖިލީހުގެ ތެރޭގައި މާލީ މަންފާތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަވެ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމުގެ މާހައުލެއް ގާއިމް ވެގެންދާނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަގޫރޯޅި

    ރައްޔިތުންނާހެދި މަރުދޭމީހުން ތިބިލައް އެއްބަސްނުވާނެ. އެއީ ޓްރާންފަރ މާކެޓްނެތީޔާ މެމްބަރުންނަކައް ސަރުކާރައްބިރެއް ނުދެއްކޭނެ، އަނެއްކޮޅުން ބޮޑެތި ރަތްލާޖެހި ވިޔަފާރިވެރިންވެސް ތިބިލައްތާއީދުނުކުރާނެ އެއީ އެމީހުންއަބަދުވެސް ބޭނުންވާނީ އެމީހުންނުރުހޭ ކަމެއް ސަރުކާރުންކޮއްފިޔާ ސަރުކާރު މެންބަރުންގަނެގެން ސަރުކާރު ސައިޒައް ކަންޑާލަން. ސެޓްލްމަންޓް ހަދަން ސަރުކާރުން ވިސްނާނަމޭބުނީމަ މިހާރު ޖާބިރާ ދިޔާނާ ފަލަސުރުހީން ގެއްލިއްޖެއެއްނު، މިހުންނަނީ ތިބިލުފާސްނުވާނެ ކަމުގެ ދިރިހުރި މިސާލު.

  2. ހުންނާނެއޭ

    އެންޓި-ޑިފެކްޝަން ބިލު – ޕާޓީ ޓިކެޓްގައި އިންތިޚާބް ކުރާ މެމްބަރުންނަށް ރައްޔިތުންގެ ބޮޑު އިތުބާރެއް ކަމަށް ވެގެން ދާ ކަމީ އެއީ އުފާ ކުރަން ޖެހޭ ކަމެކޭ. މިކަމާއި ރަންރީނދޫ ޓްވިޓަރޭ މެން އެވަރަށް ނައްޓަނީ މަމެންނަށް ޔަގީނޭ އަންނަ ދައުރުގައި އޭނާ ޕިންކީން ނަމުގައި މީދޫ ދާއިރާ އަށް ހޮވުމުން އެމްޑީޕީ އަށް ބަދަލު ވާން ދަ ބަތާހަރާމީ ދަ ހަރާމް ކޯރު އުސޫލުން އުޅެނީ ކަން. ޔަގީނޭ. ރަންރީނދޫ ޓްވިޓަރޭ މެން އޮބާ ބާއްވައިގެން ނަމަވެސް މި ހަފްތާގައި ޖެހޭނެއޭ އެންޓި ޑިފެކްޝަން ބިލް ފާސް ކުރަން. އެއިރުން ހުންނާނެ އޭ ރަނގަޅަށް ރާކަނި މަސްކެވިފައި.

  3. ވިސްނާ

    މެމްބަރުންގެ ރުހުން ހޯދުމުގެ ބަދަލުގައި ރިފަރެންޑަމް އަކަށް ދާން ފެނޭ. މެމްބަރުން އިސް ކުރަނީ އަމިއްލަ އެދުން ނޫނީ ޕާރޓިީގެ ވިސްނުން

  4. ނުވާނެއޭ

    މަޖްލީހުގެ މެމްބަރުން ސީދާ ސަރުކާރު ބްލެކް މެއިލް ކޮށްގެން ވައްކަން ކުރުން ފަދަ ކަންކަން ދެން ހުއްޓޭނެ މިބިލް އިން. އެއީ މީގެ ބިއުޓީ އަކީ. މިބިލް ޖެހޭނެ ފާސްވާން މިފެށުނު ހަފްތާގައި. އެނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއްްވެސް އޮވެގެން ނުވާނެއެވެ.

  5. ޓވމ

    ތީކީ އެއްވެސް ހާލެއްގައި ރައްޔިތުންނަށް މަންފާއެއްހުރި ބިލެއްނޫން. ތީ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަސްބުނުމުގެ މިނިވަންކަށް ބަންދުކޮށް، އަޅުވެތި ކުރުވުމުގެ ބިލެއް. ރައްޔިތުން ވޯޓްލައިގެން ހޮވާ ރައީސަކުވިޔަސް، ތާއީދުލިބޭ ޕާޓީވިޔަސް އަބަދަކު ކަންތައް ކުރާނީ ރައްުިތުންގެ މަސްލަހަތައް ބަލައިގެނެއްނޫން. މިފަދަ ހާލަތްތަކުގައި ތިބިލުން ކުރާ ކަމަކީ ރައްޔިތުންގެ ބަސް އިއްވަންތިބި މީހުން ހައިޖެކްކުރުން.

  6. ހާއުފާ

    ޕާޓީއަކަށް ނިސްބައިވާ މެންބަރު އެމެންބަރުން އިންތިޚާބުވި ޕާޓީނޫން ޕާޓީއަކަށް ނުވަތަ އެހެންޕާޓީއަކާ ނުގިޅި ހުރުމުން ގޮނޑިގެއްލޭނަމަ ޕާޓީއަކާނުގުޅި މިނިވަންކެންޑިޑޭޓުންގެ ގޮތުގައި މަޖިލީހަށް ހޮވޭ މެންބަރުން ޕާޓީއަކާ ގުޅިއްޖެނަމަ އެމީހުންގެ ގޮނޑިވެސް ގެއްލެންޖެހޭނެއެވެ. އެހެންނޫނީ ހަމަހަމަކަމާ، އިންސާފެއް ނެތެވެ. ޤާނޫނު ހެދެންވާނީ ދެފަރާތް ހަމަހަމަ އިންސާފުވެރި ގޮތަކަށެވެ.

  7. މަހަށްދޭބަލަ

    މުއައްސަސާތަކަށް ސިޔާސީ މީހުން ތިބުމުން ދެން ކޮބާތޭ މައްސަލަ އަކީ އެއްވެސް މައްސަލަ އެއް ނެތެއް ނޫންތޭ ރާއްޖޭގެ ގާނޫނު އަސާސީ އަކު ލިޔެފައި ނެތޭ މުވައްސަސާ ތަކުގައި ސިޔާސީ މީހުން ބައިތިއްބަން ނުޖެހޭނެ ކަމަށް. އެކަން އެހެން ހީކުރާ މީހުން ދައްކަގަ ގާނޫނު އަސާސީން އެކަން ބަޔާން ކުރާ ލަފްޒެއް. ދެން އަނެއް ކޮޅުން ރާއްޖޭގެ މުވައްސަސާ ތަކަށް އައްޔަން ކުރާ މީހުންނަކީ އެއީ ސިޔާސީ މީހުންނަށް ވާން ނުޖެހޭނެއޭ ބަޔާން ކުރާ ގާނޫނެއް ވެސް ނެތޭ މަޖްލީހުން ފާސް ކޮށްފައި އެހެން ކަމަށްވާނަމަ މުވައްސަސާ ތަަކަށް ސިޔާސީ މީހުން ހަމަ ޖެއްސޭނެއޭ. މިކަމާއި ނައްޓާ ބަޔަކު ނައްޓާލަ ނައްޓާލާ ތިބެން ޖެހޭނީ ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭބަލަ..

  8. ޖައްސާތި

    ކޯއްޗެއްތޭ މުޅި ނިޒާމް ބޮއްސުން ލާފައޭ ރަނގަޅު ކުރަން ކުރާނީ ކިހިނެއްހޭ އެހެންތޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ނޭގޭނެއޭ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް އެހެންވެއޭ ތަމެން ތިޔާ ފެލެނީ މުޅި ނިޒާމް ބޮއްސުން ލާފައޭ ކުރާނެ ކަމެއް ނެތޭ. ބަރާބަރަށް ދަނީ ހުރިހާ ކަންކަން ވެސް. ދެން މިހަފްތާގައި ކުރަންވީ ކަމަކީ ހަަމަ އެންޓި ޑިފެކްޝަން އާއި ބެހޭ ބިލް ފާސް ކޮށް އެ ތަސްދީގު ކޮށް އަދި ސްޕްރީމް ކޯޓުގައި ތިބި އުއްތަމައޭ އާއި އައްޔަ މެން ވެސް ލާރޖް ކޮށް އެކޯޓުން ވަކި ކޮށް ރައީސް އޮފީސް ތެރޭގައި މަސައްކަތް ކުރާ ލީގަލް ޓީމެއް ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް އައްޔަން ކުރަންވީއޭ އަދި ޕީޖީ ކަމުގެ މަގާމް ގައި މިހާރު ހުރި މީހާވެސް ގެއަށް ފޮނުވާލާ އެތަނަށް ވެސް މަމެންނަށް އިތުބާރު ކުރެވޭ ސިޔާސީ މީހަކު ލާންވީއޭ. ޕީޖީ ނުދޭ ދޯ ދުވަހަކުވެސް ކޯޓަކަށް ވަކާލާތު ކުރަން. އެހެންވީއިރުން ރަނގަޅު ވާނެ އެމަގާމަށް ސިޔާސީ ބޭފުޅަކު ލުމުން ވެސް. ކޮށްބަލަ ދެން ވެސް މިކަން ކަން އެސްއޯއީ އޮތްވާ.

  9. ފިލާވަޅު

    މާލޭގެ ގެދޮރުގެ ކުއްޔައްވެސް ތިކަހަލަ ބިލެއް ރައްޔިތުންގެ ޙައްޤުގައި ރައީސްޔާމީން ވެއްޖެ ޤާއިމްކޮށްދެއްވަން . އިންޝާ ﷲ 2018ޔަޤީންކޮށްދޭނަން'