ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، އެކަމަނާގެ ތުއްތު ހަ ދަރިން ދޫކޮށްލެއްވުމަށްފަހު ރާއްޖޭގެ ރަށްތަކަށް ކުރެއްވި ކެމްޕޭނަށް ޤާސިމް އިބްރާހީމްގެ ހިފެހެއްޓުމެއްނެތް ޝުކުރު ބަންޑުންކޮށްލައިފިއެވެ.

ޤާސިމް އިބްރާހީމްގެ ހިފެހެއްޓުމެއްނެތް ޝުކުރު އައިޝާއަށް އޮއްސާލާފައިވަނީ އެމަނިކުފާނުގެ މިއަދު މެންދުރު ރާއްޖެ ވަޑައިގެން މާލޭގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ސްޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަންޒަރުތައް ރާއްޖޭގެ ބޮޑެތި ޓީވީ ސްޓޭޝަންތަކުން ދިޔައީ ވަގުތުން ދުރަށް ދައްކަމުންނެވެ.

ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ރިޔާސީ ކެމްޕޭނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދަތުރުކުރައްވައި އައިޝާ ކޮށްދެއްވާފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މި ކެމްޕޭންގައި އަޅުގަނޑުގެ އަނބިކަނބަލުން އައިޝާ، އެހެން ބޭފުޅުން އައިޝަތު ނަހުލާ ކިޔަސް އަޅުގަނޑު އާއްމުކޮށް ކިޔާ އުޅެނީ އައިޝާ. އަޅުގަނޑުގެ ލޯބިވާ އަނބިކަނބަލުން އައިޝާ އަޅުގަނޑާ އެކީގައި އަޅުގަނޑު ނެތް ހާލުގައި ކުޑަކުޑަ ކުދިންކޮޅެއް ދޫކޮށް ވަރަށް ބުރަ މަސައްކަތްތަކެއް 60 އެތަކެއް ރަށަކަށް ދަތުރުކުރެއްވިއިރު، މިކަންތައްތައް އޯގަނައިޒް ކުރުމުގައި ޕާޓީގެ ރައީސް ޢަލީ ވަހީދުއާ ޕާޓީގެ ސެކްރެޓޭރިއެޓް ގުޅިގެން ކުރެއްވި މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް." ތައުރީފުގެ ބަސްތައް ފަށްޓަވަމުން ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ލޯބިވާ ތުއްތު ހަ ދަރިން ދޫކޮށްލުމަށްފަހު އައިޝާ ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ހަ ކުޑަކުޑަ ތުއްތު ކުދިން ދޫކޮށްލެއްވުމަށްފަހު ބުރަ މަސައްކަތް ކޮށްދެއްވީތީ އަޅުގަނޑު އަނބިމީހާ ކަމަށްވިޔަސް އަޅުގަނޑު އިހުލާސްތެރިކަމާއެކު އަޅުގަނޑު ދަރާފައި އޮތް ދަރަނި އަދާކުރުމަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ޤާސިމް ވިދާޅުވިއެވެ.

ކެމްޕެއިން ޖަލްސާއެއްގައި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، އައިޝާ ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

އައިޝާގެ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން ޤާސިމް ވިދާޅުވީ، އައިޝާ އެވަރުގެ ބޮޑު ކަމެއް ކުރެއްވީ ހިތުގައި އަޅާ ވޭނާއި، ބަރުދާސްތު ނުކުރެވޭފަދަ އަސަރުތަކުގެ ބޮޑުކަމުން ކަމަށާއި، އައިޝާ ކޮށްދެއްވި ހައްޤު މަސައްކަތަށް "ފަށްފަށުން" ޝުކުރު ދަންނަވާ ކަމަށެވެ.

"ތުއްތު ހަ ކުޑަ ކުޑަ ކުދިން ދޫކޮށްލާފައި ދިއުމަކީ ކުޑަކުޑަ ކަމެއްނޫން. އެހެން ނަމަވެސް މީހެއްގެ ހިތުގައި އަޅާ ވޭނާއި، އޭނާއަށް ބަރުދާސްތު ނުކުރެވޭފަދަ އަސަރުތަކެއް ހުރީމަ އެއަށްވުރެ ބޮޑުކަމެއް ނޯންނާނެ ކުރިމަތީގައި. އެހެންވީމަ އެކަމުން ލުއިގަތުމަށް ހުރިހާ އިންސާނުންވެސް، ހުރިހާ ކަމެއްވެސް ކުރައްވާނެ. ހައްޤު ގޮތުގައި، ރަނގަޅު ގޮތުގައި ކަންތައްތަކެއް ކުރެވިގެން ދިޔައީތީ އަޅުގަނޑު މިދެންނެވިހެން އެ ޝުކުރު ފަށްފަށްކޮށް އަޅުގަނޑުގެ އަނބިކަނބަލުންނަށް އައިޝަތު ނަހުލާއަށް ފަށްފަށުން ޝުކުރު އަދާކުރަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމްގެ އަނބިކަނބަލުން އައިޝާއަށް ކުރެއްވި ތައުރީފުގެ ބަސްފުޅުތައް ކުރުކޮށްލައްވަމުން ޤާސިމް ވިދާޅުވީ، ޝުކުރުގައި އެއްވެސް ބޭފުޅަކު އުނި ނުކުރައްވާ ކަމަށާއި، އެންމެހާ ފަރާތްތައް ޝުކުރުގައި ސާމިލުކުރައްވާ ކަމަށެވެ. އަދި ވަކިން ހާއްޞަކޮށް ދަތުރުތަކުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވި ޖޭޕީގެ ކައުންސިލް މެންބަރު ޝުޖާގެ ނަން ޤާސިމް ފާހަގަކުރެއްވިއެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެކަންކަން ހަމަޖައްސައި ފައިސާގެ ކަންކަން ކުރީ އަޅުގަނޑުގެ ފައިސާގެ ތަނަވަސް ކަމަކުން ނޫން. އާދެ އަޅުގަނޑުމެންގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި ހަސަން ސުޖާ" ޤާސިމް ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެޤައުމުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހޭދަކުރެއްވުމަށްފަހުގައި މިއަދު މެންދުރުފަހު ޤާސިމް އިބްރާހީމް ރާއްޖެ ވަޑައިގެންނެވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، މާލޭ އެއް ނަންބަރު ފާލަމުން އަދި އަދި މ.ކުނޫޒުންވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމުން ޤާސިމް މިއަދު އެނބުރި ޤާއުމަށް ވަޑައިގެންނެވުމާއެކު ޖުމްހޫރީ ޕާޓީގެ ހިންގުމުގެ ބާރުތަކާއި، މަސްއޫލިއްޔަތުތައް މިއަދު އަލުން އަނބުރާ ޤާސިމް އިބްރާހީމްއާ ހަވާލުވެސް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ތޮށަލި ތަކުރު

  ކާކުތަ ފިތުނަ އުފައްދަން
  މީނަ ރާއްޖެނައިސްގެން އުޅެނީ ތިހުރިތަނަށް އަވަހަށް ދެވޭތޯބަލާ އަނެއްފަހަރު އަނެއްކޭތަ ހިއްޕަންތަ ތިއައީ

 2. އަފްލާ

  މީހަކަށް ވެރިކަން ހޯދައިދޭން ތިބާގެ އނބިމީހާ މުޅި ގައުމުގަ ތިބި ހިލޭ ފިރިހެނުން ގައިގަ އުނގުޅެން ދޫކޮއްލުމަކީ ތިމާ އާޚިރަތް ދުވަހުން ޖަވާބު ދާރީ ވާންޖެހޭ ކަމެއް ކަރާ ކަރު މަހާލާ އަތާއި އަތް ޖޯޑުކޮށް ކޮންމެ މީހަކު ކުރިކަމުގައިވިޔަަްސްމެ

  • ހައްޤުބަސް

   އައިޝާ ކަރާކަރު ޖައްސާ ސަލާމް ކުރާތަން ފެންނާނެ 2 މީހަކާ އެއީ އައިޝާގެ ބޭބެއަކާ ޤާސިމްގެ އެއްބަފާ ބޭބެ.. ދެން ކަލޭމެން ދައްކަބަލަ އައިޝާ ފިރިހެނަކާ ސަލާމްކުރާ ވީޑިއޯއެއް ނޫނީ އަސްލު ފޮޓޯއެއްވެސް މި ކެމްޕޭނުގަ.. (އެބަހީ އައިޝާ ބޮޑު ހެދުންލާފަ ދީނީ ވީފަހުން) ފިތުނަ އުފައްދަން ކުރިން ބުނި 2 ފޮޓޯ ލާފަ ވާނުވާ ނުބަލާ ދޮގު ވާހަކަ ފެތުރިދާނެ..

 3. އަފްލާ

  ހިއްވަރު ލިބިގަންނަން ޖެޖޭނީ ހެއްދެވި ފަރާތުން އެއްވެސަ މީހެއްގެ ފަރާތަކުންނޫން އައިޝަ

 4. އަފްލާ

  ބޮޑު ބޭބެ ގައިގަވެސް ބައްދާލުމެއްނެތް އިސްލާމް ދީނުގ ަ އަހްޒާބް ސޫރަތް މާނަޔާއެކު ކިޔާބަލަ ކުޑަ މިނުން ބަފައި ބެއާވެސް ބައްދާ ހަދާކަށް ހުއްދައެއް ނޫން ގާސިމްގެ ބޮޑު ބޭބެ ހިމެނެނީ އައިޝާ އާއި ކައިވެނި ހަލާލު މީހުންގެ ތެރޭގަ ތަންދޮރު އޮޅުން ފިލުވަ ބަލަ